Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
ރިޕޯޓުއިޒްރޭލުން ފަލަސްތީނަށް ދެމުންދާ ޙަމަލާ

އިޒްރޭލުގެ ބަލިކަށިކަން ފޮރުވުމަށް މީޑިއާގެ އަޑު ކަނޑުވަނީ

20 މެއި 2021 | ބުރާސްފަތި 16:09

އިޒްރޭލުން ގެންދަނީ ތަކުރާރުކޮށް މީޑީއާތަކަށް ޙަމަލާތައް އަމާޒު ކުރަމުން

ލައިޝާ އަހްމަދު
ލައިޝާ އަހްމަދު | 20 މެއި 2021 | ބުރާސްފަތި 16:09
އިޒްރޭލުން ފަލަސްތީނަށް ދެމުންދާ ޙަމަލާތަކުގެ ތެރެއިން- މިފަހުން މީޑިއާގެ ވަސީލަތްތަކަށް ސީދާ އަމާޒުކޮށްގެން ދަނީ ގިނަ ޙަމަލާތައް ދެމުން

އިޒްރޭލުން ފަލަސްތީނަށް ދެމުންދާ ޙަމަލާތަކުގެ ތެރެއިން- މިފަހުން މީޑިއާގެ ވަސީލަތްތަކަށް ސީދާ އަމާޒުކޮށްގެން ދަނީ ގިނަ ޙަމަލާތައް ދެމުން

އިޒްރޭލުން ފަލަސްތީނުގައި ހިންގަމުންދާ އުދުވާނުތައް ވަނީ ހައްދުފަހަނައަޅާ ގޮސްފައެވެ. މުޅި ދުނިޔެއަށް ގަދަފަދަކަމާއި އާރާއިބާރު ދައްކަަމުންދާ އިޒްރޭލަކީ ހަގީގަތުގައި އިންތިހާއަށް ބަލިކަށި ދައުލަތެއްކަމަށް މަސްރަހު ދިރާސާކުރާ ފަރާތްތަކުން ބުނެއެވެ. އިޒްރޭލުން ދުނިޔޭގެ ލޯތަކުގައި އަނދުން އެޅުވުމަށް ބޭނުންކުރާ މައިގަނޑު ހަތިޔާރަކީ މީޑިއާގެ އަޑު ކަނޑުވާލުމެވެ. އިޒްރޭލުން ދެމުންގެންދާ ޙަމަލާތަކާއި، ދިފާއުގައި އިޒްރޭލަށް އަމާޒުވަމުންދާ ޙަމަލާތަކުގެ މައުލޫމާތުތައް ގެނެސްދިނުމަށް މަސައްކަތް ކުރާ ތަންތަނުގެ އަޑުކަނޑުވާލުމަށް އިޒްރޭލު ދަނީ ގަދައަޅަމުންނެވެ.

މެއި މަހުގެ 10 ވަނަ ދުވަހުން ފެށިގެން އިޒްރޭލުން ސިލްސިލާކޮށް ދެމުން ގެންދާ ޙަމަލާތަކުގެ ބަދަލުގައި ފަލަސްތީނުގެ ރައްޔިތުންވެސް އިޒްރޭލަށް އެންމެ ތަންފުކެއްވެސް ދުލެއް ނުދެއެވެ. އަތު ބޮމާއި، ބަޑިއާއި ފިސްތޯލަ ހިފައިގެން ނުކުންނަ އިޒްރޭލުގެ ފައުޖުތަކާއި ކުރިމަތިލުމަށް ފަލަސްތީނުގެ އާދައިގެ ކުދިބޮޑު ރައްޔިތުން މަތިހަށި ނަގާފައި ނުކުންނަނީ އެއްވެސް ޖެހިލުންވުމެއް ނެތިއެވެ. ފުރާނައަކަށް ބެލުމެއް ނެތިއެވެ. މިނިވަންކަމަކީ މަރުވުމެއް ނެތް ގަހެކޭ ބުނަމުންނެވެ. ފަލަސްތީނު ރައްޔިތުންގެ އާދަޔާޚިލާފު ހިތްވަރާއި ފަންވަރު ދެކެ އިޒްރޭލުވެސް ހަގީގަތުގައި ޖެހިލުންވަނީ ތިޔަހެނެއް ނޫނެވެ. އެކަން ފޮރުވުމަށް އިޒްރޭލުން ގެންދަނީ ތަކުރާރުކޮށް އެކަންކަން ގެނެސްދެމުންދާ މީޑީއާގެ ވަސީލަތްތަކަށް ޙަމަލާތައް އަމާޒު ކުރަމުންނެވެ.

އެގޮތުގެ މަތިން ދިން އެންމެ ވަރުގަދަ އެއް ޙަމަލާއަކީ މިހިނގާ މެއި މަހުގެ 15 ވަނަ ދުވަހު ގާޒާ ޓަވަރަށް ދިން ޙަމަލާއެވެ. އަލްޖަޒީރާ ހިމެނޭގޮތަށް ބައިނަލްއަގުވާމީ ގިނަ މީޑިއާ އޮފީސް ހުންނަ މި އިމާރާތަށް އިޒްރޭލުން ވައިގެ ހަމަލާތަކެއް ދީފައިވާއިރު، މަދު ސިކުންތުކޮޅެއްގެ ތެރޭގައި މުޅި އިމާރަތް ވަނީ ބިމާ ހަމަވެފައެވެ. އެއީ ހަމާސް ޖަމާއަތުން ހަތިޔާރު ގުދަން ކުރަން ގެންގުޅޭ އިމާރާތެއް ކަމަށް ބުނެ ދިން ޙަމަލާއަށްފަހު އަދިވެސް އުޅެނީ އެކަމުގެ ސާފު ހެއްކެއް ނުދެއްކިގެންނެވެ. ބައިނަލްއަޤުވާމީ ޤާނޫނުތައްވެސް މުގުރަމުން ދަނީ ހަމައެކަނި އެންމެ ބޭނުމެއްގައެވެ. އިޒްރޭލަކީ ވަރުގަދަ ބާރުގަދަ އަސްކަރިއްޔާއެއް އޮތް ޤައުމެއްގެ ގޮތުގައި ދުނިޔެއަށް ދެއްކުމަށެވެ.

އޭގެ ކުރިން ފަލަސްތީނުގައި ޙަރަކާތްތެރިވަމުންދާ ތުރުކީވިލާތުގެ ނޫސްވެރިންނަށް އަމާޒުކޮށްވެސް ޙަމަލާތަކެއް ދީފައިވާއިރު، އެންމެ ފަހުން މެއި މަހުގެ 20 ވަނަ ދުވަސް އަލިވިލިގެން އައީ އަލް-އަގްސާ ރޭޑިއޯ ސްޓޭޝަންގައި މަސައްކަތް ކުރަމުންދިޔަ ފަލަސްތީނުގެ މަޝްހޫރު ނޫސްވެރިއެއް ކަމަށްވާ ޔޫސުފް އަބޫ ހުސެއިން ޝަހީދު ކޮށްލި ޚަބަރާއެކުއެވެ. އިޒްރޭލުގެ އުދުވާނުތަކުގެ ވާހަކަ ފޮރުވައި، ބޭނުންހާ ކަމެއް ހާސިލު ކުރުމަށް އޮތް އެއް ހުރަހަކީ ނޫސްވެރިންނަށް ވާތީއެވެ. ހުސެއިންގެ މަރުގެ ޚަބަރު އާންމުވެގެން ދިއުމާއެކުވެސް އެތައް ބަޔަކު ގެންދަނީ މިކަމުގައި އިސްރާއީލް ޖަވާބުދާރީ ކުރުމަށް ގޮވާލަމުންނެވެ.

އިޒްރޭލުން މެދުނުކެނޑި ދެމުންދާ ހަމަލާތަކުގައި ގާޒާގެ ރެފިއުޖީ ކޭމްޕްތަކަށް ބޮން އަޅައި، ކުޑަކުދިން ހިމެނޭހެން އެތައް ބަޔަކު ޝަހީދު ކުރަމުންދާއިރު، ހަގީގަތުގައި ފެންނަމުން ދަނީ އިޒްރޭލުގެ ބަލިކަށިކަމެވެ. މީޑިއާގެ އަޑުކަނޑުވާލުމަށް ކުރަމުންދާ މަސައްކަތަކީ އެކަމުގެ ސާފު ހެއްކެކެވެ.

އެންމެ ހިނގާ

1

ލަންކާ އެމްބަސީގައި ހުރި ތަރޑް ސެކެޓަރީއެއްގެ ބޭއަދަބީ ވީޑިއޯއެއް އާންމުވެ، އޭނާ ވަކިކުރަން ރައީސް އޮފީހުން ފޮރިން މިނިސްޓްރީއަށް އަންގައިފި

2

އޮޑި އަށް ގެނައި ރެއާލް އަށް ކުޅުނު ރޮޑްރިގޭޒް، ކުލަބު ދޫކޮށް ގޮސްފި

3

ވިހައިގެން ހޮސްޕިޓަލުން ނުނިކުމެވި އުޅެނިކޮށް ލިބުނީ ފެނަކައިގެ ވަޒީފާއިން ވަކިކުރިކަމުގެ ޗިޓު!

4

އީރާނު ހަނގުރާމައިގައި ބައިވެރިވި އެމެރިކާގެ 5000 މީހުންގެ މަނަވަރު އަބްރަހަމް ލިންކަން ތައިލެންޑްގައި މަޑުކުރާތީ ހަށިވިއްކުން ހުއްޓުވަން ފުލުހުން ނެރެފި

5

ލޯބިވާ ކުޑަކުޑަ ހިތާއެވެ! ލޯބިވާ ދަރިފުޅާއެވެ!: ތުއްތު ޒީވާގެ ވަކިވުމާއެކު އަޝްރަފްގެ އައު ޅެމަކުން ރޮއްވާލައިފި!

އިތުރަށް ކިޔާލަން

22 އެޕްރީލު 2018

ކުއްޖާގެ ފުރާނަ ސަލާމަތް ކުރީ އަޑުއެހުމުން މަޙްރޫމް ވެފައިވާ މީހެއް!

22 އެޕްރީލު 2018
ކުއްޖާގެ ފުރާނަ ސަލާމަތް ކުރީ އަޑުއެހުމުން މަޙްރޫމް ވެފައިވާ މީހެއް!
15 ޖެނުއަރީ 2018

ސިއްހީ އިހުމާލުގެ ސަބަބުން ދަރިފުޅު އަޑުއިވުމުން މަރުހޫމްވެފައި، އިންސާފަށް އެދި ބައްޕައަކު ސަލާމް ޖަހަނީ!

15 ޖެނުއަރީ 2018
ސިއްހީ އިހުމާލުގެ ސަބަބުން ދަރިފުޅު އަޑުއިވުމުން މަރުހޫމްވެފައި، އިންސާފަށް އެދި ބައްޕައަކު ސަލާމް ޖަހަނީ!
25 ނޮވެމްބަރު 2017

އަންހެނެއްގެ ހަޅޭކުގެ އަޑު، އެންމެން ކަން ބަލަން!

25 ނޮވެމްބަރު 2017
އަންހެނެއްގެ ހަޅޭކުގެ އަޑު، އެންމެން ކަން ބަލަން!
03 އޮކްޓޯބަރު 2017

ރޮހިންޖާ މުސްލިމުންގެ މައްސަލައިގައި އަދި އަޑުއިވެނީ ހުސްވާހަކަ!

03 އޮކްޓޯބަރު 2017
ރޮހިންޖާ މުސްލިމުންގެ މައްސަލައިގައި އަދި އަޑުއިވެނީ ހުސްވާހަކަ!
17 ސެޕްޓެމްބަރު 2017

މެޝިން ގޮވި އަޑު ޖަލާލުއްދީން މިސްކިތާ ހަމައަށް، ކޮޓަރިން ނުކުތް އިރު މަންމަގެ ހަށިގަނޑުގައި އަލިފާން ރޯވެފައި

17 ސެޕްޓެމްބަރު 2017
 މެޝިން ގޮވި އަޑު ޖަލާލުއްދީން މިސްކިތާ ހަމައަށް، ކޮޓަރިން ނުކުތް އިރު މަންމަގެ ހަށިގަނޑުގައި އަލިފާން ރޯވެފައި
06 އޯގަސްޓު 2017

އެތައް ބަލިމީހެއްގެ ރުއިމުގެ އަޑު އެއްސެވި ގާސިމްގެ ރުއިމުގެ އަޑު އަހާނެ ކަންފަތެއް ނެތް!

06 އޯގަސްޓު 2017
އެތައް ބަލިމީހެއްގެ ރުއިމުގެ އަޑު އެއްސެވި ގާސިމްގެ ރުއިމުގެ އަޑު އަހާނެ ކަންފަތެއް ނެތް!
29 މެއި 2017

ބަންގި ގޮވާ އަޑު އިވިގެން އިސްލާމްދީނަށް ހިތްޖެހުނު އެމެރިކާ މީހެއްގެ ވާހަކަ!

29 މެއި 2017
ބަންގި ގޮވާ އަޑު އިވިގެން އިސްލާމްދީނަށް ހިތްޖެހުނު އެމެރިކާ މީހެއްގެ ވާހަކަ!
23 އެޕްރީލު 2017

ޔާމީނަށް ހަމަލާ ދެމުން ދިޔައިރު އޭނާގެ ރުއިމުގެ އަޑު އިވުނު މީހެއްގެ ދުލުން....

23 އެޕްރީލު 2017
ޔާމީނަށް ހަމަލާ ދެމުން ދިޔައިރު އޭނާގެ ރުއިމުގެ އަޑު އިވުނު މީހެއްގެ ދުލުން....
16 އެޕްރީލު 2017

މިއަޑާއެކު އެ އަޑު ކެނޑިއްޖެއެވެ

16 އެޕްރީލު 2017
މިއަޑާއެކު އެ އަޑު ކެނޑިއްޖެއެވެ
30 ޖެނުއަރީ 2017

ރައީސް ޓްރަމްޕް ސޯޝަލް މީޑިއާގެ މިނިވަން ކަމަށް އަރާވަޑައިގަންނަވަން އުޅުއްވުމުން، ސޯޝަލް މީޑިއާ ރަތަށް!

30 ޖެނުއަރީ 2017
ރައީސް ޓްރަމްޕް ސޯޝަލް މީޑިއާގެ މިނިވަން ކަމަށް އަރާވަޑައިގަންނަވަން އުޅުއްވުމުން، ސޯޝަލް މީޑިއާ ރަތަށް!
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލުޓާމްސް އޮފްޔޫސް