Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • ލައިފް ސްޓައިލް
ރިޕޯޓު
އައްޑޫ ސިޓީ ކައުންސިލް

ކުއްޖާގެ ފުރާނަ ސަލާމަތް ކުރީ އަޑުއެހުމުން މަޙްރޫމް ވެފައިވާ މީހެއް!

ހަސަންގެ މަސައްކަތަށް ގިނަ ބަޔަކު ދަނީ ތައުރީފް ކުރަމުން

މުހަންމަދު ވިސާމް
މުހަންމަދު ވިސާމް, ރާއްޖެ އެމްވީ | 22 އެޕްރީލު 2018 | އާދީއްތަ 08:17
ބުލޫ ރޯޒް ހަސަން ދީދީ

ބުލޫ ރޯޒް ހަސަން ދީދީ

ތިން ކުދިން މޫދަށް ގޮސް އުޅުމުގެ ތެރޭގައި ދެ ކުދިން ވަނީ ގެއްލިފައެވެ. މިހާރުވެސް އެ ދެ ކުދިންގެ ހޯދުމުގެ މަސައްކަތް ދަނީ ކުރަމުންނެވެ. ފެންނާނެ ކަމުގެ އުންމީދުގައެވެ. އެ ކުދިން ގެއްލިފައި ވަނީ މަޝްހޫރު އޮއިވަރު ބާރު ކޯއްޓޭ ސަރަހައްދަށެވެ. އޮއިވަރުގައި ޖެހި، ބިޔަ ރާޅުތަކުގެ ތެރެއަށް ދެ ކުދިން ގެއްލިގެން ދިޔައީ އައްޑޫ ސިޓީ ބޭރުމަތި އަވަށު، ބުލޫ ރޫމް ހަސަން ދީދީ ގެ ލޯ ކުރިމަތިންނެވެ. ހަސަނަކީ ކަންފަތަށް އަޑުނީވޭ، އަދި ވާހަކަ ނުދެއްކޭ މީހެކެވެ. ހާއްސަ އެހީއަށް ބޭނުންވާ ހަސަން ވަނީ ކޯއްޓޭ ސަރަހައްދުގެ ބިޔަ ބޮޑު ރާޅުތަކުގެ ތެރެއިން އެއް ކުއްޖަކު ސަލާމަތް ކޮށްފައެވެ. އެހެންނަމަވެސް ލޯ ކުރިމަތިން އަނެން ދެ ކުދިން ބީވެގެން ދިޔައީއެވެ.

ހޮނިހިރު ދުވަހު ހަސަން ވެސް އާއިލާގެ ބައެއް މެމްބަރުންނާއި އެކު ދިޔައީ މޫދަށެވެ. އެހެން ނަމަވެސް ކޯޓޭ ސަރަހައްދުން ނަގާ ބިޔަ ރާޅުތަކުން މޫދަށް ނޭރި އޭނާ މަޑުކޮށްލިއެވެ. އޭރު މިހާރު ގެއްލިގެން ހޯދަމުންދާ ހިތަދޫ ޗަނބޭލީގޭ އަލީ ފަހުމީ، 17 އަދި ޓޮޕާޒް މަޔާމީން އަލީ، 14، ގެ އިތުރުން ރާއިފް އަލީ، 16 (ސަލާމް ކުރެވުނު ކުއްޖާ) ތިބީ މޫދުގައެވެ. އެ ސަރަހައްދުން ނަގަމުން ދިޔަ ބިޔަ ރާޅުތަކުގެ ތެރެއިން އެކުދިން އެހީތެރި ކަމަށް އެދުނުކަން ހަސަނަން ކޮންމެވެސް ގޮތަކުން އިނގުނެވެ. އޮއިވަރު ބާރު އެސަރަހައްދަށް ހަސަން އެރިގެން ގޮސް، އެކުދިން ސަލާމަތް ކުރަން ކުރި މަސައްކަތުން އޭނާ އަށް ސަލާމަތް ކުރެވުނީ ރާފިއު އަލީ އެކަންޏެވެ.

ސަލާމަތްވި ކުއްޖާ

ރާއްޖެއެމްވީއަށް މައުލޫމާތު ދިން އައްޑޫ ބައެއް މީހުން ބުނީ ތިން ކުދިން އޮއިގަނޑުގައި ޖެހި ބޭރަށް ދަމައިގަތުމުން، އެހީއަށް އެދި އެކުދިން ހަޅޭލެވި ވަގުތުގައި ގޮނޑުދަށުގައި ތިބީ ހަސަން ދީދީ އާއި ދެތިން އަންހެނުން ކަމަށެވެ. ހަސަންދީ އަށް އެމަންޒަރު ފެނުމުން މޫދަށް ފުންމާލާ ގޮނޑު ދަށާ އެންމެ ކައިރީގައި އޮތް ކުއްޖާ އޭނާ ސަލާމަތް ކުރި ކަމަށެވެ. އެ ކުއްޖާ ސަލާމަތް ކުރުމަށް ފަހު، ދެން ތިބި ދެ ކުދިން ސަލާމަތް ކުރަން ބެލި އިރު، އެ ކުދިންނެން ހަސަނަން ނުފެނުނެވެ.

"ހަސަން ވެސް އާއިލާގެ ބައެއް މެމްބަރުންނާއި އެކު އެދުވަހު ދިޔައީ މޫދަށް، އެހެން ނަމަވެސް އޮއިވަރު ހުރުމުން މޫދަށް ނޭރި މާޑުކޮށްލީ" ރާއްޖެއެމްވީއަށް މައުލޫމާތު ދެއްވަމުން ޔަޝްރިފް ވިދާޅުވިއެވެ.

ކުދިންގެއްލުނު ކަމަށް ބުނާ ސަރަހައްދުގައި އާންމުން

ގެއްލިފައިވާ ދެ ކުދިން ހޯދުމުގެ މަސައްކަތް އެމްއެންޑީއެފުން ކެނޑި ނޭޅި ވައިގެ މަގުންނާއި ކަނޑު މަގުން ދަނީ ކުރަމުންނެވެ. އެ ސަރަހައްދުން ހޮނިހިރު ދުވަހުގެރޭ އެކުދިން ލައިގެން ތިބި ޖޯޒީ ކަމަށް ބެލެވޭ ޖޯޒީއެއް ފެނިފައިވާ ކަމަށް ފުލުހުންވަނީ ބުނެފައެވެ. ގެއްލިފައިވާ ދެކުދިންގެ އާއިލާއިން ބުނީ އެކުދިން ދިރި ތިއްބާ ފެންނާނެ ކަމަށް އުންމީދު ކުރާ ކަމަށެވެ. އަދި އެ ދެ ކުދިންނަކީ ފަތަން ވެސް އެނގޭ ދެކުދިން ކަމަށް އާއިލާއިން ބުނެއެވެ.

މަޔާމިން، ފަހުމީ، އަދި ރާފިއު އަކީ ހިތަދޫ ސްކޫލްގައި ކިޔަވަމުންދާ ތިން ކުދިންނެވެ. އެ ތިން ކުދިންގެ ތެރެއިން ރާއިފް ސަލާމަތް ކުރި ހުސަންއަށް ޝޯސަލް މީޑިއާގައި އެތައް ބައެއް ދަނީ ތައުރީފް ކުރަމުންނެވެ. ހާއްސަ އެހީއަށް ބޭނުންވާ ހަސަން ކުރި މަސައްކަތަށެވެ. ހަސަން މަސައްކަތް އައްޑޫ ސިޓީގެ ކުދިބޮޑު އެންމެން ފާހަގަކުރެއެވެ. ސާބަސްދެއެވެ. މުއައްސަސާއަކުން، ކައުންސިލުން އެކަމުގެ އަގު ވަޒަން ނުކުރިއަސް، އާންމު ރައްޔިތުންގެ ލޯބި ވަނީ ލިބިފައެވެ.

ކޮމެންޓް

އިތުރަށް ކިޔާލަން

އަހަރެން އަދާކުރީ އަހަރެންގެ ވަޒީފާއެވެ.

އަހަރެން އަދާކުރީ އަހަރެންގެ ވަޒީފާއެވެ.

17 އޮކްޓޯބަރު 2017
ގޮނޑުދޮށުގައި ވެއްޓިފައިއޮތް 16 މަހުގެ ތުއްތު ކުއްޖާގެ ފޮޓޯ: ލައްކަ ވާހަކަ

ގޮނޑުދޮށުގައި ވެއްޓިފައިއޮތް 16 މަހުގެ ތުއްތު ކުއްޖާގެ ފޮޓޯ: ލައްކަ ވާހަކަ

10 ސެޕްޓެމްބަރު 2017
ކުރީގެ ޑީޕީޖީ ދީބާނާޒަށް ދައުވާކުރި ގޮތަށް ބިޝާމަށް ވެސް ދައުވާ ކުރެވޭނެ!

ކުރީގެ ޑީޕީޖީ ދީބާނާޒަށް ދައުވާކުރި ގޮތަށް ބިޝާމަށް ވެސް ދައުވާ ކުރެވޭނެ!

09 ސެޕްޓެމްބަރު 2017
ޕެހެލާޖް ނިހަލާނީ: އިންޑިއާގެ ސެންސަރުބޯޑުން ވަކިކުރީ ކީއްވެ؟

ޕެހެލާޖް ނިހަލާނީ: އިންޑިއާގެ ސެންސަރުބޯޑުން ވަކިކުރީ ކީއްވެ؟

15 އޯގަސްޓު 2017
ސަރުކާރުގެ ހިސާބުޖެހުން ގޯސް، މަސީހް ސަލާމަތްކުރެވޭނެކަމުގެ އުއްމީދެއް ނެތް!

ސަރުކާރުގެ ހިސާބުޖެހުން ގޯސް، މަސީހް ސަލާމަތްކުރެވޭނެކަމުގެ އުއްމީދެއް ނެތް!

15 ޖުލައި 2017

އަހަރުތަކުން މިއަދު

21 ޖެނުއަރީ
ގުރުބާން ކުރާ ކަންބަޅިންގެ ތެރެއަށް އިތުރު ތިން ކަންބަޅި އިތުރުވެއްޖެ
20251 އަހަރު ކުރިން
ރިޕޯޓު

ގުރުބާން ކުރާ ކަންބަޅިންގެ ތެރެއަށް އިތުރު ތިން ކަންބަޅި އިތުރުވެއްޖެ

ވެރިކަމަށް ގެނައުމަށް މަސައްކަތް ކުރި މީހުންގެ މޫނުގައި މުއިއްޒާއި ވެރިކަން ކުރާ ޕާޓީން މި ޖެހީ ހެޔޮވަރު ވަރެއްގެ ތަފާލެއް
20242 އަހަރު ކުރިން
ރިޕޯޓު

ވެރިކަމަށް ގެނައުމަށް މަސައްކަތް ކުރި މީހުންގެ މޫނުގައި މުއިއްޒާއި ވެރިކަން ކުރާ ޕާޓީން މި ޖެހީ ހެޔޮވަރު ވަރެއްގެ ތަފާލެއް

ހިސާންއަށް ހެދިގޮތް: އިންސާނިއްޔަތުކަމެއްވެސް ނެތީތަ؟
20233 އަހަރު ކުރިން
ރިޕޯޓު

ހިސާންއަށް ހެދިގޮތް: އިންސާނިއްޔަތުކަމެއްވެސް ނެތީތަ؟

މަރުހޫމް ވަހީދަށް ހުތުރު ބަހުން މުޚާތަބް ކުރާނެ މީހަކަށް ގޮނޑި ނުދެވޭނެ - ރާޝިދު
20224 އަހަރު ކުރިން
ރާއްޖެ

މަރުހޫމް ވަހީދަށް ހުތުރު ބަހުން މުޚާތަބް ކުރާނެ މީހަކަށް ގޮނޑި ނުދެވޭނެ - ރާޝިދު

ފިނޮޅަކަށް ގެއްލުން ދިން މައްސަލައެއް ފުލުހުން ބަލަނީ، އީ.ޕީ.އޭ.އިން ބުނަނީ ފިޔަވަޅުއަޅަން ފަސް ނުޖެހޭނެކަމަށް
20215 އަހަރު ކުރިން
ރާއްޖެ

ފިނޮޅަކަށް ގެއްލުން ދިން މައްސަލައެއް ފުލުހުން ބަލަނީ، އީ.ޕީ.އޭ.އިން ބުނަނީ ފިޔަވަޅުއަޅަން ފަސް ނުޖެހޭނެކަމަށް

\'\'އަހަރެންގެ މަރުގެ ޒިންމާ ނަގަންޖެހޭނީ އައިމަން\'\'
20197 އަހަރު ކުރިން
ތަފާތު ޚަބަރު

\'\'އަހަރެންގެ މަރުގެ ޒިންމާ ނަގަންޖެހޭނީ އައިމަން\'\'

އިސްލާމް ދީން ބިނާވެގެން ވަނީ ފަސް ރުކުނެއްގެ މައްޗަށް
20188 އަހަރު ކުރިން
އިސްލާމް

އިސްލާމް ދީން ބިނާވެގެން ވަނީ ފަސް ރުކުނެއްގެ މައްޗަށް

ރާއްޖެކުޅިވަރުދުނިޔެވިޔަފާރި - އިގްތިސާދުރިޕޯޓުފޮޓޯވާހަކަސިއްހަތުތަފާތު ޚަބަރުލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު