Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
Advertisement - sportsAdvertisement
ކުޅިވަރުބްރާވޯއަށް އަނިޔާވުން

ފަލަމަސްގަނޑަށް ލިބުނު އަނިޔާއާ އެކު ބްރާވޯ އަށް ސީޒަން ނިމިއްޖެ

ބްރާވޯ ވަނީ މިވީތަނަށް ސިޓީއަށް 26 މެޗު ކުޅެދީފައި

ލީވާން އަލީ
ލީވާން އަލީ | 29 އެޕްރީލު 2017 | ހޮނިހިރު 18:18
ސިޓީގެ ކީޕަރު ބްރާވޯއަށް އަނިޔާވެގެން ފަރުވާދެނީ

ސިޓީގެ ކީޕަރު ބްރާވޯއަށް އަނިޔާވެގެން ފަރުވާދެނީ

ފަލަމަސްގަނޑަށް ލިބުނު އަނިޔާއާއެކު މެންޗެސްޓާ ސިޓީގެ ގޯލު ކީޕަރު ކްލައުޑިއޯ ބްރާވޯ ސީޒަން ނިންމާލަން ޖެހިއްޖެ އެވެ.

މިދިޔަ ބުރާސްފަތި ދުވަހުގެ ރޭ ޔުނައިޓެޑް އާއި ސިޓީ ބައްދަލުކުރި މެޗުގައި ބްރާވޯގެ ވާތު ފައިގެ ފަލަމަސްގަނޑު ވަނީ އިރައިގެންގޮސްފައެވެ. އެގޮތުން ގޯލްޑޮޓްކޮމް އިން ވަނީ އޭނާ އަށް ސީޒަންގައި ބާކީ އޮތް ބައި ނުކުޅެވޭނެކަން ކަށަވަރުކޮށްދީފައެވެ.

ޗިލީ ގައުމީ ޓީމުގެ އެއް ނަމްބަރު ކީޕަރު ބްރާވޯ އަށް ލިބުނު އަނިޔާއާއެކު ހުކުރު ދުވަހު ވަނީ ޓެސްޓްތަކެއް ހަދާފައެވެ. އެ ޓެސްޓްތަކުން ދައްކާގޮތުގައި ތިން ހަފްތާއަށް ބްރާވޯ ކުޅުމާ ދުރުގައި ހުންނަންޖެހޭނެ އެވެ.

އެހެންނަމަވެސް ރިޕޯޓްތައް ބުނާ ގޮތުގައި ޕްރިމިއާ ލީގުގައި ވަޓްފޯޑްއާ ދެކޮޅަށް ސިޓީ ކުޅޭ ފަހު މެޗުގައި ބްރާވޯ ފެނުމުގެ ފުރުސަތު އެބައޮތެވެ. އެހެންނަމަވެސް އެއީ އޭނާ ފަރިތަކުރުމާ ގުޅި އެއްކޮށް ފިޓްވެއްޖެނަމައެވެ.

ސިޓީގެ ކުރީގެ ކީޕަރު ޖޯ ހާޓް ލޯން އެއްބަސްވުމެއްގެ ދަށުން ފޮނުވާލުމާއެކު، ސިޓީގެ ސަޕޯޓަރުން ތިބީ ރުޅިގަދަވެފައެވެ. އެގޮތުން އެ ސަޕޯޓަރުންގެ ގިނަ ފާޑުކިޔުން ސިޓީގެ ކޯޗު ޕެޕްގާޑިއޯލާއަށްވެސް އަމާޒުވިއެވެ.

ޔޫރަޕްގެ މަޝްހޫރު ގިނަ ކްލަބްތަކުން ހުށަހެޅުންތައް ލިބެމުން އަންނަ ބްރާވޯ މި ސީޒަނަށް ފަހު ސިޓީ ދޫކޮށްލާނެ ކަމަށް ނުބެލެވެއެވެ. އެގޮތުން އޭނާ ސިޓީއާއެކު ޕްރީ ސީޒަން ދަތުރުތަކުގައި ބައިވެރިވާނެ ކަމަށް ރިޕޯޓްތައް ބުނެއެވެ.

ބާސެލޯނާ ދޫކޮށްލުމަށްފަހު ސިޓީ އަށް ބަދަލުވެ ބްރާވޯ ވަނީ އެޓީމަށް މިވީތަނަށް 26 މެޗު ކުޅެދީފައެވެ. އޭނާ ވަނީ ބާސާގައި ހޭދަކުރި ތިން ސީޒަނުގައި އެޓީމާއެކު ދެ ލަލީގާ، ދެ ކޮޕާޑެލްރޭ، އެއް ސްޕެނިޝް ސުޕާކަޕް، ޔުއެފާ ސުޕާކަޕް އަދި ފީފާ ކްލަބް ވޯލްޑްކަޕް ކާމިޔާބުކޮށްފައެވެ.

އިތުރަށް ކިޔާލަން

18 ޖެނުއަރީ 2017

ކެރިއަރުގައި ލިބުނު އެންމެ ބޮޑު ކާމިޔާބަކީ އެފްއޭ ކަޕް ޔުނައިޓެޑާއެކު ކާމިޔާބުކުރުން: ވެންހާލް

18 ޖެނުއަރީ 2017
ކެރިއަރުގައި ލިބުނު އެންމެ ބޮޑު ކާމިޔާބަކީ އެފްއޭ ކަޕް ޔުނައިޓެޑާއެކު ކާމިޔާބުކުރުން: ވެންހާލް
17 ޖެނުއަރީ 2017

މޮޅު ކުޅުންތެރިޔާގެ އެވޯޑާއެކު ހުވަފެން ހަގީގަތަކަށް ވެއްޖެ: ސެންޓޭ

17 ޖެނުއަރީ 2017
މޮޅު ކުޅުންތެރިޔާގެ އެވޯޑާއެކު ހުވަފެން ހަގީގަތަކަށް ވެއްޖެ: ސެންޓޭ
16 ޖެނުއަރީ 2017

ގޮންޖެހުންތަކާ އެކު ފުޓުބޯޅައިގެ ރަސްގެފާނުގެ ގޮތުގައި ނިއުރޭޑިއަންޓް

16 ޖެނުއަރީ 2017
ގޮންޖެހުންތަކާ އެކު ފުޓުބޯޅައިގެ ރަސްގެފާނުގެ ގޮތުގައި ނިއުރޭޑިއަންޓް
16 ޖެނުއަރީ 2017

ނިއުގެ ފުޓުބޯޅަ ސީޒަން އިފްތިތާހުކޮށް އާ ކޯޗާއެކު އެއްބަސްވުމުގައި ސޮއިކޮށްފި

16 ޖެނުއަރީ 2017
ނިއުގެ ފުޓުބޯޅަ ސީޒަން އިފްތިތާހުކޮށް އާ ކޯޗާއެކު އެއްބަސްވުމުގައި ސޮއިކޮށްފި
15 ޖެނުއަރީ 2017

މޮޅަކާއެކު އާސެނަލް ލީގުގެ ތިންވަނައަށް

15 ޖެނުއަރީ 2017
މޮޅަކާއެކު އާސެނަލް ލީގުގެ ތިންވަނައަށް
15 ޖެނުއަރީ 2017

ސާންތިގެ އިރުޝާދާއެކު އީގަލްސް ފަރިތަކުރުންތައް ފަށައިފި

15 ޖެނުއަރީ 2017
ސާންތިގެ އިރުޝާދާއެކު އީގަލްސް ފަރިތަކުރުންތައް ފަށައިފި
11 ޖެނުއަރީ 2017

ދެ އަހަރުގެ އެއްބަސްވުމަކާއެކު ސާންތި އެނބުރި އީގަލްސް އަށް

11 ޖެނުއަރީ 2017
ދެ އަހަރުގެ އެއްބަސްވުމަކާއެކު ސާންތި އެނބުރި އީގަލްސް އަށް
10 ޖެނުއަރީ 2017

ބެޑްމިންޓަން ގައުމީ ޓީމު އެކުލަވާލުމަށް ހިންގި ތަމްރީން ޕްރޮގްރާމްތައް ނިންމާލައިފި

10 ޖެނުއަރީ 2017
ބެޑްމިންޓަން ގައުމީ ޓީމު އެކުލަވާލުމަށް ހިންގި ތަމްރީން ޕްރޮގްރާމްތައް ނިންމާލައިފި
06 ޖެނުއަރީ 2017

ސަތޭކަ ޕަސެންޓް ރެކޯޑަކާއެކު ވީކޭއިން ތިންވަނަ ޑިވިޝަނުގެ ތަށި އުފުލާލައިފި

06 ޖެނުއަރީ 2017
ސަތޭކަ ޕަސެންޓް ރެކޯޑަކާއެކު ވީކޭއިން ތިންވަނަ ޑިވިޝަނުގެ ތަށި އުފުލާލައިފި
04 ޖެނުއަރީ 2017

އިސްމާއިލް އީސައާއެކު ގައުމީ ޓީމުގެ ބައެއް ކުޅުންތެރިން ވިކްޓްރީއަށް ބަދަލުވަނީ!

04 ޖެނުއަރީ 2017
އިސްމާއިލް އީސައާއެކު ގައުމީ ޓީމުގެ ބައެއް ކުޅުންތެރިން ވިކްޓްރީއަށް ބަދަލުވަނީ!
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު