Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
Advertisement - sportsAdvertisement
ކުޅިވަރުޝައިހް ކަމާލް އިންޓަނޭޝަނަލް ކ

ބޭނުމީ އެއްވަނަ ޓީމުގެ ގޮތުގައި ސެމީން ޖާގަ ހޯދަން: ނިޒާމްބެ

މެޗަށް ވާންޖެހޭ އެންމެ ފަހުގެ ތައްޔާރީތައް މިހާރުވެ ނިމިފައި: ނިޒާމްބެ

ލީވާން އަލީ
ލީވާން އަލީ | 22 ފެބުރުއަރީ 2017 | ބުދަ 18:05
ޓީސީގެ ކޯޗު މުހައްމަދު ނިޒާމް

ޓީސީގެ ކޯޗު މުހައްމަދު ނިޒާމް

ޝައިހް ކަމާލް އިންޓަނޭޝަނަލް ކްލަބް ކަޕް ގްރޫޕް ސްޓޭޖުގެ ފަހު މެޗުގައި ޕޯޗިއެންއާ ދެކޮޅަށް ނިކުންނާނީ މޮޅުވެ، ގްރޫޕްގެ އެއްވަނައިގެ ގޮތުގައި ސެމީފައިނަލުން ޖާގަ ހޯދުމަށް ކަމަށް ޓީސީ ސްޕޯޓްސް ކްލަބްގެ ކޯޗު މުހައްމަދު ނިޒާމް (ނިޒާމްބެ) ބުނެފި އެވެ.

މެޗުގެ ކުރިން ރާއްޖެއެމްވީ އަށް ދިން އިންޓަވިއުއެއްގައި ނިޒާމްބެ ބުނީ ގްރޫޕްގެ އެއްވަނައިގެ ގޮތުގައި ސެމީ ފައިނަލަށް ދަތުރުކުރަން ޖެހޭ ކަމަށާއި، ކޮރެއާގެ ޕޯޗިއެންއާ ދެކޮޅަށް ކުޅޭ މެޗު ކާމިޔާބުކުރަން ޖެހޭ ކަމަށެވެ.

އެގޮތުން އޭނާ ބުނީ ސެމީން މިހާރުވެސް ޖާގަ ލިބިފައިވާއިރު، ޕޯޗިއެންއާ ދެކޮޅަށް ކުޅޭ މެޗު އެއްވެސް ވަރަކަށް ޓީސީން ފަސޭހަކޮށްނުލާނެ ކަމަށާއި، މެޗަށް ވާންޖެހޭ އެންމެ ފަހުގެ ތައްޔާރީތައް މިހާރުވެ ނިމިފައިވާ ކަމަށެވެ.

މީގެއިތުރުން ނިޒާމްބެ ބުނީ އެއްވަނަ ޓީމުގެ ގޮތުގައި ޓީސީ ދަތުރުކޮށްފި ނަމަ ލިބޭ ފައިދާވެސް ބޯޑުވާނެ ކަމަށެވެ. އޭނާ ބުނީ އެއްވަނަ ޓީމު ގޮތުގައި ސެމީއަށް ގޮސްފި ނަމަ އިދިކޮޅަށް ނިކުންނާނީ ގްރޫޕް ބީގެ ދެވަނަ ޓީމު ކަމަށެވެ. އެގޮތުން އެއީވެސް ލިބޭނެ ފައިދާއެއް ކަމަށް ނިޒާމްބެ ވަނީ ބުނެފައެވެ.

މެޗަށް ނިކުންނައިރު، ޓީސީ އަށް ދިމާވާނެ އެންމެ ބޮޑު ގެންޖެހުމަކީ ކެޕްޓަން އަލީ ނާފިއު (ކަޅޭ) އަދި އިމްޝާދު އަށް ޕޯޗިއެންއާ ދެކޮޅަށް ކުޅޭ މެޗުގައި ނުކުޅެވޭނެ ކަމަށެވެ. އެގޮތުން ނިޒާމްބެ ބުނީ އެފްސީ އަލްގާ މެޗުގައި ފުރަތަމަ އެގާރައިން ފެނިގެންނުދިޔަ ޝަމްވީލް ގާސިމް (ބޮންޑާ) ، ޔާމްބެ، އައްޒާމް އަދި އައިހަމް ޕޯޗިއެންއާ ދެކޮޅަށް ކުޅޭ މެޗުން ފެނިގެންދާނެ ކަމަށެވެ.

އިތުރަށް ކިޔާލަން

31 ޖެނުއަރީ 2017

ގައުމީ ޓީމުގެ ކަންތައް ބަލަހައްޓާ ކޮމިޓީ ވަނީ އެކުލަވާލެވިފައި: އެފްއޭއެމް

31 ޖެނުއަރީ 2017
ގައުމީ ޓީމުގެ ކަންތައް ބަލަހައްޓާ ކޮމިޓީ ވަނީ އެކުލަވާލެވިފައި: އެފްއޭއެމް
27 ޖެނުއަރީ 2017

ކިރިގިސްތާންގެ ގައުމީ ޓީމުގެ ކީޕަރެއް ޔޫވީ އަށް

27 ޖެނުއަރީ 2017
ކިރިގިސްތާންގެ ގައުމީ ޓީމުގެ ކީޕަރެއް ޔޫވީ އަށް
27 ޖެނުއަރީ 2017

ގައުމީ އަންހެން ޓީމުގެ ފުރަތަމަ ކެޕްޓަން މިރުފަތު ރިޓަޔާކޮށްފި

27 ޖެނުއަރީ 2017
ގައުމީ އަންހެން ޓީމުގެ ފުރަތަމަ ކެޕްޓަން މިރުފަތު ރިޓަޔާކޮށްފި
26 ޖެނުއަރީ 2017

އޭވީސީ ސެންޓްރަލް ޒޯން: ހުރިހާ ޓީމެއްވެސް ނިކުންނަނީ އެއްވަނަ ހޯދަން

26 ޖެނުއަރީ 2017
އޭވީސީ ސެންޓްރަލް ޒޯން: ހުރިހާ ޓީމެއްވެސް ނިކުންނަނީ އެއްވަނަ ހޯދަން
24 ޖެނުއަރީ 2017

އޮފީސް ކުންފުނިތަކުގެ ހޭންޑްބޯލް މުބާރާތް ފެބްރުއަރީ އެއްވަނަ ދުވަހު ފަށަނީ

24 ޖެނުއަރީ 2017
އޮފީސް ކުންފުނިތަކުގެ ހޭންޑްބޯލް މުބާރާތް ފެބްރުއަރީ އެއްވަނަ ދުވަހު ފަށަނީ
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު