Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
Advertisement - sportsAdvertisement
ކުޅިވަރުސާބާ ޗެމްޕިއަންޝިޕް

ސާބާ މުބާރާތަކީ މި ސަރަހައްދަށް ބަލާނަމަ ވޯލްޑް ކަޕް: ޒިލާ

13 މެއި 2017 | ހޮނިހިރު 14:42

މުބާރާތުގައި ރާއްޖެއާއެކު ދެން ވާދަކުރަނީ އިންޑިއާ، ބަންގްލަދޭޝް، ނޭޕާލް އަދި ސްރީ ލަންކާ

ނާފިއު ރަޝީދު
ނާފިއު ރަޝީދު | 13 މެއި 2017 | ހޮނިހިރު 14:42
ގައުމީ ބާސްކެޓް ޓީމުގެ ކެޕްޓަން މުހައްމަދު ޒިލާލް (ކ) އަދި ބާސްކެޓްބޯލް އެސޯސިއޭޝަންގެ ރައީސް އަހުމަދު މަމްދޫހު (ވ)

ގައުމީ ބާސްކެޓް ޓީމުގެ ކެޕްޓަން މުހައްމަދު ޒިލާލް (ކ) އަދި ބާސްކެޓްބޯލް އެސޯސިއޭޝަންގެ ރައީސް އަހުމަދު މަމްދޫހު (ވ)

މި މަހުގެ 19 ވަނަ ދުވަހު ރާއްޖޭގައި ފެށުމަށް ހަމަޖެހިފައިވާ ސާބާ ޗެމްޕިއަންޝިޕް ބާސްކެޓް މުބާރާތަކީ މި ސަރަހައްދުގެ ވޯލްޑް ކަޕް ކަމަށާއި އެގޮތުން އަމިއްލަ ގައުމުގައި ބާއްވާ މި މުބާރާތް ކާމިޔާބުކުރުމަކީ ބާސްކެޓުން ކުރިއަށްދިއުމަށް ރާއްޖެއަށް ލިބޭނެ އިތުރު ހިތްވަރެއް ކަމަށް ގައުމީ ބާސްކެޓް ޓީމުގެ ކެޕްޓަން މުހައްމަދު ޒިލާލް (ޒިލާ) ބުނެފިއެވެ.

މި މުބާރާތަށް ރާއްޖޭގެ ޓީމު ތައްޔާރުވަމުން އަންނަ އިރު، ޓީމުގެ ހުރިހާ ކުޅުންތެރިންނާއި އޮފިޝަލުން ވަނީ މާލޭގެ ބޮޑު ހޮޓަލެއްގައި ކޭމްޕް ކޮށްފައެވެ.

މުބާރާތަށް ވަމުންދާ ތައްޔާރީތަކާ ބެހޭ ގޮތުން ރާއްޖެއެމްވީ އަށް މައުލޫމާތު ދެމުން ޒިލާ ބުނީ މި މުބާރާތް ކާމިޔާބުކުރުމަށް ހުރިހާ ކުޅުންތެރިންވެސް ތިބީ ކެތްމަދުވެފައި ކަމަށާއި އެގޮތުން ފަރިތަކުރުންތައް ކުރިއަށްދާއިރު ކުޅުންތެރިންގެ ފަރާތުން ކާމިޔާބީ ހޯދުމަށް ބޭނުންވެފައިވާ މިންވަރު އެނގިގެންދާ ކަމަށެވެ.

މި ސަރަހައްދުގެ ފަސް ގައުމަކާއެކު ފެށުމަށް ހަމަޖެހިފައިވާ މި މުބާރާތުގައި ވާދަކުރާ އިންޑިއާ ޓީމަކީ އެންމެ ވަރުގަދަ ޓީމު ކަމަށް އެހެން ހުރިހާ ޓީމުތަކުން ވެސް އެއްބަސްވެއެވެ. އެގޮތުން ރާއްޖެއަށް ވެސް އެންމެ އުނދަގޫވާނެ ޓީމެއްގެ ގޮތުގައި ބެލެވެނީ އިންޑިއާ އެވެ.

މިކަމާ ގުޅޭ ގޮތުން ޒިލާ ބުނީ މުބާރާތުގައި ވާދަކުރާ ފަސް ޓީމުގެ ތެރެއިން އިންޑިއާ އަދި ލަންކާއަކީ ނިސްބަތުން ވަރުގަދަ ދެ ޓީމް ކަމަށެވެ. އަދި މި މުބާރާތް އަމިއްލަ ގައުމުގައި ބާއްވާއިރު އެއީ އެހެން ޓީމުތައް ބަލިކުރަން ލިބޭނެ އިތުރު ހިތްވަރެއް ކަމަށް ވެސް ޒިލާ ބުންޏެވެ.

ޒިލާ ބުނީ މިހުރިހާ ޓީމުތަކެއްގެ ތެރެއިންވެސް އިންޑިއާ އަކީ ވަރުގަދަ ޓީމެއް ކަމުން އެޓީމު ނޫން އެހެން ހުރިހާ ޓީމެއްގެ މައްޗަށް ކުރި ހޯދުމަކީ ގައުމީ ޓީމުގެ އަޒުމެއް ކަމަށެވެ.

މި މުބާރާތުގައި ރާއްޖެގެ އިތުރުން ދެން ވާދަކުރަނީ އިންޑިއާ، ބަންގްލަދޭޝް، ނޭޕާލް އަދި ސްރީ ލަންކާއެވެ.

މިފަހަރުގެ މުބާރާތައް ރާއްޖެއިން އެކުލަވާލި ބާސްކެޓް ޓީމުގައި ޒުވާން ކުޅުންތެރިންތަކެއް ހިމެނިފައިވާ އިރު، އެ ކުޅުންތެރިންގެ ފަރާތުން ތަފާތު މޮޅު ކުޅުމެއް ފެންނަމުން އަންނަ ކަމަށް ޒިލާ ބުންޏެވެ. ޒިލާ ބުނީ ޓީމުގައި ހިމެނޭ ސީނިއާ ކުޅުންތެރިންގެ އިރުޝާދާއި ކޯޗުގެ އިރުޝާދާ އެކު ޒުވާން ކުޅުންތެރިން އަންނަނީ ފަރިތަކުރުންތަކުގައި ވަރަށް ރަނގަޅަށް ޕާފޯމް ކުރަމުން ކަމަށެވެ.

ކޮންމެ ކުޅިވަރެއް ކުޅޭ އިރު ވެސް އެ ކުޅިވަރަކަށް ބޭނުންވާނެ އެންމެ ބޮޑު އެހީއަކީ ސަޕޯޓަރުން ދެމުން އަންނަ އެއްބާރުލުމެވެ. އެގޮތުން އަމިއްލަ ފަސްގަނޑުގައި ބާއްވާ މުބާރާތެއްގައި ގައުމީ ޓީމުތައް ތަމްސީލުކުރަމުން އަންނަ އިރު އެ ގައުމެއްގެ ސަޕޯޓަރުން ޓީމަށް ދޭ ސަޕޯޓަކީ ކުޅުންތެރިންނަށް ލިބިގެންދާނެ އިތުރު ހިތްވަރެކެވެ.

ޒިލާ ބުނީ މި މުބާރާތަކީ ރާއްޖޭގައި ބާއްވާ މިފަދަ ބާސްކެޓްގެ ބޮޑު މުބާރާތެއް ކަމުން ގައުމުގައި ތަށި ބެހެއްޓުމަށްޓަކައި ޓީމުގެ ކުޅުންތެރިންނާ އެއްވަރަށް ސަޕޯޓަރުންގެ ވެސް އެއްބާރުލުން ވަރަށް މުހިންމު ކަމަށެވެ. އަދި ރާއްޖެ ކުޅޭ ކޮންމެ މެޗެއްގައި ދިވެހި ޓީމަށް ސަޕޯޓްކޮށްދިނުމަށް ވީހާވެސް ގިނަ ބޭފުޅުން އިންޑޯ ހޯލަށް އައުމަކީ ކެޕްޓަނެއްގެ ހައިސިއްޔަތުން އެދޭ ވަރަށް ބޮޑު އެދުމެއް ކަމަށެވެ.

މި މުބާރާތުގައި ވާދަކުރާ ޓީމުތައް މި މަހުގެ 18 ވަނަ ދުވަހު ރާއްޖެ އައުމަށް ހަމަޖެހިފައިވާ އިރު، މުބާރާތް ކުރިއަށްދާނީ މި މަހުގެ 19 އިން 25 އަށް ޒުވާނުންގެ މަރުކަޒު އެތެރޭ ކޯޓުގައެވެ.

އިތުރަށް ކިޔާލަން

31 މާރިޗު 2017

ކުޅުންތެރިންގެ އަމާޒަކީ ޓީޓީ ވޯލްޑް ޗެމްޕިއަންޝިޕަށް ކޮލިފައިވުން

31 މާރިޗު 2017
ކުޅުންތެރިންގެ އަމާޒަކީ ޓީޓީ ވޯލްޑް ޗެމްޕިއަންޝިޕަށް ކޮލިފައިވުން
26 މާރިޗު 2017

ވޯލްޑްކަޕް ކޮލިފައިން: ޕޯޗުގަލް އަދި ފްރާންސް އަށް މޮޅެއް

26 މާރިޗު 2017
ވޯލްޑްކަޕް ކޮލިފައިން: ޕޯޗުގަލް އަދި ފްރާންސް އަށް މޮޅެއް
25 މާރިޗު 2017

ވޯލްޑްކަޕް ކޮލިފައިން: އިޓަލީ އަދި ސްޕެއިން މޮޅުވެ މަގާމު ދަމަހައްޓައިފި

25 މާރިޗު 2017
ވޯލްޑްކަޕް ކޮލިފައިން: އިޓަލީ އަދި ސްޕެއިން މޮޅުވެ މަގާމު ދަމަހައްޓައިފި
09 މާރިޗު 2017

އެންމެ ދެކެން ބޭނުންވަނީ ވޯލްޑްކަޕް ތަށި ރާއްޖޭ ފަސްގަނޑުގައި ބެހެއްޓޭ ދުވަސް: ނިޒާމްބެ

09 މާރިޗު 2017
އެންމެ ދެކެން ބޭނުންވަނީ ވޯލްޑްކަޕް ތަށި ރާއްޖޭ ފަސްގަނޑުގައި ބެހެއްޓޭ ދުވަސް: ނިޒާމްބެ
08 މާރިޗު 2017

އައިސީސީ ވިމެންސް ވޯލްޑްކަޕް: ފުރަތަމަ މެޗުގައި އިނގިރޭސިން އާ އިންޑިއާ

08 މާރިޗު 2017
އައިސީސީ ވިމެންސް ވޯލްޑްކަޕް: ފުރަތަމަ މެޗުގައި އިނގިރޭސިން އާ އިންޑިއާ
10 ފެބުރުއަރީ 2017

ކޫޑޯ ވޯލްޑްކަޕްގައި ވާދަކުރުމަށް ރާއްޖޭގެ އައްޝަމް އިންޑިއާގައި

10 ފެބުރުއަރީ 2017
ކޫޑޯ ވޯލްޑްކަޕްގައި ވާދަކުރުމަށް ރާއްޖޭގެ އައްޝަމް އިންޑިއާގައި
10 ފެބުރުއަރީ 2017

ވޯލްޑްކަޕްގައި ޔޫރަޕްގެ ގައުމުތަކަށް ޖާގަ އިތުރުކުރަން އެދެނީ

10 ފެބުރުއަރީ 2017
ވޯލްޑްކަޕްގައި ޔޫރަޕްގެ ގައުމުތަކަށް ޖާގަ އިތުރުކުރަން އެދެނީ
26 ޖެނުއަރީ 2017

ވުމެންސް ވޮލީބޯލް ވޯލްޑް ޗެމްޕިއަންޝިޕް: ނޭޕާލް ޓީމު ރާއްޖެ އަތުވެއްޖެ

26 ޖެނުއަރީ 2017
ވުމެންސް ވޮލީބޯލް ވޯލްޑް ޗެމްޕިއަންޝިޕް: ނޭޕާލް ޓީމު ރާއްޖެ އަތުވެއްޖެ
18 ޖެނުއަރީ 2017

މޮލްޑޯވާ އިން ވޯލްޑްކަޕަށް ތައްޔާރުވަމުން އަންނަ ގަތަރު ހިފަހައްޓައިފި

18 ޖެނުއަރީ 2017
މޮލްޑޯވާ އިން ވޯލްޑްކަޕަށް ތައްޔާރުވަމުން އަންނަ ގަތަރު ހިފަހައްޓައިފި
10 ޖެނުއަރީ 2017

ވޯލްޑް ކަޕުން އޭޝިޔާ އަށް އިތުރު ޖާގަތަކެއް ދީފި

10 ޖެނުއަރީ 2017
ވޯލްޑް ކަޕުން އޭޝިޔާ އަށް އިތުރު ޖާގަތަކެއް ދީފި
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލުޓާމްސް އޮފްޔޫސް