Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
ތަފާތު ޚަބަރުނައިޖީރިއާގެ ހުދާއި ކަޅުގެ ރެސްޓޯރެންޓް

ކޮމިކް ތީމްތަކަށް ހަދާފައިވާ ނައިޖީރިއާގެކަޅާ ހުދުގެ ރެސްޓޯރެންޓް

ލޭގޯސްގެ މެދުގައި ހުޅުވި ސްކެޗް ރެސްޓޯރެންޓް ހުޅުވީ މީގެ ދެމަހެއްހާދުވަސް ކުރިން

ޙުސައިން މަޚްތޫމް
ޙުސައިން މަޚްތޫމް | 3 ޖޫން 2022 | ހުކުރު 14:02
ނައިޖީރިއާގެ ސްކެޗް ރެސްޓޯރެންޓުގައި ކަސްޓަމަރުންތަކެއް

ނައިޖީރިއާގެ ސްކެޗް ރެސްޓޯރެންޓުގައި ކަސްޓަމަރުންތަކެއް

ހުޅަނގު އެފްރިކާ ހިސާބު މީހުންނަކީ އަބަދުވެސް ތަފާތު ކަންކަން ކުރަމުން އަންނަ ބަޔެކެވެ. އެކި ހުނަރުތައް ދައްކަމުން އަންނަ އިރު މިފަހަރު ވެސް ތަފާތު ކަމެއް ވަނީ ދައްކާލާފައެވެ. ހުޅަނގު އެފްރިކާގެ ގައުމެއް ކަމަށްވާ ނައިޖީރިއާގެ ލޭގޯސްގައި ވަނީ ކޮމިކް ތީމްތައް ހިމަނައިގެން ސްކެޗް ނުވަތަ ކުރަހައިގެން އެތެރެ ޑިޒައިންކޮށްފައިވާ ރެސްޓޯރެންޓެއް ހުޅުވާފައެވެ.

ރެސްޓޯރެންޓުގެ އެތެރެއަށް ވަނުމުން އިހުސާސް ކުރެވޭނީ ކުލަޖައްސާ ފޮތެއްގެ ތެރެއަށް ވަދެވޭ ހެންނެވެ. އަދި އެތަން ފަރުމާ ކޮށްފައިވަނީ އެތަނަށް ކެއުމަށް ދާ ފަރާތްތަކުން ކްރެޔޯން ކުލަ ހިފައިގެން ދާން ބޭނުންވާ ކަހަލަ ގޮތަކަށެވެ.

ލޭގޯސްގެ މެދުގައި ހުޅުވި ސްކެޗް ރެސްޓޯރެންޓް ހުޅުވީ މީގެ ދެމަހެއްހާދުވަސް ކުރިންނެވެ.

އެ ރެސްޓޯރެންޓުގެ މެނޭޖަރ މިހައިދިން ސިބިލިނި ބުނީ އެތަނުގެ ކޮންސެޕްޓް ހެދުމަށް ހިޔާލު އައީ ތަފާތު ގޮތަކަށް ކަމަށާއި، ބޭނުންވީ ކެއުމާއި އާޓަށް ލޯބިކުރާ ފަރާތްތަކަށް ތަފާތު ކަމެއް ކޮށްދިނުން ކަމަށެވެ.

މި ރެސްޓޯރެންޓުން އަގުހެޔޮ ކާބޯތަކެތި ލިބެން ހުންނަ އިރު، އޭގެ ތެރޭގައި ކޮކްޓެއިލްސް އަދި އެފްރިކާއަށް ހާއްސަ ކެއުންތައް ލިބެން ހުރެއެވެ.

ރެސްޓޯރެންޓަށް ކާން ދާ މީހުން އެތަނުގައި ހުރި ފޮޓޯތަކާއި، އެއިން ދޭހަކޮށްދޭ މާނަ އާއި ގުޅޭގޮތުން ތަފާތު ވާހަކަތައް އަހައެވެ. އަދި މިއާއެކު ރެސްޓޯރެންޓުން އެ ކުރެހުންތައް މެދުވެރިކޮށް މިސްރާއި، މިސްރުގައި ބޭނުންކުރި ތަފާތު ސިމްބަލް ނުވަތަ ނިޝާން ތަކާއި ގުޅޭ މުހިންމު މައުލޫމާތުތައް ކަސްޓަމަރުންނާއި ހިއްސާކުރެއެވެ.

މި ރެސްޓޯރެންޓާއެކު މިސްރަށް ނުދެވުނު ނަމަވެސް، އެތަނަށް ކާން ދާ ފަރާތްތަކަށް މިސްރާއި ގުޅޭ ތަފާތު މައުލޫމާތު ލިބި އެތަނުގައި އުޅެވޭ ކަހަލަ އިހުސާސެއްކޮށްދެއެވެ. މިސްރުގެ ތަފާތު ކަންކަމުގެ ތެރޭގައި އެތަނުގައި ހުންނަ ޕިރަމިޑާއި، އެމީހުންގެ އާދަކާދައާއި ސަގާފަތާއި އަޅުކަން ކޮށް އުޅުނު ގޮތުގެ މައުލޫމާތު އާންމުންނަށް ލިބިގެންދާނެއެވެ.

ނައިޖީރިއާގެ އާޓިސްޓެއް ލައްވާ ރެސްޓޯރެންޓުގެ ކުރެހުންތައް ކުރަހާފައިވާ އިރު، އެކަމަށް 3 މަސް ނެގިއެވެ. އަދި ކުރަހާފައިވާ އިރު ބައެއް ބަދަލުތައް ވެސް ގެނެސްފައިވެއެވެ. އޭގެ ތެރޭގައި މިސްރުގެ އެކި ހިސާބުތަކުން ފެނިފައިވާ އެކި ކަހަލަ ކުރެހުންތަކުގައި ހުންނަ މީހުންތައް ފޯނާ ކުޅޭތަން ފަދަ މަންޒަރުތައް ކުރަހާ އަދި އެކުރެހުންތަކަށް ބައެއް ބަދަލް ގެނެސްފައިވެސްވެއެވެ.

ނައިޖީރިއާމިޞްރު

އިތުރަށް ކިޔާލަން

14 އޮކްޓޯބަރު 2025

ސުލްޙަވެރިކަން ޤާއިމު ކުރެވޭނެ ހަމައެކަނި މަގަކީ ދެ ދައުލަތުގެ ޙައްލު: އަލް ސީސީ

14 އޮކްޓޯބަރު 2025
ސުލްޙަވެރިކަން ޤާއިމު ކުރެވޭނެ ހަމައެކަނި މަގަކީ ދެ ދައުލަތުގެ ޙައްލު: އަލް ސީސީ
12 އޮކްޓޯބަރު 2025

ސިޔާސީ ހަލަބޮލި ކަމެއްގެ ތެރެއިން، މެކްރޮން މިޞްރަށް ވަޑައިގަންނަވަނީ

12 އޮކްޓޯބަރު 2025
ސިޔާސީ ހަލަބޮލި ކަމެއްގެ ތެރެއިން، މެކްރޮން މިޞްރަށް ވަޑައިގަންނަވަނީ
11 އޮކްޓޯބަރު 2025

ޣައްޒާ ހަނގުރާމަ ހުއްޓާލަން ވެފައިވާ އެއްބަސްވުން ދެމި އޮންނާނެ ކަމަށް ޓްރަމްޕް ވިދާޅުވެއްޖެ

11 އޮކްޓޯބަރު 2025
ޣައްޒާ ހަނގުރާމަ ހުއްޓާލަން ވެފައިވާ އެއްބަސްވުން ދެމި އޮންނާނެ ކަމަށް ޓްރަމްޕް ވިދާޅުވެއްޖެ
07 އޮކްޓޯބަރު 2025

ހަމާސް އާއި އިސްރާއީލްއާ ދެމެދު ފުރަތަމަ ބުރުގެ މަޝްވަރާތައް ބާއްވައިފި

07 އޮކްޓޯބަރު 2025
ހަމާސް އާއި އިސްރާއީލްއާ ދެމެދު ފުރަތަމަ ބުރުގެ މަޝްވަރާތައް ބާއްވައިފި
05 އޮކްޓޯބަރު 2025

ރަހީނުން މިނިވަން ކުރުމުގެ މަޝްވަރާ އަށް ޓްރަމްޕްގެ މަންދޫބުން މިޞްރަށް

05 އޮކްޓޯބަރު 2025
ރަހީނުން މިނިވަން ކުރުމުގެ މަޝްވަރާ އަށް ޓްރަމްޕްގެ މަންދޫބުން މިޞްރަށް
14 އެޕްރީލު 2025

ހަނގުރާމަ ހުއްޓާލާ ރަހީނުން މިނިވަން ކުރުމުގެ މަޝްވަރާތަކަށް ކުރިއެރުމެއް ނުލިބުނު

14 އެޕްރީލު 2025
ހަނގުރާމަ ހުއްޓާލާ ރަހީނުން މިނިވަން ކުރުމުގެ މަޝްވަރާތަކަށް ކުރިއެރުމެއް ނުލިބުނު
19 މާރިޗު 2025

އެއްބަސްވުމާ ޚިލާފަށް، އިސްރާއީލުން ޣައްޒާ އަށް ދިން ޙަމަލާތަކާ ގުޅިގެން ބައިނަލްއަޤުވާމީ މުޖުތަމަޢުގެ ކަންބޮޑުވުން

19 މާރިޗު 2025
އެއްބަސްވުމާ ޚިލާފަށް، އިސްރާއީލުން ޣައްޒާ އަށް ދިން ޙަމަލާތަކާ ގުޅިގެން ބައިނަލްއަޤުވާމީ މުޖުތަމަޢުގެ ކަންބޮޑުވުން
27 ޖެނުއަރީ 2025

ފަލަސްތީން ރައްޔިތުން އެމީހުންގެ ވަޒަނުން ނެރުމަށް ޓްރަމްޕް ގެންގުޅުއްވާ ޕްލޭނަށް މިސުރުން ދެކޮޅު ހަދައިފި

27 ޖެނުއަރީ 2025
ފަލަސްތީން ރައްޔިތުން އެމީހުންގެ ވަޒަނުން ނެރުމަށް ޓްރަމްޕް ގެންގުޅުއްވާ ޕްލޭނަށް މިސުރުން ދެކޮޅު ހަދައިފި
17 ޑިސެމްބަރު 2024

އެފްރިކާގެ މޮޅު ކުޅުންތެރިޔަކަށް ހޮވުނީ ނައިޖީރިރާގެ ލުކްމަން

17 ޑިސެމްބަރު 2024
އެފްރިކާގެ މޮޅު ކުޅުންތެރިޔަކަށް ހޮވުނީ ނައިޖީރިރާގެ ލުކްމަން
21 އޮކްޓޯބަރު 2024

މިސްރުން މެލޭރިއާ ނައްތާލެވިއްޖެ ކަމަށް އިއުލާންކޮށްފި

21 އޮކްޓޯބަރު 2024
މިސްރުން މެލޭރިއާ ނައްތާލެވިއްޖެ ކަމަށް އިއުލާންކޮށްފި
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު