Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
ރިޕޯޓު
ޕްރިޔާ ޕްރަކާޝް

ފުރަތަމަ ފިލްމުގެ ފުރަތަމަ ލަވަ: މުޅި ދުނިޔެއަށް މަޝްހޫރު

މިމަހުގެ 9 ވަނަ ދުވަހު ރިލީޒްކޮށްފައިވާ މިލަވަ މިހާރު ވަނީ 19 މިލިއަނަށް ވުރެ ގިނަ ފަހަރު ބަލާފައި

ތަހާރަތު މުހައްމަދު ވަހީދު
ތަހާރަތު މުހައްމަދު ވަހީދު, ރާއްޖެ އެމްވީ | 15 ފެބުރުއަރީ 2018 | ބުރާސްފަތި 05:56
ޕްރިޔާ ޕްރަކާޝް

ޕްރިޔާ ޕްރަކާޝް

އުމުރުން އެންމެ 18 އަހަރުގެ މަލަޔާލަމް އެކްޓެރެސް ކަމަށްވާ ޕްރިޔާ ޕްރަކާޝްއަކީ ފިލްމީ ދުނިޔެއަށް އާ ތަރިއެކެވެ. މިހާތަނަށް އޭނާގެ ފިލްމެއް ރިލީޒްނުވާ އިރު އޭނާ ކުޅުނު އެންމެ ފުރަތަމަ ފިލްމުގެ ލަވަ މިވަނީ މިހާރު އެންމެ ވައިރަލް ލަވައަށް ވެފައެވެ. ޕްރިޔާ ކުޅުނު ފިލްމުގެ ލަވައިން އޭނާ ވަނީ މުޅިދުނިޔެއަށް މަޝްހޫރު ވެފައެވެ.

މިހާރު ބެޗްލާސް އޮފް ކޮމާސް ކިޔަވަމުންދާ ޕްރިޔާ ކުޅެފައިވާ މަލަޔާލަމް ފިލްމު "އޮރު އަދާރް ލަވް"ގެ ލަވައެއް ކަމަށްވާ "ނިކްޔާ މަލަރަޔާ ޕޫވީ" ގައި ޕްރިޔާ އެއް ލޯ މަރާލައި މޫނަށް ގެންނަ އިޝާރާތަށް ގިނަ ބައެއްގެ ސަމާލުކަން ވަނީ ހުއްޓިފައެވެ.

ހައިސްކޫލް ލައިފް ދައްކުވައިދޭ މި ލަވައިގައި ފެނިގެން ދަނީ ފިރިހެން ކުއްޖަކު ޕްރިޔާ އަށް ބަލާލުމަށް ފަހު އެއް ބުމަ އަރުވާލުމާ އެކު ރައްދުގައި ޕްރިޔާ ދެ ބުމަ އަރުވާލާ މަންޒަރެވެ. އެއަށް ރައްދު ދިނުމުގެ ގޮތުން އެފިރިހެން ކުއްޖާ ދެ ބުމަ އަރުވާލުމުން ޕްރިޔާ އެއްލޯ މަރާލައެވެ. ދެން ފެންނަނީ ފިރިހެން ކުއްޖާ ރަކިވެ ކައިރީގައި ހުންނަ ފިރިހެންކުއްޖެއްގެ ގައިގައި ހިފައިގެން އިސްޖަހާލާ މަންޒަރެވެ.

މިލަވަ މިހާރު ވައިރަލް ވެފައިވާއިރު ޕްރިޔާ އަށް ދަނީ ސޯޝަލް މީޑިއާގައި ވެސް ބޮޑު ތަރުހީބެއް ލިބެމުންނެވެ. އެގޮތުން އޭނާގެ އިންސްޓަގްރާމްގެ ފޮލޯވާސް މިހާރު ވަނީ ކުޑަދުވަސްކޮޅެއްގެ ތެރޭގައި 3.2 މިލިއަނަށް އަރާފައެވެ. މި ސަމާލުކަމާ އެކު އޭނާގެ އެކައުންޓް ވެސް ވަނީ ވެރިފައިކޮށްފައެވެ. ޕްރިޔާ ދީފައިވާ އިންޓަވިއުއެއްގައި ބުނެފައި ވަނީ އޭނާއަށް މިހާ ބޮޑު ސަޕޯޓެއް ލިބިދާނެކަމަށް ގަބޫލު ނުކުރާ ކަމަށެވެ.

މިމަހުގެ 9 ވަނަ ދުވަހު ރިލީޒްކޮށްފައިވާ މިލަވަ މިހާރު ވަނީ 19 މިލިއަނަށް ވުރެ ގިނަ ފަހަރު ބަލާފައެވެ. ތިން މިނެޓާއި 16 ސިކުންތުގެ މި ލަވަ ކިޔާފައި ވަނީ ވިނީތު ސިރީނިވާސަންއެވެ. މިއުޒިކް ތައްޔާރުކުރީ ޝާން ރަހްމާންއެވެ. "އޮރު އަދާރް ލަވް" ރިލީޒް ކުރާނީ އަންނަ މާޗްމަހުގެ 2 ވަނަ ދުވަހުގައެވެ.

ޕްރިޔާދަނީ އަދިވެސް އެކި ރެކޯޑްތައް މުގުރަމުންނެވެ. އިންސްޓަގްރާމްގައި އެއް ދުވަހުގެ ތެރޭގައި 600 ފޮލޯވާސް ފޮލޯކުރި ތިންވަނަ މީހާއަށް އޭނާ ވަނީ ވެފައެވެ. މިއީ އިންޑިއާގެ މީހަކަށް މިވަރުގެ ފޮލޯވާސް އެއް ދުވަހުގެ ތެރޭގައި ލިބުނު ފުރަތަމަ ފަހަރެވެ. އެއް ދުވަހުގެ ތެރޭގައި 600 ފޮލޮވާސް ހޯދި އަނެއް ދެ މީހުންނަކީ މަޝްހޫރު ރިއަލިޓީ ޓީވީ ޝޯ "ކީޕިން އަޕް ވިތު ކާޑޭޝިއަން" ގެ އެކްޓްރެސް "ކައިލީ ޖެނާ" އާއި ފުޓުބޯޅަ ކުޅުންތެރިޔާ "ކްރިސްޓިއަނޯ ރޮނާލްޑޯ" އެވެ. މީގެ އިތުރުން ޕްރިޔާ އަށް ވަނީ އެންމެ ގިނައިން ގޫގުލް ސާޗްކުރި އިންޑިއާގެ އެކްޓްރެސްގެ މަގާމު ވެސް ލިބިފައެވެ.

ޕްރިޔާގެ ކުޅަދާނަ ކަމަށް ތައުރީފު އޮއްސަމުންދާއިރު އޭނާގެ މަންމަ ބުނެފައި ވަނީ ޕްރިޔާ ހުރީ ވަރަށް ބިރުން ކަމަށެވެ. ބިރުން ހުރި ވަރުން ސްކޫލަށް ދާން ވެސް މިހާރު ޖެހިލުންވެފައިވާ ކަމަށް ޕްރިޔާގެ މަންމަ ވަނީ ބުނެފައެވެ.

ޕްރިޔާ ބުނީ އޭނާ އަށް ފުރުސަތު ލިބިއްޖެ ނަމަ ބޮލީވުޑްގައި މަސައްކަތްކުރަން ބޭނުން ކަމަށާއި އެ ގޮތުން ޝާހްރުކް ޚާނާއި ރަންވީރު ސިންގް އަށް ވަރަށް ސަޕޯޓްކުރާ ކަމަށާއި އެ ގޮތުން ޝާހްއާ އެކު ފިލްމެއް ކުޅުމަކީ އޭނާގެ ހުވަފެނެއް ކަމަށެވެ.

ކޮމެންޓް

Like & Win

Giveaway
Powered by: Radient Heat Waters
Kent Grand Plus

Kent Grand Plus

Tap

އިތުރަށް ކިޔާލަން

މައުމޫނާއެކު މުޅިން އެހެން ފޮޓޯއެއް

މައުމޫނާއެކު މުޅިން އެހެން ފޮޓޯއެއް

15 ޖޫން 2017
ފަސް ފަނޑިޔާރުންގެ އަތްޕުޅަށް މުޅި ދައުލަތް، "ޖުޑިޝަލް ޑިކްޓޭޓާޝިޕް" އަކަށް؟!

ފަސް ފަނޑިޔާރުންގެ އަތްޕުޅަށް މުޅި ދައުލަތް، "ޖުޑިޝަލް ޑިކްޓޭޓާޝިޕް" އަކަށް؟!

24 މެއި 2017
"މީ ވީގޮތޭ، އަދުބަދަލުވެއްޖެޔޭ، މުޅިޒަމާން"

"މީ ވީގޮތޭ، އަދުބަދަލުވެއްޖެޔޭ، މުޅިޒަމާން"

15 މެއި 2017
އިދިކޮޅު ސިޔާސީ ހުރިހާ ލީޑަރުން ޖަލަށްލައިގެން ބޭއްވި ފުރަތަމަ އިންތިހާބު ބޮޑުތަނުންވީ ބަލި!

އިދިކޮޅު ސިޔާސީ ހުރިހާ ލީޑަރުން ޖަލަށްލައިގެން ބޭއްވި ފުރަތަމަ އިންތިހާބު ބޮޑުތަނުންވީ ބަލި!

10 މެއި 2017
ފުރަތަމަ ޑިވިޝަން ކްލަބްތަކަށް ފައިސާ ހޯދޭނެ މަގު ބަންދުވެ ހާލުގައި ޖެހެނީ

ފުރަތަމަ ޑިވިޝަން ކްލަބްތަކަށް ފައިސާ ހޯދޭނެ މަގު ބަންދުވެ ހާލުގައި ޖެހެނީ

24 މާރިޗު 2017

އަހަރުތަކުން މިއަދު

23 މާރިޗު
މަންދީގެ ގަޔަށް ކަޅުތެޔޮ ޖެހި މީހުން ހޯދައިފި
20251 އަހަރު ކުރިން
ރާއްޖެ

މަންދީގެ ގަޔަށް ކަޅުތެޔޮ ޖެހި މީހުން ހޯދައިފި

އެންމެ ޓުވީޓެއް، މުޅި ސަރުކާރު ޑިފެންސަށް! ވެއްޓުނީ ހޫނު ފެނަށް!
20242 އަހަރު ކުރިން
ރިޕޯޓު

އެންމެ ޓުވީޓެއް، މުޅި ސަރުކާރު ޑިފެންސަށް! ވެއްޓުނީ ހޫނު ފެނަށް!

ބާސްކެޓްގެ ޗެމްޕިއަނުންނަކީ މިދެމަފިރިން, އެކަކު އަނެކަކަށް ހިތްވަރެއް!
20233 އަހަރު ކުރިން
ރިޕޯޓު

ބާސްކެޓްގެ ޗެމްޕިއަނުންނަކީ މިދެމަފިރިން, އެކަކު އަނެކަކަށް ހިތްވަރެއް!

ވަގަށް ނެގީ ބިސްކޯދު ކޭހެއް، ހައްޔަރު ކުރުމުން އެހީ ކާން ލިބޭނެހޭ
20224 އަހަރު ކުރިން
ރިޕޯޓު

ވަގަށް ނެގީ ބިސްކޯދު ކޭހެއް، ހައްޔަރު ކުރުމުން އެހީ ކާން ލިބޭނެހޭ

ދިފާއީ ނިޒާމަށް އެކަށޭނެ މިންވަރަށް އަސަރު ނުކުރާތީ ޔޫއޭއީން ސިނޮފަރމް ވެކްސިންގެ ތިން ޑޯޒު ޖަހަން ނިންމައިފި
20215 އަހަރު ކުރިން
ދުނިޔެ

ދިފާއީ ނިޒާމަށް އެކަށޭނެ މިންވަރަށް އަސަރު ނުކުރާތީ ޔޫއޭއީން ސިނޮފަރމް ވެކްސިންގެ ތިން ޑޯޒު ޖަހަން ނިންމައިފި

ނަފްސާނީ ބަލިތަކަށް ޚާއްސަ ޑިޕާރޓްމަންޓެއް އައިޖީޢެމްއެޗުގައި މާދަމާ ހުޅުވަނީ
20197 އަހަރު ކުރިން
ރާއްޖެ

ނަފްސާނީ ބަލިތަކަށް ޚާއްސަ ޑިޕާރޓްމަންޓެއް އައިޖީޢެމްއެޗުގައި މާދަމާ ހުޅުވަނީ

އިންޓެލިޖެންސް ރިޕޯޓަކީ ޝަރީއަތުގެ އެއްވެސް މަރުހަލާއެއްގައި ބޭނުން ކޮށްގެންވާނެ އެއްޗެއް ނޫން: ކުރީގެ އޭސީޕީ ފައިރޫޝް
20188 އަހަރު ކުރިން
ރާއްޖެ

އިންޓެލިޖެންސް ރިޕޯޓަކީ ޝަރީއަތުގެ އެއްވެސް މަރުހަލާއެއްގައި ބޭނުން ކޮށްގެންވާނެ އެއްޗެއް ނޫން: ކުރީގެ އޭސީޕީ ފައިރޫޝް

ރާއްޖެކުޅިވަރުދުނިޔެވިޔަފާރި - އިގްތިސާދުރިޕޯޓުފޮޓޯވާހަކަސިއްހަތުތަފާތު ޚަބަރުލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު