Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
ރާއްޖެވެކްސިނޭޝަން ޕްރޮގްރާމް

ހޯމަ ދުވަހު 1409 މީހުން ކޮވިޑުން ރައްކާތެރިވުމަށް ވެކްސިން ޖަހައިފި

ފުރަތަމަ ޑޯޒް ޖަހާފައިވަނީ 441 މީހުން

އަމްނާ އިމާދު
އަމްނާ އިމާދު | 8 ޖޫން 2021 | އަންގާރަ 20:07
ވެކްސިން ޖެހުމުގެ ގައުމީ ކެމްޕޭންގެ ތެރެއިން ޓްރީ ޓޮޕް ހޮސްޕިޓަލުގައި ވެކްސިން ދިނުމުގެ މަސައްކަތް ކުރިއަށް ދަނީ

ވެކްސިން ޖެހުމުގެ ގައުމީ ކެމްޕޭންގެ ތެރެއިން ޓްރީ ޓޮޕް ހޮސްޕިޓަލުގައި ވެކްސިން ދިނުމުގެ މަސައްކަތް ކުރިއަށް ދަނީ

ކޮވިޑް-19 އިން ދިފާއުވުމަށް ހޯމަ ދުވަހު 1409 މީހުން ވެކްސިން ޖަހާފައިވާކަމަށް ހެލްތު ޕްރޮޓެކްޝަން އެޖެންސީ (އެޗްޕީއޭ)އިން ބުނެފިއެވެ.

އެޗްޕީއޭއިން އާއްމުކޮށްފައިވާ ތަފާސްހިސާބުތައް ދައްކާގޮތުން ފުރަތަމަ ޑޯޒް ޖަހާފައިވަނީ 441 މީހުންނެވެ. އެއީ މާލެ ސަރަހައްދުން ވެކްސިން ޖެހި 80 މީހުންނާއި އަތޮޅުތެރެއިން ވެކްސިން ޖެހި 361 މީހުންނެވެ.

Advertisement - newsAdvertisement

ދެވަނަ ޑޯޒް ޖަހާފައިވަނީ 968 މީހުންނެވެ. އެއީ މާލެ ސަރަހައްދުން 331 މީހުންނާއި އަތޮޅުތެރެއިން ވެކްސިން ޖެހި 637 މީހުންނެވެ.

މިއާއެކު ރާއްޖޭގައި ކޮވިޑް ވެކްސިންޖެހި މީހުންގެ އަދަދު ވަނީ 312،574ށް އަރާފައެވެ. އޭގެ ތެރެއިން ދެވަނަ ޑޯޒް ޖަހާފައިވަނީ 174،259 މީހުންނެވެ.

ރާއްޖޭގައި މިހާރު ޖަހަމުން އަންނަނީ ކޮވިޝީލްޑް ވެކްސިނާއި، ފައިޒަރ ވެކްސިން، އަދި ސިނޮފަރމް ވެކްސިނެވެ. މީގެތެރެއިން ކޮވިޝީލްޑް ވެކްސިންގެ ދެވަނަ ޑޯޒް ޖެހުން މާލެ ސަރަހައްދުގައި މެއި މަހުގެ 2 ވަނަ ދުވަހުން ފެށިގެން ވަނީ މެދުކަނޑާލާފައެވެ.

ރާއްޖެއިން ރަޝިޔާގެ ސްޕަޓްނިކްވީ ވެކްސިން ގެނައުމަށް މަސައްކަތް ކުރަމުން އަންނައިރު، އެސްޓްރަޒެނިކާ ވެކްސިން ގެނައުމަށް ވެފައިވާ އެއްބަސްވުމުގެ ދަށުން ދެ ލައްކަ ޑޯޒް މިމަހުގެ ފަހުކޮޅު ލިބޭނެކަމަށް ހެލްތު މިނިސްޓަރ އަހުމަދު ނަސީމް ވަނީ ވިދާޅުވެފައެވެ. ރާއްޖެއިން ވަނީ އެސްޓްރަޒެނިކާ ވެކްސިންގެ ހަތް ލައްކަ ޑޯޒް ގަތުމަށް ފައިސާ ދައްކާފައެވެ.

މީގެއިތުރުން އެމެރިކާ އާއި ކެނެޑާއިން ވަނީ ރާއްޖެއަށް ވެކްސިން ފޯރުކޮށްދޭނެކަމަށް ބުނެފައެވެ.

ވެކްސިންކޮވިޑް-19 ވެކްސިން ޖެހުމުގެ ގައުމީ ޕްރޮގްރާމް

އިތުރަށް ކިޔާލަން

06 ޑިސެމްބަރު 2025

ހެޕަޓައިޓިސް ބީ ވެކްސިން އުފަންވުމާއެކު ދިނުމުގެ އުސޫލު ނިމުމަކަށް ގެނައުމަށް އެމެރިކާގެ ވެކްސިން ކޮމިޓީ އިން ފާސްކޮށްފި

06 ޑިސެމްބަރު 2025
ހެޕަޓައިޓިސް ބީ ވެކްސިން އުފަންވުމާއެކު ދިނުމުގެ އުސޫލު ނިމުމަކަށް ގެނައުމަށް އެމެރިކާގެ ވެކްސިން ކޮމިޓީ އިން ފާސްކޮށްފި
24 ސެޕްޓެމްބަރު 2025

ޓްރަމްޕް ވިދާޅުވީ، މާބަނޑު އިރު ޕެރަސެޓަމޯލް ބޭނުން ކުރުމުންނާއި ކުޑަކުދިންނަށް ވެކްސިން ދިނުމުން އޯޓިޒަމްގެ ނުރައްކާ އޮންނަ ކަމަށް، ޑަބްލިޔުއެޗްއޯ އިން ބުނަނީ އެފަދަ ހެތްކެއް ނެތް ކަމަށް!

21 ސެޕްޓެމްބަރު 2025

އެމެރިކާގެ ވެކްސިން ޕެނަލުން މިހާރު ބޮޑެތި މީހުންނަށް ކޮވިޑް-19 ވެކްސިން ޖެހުމަށް ލަފާ ނުދޭ

21 ސެޕްޓެމްބަރު 2025
އެމެރިކާގެ ވެކްސިން ޕެނަލުން މިހާރު ބޮޑެތި މީހުންނަށް ކޮވިޑް-19 ވެކްސިން ޖެހުމަށް ލަފާ ނުދޭ
04 އޯގަސްޓު 2025

'ދުނިޔޭގެ ފުރަތަމަ' ގޮނޯރިއާ ވެކްސިން އިނގިރޭސިވިލާތުގައި ދޭން ފަށައިފި

04 އޯގަސްޓު 2025
'ދުނިޔޭގެ ފުރަތަމަ' ގޮނޯރިއާ ވެކްސިން އިނގިރޭސިވިލާތުގައި ދޭން ފަށައިފި
18 މާރިޗު 2024

ރޯދަމަހު މާލޭގެ ސަރަހައްދުތަކުގައި ވެކްސިން ދިނުމަށް ހަމަޖެހިފައިވާ ގަޑިތަކަށް ބަދަލު ގެނެސްފި

18 މާރިޗު 2024
ރޯދަމަހު މާލޭގެ ސަރަހައްދުތަކުގައި ވެކްސިން ދިނުމަށް ހަމަޖެހިފައިވާ ގަޑިތަކަށް ބަދަލު ގެނެސްފި
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު