Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • ލައިފް ސްޓައިލް
Advertisement - sportsAdvertisement
ކުޅިވަރު
ޔޫރޯ 2020

ޔޫރޯގެ ރާއްޖޭގެ އެކްސްކްލޫސިވް ބްރޯޑްކާސްޓަރަކަށް ރާއްޖެޓީވީ

ޔޫރޯ އޮންނާނީ ޖޫން މަހުގެ 11 އިން ޖުލައި މަހުގެ 11 ގެ ނިޔަލަށް

އިސްމާޢީލް ޝާހް
އިސްމާޢީލް ޝާހް, ރާއްޖެ އެމްވީ | 28 މެއި 2021 | ހުކުރު 12:48
ޔޫރޯ 2020 - މުބާރާތުގެ މެޗުތައް އެކްސްކްލޫސިވްކޮށް ރާއްޖެޓީވީން ގެނެސްދޭނެ

ޔޫރޯ 2020 - މުބާރާތުގެ މެޗުތައް އެކްސްކްލޫސިވްކޮށް ރާއްޖެޓީވީން ގެނެސްދޭނެ

ކުރިއަށް އޮތް ޔޫރޯ ފުޓްބޯޅަ މުބާރާތުގެ ރާއްޖޭގެ އެކްސްކްލޫސިވް ބްރޯޑްކާސްޓަރަކަށް ރާއްޖެޓީވީ ހަމަޖެހިއްޖެއެވެ. މިކަމާ ގުޅޭ އެންމެހައި އެއްބަސްވުމެއްގައި ހުސްވި ހަފުތާގެ ތެރޭގައި ވަނީ ސޮއިކޮށްފައެވެ.

ޔޫރަޕުގެ ގައުމުތަކުގެ ފުޓްބޯޅަ މުބާރާތް ކަމަށްވާ ޔޫރޯ 2020 ކުރިއަށް އޮތް ޖޫން މަހުގެ 11 ވަނަ ދުވަހު ފަށާނެއެވެ. މުޅިއެކު 24 ޓީމު ވާދަކުރާ މި މުބާރާތް ކުރިއަށް ދާނީ ޖުލައި މަހުގެ 11 ވަނަ ދުވަހުގެ ނިޔަލަށެވެ. މި މުބާރާތުގައި ޖުމްލަ 51 މެޗު ކުޅޭއިރު، މި ހުރިހާ މެޗެއްވެސް ރާއްޖެޓީވީން ދައްކާނެއެވެ. އަދި މެޗުތަކުގެ ކުރިންނާއި މެދުތެރެއިންނާއި ފަހުންވެސް މެޗުތައް ދިރާސާކުރުމުގެ އެކި ޝޯތައްވެސް ރާއްޖޭގެ ތަޖުރިބާކާރު ބޭފުޅުން ހިމަނައިގެން ރާއްޖެޓީވީން ގެނެސްދިނުމަށް ވަނީ ހަމަޖެހިފައެވެ. އަދި މެޗުތައް "ރާއްޖެ.އެމްވީ" އިން ލައިވް ސްޓްރީމް ކުރާނެއެވެ.

ޔޫރަޕުގެ އެންމެ ބޮޑު ފުޓުބޯޅަ މުބާރާތް ޔޫރޯގެ އެކްސްކްލޫސިވް ބްރޯޑްކާސްޓިން ރައިޓްސް ގަނެ، މުބާރާތުގެ ހުރިހާ މެޗެއް ރާއްޖެޓީވީން ދެއްކުމަށް ނިންމީ އިގުތިސޯދީ ގޮތުން މުޅި ރާއްޖެއަށްވެސް ނުހަނު ދަތި ދަނޑިވަޅެއްގައެވެ. މި ނިންމުން ނިންމީ ރާއްޖެޓީވީން ކުޅިވަރު ކުރިއެރުވުމަށް ދޭ ސަމާލު ކަމުގެ ސަބަބުންނާއި މި ހާލަތަކީ ގިނަ ބަޔަކު ގެއިން ބޭރަށް ނުނިކުމެވި ގޭގައި ތިބެން ޖެހިފައިވާ ހާލަތަކަށް ވުމުން މުބާރާތުގެ މެޗުތަކާއި އަދި މެޗުތަކާއި ގުޅޭ ގޮތުން ދިވެހި އެނަލިސްޓުން ގެނެސްދެއްވާ މައުލޫމާތުތަކާއި އަދިވެސް މުބާރާތާއި ގުޅޭ އެހެނިހެން ކަންކަން ގޭގައި ތިއްބަވައިގެން ފަސޭހަކަމާއި އެކު ބެލޭނެ އިންތިޒާމު ދިވެހި ރައްޔިތުންނަށް ހަމަޖައްސައިދިނުމުގެ ގޮތުންނެވެ.

އަދި މިއީ ކޮވިޑް-19 ގެ ދަތި މި ދަނޑިވަޅުގައި ކުޅިވަރަށް ލޯބި ކުރައްވާ ހުރިހާ ފަރާތްތަކަށާއި ދިވެހި ޒުވާނުންނަށް އަދި ޖުމްލަކޮށް ދިވެހި ހުރިހާ ރައްޔިތުންނަށް ހިތްހަމަޖެހުން ގެނެސްދޭނެ ކަމެއް ކަމުގައި ރާއްޖެޓީވީން ދެކެއެވެ.

ރާއްޖެޓީވީގެ ޑެޕިއުޓީ ޗީފް އޮޕަރޭޓިން އޮފިސަރު ނާޒުމީ ސައީދު ވިދާޅުވީ މި ދަނޑިވަޅުގައި ޔޫރޯ ފުޓްބޯޅަ މުބާރާތް ގެނެސްދިނުމަށް ރާއްޖެޓީވީން ނިންމީ އުނދަގޫ މިހާލަތުގައި އެންމެން ގޭގައި ތިބޭއިރު، ހިތްހަމަޖެހޭނެ ވަގުތުތަކެއް ބެލުންތެރިންނަށް ހޯދައިދީ، ދުނިޔޭގެވެސް އެންމެ ބޮޑު އެއް ފުޓްބޯޅަ މުބާރާތް ދިވެހިންނަށް ފެންނާނެ ގޮތް ހަދައިދިނުމަށް ކަމަށެވެ.

އަދި ރާއްޖެޓީވީގެ ހެޑް އޮފް ސްޕޯޓްސް ހުސައިން ފަރިޔާޒް ވަނީ ރާއްޖެޓީވީން ގެނެސްދޭ ޔޫރޯގެ ކަވަރޭޖަކީ ފުރިހަމަ އަދި ބެލުންތެރިންނަށް މަގުބޫލު ކަވަރޭޖަކަށް ވާނެކަމުގެ ޔަގީންކަން ދެއްވާފައެވެ. އަދި ވަނީ މި ކަވަރޭޖުން ތަފާތު ގިނަ ކަންތައްތަކެއް ފެނިގެންދާނެ ކަމަށްވެސް ވިދާޅުވެފައެވެ.

މި ފަހަރުގެ ޔޫރޯ ރާއްޖެޓީވީން ބްރޯޑްކާސްޓް ކުރާއިރު، 2016 ވަނަ އަހަރު ފްރާންސްގައި ބޭއްވި ޔޫރޯވެސް ރާއްޖެޓީވީން ވަނީ ބްރޯޑްކާސްޓް ކޮށްފައެވެ. އަދި އެ ފަހަރު ރާއްޖެޓީވީން ވަނީ ޔޫރޯގެ ވަރަށް ފުރިހަމަ ކަވަރޭޖެއް ގެނެސްދީފައެވެ.

މި އަހަރުގެ ހޫނު މޫސުމުގައި ޔޫރޯ ބާއްވާއިރު، މި މުބާރާތަކީ މިދިޔަ އަހަރު ބާއްވަން ތާވަލުކުރި މުބާރާތެކެވެ. އެކަމަކު ކޮވިޑާ ގުޅިގެން މިދިޔަ އަހަރުގެ ޔޫރޯ މި އަހަރަށް ފަސްކުރި ނަމަވެސް، މި މުބާރާތް މި އަހަރުވެސް ކުރިއަށްދާނީ "ޔޫރޯ 2020" ގެ ނަމުގައެވެ.

ޔުއެފާއިން ނިންމާފައިވާ ގޮތުން މި މުބާރާތް ކުރިއަށްދާނީ ޔޫރަޕުގެ ތަފާތު 11 ގައުމެއްގެ 11 ސިޓީއެއްގައެވެ. އެގޮތުން މުބާރާތް ހުޅުވާ މެޗު އިޓަލީގެ ރޯމުގެ އޮލިމްޕިކް ސްޓޭޑިއަމުގައި ކުޅޭއިރު، ސެމީ ފައިނަލް މެޗުތަކާއި، މުބާރާތުގެ ފައިނަލް މެޗު ކުޅުމަށް ނިންމާފައިވަނީ ލަންޑަނުގެ ވެމްބްލީ ސްޓޭޑިއަމްގައެވެ. އެގޮތަށް ކުރިއަށްގެންދަން ޔުއެފާއިން ނިންމީ، ޔޫރޯ މުބާރާތް ބާއްވާތާ 60 އަހަރު އަހަރު ފުރޭ މުނާސަބަތު ކުލަގަދަކޮށް ފާހަގަކުރުމުގެ ގޮތުންނެވެ.

މި ފަހަރުގެ ޔޫރޯގައި ވާދަކުރާ ގައުމުތަކުގެ ތެރޭގައި މުބާރާތުގެ އެންމެ ފަހުގެ ޗެމްޕިއަން ޕޯޗުގަލާއި ދުނިޔޭގެ ޗެމްޕިއަން ފްރާންސް ހިމެނެއެވެ. މި މުބާރާތުން އަލަށް ފެނިގެންދާނެ ކަމަކީ ވީޑިއޯ އެސިސްޓަންޓް ރެފުރީ (ވީއޭއާރް) މުޅިން އަލަށް ޔޫރޯގައި ބޭނުން ކުރަން ފެށުމެވެ.

ޔުއެފާ ޔޫރޯ

ކޮމެންޓް

އިތުރަށް ކިޔާލަން

21 އަހަރުން ދަށުގެ ޔޫރޯ: ކުޅުނު ދެ މެޗުން މޮޅުވެ، އިންގްލެންޑް ކުއާޓަރއަށް

21 އަހަރުން ދަށުގެ ޔޫރޯ: ކުޅުނު ދެ މެޗުން މޮޅުވެ، އިންގްލެންޑް ކުއާޓަރއަށް

26 ޖޫން 2023
ޑެންމާކް، ފިންލެންޑް، ނޯރވޭ އަދި ސްވިޑްން ގުޅިގެން، އަންހެނުންގެ ޔޫރޯ 2025 ހޯސްޓުކުރުމަށް ބިޑުކޮށްފި

ޑެންމާކް، ފިންލެންޑް، ނޯރވޭ އަދި ސްވިޑްން ގުޅިގެން، އަންހެނުންގެ ޔޫރޯ 2025 ހޯސްޓުކުރުމަށް ބިޑުކޮށްފި

12 އޮކްޓޯބަރު 2022
ޔޫރޯ 2024ގެ ކޮލިފިކޭޝަންގައި ރަޝިޔާއަށް ބައިވެރިއެއްނުވެވޭނެ

ޔޫރޯ 2024ގެ ކޮލިފިކޭޝަންގައި ރަޝިޔާއަށް ބައިވެރިއެއްނުވެވޭނެ

20 ސެޕްޓެމްބަރު 2022
ވިމެންސް ޔޫރޯގެ ފައިނަލް ބެލުމަށް ރެކޯޑު އަދަދަކަށް ސަޕޯޓަރުން ދަނޑަށް!

ވިމެންސް ޔޫރޯގެ ފައިނަލް ބެލުމަށް ރެކޯޑު އަދަދަކަށް ސަޕޯޓަރުން ދަނޑަށް!

01 އޯގަސްޓު 2022
ދެބައްރުގެ ގަދަހިފުން އާޖެންޓީނާ ކާމިޔާބުކޮށްފި

ދެބައްރުގެ ގަދަހިފުން އާޖެންޓީނާ ކާމިޔާބުކޮށްފި

01 ޖޫން 2022

އަހަރުތަކުން މިއަދު

3 ފެބުރުއަރީ
އެމްޑީޕީގެ ޕާލިމެންޓަރީ ގްރޫޕުގެ ލީޑަރު މަޖިލިސް ރައީސް އަބްދުއްރަހީމް އާ ބައްދަލު ކުރައްވައިފި
20251 އަހަރު ކުރިން
ރާއްޖެ

އެމްޑީޕީގެ ޕާލިމެންޓަރީ ގްރޫޕުގެ ލީޑަރު މަޖިލިސް ރައީސް އަބްދުއްރަހީމް އާ ބައްދަލު ކުރައްވައިފި

ރިޔާސީ ބަޔާން އިއްވާ ޖަލްސާ ބޮއިކޮޓްކުރަން އެމްޑީޕީގެ ޕީޖީއިން ފާސްކޮށްފި
20242 އަހަރު ކުރިން
ރާއްޖެ

ރިޔާސީ ބަޔާން އިއްވާ ޖަލްސާ ބޮއިކޮޓްކުރަން އެމްޑީޕީގެ ޕީޖީއިން ފާސްކޮށްފި

ބ. ކެޔޮދޫގައި ވެލާ ހިފައި އެ އެއްޗެހި މެރި ބަޔަކު އަތުލައިގެންފި
20233 އަހަރު ކުރިން
ރާއްޖެ

ބ. ކެޔޮދޫގައި ވެލާ ހިފައި އެ އެއްޗެހި މެރި ބަޔަކު އަތުލައިގެންފި

ދެން ސްރީލަންކާއަށް ދަތުރުކުރެވޭނީ 50،000 ޑޮލަރުގެ ޓްރެވަލް އިންޝުއަރެންސްއަކާ އެކު
20224 އަހަރު ކުރިން
ރާއްޖެ

ދެން ސްރީލަންކާއަށް ދަތުރުކުރެވޭނީ 50،000 ޑޮލަރުގެ ޓްރެވަލް އިންޝުއަރެންސްއަކާ އެކު

މަސައްކަތް ހުއްޓާލުމަށްފަހު ސިއްހީ ޚިދުމަތްތެރިން މިޔަންމާގެ އަސްކަރިއްޔާއާ ދެކޮޅަށް ނުކުމެއްޖެ
20215 އަހަރު ކުރިން
ދުނިޔެ

މަސައްކަތް ހުއްޓާލުމަށްފަހު ސިއްހީ ޚިދުމަތްތެރިން މިޔަންމާގެ އަސްކަރިއްޔާއާ ދެކޮޅަށް ނުކުމެއްޖެ

ބޭނުންވަނީ ހައްވާ ރާޝިދާ ފަދަ މޮޅު ކުޅުންތެރިއަކަށް ވާން: ޝާހާ
20197 އަހަރު ކުރިން
ކުޅިވަރު

ބޭނުންވަނީ ހައްވާ ރާޝިދާ ފަދަ މޮޅު ކުޅުންތެރިއަކަށް ވާން: ޝާހާ

އުއްތަމަ ފަނޑިޔާރާއި އަރީފު، ސައުދީ، އަލީ ހަމީދު ހައްޔަރު ކުރަން އެދެފި
20188 އަހަރު ކުރިން
ރާއްޖެ

އުއްތަމަ ފަނޑިޔާރާއި އަރީފު، ސައުދީ، އަލީ ހަމީދު ހައްޔަރު ކުރަން އެދެފި

ރާއްޖެކުޅިވަރުދުނިޔެވިޔަފާރި - އިގްތިސާދުރިޕޯޓުފޮޓޯވާހަކަސިއްހަތުތަފާތު ޚަބަރުލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު