Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
Advertisement - sportsAdvertisement
ކުޅިވަރު
ސްކޮޑުގައި ހަމޭސް ނުހިމެނުން

ހަމޭސްއަށް ކޮލަމްބިއާގެ ސްކޮޑުން ފުރުސަތެއް ނެތް

ހަމޭސްއަށް ވޯލްޑް ކަޕް ކޮލިފައިން މެޗުތައްވެސް ނުކުޅެވޭނެ

އިސްމާޢީލް ޝާހް
އިސްމާޢީލް ޝާހް, ރާއްޖެ އެމްވީ | 28 މެއި 2021 | ހުކުރު 19:12
ކޮލަމްބިއާގެ ތަރި ހަމޭސް ރޮޑްރިގޭޒް

ކޮލަމްބިއާގެ ތަރި ހަމޭސް ރޮޑްރިގޭޒް

ދެކުނު އެމެރިކާގެ އެންމެ ޝަރަފުވެރި ފުޓްބޯޅަ މުބާރާތް ކަމަށްވާ ކޮޕާ އެމެރިކާއަށް ކޮލަމްބިއާއިން އެކުލަވާލި ސްކޮޑުން އެ ޓީމުގެ ތަރި ހަމޭސް ރޮޑްރިގޭޒް ބާކީކޮށްފިއެވެ.

ރެއާލް މެޑްރިޑް ދޫކޮށް މި ނިމުނު ޓްރާންސްފާގައި އެވަޓަނާ ގުޅުނު އުމުރުން 29 އަހަރުގެ ހަމޭސްއަށް ވަނީ މި ސީޒަނުގައި އަނިޔާގެ ސަބަބުން ގިނަ މެޗުތަކެއް ގެއްލިފައެވެ. އެގޮތުން އިނގިރޭސި ޕްރިމިއާ ލީގުގައި އެވަޓަނުން އެންމެ ފަހުން ކުޅުނު ދެ މެޗުގައިވެސް ހަމޭސް ކުޅެފައެއް ނުވެއެވެ.

އެހެންކަމުން ފިޓްނަސް ދަށްވުމުގެ ސަބަބުން އަންނަ މަހު ފެށުމަށް ހަމަޖެހިފައިވާ ކޮޕާ އެމެރިކާއަށް ކޮލަމްބިއާއިން އެކުލަވާލި ސްކޮޑުން ހަމޭސްއަށް ފުރުސަތު ނުދޭން ވަނީ ނިންމާފައެވެ. އަދި އޭގެ ކުރިން ވޯލްޑް ކަޕުގެ ދެކުނު އެމެރިކާ ކޮލިފައިންގައި ކޮލަމްބިއާއިން ޕެރޫ އާއި އާޖެންޓީނާއާ ދެކޮޅަށް ކުޅޭ މެޗުތަކުގައިވެސް ހަމޭސްއަށް ފުރުސަތު ނުދެން ވަނީ ނިންމާފައެވެ.

މި އަހަރު ބާއްވާ ކޮޕާ އެމެރިކާއަކީ މިދިޔަ އަހަރު އާޖެންޓީނާ އާއި ކޮލޮމްބިއާގައި ބާއްވަން ތާވަލުކުރި މުބާރާތެވެ. އެކަމަކު ކޮވިޑް-19 އާ ގުޅިގެން މި މުބާރާތް ވަނީ މި އަހަރުގެ ހޫނު މޫސުމަށް ފަސްކޮށްފައެވެ. އެހެންކަމުން މީގެ ކުރިން ތާވަލުކޮށްފައިވަނީ ކޮޕާ އެމެރިކާ އަންނަ ޖޫން މަހުގެ 13 ވަނަ ދުވަހު ފެށިގެން ޖުލައި މަހުގެ 10 ވަނަ ދުވަހުގެ ނިޔަލަށް އާޖެންޓީނާ އާއި ކޮލޮމްބިއާގައި ބޭއްވުމަށެވެ.

އޭރު ތާވަލުކޮށްފައި އޮތް ގޮތުން ގްރޫޕް އޭގެ މެޗުތައް ކުޅޭނީ އާޖެންޓީނާގައެވެ. އަދި ގްރޫޕް ބީގެ މެޗުތައް ކުޅޭނީ ކޮލޮމްބިއާގައެވެ. އަދި އެއަށްފަހު މުބާރާތުގެ ފައިނަލް މެޗު ކުޅުމަށް ހަމަޖެހިފައި އޮތީ ކޮލޮމްބިއާގެ މެޓްރޯ ސްޓޭޑިއަމުގައެވެ. އެކަމަކު ކޮލަމްބިއާގައި ކޮވިޑުގެ ނުރައްކާ ބޮޑުވެފައިވާއިރު، އެ ގައުމުގައި ކުރިއަށްދާ ހަޅުތާލުގެ ސަބަބުން މިހާރު ވަނީ މި މުބާރާތް ހޯސްޓްކުރުމުގެ ފުރުސަތު ކޮލަމްބިއާއަށް ގެއްލިފައެވެ.

ކޮޕަ އެމެރިކާގެ ގްރޫޕް ދޭއްގައި ކޮލަމްބިއާ މި ފަހަރު އޮތްއިރު، އެ ގްރޫޕުގައި ދެން އޮތީ އެންމެ ފަހުގެ ޗެމްޕިއަން ބްރެޒިލާއި، ވެނެޒުއޭލާ އާއި، އެކުއެޑޯ އަދި ޕެރޫއެވެ.

ކޮމެންޓް

އިތުރަށް ކިޔާލަން

ތާރީޚަކުން ފައިދާއެއް ނެތް، ނުކުންނާނީ އާ ސްޓައިލެއްގައި: ޒިދާން

ތާރީޚަކުން ފައިދާއެއް ނެތް، ނުކުންނާނީ އާ ސްޓައިލެއްގައި: ޒިދާން

02 މެއި 2017
ވާދަވެރި ކްލަބަކަށް ސަންޗޭޒް ވިއްކާލަންވީ ސަބަބެއް ނެތް: ވެންގާ

ވާދަވެރި ކްލަބަކަށް ސަންޗޭޒް ވިއްކާލަންވީ ސަބަބެއް ނެތް: ވެންގާ

26 އެޕްރީލު 2017
ރެޑިން އެފްސީގައި ތަމްރީން ހެދުމަށް ނިއުގެ ޒުވާން ދެ ކުޅުންތެރިންނަށް ރަނުގެ ފުރުސަތެއް

ރެޑިން އެފްސީގައި ތަމްރީން ހެދުމަށް ނިއުގެ ޒުވާން ދެ ކުޅުންތެރިންނަށް ރަނުގެ ފުރުސަތެއް

23 އެޕްރީލު 2017
ހައިސިއްޔަތު ނެތް ރައީސެއްގެ ނިންމުން ބަލައެއް ނުގަނެވޭނެ: އިއްޒަތު

ހައިސިއްޔަތު ނެތް ރައީސެއްގެ ނިންމުން ބަލައެއް ނުގަނެވޭނެ: އިއްޒަތު

04 އެޕްރީލު 2017
ރިއޯ ކޯޗު ނެތްތަން ފޫބައްދަން އުނދަގޫވާނެ: ނާޒިމާ

ރިއޯ ކޯޗު ނެތްތަން ފޫބައްދަން އުނދަގޫވާނެ: ނާޒިމާ

22 މާރިޗު 2017

އަހަރުތަކުން މިއަދު

23 އެޕްރީލު
ރައުދު ހައްޔަރުކުރީ ޔުމްނު ވައްޓާލުމުގެ އަތެއް އޮވެގެން
20251 އަހަރު ކުރިން
ރާއްޖެ

ރައުދު ހައްޔަރުކުރީ ޔުމްނު ވައްޓާލުމުގެ އަތެއް އޮވެގެން

އިސްރާއިލުން ދެން އީރާނަށް ހަމަލާދީފިނަމަ އެ"ޒަޔަނިސްޓް ރެޖީމް" އެއްކޮށް ނައްތާލާނަން: އިބްރާހީމް ރައީސީ
20242 އަހަރު ކުރިން
ދުނިޔެ

އިސްރާއިލުން ދެން އީރާނަށް ހަމަލާދީފިނަމަ އެ"ޒަޔަނިސްޓް ރެޖީމް" އެއްކޮށް ނައްތާލާނަން: އިބްރާހީމް ރައީސީ

އާސެނަލްގެ ކުޅުންތެރިން ދަތުރުކުރި ބޯޓެއްގައި އަލިފާން ރޯވެއްޖެ
20233 އަހަރު ކުރިން
ކުޅިވަރު

އާސެނަލްގެ ކުޅުންތެރިން ދަތުރުކުރި ބޯޓެއްގައި އަލިފާން ރޯވެއްޖެ

ލަމްހާގެ ބަންދު މުރާޖައާގައި އޭނާ: "މިތާ އުޅެން މިހާރު ވަރަށް ވަރަށް އުނދަގޫވޭ"
20224 އަހަރު ކުރިން
ރާއްޖެ

ލަމްހާގެ ބަންދު މުރާޖައާގައި އޭނާ: "މިތާ އުޅެން މިހާރު ވަރަށް ވަރަށް އުނދަގޫވޭ"

ކޮވިޑުގެ ރެކޯޑު އިންޑިޔާއަށް: މުޅި ގައުމު ރޮނީ އޮކްސިޖަން ނުލިބިގެން
20215 އަހަރު ކުރިން
ރިޕޯޓު

ކޮވިޑުގެ ރެކޯޑު އިންޑިޔާއަށް: މުޅި ގައުމު ރޮނީ އޮކްސިޖަން ނުލިބިގެން

ކުޑަކުއްޖެއްގެ އާދޭސް ދުނިޔޭގެ ލީޑަރުންނަށް!
20197 އަހަރު ކުރިން
ރިޕޯޓު

ކުޑަކުއްޖެއްގެ އާދޭސް ދުނިޔޭގެ ލީޑަރުންނަށް!

ފަހުމީ ގެއްލުމުގެ އެއްދުވަސް ކުރިން މަންމައަށް ކުރެވުނު އާދަޔާ ހިލާފް އިހްސާތަކުގެ ވާހަކަ
20188 އަހަރު ކުރިން
ރިޕޯޓު

ފަހުމީ ގެއްލުމުގެ އެއްދުވަސް ކުރިން މަންމައަށް ކުރެވުނު އާދަޔާ ހިލާފް އިހްސާތަކުގެ ވާހަކަ

ރާއްޖެކުޅިވަރުދުނިޔެވިޔަފާރި - އިގްތިސާދުރިޕޯޓުފޮޓޯވާހަކަސިއްހަތުތަފާތު ޚަބަރުލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު