Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
Advertisement - sportsAdvertisement
ކުޅިވަރުއޭޝިއަން ގްރޯން ޕްރީ 2017

އޭޝިއަން ގްރޯން ޕްރީގައި ވާދަކުރުމަށް ސާއިދް ޗައިނާއަށް ފުރައިފި

މުބާރާތުގެ 3 ލެގުގައިވެސް ސާއިދް ވާދަކުރާނީ 100މ ދުވުމުގެ ބައިގަ

އަބްދުﷲ ޒިޔާން އަލީ
އަބްދުﷲ ޒިޔާން އަލީ | 21 އެޕްރީލު 2017 | ހުކުރު 04:09
އޭޝިއަން ގްރޯން ޕްރީގައި ވާދަކުރުމަށް ސާއިދް ޗައިނާއަށް ފުރުމުގެ ކުރިން ނަގާފައިވާ ފޮޓޯއެށް

އޭޝިއަން ގްރޯން ޕްރީގައި ވާދަކުރުމަށް ސާއިދް ޗައިނާއަށް ފުރުމުގެ ކުރިން ނަގާފައިވާ ފޮޓޯއެށް

ޗައިނާ އަދި ޓައިވާން ގައި ބާއްވާ އޭޝިއަން ގްރީން ޕްރީގައި ބައިވެރި ވުމަށް ރާއްޖޭގެ އެއްވަނަ ދުވުންތެރިޔާ ހަސަން ސާއިދް، އަދި ކޯޗް އަހުމަދު ފާޢިލް ބުރާސްފަތު ދުވަހު ޗައިނާއަށް ފުރައިފިއެވެ.

އޭޝިއަން ގްރޯން ޕްރީ އަކީ އޭޝިއާގެ މަތީފަންތީގެ އެތުލީޓުންނަށް ދަޢުވަތު ދީގެން ކޮންމެ އަހަރަކުވެސް އޭޝިއަން އެތުލެޓިކްސް އެސޯސިއޭޝަނުން ބާއްވަމުން އަންނަ މުބާރާތެކެވެ.

އެތުލެޓިކްސް އެސޯސިއޭޝަން އޮފް މޯލްޑިވްސް އިން މައުލޫމާތުދޭ ގޮތުގައި، މި މަހުގެ 24، 27، އަދި 30 ވަނަ ދުވަހު ބާއްވާ ގޮރޯން ޕްރީގެ 3 ލެގު ގައިވެސް ސާއިދް ވާދަކުރާނީ 100މީޓަރުގެ ދުވުމުގައެވެ.

މި މަހުގެ 24 ވަނަ ދުވަހު މުބާރާތުގެ ފުރަތަމަ ލެގު ކުރިއަށްދާނީ ޗައިނާގެ ޖިންހުއާގަ އެވެ. 27 ވަނަ ދުވަހު 2 ވަނަ ލެގު ޗައިނާގެ ގިއަޒިންގ ގައި ކުރިއައްދާގޮތަށް ހަމަޖެހިފައި ވާއިރު، 3 ވަނަ ލެގު ކުރިއައްދާނީ މިމަހުގެ 30 ވަނަ ދުވަހު ޓައިވާންގެ ޓައިޕޭގަ އެވެ.

ރާއްޖޭގެ އެއްވަނަ ދުވުންތެރިޔާ ހަސަން ސާއިދް މި މުބާރާތުގައި ވާދަކުރުމަށް ޗައިނާއަށް ފުރާފައި ވާއިރު، މިއީ މި މުބާރާތުގައި ރާއްޖޭގެ އެތުލީޓަކު ވާދަކުރުމަށް ފުރުސަތު ލިބުނު ފުރަތަމަ ފަހަރުކަންވެސް ފާހަގަ ކޮށްލެވެ އެވެ.

މި މުބާރާތުގައި އޭޝިއާގެ ޖުމްލަ 19 ގައުމަކުން ވާދަކުރާނެއެވެ. އެގޮތުން ސާއިދް ވާދަކުރާ 100މ މީޓަރު ދުވުމުގައި، 10 ގައުމަކުން 12 އެތުލީޓުން ވާދަކުރާނެއެވެ.

އިތުރަށް ކިޔާލަން

16 އެޕްރީލު 2017

އެމްއޯސީގެ މަގާމުތަކަށް ވާދަކުރުމަށް ފުރުސަތު ހުޅުވާލައިފި

16 އެޕްރީލު 2017
އެމްއޯސީގެ މަގާމުތަކަށް ވާދަކުރުމަށް ފުރުސަތު ހުޅުވާލައިފި
12 އެޕްރީލު 2017

އޭޝިއަން ޓީޓީ ޗެމްޕިއަންޝިޕް: ސިންގަލްސް އިވެންޓުން ރަފާއަށް މޮޅެއް

12 އެޕްރީލު 2017
އޭޝިއަން ޓީޓީ ޗެމްޕިއަންޝިޕް: ސިންގަލްސް އިވެންޓުން ރަފާއަށް މޮޅެއް
11 އެޕްރީލު 2017

އޭޝިއަން ޓީޓީ ޗެމްޕިއަންޝިޕް: ޒީސްތްއާއި ރަފާ ކިރިގިސްތާން ޕެއާ ބަލިކޮށްފި

11 އެޕްރީލު 2017
އޭޝިއަން ޓީޓީ ޗެމްޕިއަންޝިޕް: ޒީސްތްއާއި ރަފާ ކިރިގިސްތާން ޕެއާ ބަލިކޮށްފި
10 އެޕްރީލު 2017

އޭޝިއަން ޓީޓީ ޗެމްޕިއަންޝިޕް: ޓީމް އިވެންޓުގެ އަންހެން އަދި ފިރިހެން ބައިން ރާއްޖެ ކަޓައިފި

10 އެޕްރީލު 2017
އޭޝިއަން ޓީޓީ ޗެމްޕިއަންޝިޕް: ޓީމް އިވެންޓުގެ އަންހެން އަދި ފިރިހެން ބައިން ރާއްޖެ ކަޓައިފި
30 މާރިޗު 2017

އޭޝިއަން ޗެމްޕިއަންޝިޕުގައި ވާދަކުރުމަށް ޓީޓީ ޓީމު ޗައިނާއަށް ފުރައިފި

30 މާރިޗު 2017
އޭޝިއަން ޗެމްޕިއަންޝިޕުގައި ވާދަކުރުމަށް ޓީޓީ ޓީމު ޗައިނާއަށް ފުރައިފި
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު