Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
ރިޕޯޓުއައިއޭސީއިން ފޯރުކޮށްދޭ އެހީ

ދިވެހިންގެ އެހީގެ ފުރަތަމަ "ގާފިލާ" ގާޒާއަށް

29 މެއި 2021 | ހޮނިހިރު 10:55

ފެން ނަގާ މެޝިނަށް ކަރަންޓު ފޯރުކޮށްދިނުމަށް 7،000 ލީޓަރުގެ ތެޔޮ ވަނީ ފޮނުވާފައި

އިސްމާއިލް އާޒިމް
އިސްމާއިލް އާޒިމް | 29 މެއި 2021 | ހޮނިހިރު 10:55
ދިވެހިންގެ އެހީގެ ފުރަތަމަ ގާފިލާ

ދިވެހިންގެ އެހީގެ ފުރަތަމަ ގާފިލާ

މެއި މަހުގެ 10 ވަނަ ދުވަހު އިސްރާއީލުިގެ އަސްކަރީ ބާރުތަކުން ފަލަސްތީނުގެ ރައްޔިތުންނަށް ދޭން ފެށި ހަމަލާތަކާއި ގުޅިގެން މުޅި އިސްލާމީ އުންމަތް މިކަމާއި ދެކޮޅަށް އަޑުއުފުލަން ފަށާފައިވާއިރު، މި ހަމަލާތަކުގެ ދިފާޢުގައި އެންމެ ހަރު އަޑުން އަޑު އުފުލާ ނިކުތް ބަޔަކީ ދިވެހިންނެވެ.

މެދުކެނޑުމެއްނެތި 11 ދުވަހަށް ދިގުދެމިގެންދިޔަ މި އަނިޔާވެރި ލާއިންސާނީ ހަމަލަތައް މިހާރު ހުއްޓާލާފައިވާއިރު، މިއަދު ގާޒާ އެއްކޮށްހެން ވަނީ ސުންނާފަތިވެފައެވެ. ފެނާއި ކަރަންޓު ފަދަ ގިނަ ޚިދުމަތްތައް ވަނީ މެދުކެނޑިފައެވެ. ފަލަސްތީނު އަދި ވަކިން ޚާއްސަކޮށް ދުނިޔޭގެ އެންމެ ބޮޑު ޖަލުގެ ގޮތުގައި ސިފަކުރާ ގާޒާ އާރާސްތުކުރުމުގެ މަސައްކަތް މަޑުމަޑުން ފަށާފައިވާއިރު، މިކަމުގައިވެސް ދިވެހިން މި ފެންނަނީ އެންމެ ކުރީ ސަފުގައި ތިބިތަނެވެ. އެގޮތުން އެކި ފަރާތްތަކުން އެކި ނަންނަމުގައި ފަލަސްތީނަށް އެހީވުމަށް ހަރަކާތްތައް ބާއްވާފައިވާއިރު، ދިވެހިންގެ އެހީގެ ފުރަތަމަ "ގާފިލާ" ގާޒާއަށް މިވަނީ ފޯރައިފައެވެ.

މި ގާފިލާއަކީ ދުނިޔޭގެ އެކި ހިސާބުތަކުގައި ޙާލުގައި ޖެހިފައިތިބި މުސްލިމުންނަށް އެހީތެރިކަން ފޯރުކޮށްދިނުމަށް 2016ވަނަ އަހަރު ރާއްޖޭގައި ފެށި އިންޓަރނޭޝަނަލް އެއިޑް ކެމްޕެއިން (އައިއޭސީ)ގެ ގާފިލާއެކެވެ.

އައިއޭސީއިން ފަލަސްތީނުގެ ރައްޔިތުންނަށް އެހީވުމަށް ކުރާ މަސައްކަތްތަކާއި ގުޅޭގޮތުން ވާހަކަދައްކަވަމުން އައިއޭސީގެ ކްރިއޭޓިވް ޑިރެކްޓަރ އަޒްހަދް ވިދާޅުވީ، ފަލަސްތީނަށް އެހީވުމަށް ދިވެހި އެކި ޖަމިއްޔާތަކާއި ގުޅިގެން ގިނަ މަސައްކަތްތަކެއް ކުރަމުންދާކަމަށެވެ. އެގޮތުން ހާލުގައި ޖެހިފައިވާ އެކި ޤައުމުތަކަށް ޚާއްސަކޮށް ކުރިއަށްގެންދާ "ލޯތްބާއިއެކު" ސީރީޒްގެ ޚާއްސަ އިމަޖެންސީ ރިލީފް ކެމްޕޭނެއް ފަލަސްތީނަށް އެހީވުމަށް ފަށާފައިވާކަމަށް ވިދާޅުވިއެވެ. މިގޮތުން މިހާތަނަށް އައިރު މި ކެމްޕޭނަށް 8.48 މިލިއަން ރުފިޔާ ވަނީ ލިބިފައެވެ. އަޒްހަދު ވަނީ ވަރަށް ގިނަ ފަރާތްތަކެއްގެ އެދުމުގެ މަތިން ކެމްޕޭންގެ މުއްދަތު ޖޫން 5 ގެ ނިޔަލަށް އިތުރުކުރަން ނިންމާފައިވާން ހާމަކުރައްވާފައެވެ. “ފަލަސްތީނު ޗެރިޓީ ކަޕް” ހަރަކާތުން 25،000 ރުފިޔާ އަދި މިހަރަކާތުގައި ބައިވެރިވި އުރީދޫއިން 30،000 ރުފިޔާގެ އެހީ އައިއޭސީއަށް ދީފައިވާކަމަށް ވެސް ވިދާޅުވިއެވެ.

އަޒްހަދު ވަނީ ދިވެހިންގެ އެހީގެ ފުރަތަމަ ގާފިލާ ގާޒާއަށް ފޯރާފައިވާކަން ހާމަކުރައްވާފައެވެ. މި ގާފިލާގައި 730,000 ދިވެހި ރުފިޔާގެ އިމަޖެންސީ އެހީ ހިމެނެއެވެ. އެންމެ ގަދަޔަށް ހަމަލާދިން ގާޒާގެ ދެކުނުގައި އޮންނަ "ބައިތު ހަނޫން" އަށް ބޮން އެޅުމުގެ ސަބަބުން ކަރަންޓު ނުލިބި، ފެނުން މަހްރޫމުވެފައިތިބި ރައްޔިތުންނަށް މޯޓަރު މެދުވެރިކޮށް ފެން ނަގާ މެޝިނަށް ކަރަންޓް ފޯރުކޮށްދިނުމަށް 7،000 ލީޓަރުގެ ތެޔޮ ވަނީ ފޮނުވާފައެވެ. މި އެހީގެ ސަބަބުން މި ޙާލުގައި ފަލަސްތީނުގެ 70،000 ރައްޔިތުންނަށް ފެނުގެ ޔަޤީންކަން ލިބިގެންދާނެއެވެ. މީގެ އިތުރުން ފެން ރައްކާކުރުމަށް 90 ކަޅުހަމާއި 500 އާއިލާއަށް އެއް މަސްދުވަހަށް ވާވަރަށް ކާބޯތަކަތެކތީގެ ޕެކޭޖްތައް އަދި 60 މެޑިކަލް މުއައްޒަފުންނަށް ބޭނުންކުރެވޭވަރުގެ މެޑިކަލް ކިޓް ވަނީ ފޮނުވާފައެވެ. އަޒްހަދު ވަނީ ގާޒާގެ ސިޓީ ކައުންސިލްއާ މިތަކެތި މިހާރު ހަވާލުކޮށްފައިވާއިރު. ކައުންސިލްގެ ލަފާގެ މަތިން އެތަކެތި ބެހުމުގައި އައިއޭސީގެ ޕާރޓްނަރުން ހަރަކާތްތެރިވާނެކަމަށް ވިދާޅުވެފައެވެ.

ފަލަސްތީނަށް އެހީވުމަށް އައިއޭސީއިން އަދިވެސް ވަނީ ފުރުސަތު ހުޅުވާލާފައެވެ. އެގޮތުން ޖަމްޢިއްޔާތަކުންނާއި، ކުދި އަދި ބޮޑު ވިޔަފާރިިތަކުން އަދި އަމިއްލަ ފަރުދުންވެސް، ފަލަސްޠީނަށް އެހީވާން ބޭނުންކަން ހާމަކުރުމުން ޖޫން 5 ގެ ނިޔަލަށް ލޯތްބާއިއެކު ކެމްޕޭންގައި ބައިވެރިވުމުގެ ފުރުސަތު ވަނީ އިތުރުކޮށްދީފައެވެ. މި ކެމްޕޭނުގައި ބައިވެރިވުމަށް ބީއެމްއެލް އިސްލާމިކް އެކައުންޓް ނަމްބަރު 7770000026259 ފައިސާގެ އެހީ ފޮނުވުމަށް ވަނީ އެދިފައެވެ.

އިސްރާއިލުން ފަލަސްތީނަށް ދެމުންދާ ހަމަލާތަކުގައި އެ ގައުމަށްވީ ގެއްލުމުން އަރައިގަތުމަށް، އެހީތެރިވުމަށްޓަކާ "ދިވެހިން ފަލަސްތީނާއެކު" މި ނަމުގައި ރާއްޖެޓީވީންވެސް ވަނީ 36 ގަޑިއިރުގެ ޚާއްސަ ޓެލެތޯނެއް ކުރިއަށް ގެންގޮސްފައެވެ. މި ޓެލެތޯން މެދުވެރިކޮށް، 1،615،239.65 (އެއް މިލިއަން ހަ ލައްކަ ފަނަރަ ހާސް ދުއިސައްތަ ތިރީސް ނުވަ ރުފިޔާ ފަސްދޮޅަސް ފަސް ލާރި) ވަނީ ލިބިފައެވެ. ފަލަސްތީން ރައްޔިތުންނަށް އެ ފައިސާ ފޯރުކޮށްދޭނެ އިންތިޒާމުތައް ހަމަޖެއްސުމުގެ މަސައްކަތް މިހާރު ވެސް ކުރަމުން އަންނަ ކަމަށާއި ވީ އެންމެ އަވަހަކަށް އެ ފައިސާ ފޯރުކޮށްދޭނެ ކަމަށް ރާއްޖެޓީވީގެ ޑެޕިއުޓީ ސީއޯއޯ ނާޒްމީ ސައީދު ވިދާޅުވިއެވެ.

އިތުރަށް ކިޔާލަން

15 ފެބުރުއަރީ 2018

ފުރަތަމަ ފިލްމުގެ ފުރަތަމަ ލަވަ: މުޅި ދުނިޔެއަށް މަޝްހޫރު

15 ފެބުރުއަރީ 2018
ފުރަތަމަ ފިލްމުގެ ފުރަތަމަ ލަވަ: މުޅި ދުނިޔެއަށް މަޝްހޫރު
11 ޖެނުއަރީ 2018

ޝެރީލް ސޭންޑްބާގް: ފޭސްބުކް ބޯޑު މެމްބަރަކަށް ހޮވުނު ފުރަތަމަ އަންހެނާ !

11 ޖެނުއަރީ 2018
ޝެރީލް ސޭންޑްބާގް: ފޭސްބުކް ބޯޑު މެމްބަރަކަށް ހޮވުނު ފުރަތަމަ އަންހެނާ !
12 ޑިސެމްބަރު 2017

ބޭރު ދުނިޔޭގެ ކުރިމަތީގައި އަނެއްކާ ވެސް ދިވެހިންގެ އަގު ވެއްޓުނީ!

12 ޑިސެމްބަރު 2017
ބޭރު ދުނިޔޭގެ ކުރިމަތީގައި އަނެއްކާ ވެސް ދިވެހިންގެ އަގު ވެއްޓުނީ!
10 ޑިސެމްބަރު 2017

މަސްވެރިކަމަކީ ދިވެހިންގެ ލޭނާރު: އަގައިން ބުނެލާ ބަހަކަށްވެފައި

10 ޑިސެމްބަރު 2017
 މަސްވެރިކަމަކީ ދިވެހިންގެ ލޭނާރު: އަގައިން ބުނެލާ ބަހަކަށްވެފައި
09 އޮކްޓޯބަރު 2017

އެމްޑަބްލިއުއެސްސީއަށް ލިބުނު އެހީގެ ފައިސާއަށް ވީގޮތް އެނގޭނީ އެމްޑީޕީ ސަރުކާރަށް!

09 އޮކްޓޯބަރު 2017
އެމްޑަބްލިއުއެސްސީއަށް ލިބުނު އެހީގެ ފައިސާއަށް ވީގޮތް އެނގޭނީ އެމްޑީޕީ ސަރުކާރަށް!
05 އޮކްޓޯބަރު 2017

ފޮޓޯއިން ވާހަކަ: ސީރިއާގައި ހަނގުރާމަ ކުރަމުންދާ ދިވެހިންގެ ދިރިއުޅުން

05 އޮކްޓޯބަރު 2017
ފޮޓޯއިން ވާހަކަ: ސީރިއާގައި ހަނގުރާމަ ކުރަމުންދާ ދިވެހިންގެ ދިރިއުޅުން
09 ސެޕްޓެމްބަރު 2017

އެހެން މީހުންނަށް ހަމްދަރުދީވުމުގައި ދިވެހިންގެ ލާމަސީލު މިސާލު

09 ސެޕްޓެމްބަރު 2017
އެހެން މީހުންނަށް ހަމްދަރުދީވުމުގައި ދިވެހިންގެ ލާމަސީލު މިސާލު
10 މެއި 2017

އިދިކޮޅު ސިޔާސީ ހުރިހާ ލީޑަރުން ޖަލަށްލައިގެން ބޭއްވި ފުރަތަމަ އިންތިހާބު ބޮޑުތަނުންވީ ބަލި!

10 މެއި 2017
އިދިކޮޅު ސިޔާސީ ހުރިހާ ލީޑަރުން ޖަލަށްލައިގެން ބޭއްވި ފުރަތަމަ އިންތިހާބު ބޮޑުތަނުންވީ ބަލި!
24 މާރިޗު 2017

ފުރަތަމަ ޑިވިޝަން ކްލަބްތަކަށް ފައިސާ ހޯދޭނެ މަގު ބަންދުވެ ހާލުގައި ޖެހެނީ

24 މާރިޗު 2017
ފުރަތަމަ ޑިވިޝަން ކްލަބްތަކަށް ފައިސާ ހޯދޭނެ މަގު ބަންދުވެ ހާލުގައި ޖެހެނީ
08 މާރިޗު 2017

މަސީހު އަޒުލުކުރުން، ރައްޔިތުންނަށް ބާރު ލިބިމުގެ ފުރަތަމަ ނިޝާން!

08 މާރިޗު 2017
މަސީހު އަޒުލުކުރުން، ރައްޔިތުންނަށް ބާރު ލިބިމުގެ ފުރަތަމަ ނިޝާން!
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލުޓާމްސް އޮފްޔޫސް