Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
ތަފާތު ޚަބަރުނައިޖީރިއާގެ ފަންނުވެރިޔާ

ވަސީލަތް ނެތް ހިނދެއްގައި ކުނިގޮނޑަކުންވެސް ފަންނުވެރިކަން ދިރުވިދާނެ!

ކޮމްބޯޔޭގެ މަސައްކަތަކީ އުކާލާފައި ހުންނަ ރަބަރު، ޕްލާސްޓިކް ނުވަތަ ނައިލޯން ފައިވާންތައް އެއްކޮށްގެން ތަފާތު އެކި ކަހަލަ ކުރެހުންތައް ތައްޔާރު ކުރުން

ޢާއިޝާ ރީމާ ވަޙީދު
ޢާއިޝާ ރީމާ ވަޙީދު | 5 ފެބުރުއަރީ 2023 | އާދީއްތަ 07:12
ކޮމްބޯޔޭ ބުނާ ގޮތުގައި، މިއީ ނައިޖިރިއާއަށް މިއަދު ކުރިމަތިލާން ޖެހިފައިވާ ޕްލާސްޓިކްގެ ތަޣައްޔަރު ކަމުން ޤައުމު ސަލާމަތް ކޮށްދިނުމަށް އޭނާއަށް ކޮށްދެވޭ މަސައްކަތެއް

ކޮމްބޯޔޭ ބުނާ ގޮތުގައި، މިއީ ނައިޖިރިއާއަށް މިއަދު ކުރިމަތިލާން ޖެހިފައިވާ ޕްލާސްޓިކްގެ ތަޣައްޔަރު ކަމުން ޤައުމު ސަލާމަތް ކޮށްދިނުމަށް އޭނާއަށް ކޮށްދެވޭ މަސައްކަތެއް

ހައްޓަށް ލުއިވުމާއި ޖީބަށް ލުއިވުމަކީ ޕްލާސްޓިކާއި ރަބަރުގެ އުފެއްދުންތަކާ ދުރުވުމަށް އެޅިފައި އޮތް އެންމެ ބޮޑު އެއް ހުރަހެވެ. ނަމަވެސް މިފަދަ އުފެއްދުންތަކުގެ ސަބަބުން ވެއްޓަށް ލިބެމުންދާ ގެއްލުންތަކުގެ އަޑުވެސް ވަކި މަޑެއް ނޫނެވެ. އެހެންކަމުން، މިކަމަށް ބޭނުން ވަނީ އިންޤިލާބީ ނުވަތަ އީޖާދީ ހައްލެއް ކަމާ މެދު ދެބަސްވެވޭކަށް ނެތެވެ. އަދުގެ ބައެއް ޒުވާނުން ދަނީ މިހާރުވެސް އެކަން ސާބިތުކޮށްދެމުންނެވެ. އެފަދަ އެކަކީ ނައިޖީރިއާގެ ފަންނުވެރިޔާ ޔޫޖީން ކޮމްބޯޔޭއެވެ.

ޢުމުރުން 30 އަހަރުގެ ކޮމްބޯޔޭގެ މަސައްކަތަކީ އުކާލާފައި ހުންނަ ރަބަރު، ޕްލާސްޓިކް ނުވަތަ ނައިލޯން ފައިވާންތައް އެއްކޮށްގެން ތަފާތު އެކި ކަހަލަ ކުރެހުންތައް ތައްޔާރު ކުރުމެވެ. ކޮމްބޯޔޭ ބުނާ ގޮތުގައި، މިއީ ނައިޖިރިއާއަށް މިއަދު ކުރިމަތިލާން ޖެހިފައިވާ ޕްލާސްޓިކްގެ ތަޣައްޔަރު ކަމުން ޤައުމު ސަލާމަތް ކޮށްދިނުމަށް އޭނާއަށް ކޮށްދެވޭ މަސައްކަތެކެވެ.

ކޮމްބޯޔޭގެ މި މަސައްކަތް ފެށިގެން އައީ 2017 ވަނަ އަހަރުގެ ތެރޭގައި، ކޮލެޖް އެސައިމަންޓެއްގެ ގޮތުގައި ކަމަށް ވީ ނަމަވެސް، މިއަދު މިއީ ކޮމްބޯޔޭގެ ފުލްޓައިމް ވަޒީފާއެވެ. އޯގަން ސްޓޭޓްގައި ސްޓޫޑިއޯއެއްވެސް ހިންގަމުން އަންނަ ކޮމްބޯޔޭ މިއަދު ދަނީ، މި ރޮނގުން ކުރިއަށް ދާން ބޭނުންވާ ކުދިންނަށް، މި ފަންނުވެރިކަން އުނގަންނައިދީ، ދަސްކޮށްދެމުންނެވެ.

ކޮލެޖުގައި ކޮމްބޯޔޭ ހޭދަ ކުރި ދުވަސްވަރުވީ، ކުރެހުމުގެ ފަންނަށް ބޭނުންވާ އެކި ކަހަލަ ސާމާނުތައް ހޯދަން ދަތިވި ދުވަސްވަރަކަށެވެ. ކޮލެޖު ހުރި ސަރަޙައްދުގެ ގޮތުންނެވެ. އެހެންކަމުން، ލެކްޗަރަރު ކޮމްބޯޔޭގެ ކިބައިން އެދުނީ، ވަށައިގެންވާ ވެށީގެ ތެރެއިން ކޮންމެވެސް އެއްޗެއް ހޯދައިގެން އޭނާގެ ކުރެހުންތަކަށް ކުލަ ގެނެސް، އަމާޒުތައް ހާސިލު ކުރުމަށެވެ.

ކޮމްބޯޔޭ ދަސްވެނިވީ ކުލަޖެއްސުމުގެ ފަންނުވެރިކަމުގެ ރޮނގުން ކަމުގައި ވީ ނަމަވެސް، ކޮލެޖު ތަޢުލީމު ފުރިހަމަ ކުރުމަށްފަހު، ފާއިތުވެދިޔަ 4 އަހަރެއްހާ ދުވަހަށް ކޮމްބޯޔޭ ކުރިހާވެސް ކަމަކީ މިއީއެވެ. އޭނާގެ ފަންނުވެރިކަން ފައްކާ ކުރުމެވެ. އުކާލާފައި ހުންނަ ފައިވާން ކިބތައް ބޭނުންކޮށްގެން މީސްމީހުންގެ ތަސްވީރުތައް، ވީހާވެސް އަސްލާ އެއްގޮތަށް، ވީހާވެސް ކުލަގަދަކޮށް ގެނެސްދިނުމެވެ.

އޭނާގެ މަސައްކަތަށް ބޭނުންވާ ގިނަ ސާމާނުތައް، ކޮމްބޯޔޭ ހޯދަނީ ކުނިގޮނޑުތަކާއި، ކޯރުތަކުގެ އައްސޭރިފަށުގެ ސަރަޙައްދުތަކުންނެވެ. އެ ސާމާނުތައް ސްޓޫޑިއޯއަށް ގެންގޮސް، ޑިސްއިންފެކްޓްކުރެއެވެ. އާ ކުރެހުންތައް ތައްޔާރު ކުރުމުގެ ކުރިން، އެ ކުނިތައް ދޮންނަންވެސް ދޮވެއެވެ.

ކުރެހުމުގެ ސައިޒަށް ބަލާ، ބައެއް މަސައްކަތައް ނިންމާލުމަށް 1 މަހާއި 4 މަހާ ދެމެދުގެ މުއްދަތެއް ކޮމްބޯޔޭ ހޭދަ ކުރެއެވެ.

ނައިޖީރިއާ ސަރުކާރުގެ ތަފާސް ހިސާބުތައް ދައްކާ ގޮތުން އެ ޤައުމުން ކޮންމެ އަހަރަކުވެސް އުފައްދާ ޕްލާސްޓިކް ކުނީގެ ބަރުދަން، 2.5 މިލިއަންޓަނަށް އަރައެވެ. އެގޭ ތެރެއިން ބައެއް ކުނި ރަނގަޅު ގޮތުގައި ނައްތާނުލެވި އުޅެނިކޮށް ފައިބައިގެން ދަނީ ކަނޑާއި ކޯރުތަކަށެވެ.

ނައިޖީރިއާގެ ފަންނުވެރިޔާ ޔޫޖީން ކޮމްބޯޔޭނައިޖީރިއާނައިޖީރިއާގެ ފަންނުވެރިޔާޕްލާސްޓިކް

އިތުރަށް ކިޔާލަން

17 ޑިސެމްބަރު 2024

އެފްރިކާގެ މޮޅު ކުޅުންތެރިޔަކަށް ހޮވުނީ ނައިޖީރިރާގެ ލުކްމަން

17 ޑިސެމްބަރު 2024
އެފްރިކާގެ މޮޅު ކުޅުންތެރިޔަކަށް ހޮވުނީ ނައިޖީރިރާގެ ލުކްމަން
05 އެޕްރީލު 2024

ދިރުވާލައިގެން މަސްތުވާތަކެތި އެތެރެކުރި މީހެއްގެ ބަންދަށް 15 ދުވަސް ޖަހައިފި

05 އެޕްރީލު 2024
ދިރުވާލައިގެން މަސްތުވާތަކެތި އެތެރެކުރި މީހެއްގެ ބަންދަށް 15 ދުވަސް ޖަހައިފި
20 މާރިޗު 2024

ރާއްޖޭގައިވެސް ވަރުގަދަ ޓެލެކޮމް ކުންފުނިތަކެއް...އެއްވެސް ބަޔަކަށް މިފަދަ ޚިދުމަތަކާ މެދު ވިސްނާލެވުނުބާ؟

20 މާރިޗު 2024
ރާއްޖޭގައިވެސް ވަރުގަދަ ޓެލެކޮމް ކުންފުނިތަކެއް...އެއްވެސް ބަޔަކަށް މިފަދަ ޚިދުމަތަކާ މެދު ވިސްނާލެވުނުބާ؟
20 މާރިޗު 2024

ދެނެގަނެވިފައި އޮތް މިންވަރަށް ވުރެ ޕްލާސްޓިކްގައި ކެމިކަލް ގިނަ، ބޮޑު ޕަސެންޓެއް ރެގިއުލޭޓް ކުރެވޭނެ ގޮތެއްވެސް ނެތް!

20 މާރިޗު 2024
ދެނެގަނެވިފައި އޮތް މިންވަރަށް ވުރެ ޕްލާސްޓިކްގައި ކެމިކަލް ގިނަ، ބޮޑު ޕަސެންޓެއް ރެގިއުލޭޓް ކުރެވޭނެ ގޮތެއްވެސް ނެތް!
01 ޖެނުއަރީ 2024

މިއަދުން ފެށިގެން ސުޕާރި ޕެކެޓް އަދި 50 މައިކްރޯނަށްވުރެ ތުނި ޕްލާސްޓިކް ކޮތަޅު އެތެރެކުރުމާއި އުފެއްދުން މަނާ

01 ޖެނުއަރީ 2024
މިއަދުން ފެށިގެން ސުޕާރި ޕެކެޓް އަދި 50 މައިކްރޯނަށްވުރެ ތުނި ޕްލާސްޓިކް ކޮތަޅު އެތެރެކުރުމާއި އުފެއްދުން މަނާ
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު