Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • ލައިފް ސްޓައިލް
ތަފާތު ޚަބަރު
ލޯފަން މީހުންނަށް ދޭ ޚާއްސަ ޚިދުމަތް

ރާއްޖޭގައިވެސް ވަރުގަދަ ޓެލެކޮމް ކުންފުނިތަކެއް...އެއްވެސް ބަޔަކަށް މިފަދަ ޚިދުމަތަކާ މެދު ވިސްނާލެވުނުބާ؟

ވިއާމޯއިން ބުނާ ގޮތުގައި މި ޚިދުމަތަކީ ދުނިޔޭގެ ނިސްބަތުން އެންމެ ފަޤީރު އަދި އެންމެ އެކަހެރި ޢާބާދުތަކަށް ޢަމާޒުކޮށްގެން އެ ކުންފުނިން ދޭން ފެށީ ޚިދުމަތެއް

ޢާއިޝާ ރީމާ ވަޙީދު
ޢާއިޝާ ރީމާ ވަޙީދު, ރާއްޖެ އެމްވީ | 20 މާރިޗު 2024 | ބުދަ 09:12
ވިއާމޯގެ މި ޚާއްޞަ ޚިދުމަތް ފަރުމާކޮށްފައި ވަނީ އެންމެ އިހުގެ މޯބައިލް ފޯނުތައް ބޭނުން ކުރެވޭ ގޮތަށް

ވިއާމޯގެ މި ޚާއްޞަ ޚިދުމަތް ފަރުމާކޮށްފައި ވަނީ އެންމެ އިހުގެ މޯބައިލް ފޯނުތައް ބޭނުން ކުރެވޭ ގޮތަށް

ނައިޖީރިއަށް އުފަން ކެހިންދެ އޮލޫތުބޮސުންއަކީ ޖިއޮގްރަފީއާއި ޖަނަވާރުތަކުގެ ދިރިއުޅުމުގެ ކަންކަމަށް ޚާއްޞަ ޝަޢުޤެއް ހުންނަ، ލޯފާން ޒުވާނެކެވެ. އޭނާ އެންމެ ގަޔާވާ ކަންކަމާ ބެހޭ އިތުރު މަޢުލޫމާތު ހޯދުމަށް އޮލޫތުބޮސުންއަށް އޮތް ހަމަ އެކަނި ހުރަހަކީ އޭނާއަކީ ލޯފާން މީހަކަށް ވުން އެކަންޏެއް ނޫނެވެ. އޭނާ އަތުގައި ސްމަރޓްފޯނެއްވެސް ނޯވެއެއެވެ. އެހެން ކަމުން، އިންޓަރނެޓްގެ ޒަރިއްޔާއިން އެއްޗެއް ހޯދާލުމަކީ އޮލޫތުބޮސުންއަށް މާ ފަސޭހަ ކަމަކަށް އޮންނަނީ ނުވެފައެވެ.

ޓެކްނޮލިޖީގެ ރޭހުގައި ދުނިޔެ ހޯދަމުންދާ ކުރިއެރުންތަކުގެ ތެރެއިންވެސް މަސްނޫޢީ ތޫނުފިލިކަން ނުވަތަ އަރޓިފިޝަލް އިންޓެލިޖެންސް (އޭއައި)ގެ ސަބަބަބުން، އޮލޫތުބޮސުންގެ ޙާލަތު މިހާރު ވަނީ ބަދަލުވާން ފަށާފައެވެ. އޮލޫތުބޮސުންގެ ތަކުލީފުތަކަށް ލުޔެއް ލިބެން ފެށީ، އޯފްލައިންކޮށް މަސައްކަތް ކުރެވޭ ފޯނެއް ލިބުނު ހިސާބުންނެވެ. އެ ފޯނަކީ އޭއައި ޓެކްނޮލޮޖީގެ އެހީގައި އޮޕަރޭޓް ކުރާ ފޯނެކެވެ.

މި ޚިދުމަތަކީ ކެނެޑާގައި މަރުކަޒުކޮށްގެން ހިންގާ ވިއާމޯ ކުންފުނިން މިދިޔަ މަހު ނައިޖީރިއާގައި ތަޢާރަފު ކުރި ޚިދުމަތެކެވެ. މި ޚިދުމަކީ އިންޓަރނެޓްގެ ޚިދުމަތް ނުލިބޭ، އެކަހެރި މަންޒިލްތަކުގައި ދިރިއުޅޭ މީހުންނަށް، އޭއައި ޓެކްނޮލޮޖީގެ މަންފާ ހާސިލު ކުރުމަށް ފުރުޞަތު ފަހި ކުރާ ޚިދުމަތެކެވެ.

ވިއާމޯގެ މި ޚާއްޞަ ޚިދުމަތް ފަރުމާކޮށްފައި ވަނީ އެންމެ އިހުގެ މޯބައިލް ފޯނުތައް ބޭނުން ކުރެވޭ ގޮތަށެވެ. އިހުގެ މޯބައިލް ފޯނެއް މެދުވެރިކޮށް އެ ސަރަޙައްދެއްގެ މޯބައިލް ފޯން ނެޓްވޯރކަށް ވަދެ، ހޯދަން ބޭނުންވާ މަޢުލޫމާތެއްގެ އިރުޝާދުތައް، އެސްއެމްއެސް ނުވަތަ އާދައިގެ ކޯލެއް މެދުވެރިކޮށް ނެޓްވޯރކަށް ދިނުމުން ކަސްޓަމަރުގެ ޒިންމާ ނިމުނީއެވެ.

އެހެނިހެން އޭއައި ޗެޓްބޮޓްތައް ފަދައިން މި ޚިދުމަތަކީވެސް ލިޔަންކިޔަން ނުދަންނަ މީހުންނަށް ބޭނުން ކުރެވޭ ޚިދުމަތެކެވެ. ވޮއިސް ކޮމާންޑްތަކުގެ އެހީގައެވެ. ހަމަ އެހެންމެ، ޚަރަދުގެ ގޮތުން ބަލާނަމަވެސް، ވިއާމޯއިން ނައިޖީރިއާގައި ދެމުން އަންނަ ޚިދުމަތް ހޯދަން ކުރަން ޖެހޭ ޚަރަދުވެސް ކުޑައެވެ. އިންޓަރނެޓް ބޭނުން ކުރުމަށް ޑޭޓާ ހޯދަން ޚަރަދު ކުރަން ޖެހޭ ފައިސާއިން ބޮޑު ބައެއް ސަލާމަތް ކުރެވެއެވެ.

މާލީ ބާޒާރުގެ އަގުތަކުން ދިވެހި ރުފިޔާއާ ވަޒަން ކުރާނަމަ، 10 ނައިރާ އަކީ އެންމެ 0.096 ލާރިއެވެ. ނައިޖީރިއާ އަކީ ލިޔަންކިޔަން ނުދަތުމާއި އިންތިހާ ފަޤީރުކަން އޭގެ އެންމެ އިންތިހާއަށް ފެތުރިފައި އޮތް ޤައުމެކެވެ.

ގްލޯރީ އަޚަބޫއީއަކީ ވިއާމޯއިން ނައިޖީރިއާގައި ހިންގާ ގޮފީގެ ރީޖަނަލް ޕްލެޓްފޯރމް މެނޭޖަރއެވެ.

ޢުމުރުން 25 އަހަރުގެ ޑޭވިޑް ދީވާ އަކީ ވަޑާން ކުރުމުގެ މަސައްކަތުގައި އުޅޭ ޒުވާނެކެވެ. ދާދި ފަހަކާ ޖެހެންދަށްވެސް އޭނާ މަޢުލޫމާތު ހޯދާ އުޅުނު ހަމަ އެކަނި ގޮތަކީ، ރޭޑިއޯ ޕްރޮގްރާމްތަކަށް ގުޅައިގެންނެވެ. އޭއައި ފޯނު ބޭނުން ކުރަން ފެށި ހިސާބުން އެކަން ބަދަލުވެއްޖެއެވެ.

ވަޑާން ކުރުމުގެ މަސައްކަތުގައި ހަށި ރައްކަލަށް ބޭނުން ކުރަން ޖެހޭ ޢާލާތްތައް އެކަށީގެން ވާ ގޮތެއްގައި ބޭނުން ކުރުމަކާ ނުލާ، އެ މަސައްކަތުގައި އުޅުމުގެ ސަބަބުން، 2020 ވަނަ އަހަރުގެ ތެރޭގައި އޭނާގެ ލޮލުގެ ފެނުމަށް އުނިކަން އަންނަން ފެށިކަން ޑޭވިޑް ފާހަގަ ކުރިއެވެ. މި ޒުވާނާ ޢަމާޒު ހިފާފައި ވަނީ، ދިރިއުޅުމަށް ޢާމްދަނީ ހޯދުމަށް އޭނާ މަސައްކަތް ކުރަމުން ދާ ވަޑާމުގެ ދާއިރާ ދޫކޮށް، އެހެން ދިމާއަކަށް މިޞްރާބު ބަދަލުކޮށްލުމަށެވެ.  އެ ކަމަށް ޚިޔާލު ހޯދަނީ އޭއައި ޓެކްނޮލޮޖީ މެދުވެރިކޮށެވެ.

އޮލޫތުބޮސުންގެ ދިރިއުޅުމަށްވެސް އައީ ހެޔޮ ބަދަލެކެވެ. އިންޓަރނެޓުން އޭނާ ބޭނުންވާ މަޢުލޫމާތެއް ހޯދުމަށްޓަކައި، އެހެން މީހުން ގާތު، އެމީހުންގެ ސްމަރޓް ފޯނުތައް ބޭނުން ކުރަން އެދި އާދޭސް ކުރުން ނިމުމަކަށް އަތުވެއްޖެއެވެ. އޭނާ ބޭނުންވާ މަޢުލޫމާތެއް، ބޭނުން ވަގުތަކުގެ ލިބިގަތުމުގެ ފުރުޞަތު، މިއަދު އޮލޫތުބޮސުންއަށް އެބަ އޮތެވެ.

ވިއާމޯއިން ބުނާ ގޮތުގައި މި ޚިދުމަތަކީ ދުނިޔޭގެ ނިސްބަތުން އެންމެ ފަޤީރު އަދި އެންމެ އެކަހެރި ޢާބާދުތަކަށް ޢަމާޒުކޮށްގެން އެ ކުންފުނިން ދޭން ފެށީ ޚިދުމަތެއް ކަމަށެވެ. ސްމަރޓްފޯނާއި އިންޓަރނެޓާވެސް ނުލާ، މަޢުލޫމާތު ހޯދާ ލިބިގަތުމުގެ ފުރުޞަތު، ނިކަމެތި ފަޤީރުންނަށް ހޯދައިދިނުމަށް ވިއާމޯއިން ކުރިއަށް ގެންދާ މަޝްރޫޢު އެންމެ ފުރަތަމަ ހިންގަން ފެށީ ޒެމްބީއާގައެވެ. އޭގެ ފަހުން ޕާކިސްތާން، ޓެންޒޭނިއާ އަދި އިންޑިއާގައިވެސް އެ ޚިދުމަތް ވަނީ ދޭން ފަށާފައެވެ.

ވިއާމޯއަކީ އެމެރިކާއާއި އިނގިރޭސިވިލާތުގެ އިތުރުން ތަރައްޤީއަށް މަސައްކަތް ކުރާ އިތުރު އެހެން އިދާރާތަކެއްގެ އެހީތެރިކަމާ އެކު ހިންގާ ކުންފުންޏެކެވެ. ކުޑަކުދިންގެ ޙައްޤުތަކާ ބެހޭ އދގެ ޖަމިއްޔާ (ޔުނިސެފް)އިންވެސް ވަނީ އެޗްއައިވީ، ނިއުޓްރިޝަން، ފެނާއި ނަރުދަމާ އަދި ސާފުތާހިރު ކަމާ ބެހޭ މަޢުލޫމާތު ފޯރުކޮށްދިނުމަށް، ވިއާމޯއާ ގުޅިގެން މަސައްކަތްތަކެއް ކޮށްފައެވެ.

އޮލޫތުބޮސުންނައިޖީރިއާލޯފަން ކުދިން

ކޮމެންޓް

އިތުރަށް ކިޔާލަން

އެފްރިކާގެ މޮޅު ކުޅުންތެރިޔަކަށް ހޮވުނީ ނައިޖީރިރާގެ ލުކްމަން

އެފްރިކާގެ މޮޅު ކުޅުންތެރިޔަކަށް ހޮވުނީ ނައިޖީރިރާގެ ލުކްމަން

17 ޑިސެމްބަރު 2024
ދިރުވާލައިގެން މަސްތުވާތަކެތި އެތެރެކުރި މީހެއްގެ ބަންދަށް 15 ދުވަސް ޖަހައިފި

ދިރުވާލައިގެން މަސްތުވާތަކެތި އެތެރެކުރި މީހެއްގެ ބަންދަށް 15 ދުވަސް ޖަހައިފި

05 އެޕްރީލު 2024
ނައިޖީރިޔާގައި ހިނގަމުންދާ ދާޚިލާ ހަމަނުޖެހުންތައް އިތުރު ނުރައްކަލަކަށް، ހަތިޔާރު އެޅި ޖަމާޢަތަކުން ޙަމަލަދީ 160 މީހުން މަރައިލައިފި

ނައިޖީރިޔާގައި ހިނގަމުންދާ ދާޚިލާ ހަމަނުޖެހުންތައް އިތުރު ނުރައްކަލަކަށް، ހަތިޔާރު އެޅި ޖަމާޢަތަކުން ޙަމަލަދީ 160 މީހުން މަރައިލައިފި

28 ޑިސެމްބަރު 2023
ލޯފާން ކުދިންގެ ޙައްޤުގައި ހިލޭ ސާބަހަށް ޚިދުމަތް ކުރާ ލޯފާން މުދައްރިސަކީ 'ކުޅެދޭ' މީހުންނަށް ހުރި މިސާލެއް!

ލޯފާން ކުދިންގެ ޙައްޤުގައި ހިލޭ ސާބަހަށް ޚިދުމަތް ކުރާ ލޯފާން މުދައްރިސަކީ 'ކުޅެދޭ' މީހުންނަށް ހުރި މިސާލެއް!

25 މެއި 2023
ނައިޖީރިއާގެ ރިޔާސީ އިންތިޚާބު ބޮލާ ޓިނުބޫ ކާމިޔާބު ކުރައްވައިފި

ނައިޖީރިއާގެ ރިޔާސީ އިންތިޚާބު ބޮލާ ޓިނުބޫ ކާމިޔާބު ކުރައްވައިފި

01 މާރިޗު 2023

އަހަރުތަކުން މިއަދު

17 ޖެނުއަރީ
ފަލާޙުގެ ރުޅި ގަނޑާއި، މިސްކިތު ހުޅު ޖެހި މީހާގެ ވާހަކަ!
20251 އަހަރު ކުރިން
ރިޕޯޓު

ފަލާޙުގެ ރުޅި ގަނޑާއި، މިސްކިތު ހުޅު ޖެހި މީހާގެ ވާހަކަ!

ކޯ ގްރޫޕް ބައްދަލުވުމުގައި، މަޝްރޫއުތައް ހިންގުން އަވަސްކުރުމާ ބެހޭގޮތުން މަޝްވަރާކުރި - އިންޑިއާ
20242 އަހަރު ކުރިން
ރާއްޖެ

ކޯ ގްރޫޕް ބައްދަލުވުމުގައި، މަޝްރޫއުތައް ހިންގުން އަވަސްކުރުމާ ބެހޭގޮތުން މަޝްވަރާކުރި - އިންޑިއާ

ވިލިމާލޭގައި އެމްޓީސީސީން ބަހުގެ ޚިދުމަތް ފެށުން މުއިއްޒުއަށް ކަމަކު ނުދިޔަ
20233 އަހަރު ކުރިން
ރާއްޖެ

ވިލިމާލޭގައި އެމްޓީސީސީން ބަހުގެ ޚިދުމަތް ފެށުން މުއިއްޒުއަށް ކަމަކު ނުދިޔަ

އަލިފާން ރޯވީ ފްލައިޓްގެ ކޮކްޕިޓްކައިރީގައި ހިނގި ހާދިސާއަކުން: މޯލްޑިވިއަން
20224 އަހަރު ކުރިން
ރާއްޖެ

އަލިފާން ރޯވީ ފްލައިޓްގެ ކޮކްޕިޓްކައިރީގައި ހިނގި ހާދިސާއަކުން: މޯލްޑިވިއަން

ހުވާ ކުރުމާއެކު \'މުސްލިމް ބޭން\' އަމުރު އުވައިލަން ބައިޑެން ނިންމަވައިފި
20215 އަހަރު ކުރިން
ދުނިޔެ

ހުވާ ކުރުމާއެކު \'މުސްލިމް ބޭން\' އަމުރު އުވައިލަން ބައިޑެން ނިންމަވައިފި

ހިންނަވަރު ދާއިރާގެ ޓިކެޓް ޖީހާން ކާމިޔާބުކޮށްފި
20197 އަހަރު ކުރިން
ރާއްޖެ

ހިންނަވަރު ދާއިރާގެ ޓިކެޓް ޖީހާން ކާމިޔާބުކޮށްފި

ދުފުން – އާދަކާދައާއި ގުޅިފައިވާ ނުރައްކާތެރި ދުޝްމަނެއް
20188 އަހަރު ކުރިން
ރިޕޯޓު

ދުފުން – އާދަކާދައާއި ގުޅިފައިވާ ނުރައްކާތެރި ދުޝްމަނެއް

ރާއްޖެކުޅިވަރުދުނިޔެވިޔަފާރި - އިގްތިސާދުރިޕޯޓުފޮޓޯވާހަކަސިއްހަތުތަފާތު ޚަބަރުލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު