Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
Advertisement - sportsAdvertisement
ކުޅިވަރުއަލަބާ ރެއާލަށް ބަދަލުވުން

ބަޔާން ދޫކޮށް އަލަބާ ރެއާލަށް

28 މެއި 2021 | ހުކުރު 19:27

އަލަބާ ވަނީ ރެއާލާއެކު ފަސް އަހަރުގެ އެއްބަސްވުމެއް ހަދާފައި

އިސްމާޢީލް ޝާހް
އިސްމާޢީލް ޝާހް | 28 މެއި 2021 | ހުކުރު 19:27
ރެއާލާ ގުޅުނު އޮސްޓްރިއާގެ ޑިފެންޑަރު ޑޭވިޑް އަލަބާ

ރެއާލާ ގުޅުނު އޮސްޓްރިއާގެ ޑިފެންޑަރު ޑޭވިޑް އަލަބާ

ބަޔާން މިއުނިކް ދޫކޮށް އޮސްޓްރިއާގެ ޑިފެންޑަރު ޑޭވިޑް އަލަބާ ރެއާލް މެޑްރިޑާ ގުޅިއްޖެއެވެ.

މީގެ ކުރިން މިދިޔަ ފެބްރުއަރީ މަހު އުމުރުން 28 އަހަރުގެ އަލަބާ ވަނީ ބަޔާން މިއުނިކުގައި 13 އަހަރު ހޭދަކުރުމަށްފަހު، މި ސީޒަން ނިމުމުން ބަޔާން ދޫކޮށްލާނެކަން ހާމަކޮށްފައެވެ. އެ ފަހަރު ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި އަލަބާ ބުނީ މިހާރު އޭނާގެ އަމާޒަކީ ބަޔާން ދޫކޮށް، ކެރިއަރުގައި އައު ޗެލެންޖަކާ ކުރިމަތިލުން ކަމަށެވެ.

އެއާއެކު ހުކުރު ދުވަހުގެރޭ ރެއާލުން ވަނީ އެ ޓީމުން އަލަބާގެ ސޮއި ހޯދިކަން އިއުލާން ކޮށްފައެވެ. ހިލޭ ޓްރާންސްފާއެއްގެ ދަށުން އަލަބާ ރެއާލަށް ބަދަލުވިއިރު، އޭނާ ވަނީ ރެއާލާއެކު ފަސް އަހަރުގެ އެއްބަސްވުމެއް ހަދާފައެވެ. ރިޕޯޓުތައް ބުނާ ގޮތުން އަލަބާ ހޯދަން އިނގިރޭސި ޕްރިމިއާ ލީގުގެ އެންމެ ފަހުގެ ދެ ޗެމްޕިއަނުން ކަމަށްވާ މެންޗެސްޓާ ސިޓީ އާއި ލިވަޕޫލުން ވަނީ މަސައްކަތްކޮށްފައެވެ.

އޮސްޓްރިއާގެ ޔޫތު ޓީމުތަކުން ފާހަގަވި އަލަބާ އެންމެ ފުރަތަމަ ބަޔާނުގެ ޔޫތު ޓީމާ ގުޅުނީ 2008 ވަނަ އަހަރުއެވެ. އަދި 2010 ވަނަ އަހަރު ބަޔާނުގެ ސީނިއާ ޓީމަށް އަލަބާ ޕްރޮމޯޓުވިއިރު، އޭގެ ފަހުން އެއް ސީޒަނުގައި އަލަބާ ވަނީ ލޯނު އެއްބަސްވުމެއްގެ ދަށުން ހޮފެންހެއިމަށްވެސް ކުޅެފައެވެ.

އެކަމަކު ފަހުން ބަޔާނުގެ ސީނިއާ ޓީމުގެ މުހިންމު މެންބަރަކަށް އަލަބާ ވިއިރު، އޭނާ ވަނީ ބަޔާނަށް 431 މެޗު ކުޅެދީ 33 ލަނޑު ޖަހާފައެވެ. އަދި ވަނީ ބަޔާނާއެކު ޖަރުމަން ލީގު 10 ފަހަރު، ޔުއެފާ ޗެމްޕިއަންސް ލީގު ދެ ފަހަރު އަދި ފީފާ ކުލަބު ވޯލްޑް ކަޕް ދެ ފަހަރު ކާމިޔާބުކޮށްފައެވެ.

އަލަބާ ރެއާލަށް ބަދަލުވިކަން އެ ކުލަބުން ހާމަކުރިއިރު، އޭގެ އެއް ދުވަސްކުރިން އެ ޓީމުގެ ކޯޗުކަން ދޫކޮށްލަން ޒިނެދިން ޒިދާން ވަނީ ނިންމާފައެވެ.

އެންމެ ހިނގާ

1

"އަދަބުވެރިކަން ނެތުމުގެ" ސަބަބުން ދަނބިދަރިފުޅުގެ ޝާހީ ލަގަބުތައް ބުރޫނާއީގެ ރަސްގެފާނު އަތުލައްވައިފި

2

އެމެރިކާއާއި އީރާނުގެ މަޝްވަރާތައް މަރުތަޅުއެޅިފައި - އެންމެ ފަހުގެ ތަފުސީލު

3

ނައިބު ރައީސް ހުސައިން މުހައްމަދު ލަތީފް ދިރިއުޅުއްވާ ހިލާލީ ގެޔަށް މަހަކު 3 ލައްކައަށް ވުރެ ގިނަ ރުފިޔާ ހަރަދުވާކަން ހާމަވެއްޖެ!

4

އީރާނުގެ އަސްކަރީ ގާބިލިއްޔަތު އިއާދަކުރަމުންދާ ހަލުވި މިނުގެ ސަބަބުން އިސްރާއީލަށް ސިހުން: ޖެރޫސަލަމް ޕޯސްޓް

5

ޓްރަމްޕަށް އީރާން ހަނގުރާމައިގައި ނާކާމިޔާބީތައް ފުނިޖެހެނީ

އިތުރަށް ކިޔާލަން

19 ފެބުރުއަރީ 2017

ފުރަތަމަ އެގާރައިން ފުރުސަތު ނެތްނަމަ ރެއާލް ދޫކޮށްލާފާނެ ކަމުގެ އިޝާރާތެއް އިސްކޯ ދީފި

19 ފެބުރުއަރީ 2017
ފުރަތަމަ އެގާރައިން ފުރުސަތު ނެތްނަމަ ރެއާލް ދޫކޮށްލާފާނެ ކަމުގެ އިޝާރާތެއް އިސްކޯ ދީފި
16 ފެބުރުއަރީ 2017

ޗެމްޕިއަންސް ލީގު: ރެއާލް އަދި ބަޔާން މޮޅުވެ ކުއާޓާގެ އުންމީދު އާކޮށްފި

16 ފެބުރުއަރީ 2017
ޗެމްޕިއަންސް ލީގު: ރެއާލް އަދި ބަޔާން މޮޅުވެ ކުއާޓާގެ އުންމީދު އާކޮށްފި
15 ފެބުރުއަރީ 2017

ގަައުމީ ޓީމް ކޯޗަށް އަނިޔާވެ އޭޑީކޭގައި ފަރުވާ ދިނުމަށްފަހު ދޫކޮށްލައިފި

15 ފެބުރުއަރީ 2017
ގަައުމީ ޓީމް ކޯޗަށް އަނިޔާވެ އޭޑީކޭގައި ފަރުވާ ދިނުމަށްފަހު ދޫކޮށްލައިފި
01 ފެބުރުއަރީ 2017

ޗެލްސީ ދޫކޮށްލުމަށްފަހު އިވަނޮވިކް ޒެނިތަށް ބަދަލުވެއްޖެ

01 ފެބުރުއަރީ 2017
 ޗެލްސީ ދޫކޮށްލުމަށްފަހު އިވަނޮވިކް ޒެނިތަށް ބަދަލުވެއްޖެ
26 ޖެނުއަރީ 2017

ޔުވަންޓަސް ދޫކޮށްލުމަށްފަހު އެވްރާ މާސޭއާށް ބަދަލުވެއްޖެ

26 ޖެނުއަރީ 2017
ޔުވަންޓަސް ދޫކޮށްލުމަށްފަހު އެވްރާ މާސޭއާށް ބަދަލުވެއްޖެ
25 ޖެނުއަރީ 2017

ރެއާލް ދޫކޮށްލުމަށްފަހު ޕެޕޭ ޗައިނާ ލީގަށް ބަދަލުވަނީ!

25 ޖެނުއަރީ 2017
ރެއާލް ދޫކޮށްލުމަށްފަހު ޕެޕޭ ޗައިނާ ލީގަށް ބަދަލުވަނީ!
25 ޖެނުއަރީ 2017

ލެސްޓާ ދޫކޮށްލުމަށްފަހު ހެނާންޑޭޒް މަލާގާއާ ގުޅިއްޖެ

25 ޖެނުއަރީ 2017
ލެސްޓާ ދޫކޮށްލުމަށްފަހު ހެނާންޑޭޒް މަލާގާއާ ގުޅިއްޖެ
20 ޖެނުއަރީ 2017

އާސެނަލް ދޫކޮށްލުމަށް ފަހު ސަންޗޭޒް ބަޔާންއާ ގުޅުން ކައިރި: އޮންރީ

20 ޖެނުއަރީ 2017
އާސެނަލް ދޫކޮށްލުމަށް ފަހު ސަންޗޭޒް ބަޔާންއާ ގުޅުން ކައިރި: އޮންރީ
06 ޖެނުއަރީ 2017

ޖެނުއަރީ ޓްރާންސްފާގައި ރެއާލް ދޫކޮށްނުލާނެކަން ހަމޭސް ރޮޑްރިގޭޒް ހާމަކޮށްފި

06 ޖެނުއަރީ 2017
ޖެނުއަރީ ޓްރާންސްފާގައި ރެއާލް ދޫކޮށްނުލާނެކަން ހަމޭސް ރޮޑްރިގޭޒް ހާމަކޮށްފި
04 ޖެނުއަރީ 2017

ޔުނައިޓެޑް ދޫކޮށްލަން ބޭނުންވާ ކަމަށް ޑިޕޭ ބުނެފި

04 ޖެނުއަރީ 2017
ޔުނައިޓެޑް ދޫކޮށްލަން ބޭނުންވާ ކަމަށް ޑިޕޭ ބުނެފި
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލުޓާމްސް އޮފްޔޫސް