Raajje.mv
Raajje.mv
  • ރާއްޖެ
  • ކުޅިވަރު
  • ދުނިޔެ
  • ވިޔަފާރި - އިގްތިސާދު
  • ރިޕޯޓު
  • ފޮޓޯ
  • ވާހަކަ
  • ސިއްހަތު
  • ތަފާތު ޚަބަރު
  • ލައިފް ސްޓައިލް
Advertisement - sportsAdvertisement
ކުޅިވަރު
ޔޫރޯ 2020

ޔޫރޯ 2020 - ބެލްޖިއަމާއި ރަޝިއާގެ ކުރިމަތިލުން

ބެލްޖިއަމުގެ ޑި ބްރޭނާއަށް ރަޝިއާއާ ދެކޮޅަށް ނުކުޅެވޭނެ

އަތޫފް އާތިފް
އަތޫފް އާތިފް, ރާއްޖެ އެމްވީ | 12 ޖޫން 2021 | ހޮނިހިރު 09:20
ރަޝިއާ މެޗުގެ ކުރިން ބެލްޖިއަމުން ކުރިއަށްގެންދިޔަ ތަމްރީނުތަކުގެ ތެރެއިން

ރަޝިއާ މެޗުގެ ކުރިން ބެލްޖިއަމުން ކުރިއަށްގެންދިޔަ ތަމްރީނުތަކުގެ ތެރެއިން

ޔޫރޯ 2020 ގެ ގްރޫޕް ބީ ގެ މެޗުތައް ހޮނިހިރު ދުވަހު ފަށާއިރު، ގްރޫޕް ބީ ގެ ދެވަނަ މެޗުގައި ބައްދަލުކުރާނީ ބެލްޖިއަމާއި ރަޝިއާއެވެ. މި މެޗު ކުޅޭނީ ރަޝިއާގެ ކްރެސްޓޮވްސްކީ ސްޓޭޑިއަމުގައެވެ. އެ ސްޓޭޑިއަމަކީ 67،800 މީހުންގެ ޖާގައިގެ ސްޓޭޑިއަމެކެވެ. އެކަމަކު މި މެޗު ބަލަން ދަނޑަށް ވައްދާނީ 50 އިންސައްތަ ސަޕޯޓަރުންނެވެ.

މި ފަހަރުގެ ޔޫރޯގައި މި ވަގުތު ދުނިޔޭގެ ރޭންކިންގެ އެއްވަނައިގައި އޮތް ބެލްޖިއަމް ފާހަގަކޮށްލެވެނީ މުބާރާތުގެ ފެވަރިޓުންގެ ތެރޭގައި ހިމެނޭ ގައުމެއް ގޮތުގައެވެ. 2018 ވަނަ އަހަރުގެ ފީފާ ވޯލްޑް ކަޕުގައި ބެލްޖިއަމުން ދެއްކި ކުޅުން މި ފަހަރުގެ މުބާރާތުގައި ދައްކައިފިނަމަ، މި މުބާރާތުގެ ޗެމްޕިއަންކަން އެ ގައުމަށް ނެގޭނެ ކަމަށް ގިނަ ބަޔަކު ގަބޫލުކުރެއެވެ.

މި މުބާރާތަކީ ބެލްޖިއަމަށް އެތަށް ގޮތަކުން މުހިންމު މުބާރާތެކެވެ. އެއީ މި މުބާރާތަކީ ބެލްޖިއަމުގެ "ރަންޖީލު" ޔޫރޯގައި ކުޅޭނެ ފަހު މުބާރާތް ކަމަށް ވުމުންނެވެ. މި ފަހަރުގެ ޔޫރޯއާ ބެލްޖިއަމް ކުރިމަތިލާއިރު، އެ ގައުމު ޔޫރޯއިން ފުރުސަތު ހޯދާފައިވަނީ ކޮލިފައިންގައި ސައްތައިން ސައްތަ ރިކޯޑަކާއެކުއެވެ.

ޔުއެފާ ޗެމްޕިއަންސް ލީގުގެ ފައިނަލުގައި މެންޗެސްޓާ ސިޓީއަށް ކުޅެމުން އަންނަ މިޑްފީލްޑަރު ކެވިން ޑި ބްރޭނާގެ ލޯ ކައިރިއަށް ލިބުނު އަނިޔާއިން އެއްކޮށް ރިކަވާވެ ފަރިތަކުރުންތަކުގައި ބައިވެރިވި ނަމަވެސް، މި މެޗުގައި އޭނާއަށް ނުކުޅެވޭނެއެވެ. މީގެ ކުރިން ޑި ބްރޭނާއަށް މި މެޗުގައި ކުޅެވޭނެ ކަމަށް ބެލެވުނު ނަމަވެސް، މާޓިނޭޒް ބުނީ އޭނާގެ އުއްމީދަކީ ރަޝިއާ މެޗަށްފަހު ވީ އެންމެ އަވަހަށް ޑި ބްރޭނާ ޓީމާ ގުޅުން ކަމަށެވެ.

ރަޝިއާއަކީވެސް ބެލްޖިއަމަށް ދޫދޭނެ ޓީމެއް ނޫންކަން ކަށަވަރެވެ. ރަޝިއާއިން މި ފަހުން ކުޅުނު މެޗުތަކުގައި ތަފާތު މޮޅު ކުޅުމެއް ދެއްކިއިރު، އެ ޓީމުން ވަނީ މި މުބާރާތަށް ވަރަށް ރަނގަޅަށް ތައްޔާރުވެސް ވެފައެވެ.

ރަޝިއާގެ ކޯޗު ސްޓަނިސްލާވް ޗެރްޗެޝޯފް ބުނީ އެންމެ ފަހުގެ ވޯލްޑް ކަޕުގައި ބެލްޖިއަމުން ބޭނުންކުރި ސްކޮޑުގައި ހިމެނޭ ޓީމުގެ 18 ކުޅުންތެރިން އެ ޓީމުގައި ތިބުމަކީ ބެލްޖިއަމަށް އޮތް ފައިދާއެއް ކަމަށެވެ. އަދި ރަޝިއާއިން އެންމެ ފަހުން ބެލްޖިއަމާ ދެކޮޅަށް ކުޅުނު ތިން މެޗުގެ ތެރެއިން ދެ މެޗުން ބަލިވެ، އަނެއް މެޗުން އެއްވަރުވެފައިވީ ނަމަވެސް، މި މެޗަށް އޭގެ އަސަރެއް ކުރާނެ ކަމަށް ނުދެކޭ ކަމަށްވެސް ބުންޏެވެ. އަދި ބެލްޖިއަމާ ދެކޮޅަށް ކުޅޭ މެޗަށް ރަޝިއާއިން ނުކުންނާނީ ރަޝިއާގެ ކުޅުންތެރިންގެ އެންމެ މޮޅު ކުޅުން ދެއްކުމަށް ކަމަށްވެސް ވަނީ ބުނެފައެވެ.

ޔުއެފާ ޔޫރޯގެ ލޯކަލް އެކްސްކްލޫސިވް ބްރޯޑްކާސްޓިން ރައިޓްސް ރާއްޖެޓީވީން ނަގާފައިވުމާއެކު، މި މެޗު ދިވެހި ރައްޔިތުންނާއި ހަމައަށް ވަގުތުން ރާއްޖެޓީވީން ގެނަސްދޭނެއެވެ. އެގޮތުން މެޗުގެ ކުރިން މައިލޯ ޔޫރޯ ފޯރި ޝޯ ރާއްޖެޓީވީން ގެނެސްދޭއިރު، މި ޝޯ ހުށަހަޅާނީ ރާއްޖެޓީވީގެ ކުޅިވަރު ނޫސްވެރިޔާ އިސްމާޢީލް ޝާހެވެ. ޝާހާއެކު އެނަލިސްޓެއްގެ ގޮތުގައި ބައިވެރިވާނީ ގްރޫޕް ބީ ގެ އެނަލިސްޓު މުޙައްމަދު ނިޒާމް (ނިޒާމްބެ) އެވެ. މީގެ އިތުރުން ޕްރީ-ޝޯގައި ޚާއްސަ މެހުމާނެއްވެސް ބައިވެރިވާނެއެވެ.

ބެލްޖިއަމާއި ރަޝިއާ ބައްދަލުކުރާ މެޗު ފަށާނީ ހޮނިހިރު ދުވަހުގެރޭ ދަންވަރު 00:00 ގައެވެ.

ބެލްޖިއަމްރަޝިއާޔުއެފާ ޔޫރޯޔޫރޯ 2020

ކޮމެންޓް

އިތުރަށް ކިޔާލަން

21 އަހަރުން ދަށުގެ ޔޫރޯ: ކުޅުނު ދެ މެޗުން މޮޅުވެ، އިންގްލެންޑް ކުއާޓަރއަށް

21 އަހަރުން ދަށުގެ ޔޫރޯ: ކުޅުނު ދެ މެޗުން މޮޅުވެ، އިންގްލެންޑް ކުއާޓަރއަށް

26 ޖޫން 2023
ޑެންމާކް، ފިންލެންޑް، ނޯރވޭ އަދި ސްވިޑްން ގުޅިގެން، އަންހެނުންގެ ޔޫރޯ 2025 ހޯސްޓުކުރުމަށް ބިޑުކޮށްފި

ޑެންމާކް، ފިންލެންޑް، ނޯރވޭ އަދި ސްވިޑްން ގުޅިގެން، އަންހެނުންގެ ޔޫރޯ 2025 ހޯސްޓުކުރުމަށް ބިޑުކޮށްފި

12 އޮކްޓޯބަރު 2022
ޔޫރޯ 2024ގެ ކޮލިފިކޭޝަންގައި ރަޝިޔާއަށް ބައިވެރިއެއްނުވެވޭނެ

ޔޫރޯ 2024ގެ ކޮލިފިކޭޝަންގައި ރަޝިޔާއަށް ބައިވެރިއެއްނުވެވޭނެ

20 ސެޕްޓެމްބަރު 2022
ވިމެންސް ޔޫރޯގެ ފައިނަލް ބެލުމަށް ރެކޯޑު އަދަދަކަށް ސަޕޯޓަރުން ދަނޑަށް!

ވިމެންސް ޔޫރޯގެ ފައިނަލް ބެލުމަށް ރެކޯޑު އަދަދަކަށް ސަޕޯޓަރުން ދަނޑަށް!

01 އޯގަސްޓު 2022
ދެބައްރުގެ ގަދަހިފުން އާޖެންޓީނާ ކާމިޔާބުކޮށްފި

ދެބައްރުގެ ގަދަހިފުން އާޖެންޓީނާ ކާމިޔާބުކޮށްފި

01 ޖޫން 2022

އަހަރުތަކުން މިއަދު

8 ޖެނުއަރީ
ހައުސިންގ މިނިސްޓްރީގެ ހައުސިންގ ޑިޕާޓްމަންޓްގެ މުވައްޒަފުން ގެއަށް ފޮނުވާލައިފި
20251 އަހަރު ކުރިން
ރާއްޖެ

ހައުސިންގ މިނިސްޓްރީގެ ހައުސިންގ ޑިޕާޓްމަންޓްގެ މުވައްޒަފުން ގެއަށް ފޮނުވާލައިފި

ދިވެހި ރޮނާލްޑޯ: އުމުރުން 45، އަދިވެސް ގޯލު ޖަހަނީ
20242 އަހަރު ކުރިން
މީހުން

ދިވެހި ރޮނާލްޑޯ: އުމުރުން 45، އަދިވެސް ގޯލު ޖަހަނީ

ދިގުމުއްދަތުން ފައިސާ ދައްކާގޮތަށް ސަރުކާރުން ޓެކްސީ ގެނެސްދެނީ
20233 އަހަރު ކުރިން
ރާއްޖެ

ދިގުމުއްދަތުން ފައިސާ ދައްކާގޮތަށް ސަރުކާރުން ޓެކްސީ ގެނެސްދެނީ

ބޮމުގެ ޙަމަލާ: އަލިމަނިކު ބުނަނީ އައިސިސް ލީޑަރު މަރާލާފައިވާ ކަމަށާއި، އެ ޖަމާއަތް ވުޖޫދުގައި ނެތްކަމަށް
20224 އަހަރު ކުރިން
ރާއްޖެ

ބޮމުގެ ޙަމަލާ: އަލިމަނިކު ބުނަނީ އައިސިސް ލީޑަރު މަރާލާފައިވާ ކަމަށާއި، އެ ޖަމާއަތް ވުޖޫދުގައި ނެތްކަމަށް

އެމެރިކާގެ މަޖިލިސް ރައީސްގެ އޮފީހުގެ ތެރެއަށް ވަދެ މޭޒުކޮޅަށް ފައި އަރުވާގެން އިން ރިޗަރޑް ހައްޔަރުކޮށްފި
20215 އަހަރު ކުރިން
ދުނިޔެ

އެމެރިކާގެ މަޖިލިސް ރައީސްގެ އޮފީހުގެ ތެރެއަށް ވަދެ މޭޒުކޮޅަށް ފައި އަރުވާގެން އިން ރިޗަރޑް ހައްޔަރުކޮށްފި

ޔާމީންގެ ވާހަކަފުޅުތަކާއެކު އިތުރު ސުވާލުތަކެއް!
20197 އަހަރު ކުރިން
ރިޕޯޓު

ޔާމީންގެ ވާހަކަފުޅުތަކާއެކު އިތުރު ސުވާލުތަކެއް!

އިންޓެލިޖެންސް ރިޕޯޓަކާއި ގުޅިގެން ރައީސް މައުމޫން ދިރިއުޅުއްވާ ގެކޮޅުގެ ސެކިއުރިޓީ ބަލަހައްޓަން ފަށައިފި
20188 އަހަރު ކުރިން
ރާއްޖެ

އިންޓެލިޖެންސް ރިޕޯޓަކާއި ގުޅިގެން ރައީސް މައުމޫން ދިރިއުޅުއްވާ ގެކޮޅުގެ ސެކިއުރިޓީ ބަލަހައްޓަން ފަށައިފި

ރާއްޖެކުޅިވަރުދުނިޔެވިޔަފާރި - އިގްތިސާދުރިޕޯޓުފޮޓޯވާހަކަސިއްހަތުތަފާތު ޚަބަރުލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު