Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
ތަފާތު ޚަބަރުޖޯ ލާރާ މަރުވުން

މަތިންދާބޯޓެއް ވެއްޓި ޓާޒަން މަރުވެއްޖެ

މަރުވި މީހުންގެ ތެރޭގައި ޖޯ ލާރާއާއި އޭނާގެ އަންހެނުން ގްވެން ޝަމްލިން ލާރާ ވެސް ހިމެނޭ

ނަހުފާ މުހައްމަދު
ނަހުފާ މުހައްމަދު, ރާއްޖެ އެމްވީ | 1 ޖޫން 2021 | އަންގާރަ 02:44
ޓާޒަން ގެ މަންޒަރެއްގައި ޖޯ ލާރާ، މަތިންދާބޯޓު ވެއްޓުނު ހާދިސާގައި އޭނާ ވަނީ މަރުވެފައި

ޓާޒަން ގެ މަންޒަރެއްގައި ޖޯ ލާރާ، މަތިންދާބޯޓު ވެއްޓުނު ހާދިސާގައި އޭނާ ވަނީ މަރުވެފައި

އެމެރިކާގެ ޓެނެސީ އަށް މަތިންދާ ބޯޓެއް ވެއްޓުނު ހާދިސާގައި ހޮލީވުޑްގެ އެކްޓަރު ޖޯ ލާރާ މަރުވެއްޖެއެވެ.

ޖޯ ލާރާ އެންމެ މަޝްހޫރުވީ 90ގެ ސިލްސިލާއެއް ކަމަށްވާ ޓާޒަން: ދަ އެޕިކް އެޑްވެންޗާސް އިންނެވެ. އެ ސިލްސިލާގައި ލީޑް ރޯލް އަދާކޮށް، އޭނާ ވަނީ އާންމުންގެ ބޮޑު މަގުބޫލުކަމެއް ހޯދާފައެވެ.

ސްމެރްނާހްއޭ ކިޔުނު ކުޑަ އަވަށެއް ކައިރީގައި އޮންނަ ކޯރަކަށް މަތިންދާބޯޓެއް ވެއްޓި ހިނގި ހާދިސާގައި ހަތް މީހުން މަރުވެފައި ވެއެވެ. އޭގެތެރޭގައި އުމުރުން 58 އަހަރުގެ ޖޯ ލާރާއާއި އޭނާގެ އަންހެނުން ގްވެން ޝަމްލިން ލާރާ ވެސް ހިމެނޭކަމަށް ރިޕޯޓްތައް ބުނެއެވެ.

މެއި މަހުގެ 29 ވަނަ ދުވަހު ހިނގި މި ހާދިސާއަށް ފަހު, އެ ސަރަހައްދުގައި ރެސްކިއު މަސައްކަތުގައި ހަރަކާތްތެރިވި މީހުންނަށް ވަނީ މަތިންދާބޯޓުގެ ބައިތަކާއި, ދަތުރުކުރި މީހުންގެ ހަށިތައް ފެނިފައެވެ.

ކެލެފޯނިއާއަށް އުފަން ޖޯ ލާރާ އެންމެ މަޝްހޫރު ވެފައިވަނީ، 1996 ން 1997 ށް ޓީވީން ގެނެސްދިން ޓާޒަން ސިލްސިލާއިންނެވެ. ޓާޒަން ސިލްސިލާގެ ލީޑް ރޯލް ކުޅުމުގެ ކުރިން އޭނާ ވަނީ 1989 ވަނަ އަހަރު ޓީވީން ގެނެސްދިން ޓާޒަން ފިލްމު ވެސް ކުޅެފައެވެ. ފިލްމުގައި ވެސް އޭނާ ކުޅެފައިވަނީ ޓާޒަންގެ ރޯލެވެ.

މިއުޒިކްގެ ދާއިރާއިން ކުރިއަށް ދިޔުމަށްޓަކައި ޖޯ ލާރާ އެކްޓް ކުރުމާ ދުރަށް ދިޔައީ 2000 ވަނަ އަހަރުގައެވެ.

މިއުޒިކް ކުޅުމުގެ ތެރެއަށް ނިކުތުމަށްފަހު 2009 ވަނަ އަހަރު "ދަ ކްރައި އޮފް ފްރީޑަމް" އޭ ކިޔުނު އަލްބަމެއް އޭނާ ނެރެފައިވެއެވެ.

ޖޯ ލާރާ މަރުވުމާ ގުޅިގެން ފިލްމީ ދާއިރާގެ ގިނަ ބަޔަކު އަންނަނީ ހިތާމައިގައި ބައިވެރިވަމުންނެވެ. އަދި ގިނަ އަދަދެއްގެ ސަޕޯޓަރުން ވެސް ގެންދަނީ މީސް މީޑިއާގައި އޭނާގެ ހަނދާން އާކުރަމުންނެވެ.

އިތުރަށް ކިޔާލަން

17 ޖުލައި 2017

އޮސްކާ ހާސިލުކުރި މާޓިން މަރުވެއްޖެ

17 ޖުލައި 2017
އޮސްކާ ހާސިލުކުރި މާޓިން މަރުވެއްޖެ
11 ޖޫން 2017

ބެޓްމޭންގެ އެކްޓަރ އެޑަމް މަރުވެއްޖެ

11 ޖޫން 2017
ބެޓްމޭންގެ އެކްޓަރ އެޑަމް މަރުވެއްޖެ
24 މެއި 2017

އެކްޓަރު ރޮޖާމޯ މަރުވެއްޖެ

24 މެއި 2017
އެކްޓަރު ރޮޖާމޯ މަރުވެއްޖެ
19 މެއި 2017

ކްރިސް ކޯނެލް މަރުވެއްޖެ

19 މެއި 2017
ކްރިސް ކޯނެލް މަރުވެއްޖެ
18 މެއި 2017

"ނާމްކަރަން" ގެ ދަޔާވަންތީ މަރުވެއްޖެ

18 މެއި 2017
"ނާމްކަރަން" ގެ ދަޔާވަންތީ މަރުވެއްޖެ
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު