Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
ތަފާތު ޚަބަރުއެންމެ ސެކްސީ ފިރިހެނާ

ޕީޕަލް މެގަޒިނުން ހޮވާ އެންމެ "ސެކްސީ" ފިރިހެނަކަށް ކްރިސް އިވާންސް

ކްރިސް އިވާންސް މަޝްހޫރުވެގެން އައީ މާވެލް ސިނަމެޓިކް މޫވީތަކުގައި، ސްޓީވް ރޮޖަރސް ނުވަތަ ކެޕްޓަން އެމެރިކާގެ ނަމުގައި ކުޅުނު ރޯލްތަކުން

ފާޠިމަތު ޒުހައިރާ
ފާޠިމަތު ޒުހައިރާ | 8 ނޮވެމްބަރު 2022 | އަންގާރަ 14:56
ކްރިސް އިވާންސް

ކްރިސް އިވާންސް

ޕީޕަލް މެގަޒިނުން ހޮވާ، މިވަގުތު ދުނިޔޭގައި ހުރި އެންމެ "ސެކްސީ"، ނުވަތަ އެންމެ ހިތް ދަމައިގަންނަފަދަ ސިފަތަކެއް ހުރި ފިރިހެނަކަށް މިއަހަރަށް ހޮވުނީ ހޮލީވުޑްގެ ތަރި ކްރިސް އިވާންސްއެވެ. އޭނާ ފަހުން މަޝްހޫރުވެގެން އައީ މާވެލް ސިނަމެޓިކް މޫވީތަކުގައި ސްޓީވް ރޮޖަރސް ނުވަތަ ކެޕްޓަން އެމެރިކާގެ ނަމުގައި ކުޅުނު ރޯލްތަކުންނެވެ.

އިވާންސް އެންމެ ފުރަތަމަ މަޝްހޫރުވީ ބައެއް ކޮމެޑީ ފިލްމުތައް ކަމަށްވާ "ނޮޓް އަނަދަރ ޓީން މޫވީ" އަދި ދަ ޕަރފެކްޓް ސްކޯރ" އިންނެވެ. ފުރަތަމަ ލިބުނު ސުޕަރ ހީރޯ ފިލްމުތަކަކީ "ފެންޓޭސްޓިކް ފޯ" އަދި އޭގެ ސީކުއެލް ފެންޓޭސްޓިކް ފޯ: ރައިސް އޮފްދަ ސިލަވަރ ސަރފަރ" އެވެ. ނަމަވެސް ދެފިލްމަކީވެސް ބޮކްސް އޮފީހުގަ ކާމިޔާބް ފިލްމްތަކެއް ނޫނެވެ.

ފަހުން ދުނިޔޭގެ ފެންވަރުގެ މަޝްހޫރުކަން ލިބުނީ ކެޕްޓަން އެމެރިކާ އަދި އެވެންޖަރ ފިލްމް ތަކުންނެވެ.

އެންމެ ސެކްސީ ފިރިހެނާގެ މަގާމަށް ހޮވުމަށްފަހު ޕީޕަލް މެގަޒިނާ ވާހަކަދައްކަމުން ކްރިސް އިވާންސް ބުނެފައިވަނީ މިކަމާ އެންމެ އުފާވާނީ އޭނާގެ މަންމަ ކަމުގައެވެ. އޭނާ ކުރާ ކޮންމެ ކަމަކާވެސް މަންމަ ފަޚުރުވެރިވާ ކަމަށާއި ނަމަވެސް މިފަހަރުގެ ޓައިޓަލްއަކީ މަންމަ އެވާހަކަ ދައްކާ ހުސް ނުވާނެ ޓައިޓަލްއެއް ނުވަތަ ލަގަބެއްކަމަށް އޭނާ ބުނެފައިވެއެވެ.

މަގާމް ލިބުނު ވާހަކަ ބުނުމުން ފުރަތަމަ އެކަން ގަބޫލު ނުކުރަންވެސް ކްރިސް އިވާންސް އުޅުނުކަމަށްވެއެވެ. އެއީ ފެންޓޭސްޓިކް ފޯގެ ހިތި ތަޖުރިބާއަށްފަހު އޭނާ މާޔޫސްވެފައި ހުރުމުންނެވެ.

ކްރިސް އިވާންސްގެ ކުރިން 2021ގައި އެމަގާމް ލިބުނީ ހަމަ މާވެލް ފިލްތަކުން ވިދާލި ޕޯލް ރަޑްއަށެވެ.  

ހޮލީވުޑް ލައިފް

އިތުރަށް ކިޔާލަން

17 ޑިސެމްބަރު 2022

ތިން ވަނަ ހޮވާ މެޗަށް މޮރޮކޯ ނުކުންނައިރު، ބޯޅަ ހަދާ ކަމާލްގެ ފަޚްރު ބަދަލުވުމެއް ނެތް

17 ޑިސެމްބަރު 2022
ތިން ވަނަ ހޮވާ މެޗަށް މޮރޮކޯ ނުކުންނައިރު، ބޯޅަ ހަދާ ކަމާލްގެ ފަޚްރު ބަދަލުވުމެއް ނެތް
15 އޮކްޓޯބަރު 2022

ހެރީ ޕޮޓަރގެ އެކްޓަރ، ރޮބީ ކޮލްޓްރޭން މަރުވެއްޖެ

15 އޮކްޓޯބަރު 2022
ހެރީ ޕޮޓަރގެ އެކްޓަރ، ރޮބީ ކޮލްޓްރޭން މަރުވެއްޖެ
02 ޖޫން 2022

ދެ މީހުންވެސް އަބުރަށް އަރައިގަތް، ބޮޑަށް ކާމިޔާބު ލިބުނީ ޑެޕްއަށް

02 ޖޫން 2022
ދެ މީހުންވެސް އަބުރަށް އަރައިގަތް، ބޮޑަށް ކާމިޔާބު ލިބުނީ ޑެޕްއަށް
10 މެއި 2022

ޑެޕްއާއި ހާޑްގެ ވާހަކަ: ކުށްވެރިއަކީ ކާކު؟

10 މެއި 2022
ޑެޕްއާއި ހާޑްގެ ވާހަކަ: ކުށްވެރިއަކީ ކާކު؟
26 އެޕްރީލު 2022

މިޝެލް އޮބާމާގެ ރޯލު އަދާކުރި ވަޔޮލާ ޑޭވިސް އަށް އަމާޒުވި ފާޑުކިޔުންތަކާއެކު އޭނާގެ ހިތް ކުދިކުދި

26 އެޕްރީލު 2022
މިޝެލް އޮބާމާގެ ރޯލު އަދާކުރި ވަޔޮލާ ޑޭވިސް އަށް އަމާޒުވި ފާޑުކިޔުންތަކާއެކު އޭނާގެ ހިތް ކުދިކުދި
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު