Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • ލައިފް ސްޓައިލް
Advertisement - sportsAdvertisement
ކުޅިވަރު
ކޮލިފައިން މެޗުތައް ބަދަލުކުރުން

ޗައިނާއަށް ނުދެވޭތީ ކޮލިފައިން މެޗުތައް ދުބާއީގައި

ރާއްޖެ، ފިލިޕީންސް އަދި ސީރިއާއަށް ޗައިނާއަށް ދެވެން ނެތް

އިސްމާޢީލް ޝާހް
އިސްމާޢީލް ޝާހް, ރާއްޖެ އެމްވީ | 31 މެއި 2021 | ހޯމަ 06:07
ގައުމީ ފުޓްބޯޅަ ޓީމުން ދުބާއީގައި ކުރިއަށްގެންދިޔަ ތަމްރީނުތަކުގެ ތެރެއިން

ގައުމީ ފުޓްބޯޅަ ޓީމުން ދުބާއީގައި ކުރިއަށްގެންދިޔަ ތަމްރީނުތަކުގެ ތެރެއިން | އެފްއޭއެމް

ފީފާ ވޯލްޑް ކަޕާއި އޭއެފްސީ އޭޝިއަން ކަޕުގެ ޖޮއިންޓް ކޮލިފިކޭޝަނުގައި ރާއްޖެ ހިމެނޭ ގްރޫޕް އޭގެ ފަހު މެޗުތައް ޗައިނާގައި ކުޅެވޭ ގޮތް ނުވުމުން، އެ މެޗުތައް ދުބާއީއަށް ބަދަލުކޮށްފައިވާ ކަމަށް ޗައިނާ ފުޓްބޯލް އެސޯސިއޭޝަން (ސީއެފްއޭ) އިން އަންގައިފިއެވެ.

މީގެ ކުރިން އޭއެފްސީން ވަނީ ގްރޫޕް އޭގެ ބާކީ ހުރި މެޗުތައް އާދީއްތަ ދުވަހުން ފެށިގެން އަންނަ ޖޫން މަހުގެ 15 ވަނަ ދުވަހުގެ ނިޔަލަށް ޗައިނާގައި ކުޅެން ވަނީ ތާވަލުކޮށްފައެވެ. އެހެންކަމުން 25 ކުޅުންތެރިންގެ ފައިނަލް ސްކޮޑެއް އެކުލަވާލައި، ގައުމީ ޓީމުން އައީ އެ މެޗުތަކަށް ތައްޔާރުވުމަށް ދުބާއީގައި ތަމްރީނުތައް ހަދަމުންނެވެ.

ރާއްޖޭގެ ގައުމީ ފުޓްބޯޅަ ޓީމުން އާދީއްތަ ހެނދުނު ސީރިއާއާއެކު ޗައިނާއަށް ދާން އޮތް ނަމަވެސް، ގައުމީ ޓީމުން އެންމެ ފަހުން ކުރި ކޮވިޑް-19 ގެ ޓެސްޓްތަކުން ރާއްޖޭގައި އުފެދުނު އެންމެ މޮޅު ފުޓްބޯޅަ ކުޅުންތެރިޔާ އަލީ އަޝްފާގު (ދަގަނޑޭ) އާއި ޒުވާން ޑިފެންޑަރު އަލީ ޝާމިސް (ތޮއްޕޭ) ޕޮޒިޓިވްވެފައިވާތީ، ގައުމީ ޓީމު ވަނީ ދުބާއީގައި މަޑުކޮށްފައެވެ. އަދި ސީރިއާ އާއި ފިލިޕީންސް ޓީމަށްވެސް ވަނީ ޗައިނާއަށް ދެވޭގޮތް ނުވެފައެވެ. އެގޮތުން ފިލިޕީންސް ޓީމު މި ވަގުތު ތިބީ ގަތަރުގައެވެ.

މީގެ އިތުރުން ޗައިނާއާ ދެކޮޅަށް އާދީއްތަ ދުވަހު އެ ގައުމުގައި ކޮލިފައިން މެޗަށް ނުކުތް ގުއާމުގެ ބައެއް ކުޅުންތެރިންވެސް ކޮވިޑުުގެ ސަބަބުން ޓީމާ ގުޅިފައެއް ނުވެއެވެ. އަމިއްލަ ގައުމުގައި ކުޅުނު އެ މެޗުން ޗައިނާ ވަނީ 7-0 ގެ ނަތީޖާއަކުން މޮޅުވެފައެވެ.

ކޮލިފައިންގެ ބާކީ ހުރި މެޗުތައް ޗައިނާގައި ކުޅެވޭ ގޮތް ނުވީ ރާއްޖޭގެ އިތުރުން ފިލިޕީންސާއި ސީރިއާ ޓީމަށްވެސް ޗައިނާއަށް ދެވެން ނެތް ކަަމަށް އެ ގައުމުގެ ސަރުކާރުން ނިންމުމާ ގުޅިގެންނެވެ. އެއާއެކު މެޗުތަކާ ގުޅޭގޮތުން ޗައިނާ ފުޓްބޯލް އެސޯސިއޭޝަނުން އެ ގައުމުގެ ސަރުކާރާ މަޝްވަރާކުރިއިރު، މެޗުތައް ޗައިނާގައި ކުޅެވޭ ގޮތް ނުވުމުން، ކޮލިފައިންގައި ބާކީ އޮތް ހަތް މެޗު ދުބާއީއަށް ބަދަލުކުރަން ނިންމާފައިވާކަން ޗައިނާ ފުޓްބޯލް އެސޯސިއޭޝަނުން ވަނީ އަންގާފައެވެ. އެކަމަކު އޭއެފްސީން އަދި މިހާތަނަށް އެކަން ރަސްމީކޮށް އިއުލާން ކޮށްފައެއް ނުވެއެވެ.

ކޮލިފައިން މެޗުތައް ދުބާއީއަށް ބަދަލުކުރުމާއެކު، މީގެ ކުރިން ތާވަލުކޮށްފައި ހުރި މެޗުތައް ފަސްވާނެ ކަމަށް ބެލެވެއެވެ. އެކަމަކު އޭއެފްސީގެ އަމާޒަކީ ޖޫން މަހުގެ 15 ވަނަ ދުވަހުގެ ކުރިން ކޮލިފައިން މެޗުތައް އެއްކޮށް ނިންމާލުން ކަމަށް ރިޕޯޓުތައް ބުނެއެވެ. ކޮލިފައިންގައި ބާކީ ހުރި މެޗުތައް ދުބާއީއަށް ބަދަލުކުރާއިރު، ރާއްޖެއަށް ބާކީ ތިން މެޗު އެބައޮތެވެ. އެއީ ޗައިނާ އާއި، ސީރިއާ އަދި ފިލިޕީންސާ ދެކޮޅަށް ކުޅެން އޮތް މެޗުތަކެވެ. މީގެ ތެރެއިން ސީރިއާ މެޗަކީ ރާއްޖޭގެ ހޯމް މެޗެކެވެ.

އޭޝިއަން ކަޕަށް ކޮލިފައިވުމަށް ރާއްޖެއިން އަމާޒުހިފާފައިވާއިރު، ކޮލިފައިންގައި ރާއްޖެ އޮތީ ހަތަރު މެޗުން ހަ ޕޮއިންޓާއެކު ގްރޫޕުގެ ހަތަރުވަނައިގައެވެ. ގްރޫޕުގެ އެއްވަނައިގައި އޮތީ ފަސް މެޗުން 15 ޕޮއިންޓާއެކު ސީރިއާއެވެ. ފަސް މެޗުން 10 ޕޮއިންޓާއެކު ދެވަނައިގައި ޗައިނާ އޮތްއިރު، ތިންވަނައިގައި އޮތީ ފަސް މެޗުން ހަތް ޕޮއިންޓް ހޯދާފައިވާ ފިލިޕީންސެވެ. އަދި ރާއްޖޭގެ ފަހަތުން ފަސްވަނައިގައި އޮތީ ފަސް މެޗު ކުޅެގެން އަދި ޕޮއިންޓެއް ލިބިފައިނުވާ ގުއާމެވެ.

ކޮމެންޓް

އިތުރަށް ކިޔާލަން

އޭއެފްސީ 19 އަހަރުން ދަށުގެ މުބާރާތުގެ ކޮލިފައިންގައި ރާއްޖެ އަށް ފަސޭހަ ގްރޫޕެއް؟

އޭއެފްސީ 19 އަހަރުން ދަށުގެ މުބާރާތުގެ ކޮލިފައިންގައި ރާއްޖެ އަށް ފަސޭހަ ގްރޫޕެއް؟

22 އެޕްރީލު 2017
 އޭޝިއަން ގްރޯން ޕްރީގައި ވާދަކުރުމަށް ސާއިދް ޗައިނާއަށް ފުރައިފި

އޭޝިއަން ގްރޯން ޕްރީގައި ވާދަކުރުމަށް ސާއިދް ޗައިނާއަށް ފުރައިފި

21 އެޕްރީލު 2017
އޭޝިއަން ޗެމްޕިއަންޝިޕުގައި ވާދަކުރުމަށް ޓީޓީ ޓީމު ޗައިނާއަށް ފުރައިފި

އޭޝިއަން ޗެމްޕިއަންޝިޕުގައި ވާދަކުރުމަށް ޓީޓީ ޓީމު ޗައިނާއަށް ފުރައިފި

30 މާރިޗު 2017
ވޯލްޑްކަޕް ކޮލިފައިން: ޕޯޗުގަލް އަދި ފްރާންސް އަށް މޮޅެއް

ވޯލްޑްކަޕް ކޮލިފައިން: ޕޯޗުގަލް އަދި ފްރާންސް އަށް މޮޅެއް

26 މާރިޗު 2017
އޭޝިއަން ކަޕް ކޮލިފައިން: ރާއްޖެއާ ދެކޮޅަށް ކުޅުމަށް ފަލަސްތީން ޓީމު ރާއްޖެ އަތުވެއްޖެ

އޭޝިއަން ކަޕް ކޮލިފައިން: ރާއްޖެއާ ދެކޮޅަށް ކުޅުމަށް ފަލަސްތީން ޓީމު ރާއްޖެ އަތުވެއްޖެ

25 މާރިޗު 2017

އަހަރުތަކުން މިއަދު

14 ފެބުރުއަރީ
ރޯދަ މަސް އެކީ މަޖިލިސް ޗުއްޓީ އަށް ދާން އެމްޑީޕީ މެމްބަރުން ދެކޮޅު
20251 އަހަރު ކުރިން
ރާއްޖެ

ރޯދަ މަސް އެކީ މަޖިލިސް ޗުއްޓީ އަށް ދާން އެމްޑީޕީ މެމްބަރުން ދެކޮޅު

އޭރަކު ނުވި ސިއްރެއް، މިހާރު އެކަމަކު ސިއްރެއް!
20242 އަހަރު ކުރިން
ރިޕޯޓު

އޭރަކު ނުވި ސިއްރެއް، މިހާރު އެކަމަކު ސިއްރެއް!

އަނބިމީހާއަށް ގެވެށި އަނިޔާކުރި މައްސަލަ: އަނބިމީހާ ބުނަނީ ގަޔަށް ވަޅި ހެރިފައިވަނީ ނިދީގައި ފުރޮޅެމުން ކަމަށް
20233 އަހަރު ކުރިން
ރާއްޖެ

އަނބިމީހާއަށް ގެވެށި އަނިޔާކުރި މައްސަލަ: އަނބިމީހާ ބުނަނީ ގަޔަށް ވަޅި ހެރިފައިވަނީ ނިދީގައި ފުރޮޅެމުން ކަމަށް

ސީރިއަސްކަން އެނގުނީ ތިން ދަރިން ބަލައި ދިނުމަށް ވަސިއްޔަތް ކުރުމުން، މިހާރު ވަނީ ވޯޑަށް ބަދަލުކުރެވިފައި
20224 އަހަރު ކުރިން
ރިޕޯޓު

ސީރިއަސްކަން އެނގުނީ ތިން ދަރިން ބަލައި ދިނުމަށް ވަސިއްޔަތް ކުރުމުން، މިހާރު ވަނީ ވޯޑަށް ބަދަލުކުރެވިފައި

ގަބުރުސްތާނުން ވިނަނޮޅައި މަހާނަގައު ސާފުކުރާ ބާރައަހަރުގެ އަންހެން ކުއްޖެއްގެ ވާހަކަ!
20215 އަހަރު ކުރިން
ތަފާތު ޚަބަރު

ގަބުރުސްތާނުން ވިނަނޮޅައި މަހާނަގައު ސާފުކުރާ ބާރައަހަރުގެ އަންހެން ކުއްޖެއްގެ ވާހަކަ!

ވެލިދޫގައި ދެ އަންހެން ފަތުރުވެރިން ކައިވެނި ކުރި ކަމަށް ދެކެވޭ ވާހަކަ ދޮގުކޮށްފި
20197 އަހަރު ކުރިން
ރާއްޖެ

ވެލިދޫގައި ދެ އަންހެން ފަތުރުވެރިން ކައިވެނި ކުރި ކަމަށް ދެކެވޭ ވާހަކަ ދޮގުކޮށްފި

ފުރަތަމަ ފިލްމުގެ ފުރަތަމަ ލަވަ: މުޅި ދުނިޔެއަށް މަޝްހޫރު
20188 އަހަރު ކުރިން
ރިޕޯޓު

ފުރަތަމަ ފިލްމުގެ ފުރަތަމަ ލަވަ: މުޅި ދުނިޔެއަށް މަޝްހޫރު

ރާއްޖެކުޅިވަރުދުނިޔެވިޔަފާރި - އިގްތިސާދުރިޕޯޓުފޮޓޯވާހަކަސިއްހަތުތަފާތު ޚަބަރުލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު