Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
ރިޕޯޓުކާޑު

މިއަޑާއެކު އެ އަޑު ކެނޑިއްޖެއެވެ

އެމްއެމްޕީއާރުސީގެ ހިޔާނާތުުގެ ވާހަކަ ކޮބާ؟

ސަހުބާން  ފަހުމީ
ސަހުބާން ފަހުމީ | 16 އެޕްރީލު 2017 | އާދީއްތަ 03:42
ކުރީގެ ރައީސް މައުމޫން އަބްދުލް ގައްޔޫމް

ކުރީގެ ރައީސް މައުމޫން އަބްދުލް ގައްޔޫމް

ރާއްޖޭގައި ޒަމާނުއްސުރެ ދެމުން އައި ކާޑް ސަބްސިޑީ ރައީސް ޔާމީންގެ ސަރުކާރުން ކަނޑާލުމާއި ގުޅިގެން އާއްމު ރައްޔިތުންގެ ރުޅިގަނޑު ފަޅައިގެން ދިޔައެވެ. "ކާޑު ބަލައި މާލެ ދާން" ގޮވާލިއެވެ.

ރާއްޖޭގެ އެކި ކަންކޮޅުތަކުގައި ރައްޔިތުން ނިކުމެ އަޑު އުފުލިއެވެ. އެކަމަކާއި ސަރުކާރުން މާބޮޑު ފަރުވާލެއް ހުރި ތަނެއް ނުފެނެއެވެ. ސަރުކާރުން ބުނިހާވެސް އެއްޗަކީ ބޭރުގެ މާލީ އެހީދޭ ޖަމާއަތްތަކުން ސަބްސިޑީ ކަނޑާލަން މަޝްވަރާ ދީފައިވާކަމަށެވެ.

ކާޑް ސަބްސިޑީ އާއި އެކު ރާއްޖޭގެ އެކިކަންކޮޅުތަކުގެ ރައްޔިތުންގެ ތެރޭގައި އުފެދުނު އުދާސްތައް މިއަދު މިވަނީ ފިނިވެފައެވެ. ކާޑް އަގުބޮޑުވެ، އާއްމު މުދަލުގެ އަގުބޮޑުވި ހަނދާން ދިވެހިން ނެތިއްޖެއެވެ. ދިވެހިންގެ އެވާހަކަ ދޫކޮށްލައި މިވަނީ އާ ވާހަކައެއް ފަށާފައެވެ. ކާޑް އަގު ބޮޑުވެގެން މަގު މައްޗަށް ނިކުތް ރައްޔިތުން މިއަދު ހުއްޓިލައިގެން ތިބީ މުޅިން އެހެންތަނެއްގައެވެ. ދައްކަނީ މުޅިން ތަފާތު ވާހަކައެކެވެ.

ރައީސް އަބްދުﷲ ޔާމީން ގެ ފެޝަނާއި، ޕީޕީއެމްގެ ރައީސް މައުމޫން އަބްދުލް ގައްޔޫމްގެ ފެކްޝަނުގެ އަރާރުމާއި ކޯޅުމުގެ އަވާގައި ދިވެހިން ރަނގަޅަށް ވެސް ޖެހިއްޖެއެވެ. މި ކޯޅުމާއި ގުޅިގެން އިދިކޮޅު އާ އިއްޔިހާދެއް އުފެދިއްޖެއެވެ. އާ ކަންތައްތަތަކެއް ވަނީ ފެށިފައެވެ. ދުވަހަކުވެސް ވެދާނެހެން ހޯނުވި ކަންތައްތައް ދަނީ ވަމުންނެވެ. އެންމެންގެ ސުވާލަކީ ދެންވާނީ ކިހިނެއް ހެއްޔެވެ؟

މޮޅުވާނީ ރައީސް ޔާމީންގެ ފެކްޝަންތޯ ނުވަތަ ރައީސް މައުމޫންގެ ފެކްޝަން ތޯއެވެ. ނުވަތަ ހަތަރު ލީޑަރުންގެ އިއްތިހާދުތޯއެވެ. އެބަހުސްގައި އެންމެން ތިބި އިރު ބަނޑުހައި ނުވާ ކަހަލައެވެ.

ދިވެހިން އަބަދުވެސް ހަނދާން ހުންނާނީ އޭރަކު ހިނގަމުން އަންނަ ކަންކަމެވެ. މީގެ ކުރިން ވެފައި ހުންނަ ކަންކަން ދިވެހިން ވަރަށް ފަސޭހައިން ހަނދާން ނައްތާލައެވެ. ރާއްޖޭގެ ސިޔާސީ މަސްރަހްގައި ސިޔާސީ މީހުން ހިތު ހުރި ގޮތަކަށް ނާޖާއިޒު ފައިދާ ނަގަނީ އެހެންވެގެންނެވެ. ކިތަންމެ ބޮޑު ގޯހެއް، ވައްކަމެއް ކުރި ނަމަވެސް އެވާހަކަތައް ދިވެހިން ހަނދާން ނައްތާލައެވެ. ބައެއް ފަހަރު ވައްކަން ކުރާ މީހުން ހުދު ކަފަކޮޅަކަށްވާތަން ވެސް ފެނެއެވެ.

ކޮންމެއަކަސް ކާޑް ސަބްސިޑީ ކަނޑާލުމުގެ ރުޅިގަނޑު ރައްޔިތުންނަށް އައީ ދިވެހި ބައިތުލް މާލުން 1.2 ބިލިއަން ރުފިޔާ ގެއްލުން ކޮޅެއްގައި ނުޖެހި އޮތްވައެވެ. އެކަމަކާއި ހެދި ކަންބޮޑުވާ ރައްޔިތަކު ނެތެވެ. ރާއްޖޭގެ ބިންތައް ބޭރު ފަރާތްތަކަށް މިލްކު ކުރެވޭ ގޮތް ހެދި ހަނދާން ވެސް ދިވެހިން މިހާރަކު ނެތެވެ. އޮތީ އެންމެ ވާހަކައެކެވެ. މޮޅުވާނީ ކާކުގެ ސުވާލެވެ.

ޕީޕީއެމްގައި މިއަދު އުފެދިވައިވާ ދެ ފެކްޝަން އުފެދުމުގެ އެންމެ ބޮޑު އަސްލަކީ ކުރިން މިދެންނެވި ކަންކަމެވެ. ގައުމުގެ ހަޒާނާއިން ގެއްލުނު ފައިސާ އާއި ރާއްޖޭގެ ބިން ބޭރުގެ ފަރާތްތަކަށް މިލްކު ކުރެވޭ ގޮތް ހެދުމާއި، އަބުރުގެ ބިލުން ފެށިގެން ގޮސް ކާޑް ސަބްސިޑީ ކަނޑާލުމަކީ ރައީސް މައުމޫން ސީދާ ދެކޮޅު ކަންކަމެވެ. އެމަނިކުފާން އެއްގޮތަކަށްވެސް ރުހިވަޑައިގަންނަވާ ކަންކަމެއް ނޫނެވެ.

ގައުމުގެ ހާލަތާމެދު ރަނގަޅަށް ވިސްނަވާށެވެ. ތިބާގެ ދައުރު ތިބާ އަދާކުރައްވާށެވެ. އަމިއްލަ އެދުން، އާއިލާގެ އެދުން އިސް ނުކޮށް ގައުމު އިސްކުރާށެވެ. އަމިއްލަ ޖީބަށް ލިބޭ ފައިސާގެ ދަހިވެތިކަމުގައި ގައުމު ހަނދާން ނައްތާނުލާށެވެ.

އިތުރަށް ކިޔާލަން

30 އެޕްރީލު 2018

އަދިވެސް އަޑުގަދަ މީހާ ރުއް ގިނަ!

30 އެޕްރީލު 2018
އަދިވެސް އަޑުގަދަ މީހާ ރުއް ގިނަ!
23 އެޕްރީލު 2018

އަދިވެސް ކަރުނައެއް ނުހިފެހެއްޓޭ، އަޑުތަކުން ލިބެނީ ވޭން!

23 އެޕްރީލު 2018
އަދިވެސް ކަރުނައެއް ނުހިފެހެއްޓޭ، އަޑުތަކުން ލިބެނީ ވޭން!
22 އެޕްރީލު 2018

ކުއްޖާގެ ފުރާނަ ސަލާމަތް ކުރީ އަޑުއެހުމުން މަޙްރޫމް ވެފައިވާ މީހެއް!

22 އެޕްރީލު 2018
ކުއްޖާގެ ފުރާނަ ސަލާމަތް ކުރީ އަޑުއެހުމުން މަޙްރޫމް ވެފައިވާ މީހެއް!
15 ޖެނުއަރީ 2018

ސިއްހީ އިހުމާލުގެ ސަބަބުން ދަރިފުޅު އަޑުއިވުމުން މަރުހޫމްވެފައި، އިންސާފަށް އެދި ބައްޕައަކު ސަލާމް ޖަހަނީ!

15 ޖެނުއަރީ 2018
ސިއްހީ އިހުމާލުގެ ސަބަބުން ދަރިފުޅު އަޑުއިވުމުން މަރުހޫމްވެފައި، އިންސާފަށް އެދި ބައްޕައަކު ސަލާމް ޖަހަނީ!
25 ނޮވެމްބަރު 2017

އަންހެނެއްގެ ހަޅޭކުގެ އަޑު، އެންމެން ކަން ބަލަން!

25 ނޮވެމްބަރު 2017
އަންހެނެއްގެ ހަޅޭކުގެ އަޑު، އެންމެން ކަން ބަލަން!
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު