Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
ތަފާތު ޚަބަރުއަލިއާ ބަޓް ބޮލީވުޑުން ހޮލީވުޑަށް

އަލިއާ ބަޓް، ބޮލީވުޑުން ހޮލީވުޑަށް

އުމުރުން 30 އަހަރު ފުރުނު އިރު އޭނާ އަށްވަނީ ބޮލީވުޑްގައި އެންމެ ވިދާ މެގަސްޓާ އަކަށް ވެވިފައެވެ.

ފާޠިމަތު ޒުހައިރާ
ފާޠިމަތު ޒުހައިރާ | 23 ފެބުރުއަރީ 2024 | ހުކުރު 14:27
އިންޑިއާ ގެ ފިލްމީ ތަރި އަލިއާ ބަޓް

އިންޑިއާ ގެ ފިލްމީ ތަރި އަލިއާ ބަޓް

އިންޑިޔާގެ ފިލްމީ ތަރި އަލިއާ ބަޓްގެ މަގްބޫލް ކަން ވަނީ އިންޑިޔާގެ އިތުރުން މުޅިދުނިޔެއަށް ވެސް ފެތުރިގެން ގޮސްފައެވެ. މިއީ ދޮގުކުރެވެން ނެތް ހަގީގަތެކެވެ.

އުމުރުން 30 އަހަރު ފުރުނު އިރު އޭނާ އަށްވަނީ ބޮލީވުޑްގައި އެންމެ ވިދާ މެގަސްޓާ އަކަށް ވެވިފައެވެ. އަދި އަލިއާ ބަޓްއަކީ ވަރަށް ގިނަބަޔަކަށް އެންމެ "ހޮޓް" ތަރިންގެ ގޮތުގައި ގުނާލެވޭ ތަރިއެކެވެ.  

މި މަގްބޫލްކަމާއެކު އަލިއާބަޓް މިއަދު ވަނީ ހޮލީވުޑަށްވެސް ގިރާކޮށްފައެވެ. މުޅިދުނިޔޭގެ އޯޑިއެންސް ނުވަތަ ބެލުންތެރިންގެ ކުރިމައްޗަށް ނިކުމެފައެވެ. މިގޮތުން މިދިޔަ އަހަރު އޭނާވަނީ ނެޓްފްލިކްސްގެ ފިލްމެއް ކަމަށްވާ "ހާޓް އޮފް ސްޓޯން" ކުޅެފައެވެ. އަދި މިއަހަރުވަނީ ޖަނަވާރު ހިމާޔަތް ކުރުމާބެހޭ ސީރީޒް އަކަށް ސޮއިކޮށްފައެވެ. ބީބީސީ އަށް ދިން އިންޓަރވިއު އެއްގައި އަލިއާ ބުނެފައިވަނީ ފިލްމް ގެ ޒަރީއާއިން ނުވަތަ އެހެން ގޮތް ގޮތުން ވިއަސް ދުނިޔެއަށް ހެޔޮ ބަދަލުތައް ގެނައުމުގެ ބާރު އިންސާނުން ނަށް ލިބިފައިވާ ކަމަށާ އޭނާގެ މަސައްކަތާ ޝައުގުވެރިކަމުގެ ތެރެއިން އެފަދަ ބަދަލުތަކަށް އުންމީދު ކުރާކަމުގައެވެ.

އަލިއާބަޓް އުފަން ވެފައިވަނީ ބޮލީވުޑް ގެ އާއިލާއަކަށެވެ. ބައްޕަ އަކީ ފިލްމް ޕްރޮޑިއުސަރ މަހޭޝް ބަޓް އެވެ. މަންމަ އަކީ އިގިރޭސި ވިލާތަށް އުފަން ސޯނީ ރަޒްދާން އެވެ. އަލިއާ އުފަންވީ އިންޑިއާއަށް ނަމަވެސް އޭނާ ބޭނުންވަނީ އިގިރޭސި ރައްޔިތެއްގެ ގޮތުގައި މީހުން އޭނާ ބަލައިގަތުމަށެވެ.      

މަޝްހޫރު ފިލްމީ ތަރި ރަންބީރު ކަޕޫރާ ކައިވެނީގެ ގޮތުން ގުޅި އޭނާއަށް އަންހެން ދަރިފުޅަކުވެސް ލިބިފައިވާއިރު، އެދަރިފުޅަށް ވަނީ އަހަރެއް ފުރިފައެވެ.

އަލިއާ ބަޓް އަށް ފުރަތަމަ ލީޑިންގ ރޯލް ލިބިފައިވަނީ އުމުރުން 18 އަހަރުގައެވެ. އެއށްފަހު ގިނަ ކާމިޔާބް ފިލް ތަކެއް ކުޅެފައި ވެއެވެ. 2023 ވަނަ އަހަރު އޭނާ ކުޅުނު "ރޮކީ އައުރު ރާނީކީ ޕްރޭމް ކަހާނީ" އަކީ ވެސް ބޮކްސް އޮފީހުގައި ސުޕަރ ހިޓް އެކެވެ.

އަލިއާބަޓް މިވަގުތު ހުރީ އަލަށްފެއްޓި ސީރީޒް "ޕޯޗަރ" ގެ ޕްރިވިއު އަށް ލަންޑަންގައެވެ. މި ސީރީޒް އަކީ އެތުގެ ދަތުގެ ބޭނުމުގައި އެއް މެރުން ހުއްޓުވުމަށް ބާރު އަޅާހަދާ ސީރީޒް އެކެވެ. އެތުގެ ދަތް ނުވަތަ އައިވަރީގެ ވިޔަފާރި މުޅިދުނިޔޭގައި މަނާކުރެވިފައި ވީނަމަވެސް އައިވަރީގެ ބޭނުމުގައި ދުވާލަކު ސާޅީހަށް ވުރެގިނަ އެއް މަރާލެވޭ ކަމަށް 2020ވަނަ އަހަރު ނެރުނު އދގެ ރިޕޯޓެއް ގައި ބުނެފައި ވެއެވެ.

އިތުރަށް ކިޔާލަން

01 ޖޫން 2019

"ބެޓްމޭން" ގެ ރޯލަށް ރޮބަޓް ޕެޓިންސަން!

01 ޖޫން 2019
"ބެޓްމޭން" ގެ ރޯލަށް ރޮބަޓް ޕެޓިންސަން!
09 މެއި 2019

އަހަރެންގެ ނަން ބަދަލު ކުރަން ޖެހުނީ އާލިއާ ބަޓްގެ ސަބަބުން ސަލްމާން އެދިގެން: ކިއާރާ

09 މެއި 2019
އަހަރެންގެ ނަން ބަދަލު ކުރަން ޖެހުނީ އާލިއާ ބަޓްގެ ސަބަބުން ސަލްމާން އެދިގެން: ކިއާރާ
18 ފެބުރުއަރީ 2019

އާލިޔާ ބަޓް އާއި ރަންބީރު ކަޕޫރު ކައިވެނި ކުރަނީ!

18 ފެބުރުއަރީ 2019
އާލިޔާ ބަޓް އާއި ރަންބީރު ކަޕޫރު ކައިވެނި ކުރަނީ!
20 ސެޕްޓެމްބަރު 2018

ޓައިގަރ ޝްރޯފް ހޮލީވުޑަށް؟

20 ސެޕްޓެމްބަރު 2018
ޓައިގަރ ޝްރޯފް ހޮލީވުޑަށް؟
29 ޖޫން 2018

އެންމެ ފަހުން ޖޫލިއާ ރޮބަޓްސް ވެސް ސޯޝަލް މީޑިއާގައި އެކްޓިވް ވެއްޖެ

29 ޖޫން 2018
އެންމެ ފަހުން ޖޫލިއާ ރޮބަޓްސް ވެސް ސޯޝަލް މީޑިއާގައި އެކްޓިވް ވެއްޖެ
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު