Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • ލައިފް ސްޓައިލް
ތަފާތު ޚަބަރު
ހޮލީވުޑް އެކްޓަރުންގެ ހަޅުތާލު

ހޮލީވުޑްގެ އެކްޓަރުންނާއި ލިއުންތެރިން ހަޅުތާލެއް ފަށައިފި

ހޮލީވުޑް އެކްޓަރުންގެ ހަޅުތާލު މިއަހަރުގެ ނިޔަލަށްވެސް ދެމިގެން ހިނގައިދާނެ

ފާޠިމަތު ޒުހައިރާ
ފާޠިމަތު ޒުހައިރާ, ރާއްޖެ އެމްވީ | 15 ޖުލައި 2023 | ހޮނިހިރު 10:31
ހޮލީވުޑްގެ އެކްޓަރުން

ހޮލީވުޑްގެ އެކްޓަރުން

"ސްކްރީން އެކްޓަރސް ގިލްޑް" އަދި "އެމެރިކަން ފެޑަރޭޝަން އޮފް ޓެލެވިޒަން އެންޑް ރޭޑިއޯ އާޓިސްޓްސް"، މި ދެ ޔޫނިއަން ގުޅިގެން ކުރަމުން އައި ހަޅުތާލަކާ، ހޮލީވުޑްގެ އެކްޓަރުންނާއި ލިއުންތެރިންވެސް ހުކުރު ދުވަހުން ފެށިގެން ގުޅިއްޖެއެވެ.

މިއީ 1960ވަނަ އަހަރު އެމެރިކާގެ ކުރީގެ ރައީސް ރޮނަލްޑް ރޭގަން އިސްވެ ހުންނަވައި ކުރެއްވި އިހްތިޖާޖުތަކަށްފަހު، މި ދެ ޔޫނިއަން ގުޅިގެން ކުރިޔަށްގެންދާ ފުރަތަމަ ހަޅުތާލު ނުވަތަ އިހްތިޖާޖެވެ.

މޭ 2ވަނަ ދުވަހުން ފެށިގެން 11،500އްހާ ލިއުންތެރިންނާއި އާޓިސްޓުން އިހުތިޖާޖު ކުރަމުން އައިއިރު، ހުކުރު ދުވަހު އެކްޓަރުން ގުޅުމާއެކު މިހާރުވަނީ އިހްތިޖާޖުގެ ބައިވެރިންގެ އަދަދު އެއްލައްކަ ފަސްދޮޅަސް ހާހަށް އަރާފައެވެ.

ހޮލީވުޑް އެކްޓަރުންނާއި ލިއުންތެރިން ހަޅުތާލު ކުރަމުން ގެންދަނީ، ސްޓޫޑިއޯތަކުންނާއި ސްޓްރީމިންގ ސަރވިސްތަކުން އެ ފަރާތްތަކަށް ދޭ މުސާރަ ބޮޑުކުރުމަށާއި، ރޯޔަލްޓީ އިތުރު ކުރުމަށެވެ. އަދި އެފަރާތްތަކުގެ ޕެންޝަނާއި ހެލްތު ޕްލޭނަށް ލާ އެއްޗެއް އިތުރުކުރުމަށް އެދިއެވެ. މީގެ އިތުރުން އެފަރާތްތަކުން ފާހަގަކުރާ އެންމެ ބޮޑު އެއްކަމަކީ ފިލްމާއި ސީރީޒްތައް ހެދުމުގައި އާޓިފިޝަލް އިންޓެލިޖަންސް ނުވަތަ "އޭއައި" ބޭނުންކުރުމުގައި ވަކި މިންގަނޑުތަކެއް ގެންގުޅެން ޖެހޭނެ ކަމެވެ.

ހޮލީވުޑް އެކްޓަރުންގެ ހަޅުތާލު މިއަހަރުގެ ނިޔަލަށްވެސް ދެމިގެން ހިނގައިދާނެ ކަމަށް ރިޕޯޓްތައް ބުނެއެވެ. މި މުއްދަތުގައި ހަޅުތާލުގެ އެއްވެސް ބައިވެރިޔަކު އިތުރު ފިލްމެއްގައި ސޮޔެއް ނުކުރާނެއެވެ. އަދި ރެޑްކާޕެޓްފަދަ ހަރަކާތެއްގައި ފިލްމް ޕްރޮމޯޓް ކުރުންވެސް ވަނީ ބަންދުވެފައެވެ. މިފަރާތްތަކުން މިހާ ފުޅާ ހަޅުތާލަކާ ހަމަޔަށް ދިޔައީ ޑިޖިޓަލް ސްޓްރީމިންގއާއެކު ޓެކްނޮލޮޖީގެ ގޮތުންވެސް ބަދަލުތަކެއް ތައާރަފްކުރެވުމާ ގުޅިގެން، ސްޓޫޑިއޯތަކުން އެކްޓަރުންނާއި ލިޔާ މީހުންނަށް ކުރިން ދެމުން އައި މުސާރަ މާ ބޮޑަށް ކުޑަކުރަމުން ގެންދާތީ، މިކަމަށް ހައްލެއް ހޯދުމަށެވެ.

ކޮމެންޓް

އިތުރަށް ކިޔާލަން

އިމްރާން ހާޝިމީ: ކެންސަރާ ބެހޭ ޑޮކިއުމެންޓްރީ ހަދަން ފަށައިފި

އިމްރާން ހާޝިމީ: ކެންސަރާ ބެހޭ ޑޮކިއުމެންޓްރީ ހަދަން ފަށައިފި

03 ޖުލައި 2017
"ނޯޓީ ފޯޓީ" އެންމެ ފަހުގެ މަސައްކަތް ފަށައިފި

"ނޯޓީ ފޯޓީ" އެންމެ ފަހުގެ މަސައްކަތް ފަށައިފި

29 ޖޫން 2017
ދެފައި ހާމައަށް ފެންނަ ހެދުމެއް ލައިގެން މޯދީއާ ބައްދަލުކުރުމުން ޕްރިޔަންކާއަށް ފާޑުކިޔަން ފަށައިފި

ދެފައި ހާމައަށް ފެންނަ ހެދުމެއް ލައިގެން މޯދީއާ ބައްދަލުކުރުމުން ޕްރިޔަންކާއަށް ފާޑުކިޔަން ފަށައިފި

31 މެއި 2017
ޕްރިޔަންކާގެ ހޮލީވުޑްގެ ދެވަނަ ފިލްމުން އޭނާ ފެންނާނީ މަންމައެއްގެ ރޯލުން

ޕްރިޔަންކާގެ ހޮލީވުޑްގެ ދެވަނަ ފިލްމުން އޭނާ ފެންނާނީ މަންމައެއްގެ ރޯލުން

13 މެއި 2017
"އެމެރިކަން އައިޑޮލް" އަލުން ގެނައުމުގެ މަސައްކަތް ފަށައިފި

"އެމެރިކަން އައިޑޮލް" އަލުން ގެނައުމުގެ މަސައްކަތް ފަށައިފި

09 މެއި 2017

އަހަރުތަކުން މިއަދު

12 ފެބުރުއަރީ
ހިތަދޫ އުުތުރު ދާއިރާގެ މެމްބަރު ސިނާންގެ ގޮނޑި ގެއްލިއްޖެ ކަމަށް ކަނޑައަޅައި ދިނުމަށް ސުޕްރީމް ކޯޓަށް ހުށަހަޅައިފި
20251 އަހަރު ކުރިން
ރާއްޖެ

ހިތަދޫ އުުތުރު ދާއިރާގެ މެމްބަރު ސިނާންގެ ގޮނޑި ގެއްލިއްޖެ ކަމަށް ކަނޑައަޅައި ދިނުމަށް ސުޕްރީމް ކޯޓަށް ހުށަހަޅައިފި

އެންމެވެސް ބުނީ އޭނާ ހުރެގެން ރަށަށް ތަށި ނުލިބޭނެ ކަމަށް!
20242 އަހަރު ކުރިން
މީހުން

އެންމެވެސް ބުނީ އޭނާ ހުރެގެން ރަށަށް ތަށި ނުލިބޭނެ ކަމަށް!

ޑރ. މުހައްމަދު އަލީގެ ދުލުން: އެންމެ ހަށިގަނޑެއް ނަގަން ވެސް 7 ގަޑިއިރު މަސައްކަތް ކުރި ވާހަކަ އެމީހުން ބުނި!
20233 އަހަރު ކުރިން
ރިޕޯޓު

ޑރ. މުހައްމަދު އަލީގެ ދުލުން: އެންމެ ހަށިގަނޑެއް ނަގަން ވެސް 7 ގަޑިއިރު މަސައްކަތް ކުރި ވާހަކަ އެމީހުން ބުނި!

ހިތްހަލާކުވަނީ ހަމައެކަނި ލޯބީގެ ސަބަބަކުން ނޫން
20224 އަހަރު ކުރިން
ސިއްހަތު

ހިތްހަލާކުވަނީ ހަމައެކަނި ލޯބީގެ ސަބަބަކުން ނޫން

އިންޑިއާގައި ވެކްސިންގެ ފުރަތަމަ ޑޯޒް ޖެހި ތިން ޑޮކްޓަރުން ކޮވިޑަށް ޕޮޒިޓިވް ވެއްޖެ
20215 އަހަރު ކުރިން
ދުނިޔެ

އިންޑިއާގައި ވެކްސިންގެ ފުރަތަމަ ޑޯޒް ޖެހި ތިން ޑޮކްޓަރުން ކޮވިޑަށް ޕޮޒިޓިވް ވެއްޖެ

އެސްއޯއެފްގެ ބޭންކް ސްޓޭޓްމަންޓެއް ލީކު ކޮށްލައިފި
20197 އަހަރު ކުރިން
ރާއްޖެ

އެސްއޯއެފްގެ ބޭންކް ސްޓޭޓްމަންޓެއް ލީކު ކޮށްލައިފި

ދޫނި ރާއްޖެއިން ފޮނުވި ވަފުދަށް ޤައުމުތަކުން ދިން ޖަވާބު
20188 އަހަރު ކުރިން
ރިޕޯޓު

ދޫނި ރާއްޖެއިން ފޮނުވި ވަފުދަށް ޤައުމުތަކުން ދިން ޖަވާބު

ރާއްޖެކުޅިވަރުދުނިޔެވިޔަފާރި - އިގްތިސާދުރިޕޯޓުފޮޓޯވާހަކަސިއްހަތުތަފާތު ޚަބަރުލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު