Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
Advertisement - sportsAdvertisement
ކުޅިވަރުޔޫރޮޕާ ލީގު

ތައްޓަކާއެކު، އެންމެ ފުރިހަމައަށް ސީޒަން ނިންމާލަން މިއޮތީ ފުރުސަތު ލިބިފައި: މޮރީނިއޯ

ޔުނައިޓެޑުން މިސީޒަނުގައި އަމާޒު ހިފާފައިވަނީ ޗެމްޕިއަންސް ލީގުގެ ޖާގައެއް ހޯދުމަށް

އަބްދުﷲ ޒިޔާން އަލީ
އަބްދުﷲ ޒިޔާން އަލީ, ރާއްޖެ އެމްވީ | 12 މެއި 2017 | ހުކުރު 13:20
މެންޗެސްޓާ ޔުނައިޓެޑުގެ ކޯޗު ހޯސޭ މޮރީނިއޯ

މެންޗެސްޓާ ޔުނައިޓެޑުގެ ކޯޗު ހޯސޭ މޮރީނިއޯ

ތައްޓަކާއިއެކު އެންމެ ފުރިހަމަގޮތުގައި ސީޒަން ނިންމާލަން ފުރުސަތު ލިބިފައިވާ ކަމަށާއި، އަލުން ޗެމްޕިއަންސް ލީގަށް ކޮލިފައިވުމަށް މި ލިބުނު ފުރުސަތުގެ ބޭނުން ހިފުން ވަރަށް މުހިންމު ކަމަށް މެންޗެސްޓާ ޔުނައިޓެޑްގެ ކޯޗް ހޯސޭ މޮރީނިއޯ ބުނެފިއެވެ.

ސެލްޓާ ވީގޯ ބަލިކުރުމަށް ފަހު ޔޫރޮޕާ ލީގުގެ ފައިނަލަށް ދަތުރުރުމަށްފަހު ނޫސްވެރިންނާ ވާހަކަ ދައްކަމުން މޮރީނިއޯ ބުނެފައި ވަނީ، މިއީ މެންޗެސްޓާ ޔުނައިޓެޑުން ކުޅުނު އެންމެ ޓަފް މެޗު ނޫން ކަމަށާއި، މިއަށްވުރެ މާ ވަރުގަދަ ފައިނަލުތައް ވެސް އަދި ސެމީ ފައިނަލުތައް ވެސް އެކުލަބުން ކުޅެފައިވާ ކަމަށެވެ.

ނަމަވެސް މެޗަށް ނިކުތުމުގެ ކުރީގައި މޮރީނިއޯ ބުނެފައި ވަނީ، ސެލްޓާއާ ދެކޮޅަށް ކުޅޭ މެޗަކީ އެޓީމުގެ ހަޔާތުގައި ވެސް ކުޅޭ އެންމެ އުނދަގޫ އެންމެ ބޮޑު މެޗު ކަމަށެވެ.

މެޗަށް ފަހު ވާހަކަ ދައްކަމުން މޮރީނިއޯ ވަނީ އޭނާ މެޗުގެ ކުރިން ދެއްކި ވާހަކަތައް އަމިއްލައަށް ދޮގުކޮށްފައެވެ.

މޮރީނިއޯ ބުނެފައިވަނީ މި މެޗަކީ ޔުނައިޓެޑުން ކުޅުނު އެންމެ އުނދަގޫ މެޗު ނޫން ކަމަށާއި ނަމަވެސް މިއީ ސެލްޓަ ވީގޯއިން ކުޅުނު އެންމެ އުނދަގޫ މެޗު ކަމަށެވެ.

މޮރީނިއޯ ބުނެފައިވަނީ މެޗުގެ ފަހުކޮޅުގައި ޔުނައިޓެޑުގެ ކުޅުން ވަރަށް ދަށްވި ކަމަށާއި، ފަހު ވަގުތާ ޖެހެންދެން ކުޅުންތެރިންނަށް ހިތްވަރު ކޮށްލެވުނީ، މެޗުން މޮޅުވާން އެ ކުޅުންތެރިން ބޭނުންވެފައި ތިބިވަރުން ކަމަށެވެ.

މިފަހަރުގެ ސީޒަނަށް ބޮޑެތި ހަރަދުތަކަކާ އެކު ނިކުމެ މާ އެދެވޭ ނަތީޖާތަކެށް ނުދެއްކުނު ނަމަވެސް، އަލުން ޗެމްޕިއަންސް ލީގަށް ކޮލިފައިވުމަށް އަމާޒުހިފައިގެން މަސައްކަތް ކުރަމުން އަންނަ ޔުނައިޓެޑަށް ޔޫރޮޕާ ލީގުގެ ޗެމްޕިއަންކަން ހޯދައިގެން އެޓީމުގެ ޓާގެޓަށް ވާސިލް ވެވޭނެއެވެ.

މޮރީނިއޯ ބުނެފައިވަނީ ލީގު ނިންމާލަން ޔުނައިޓެޑަށް މި ލިބުނި ރަނުގެ ފުރުސަތެއް ކަމަށާއި، ފައިނަލް މެޗު ކާމިޔާބުކޮށް، ތައްޓަކާ އެކު، އަލުން ޗެމްޕިއަންސް ލީގުގެ ޖާގައަކާއެކު، އެންމެ ފުރިހަމަ ގޮތުގައި ސީޒަން ނިންމާލުމަށް ކުރެވެންހުރި ހުރިހާ މަސައްކަތެށް ކުރާނެ ކަމަށެވެ.

ޔޫރޮޕާ ލީގުގެ ފައިނަލުގައި ޔުނައިޓެޑުން ނިކުންނަން ޖެހޭނީ ލިއޯން ބަލިކުރުމަށް ފައިނަލަށް ދަތުރުކުރި އަޔެކްސްއާ ދެކޮޅަށެވެ. ފައިނަލް މެޗު އޮންނާނީ މިމަހުގެ 24 ވަނަ ދުވަހުއެވެ.

އިތުރަށް ކިޔާލަން

02 މެއި 2017

އިބްރާހިމޮވިޗް އަށް ލިބުނު އަނިޔާއާއެކު ކެރިޔަރު ނިންމާލަން ނުޖެހޭ: އެޖެންޓް

02 މެއި 2017
އިބްރާހިމޮވިޗް އަށް ލިބުނު އަނިޔާއާއެކު ކެރިޔަރު ނިންމާލަން ނުޖެހޭ: އެޖެންޓް
29 އެޕްރީލު 2017

ފަލަމަސްގަނޑަށް ލިބުނު އަނިޔާއާ އެކު ބްރާވޯ އަށް ސީޒަން ނިމިއްޖެ

29 އެޕްރީލު 2017
ފަލަމަސްގަނޑަށް ލިބުނު އަނިޔާއާ އެކު ބްރާވޯ އަށް ސީޒަން ނިމިއްޖެ
22 އެޕްރީލު 2017

ޔޫވީ މެޗަށް ފުރިހަމައަށް ތައްޔާރު، ރަނގަޅު ނަތީޖާއެއް ނެރެވޭނެ: ފެސްކޯ

22 އެޕްރީލު 2017
ޔޫވީ މެޗަށް ފުރިހަމައަށް ތައްޔާރު، ރަނގަޅު ނަތީޖާއެއް ނެރެވޭނެ: ފެސްކޯ
22 އެޕްރީލު 2017

ކަކުލު ހުޅަށް ލިބުނު އަނިޔާއާ އެކު އިބްރާހިމޮވިޗް ސީޒަން ނިންމާލަން ޖެހިއްޖެ

22 އެޕްރީލު 2017
ކަކުލު ހުޅަށް ލިބުނު އަނިޔާއާ އެކު އިބްރާހިމޮވިޗް ސީޒަން ނިންމާލަން ޖެހިއްޖެ
20 އެޕްރީލު 2017

ވިލްޝެއާގެ ފަޔަށް ލިބުނު ބޮޑު އަނިޔާއާއެކު ސީޒަން ނިންމާލައިފި

20 އެޕްރީލު 2017
ވިލްޝެއާގެ ފަޔަށް ލިބުނު ބޮޑު އަނިޔާއާއެކު ސީޒަން ނިންމާލައިފި
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު