Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • ލައިފް ސްޓައިލް
ރިޕޯޓު
ގާސިމް އިބްރާހިމް

އެތައް ބަލިމީހެއްގެ ރުއިމުގެ އަޑު އެއްސެވި ގާސިމްގެ ރުއިމުގެ އަޑު އަހާނެ ކަންފަތެއް ނެތް!

ވަރަށް ދީލަތި ބޭފުޅެއް

ރާއްޖެ އެމްވީ | 6 އޯގަސްޓު 2017 | އާދީއްތަ 13:49
ގާސިމް އިބްރާހިމް އޭޑީކޭ ހޮސްޕިޓަލްގައި

ގާސިމް އިބްރާހިމް އޭޑީކޭ ހޮސްޕިޓަލްގައި

ގާސިމް އިބްރާހިމްއާ ބެހޭ ގޮތުން ދެބަސްނުވެވޭނެ ހަގީގަތެއް އެބަ އޮތެވެ. އެންމެ ބޮޑު އެއް މަހްޖަނެވެ. ދަހިވެތިކަމެއް ނެތި މުށް ހުޅުވާލެއްވި ދީލަތި ބޭފުޅެކެވެ. ނިކަމެތިންގެ ބައްޕަ އެވެ. އަމިއްލަ ތަނަވަސްކަމުގެ މައްޗަށް ބޮޑާކަމެއް ނެތެވެ. ލެވިފައިވާ ކިބުރުވެރިކަމުގެ ސާލެއް ވެސް ނެތެވެ. އެ މަނިކުފާނު އަބަދުވެސް ގަބޫލު ކުރައްވަނީ މުދަލަކީ, މާތް الله ސުބުޙާނަހޫ ވަތަޢާލާގެ މިލްކެއް ކަމަށާއި, އެކަލާނގެ އިރާދަކުރެއްވި އަޅަކަށް ތަނަވަސްކަން ދެއްވާކަނެ ކަމަށެވެ. އަދި މުދަލާއި ފައިސާ އާއި މުއްސަނދިކަން ނެތިކުރައްވަން އިރާދަކުރައްވައިފި ނަމަ އިސާހިތެއްގައި އެކަންވެގެންދާނެ ކަމަށް ގަބޫލުކުރައްވަ އެވެ. އެހެންވެ، މުއްސަނދިކަމުން ލައްޒަތު ހޯއްދަވަނީ އެ މަނިކުފާނު އަމިއްލަ ފުޅަކަށް ނޫނެވެ. މިޒާޖުފުޅުގައި ވެސް ނިކަމެތީންގެ ހާލު އަހުވާލު ބެއްލެވުމާއި, މީހުންނަށް އެހީވުމާއި, އޯގާތެރިވުމުގެ މަތިވެރި ސިފަ އަށަގެންފައިވެއެވެ.

އުފަން ރަށުގައި ބޮޑުފުޅުވުމާއި، ބައްޕާފުޅާއެކު ފަޅުރަށެއްގައި އުޅުއްވަން ޖެހިވަޑައިގަތުމުން، ނިކަމެތިންގެ ހާލު އެ މަނިކުފާނަށް ތަޖުރިބާ ކުރެއްވުނެވެ. ނަތީޖާއަކަށްވީ ތަނަވަސްކަން ލިބިވަޑައިގެންނެވި ދުވަހު އެހެން މުއްސަނދިންނާ ހިލާފަށް ނިކަމެތިންނާއި ހާލުގައި ޖެހިފައިވާ މީހުންގެ މުހްތާދުތައް ވެވެން އޮތް އެންމެ މަތީ ދަރަޖައަކަށް ފުއްދައި ދެއްވުމެވެ. ސްކޯލަޝިޕް ސްކީމާއި އާސަންދަ ތައާރަފުކުރަން ސަރުކާރަށް މަޖުބޫރުވީ ގާސިމްގެ އަމިއްލަ ސްކީމްތައް ހިންގަމަން ފެއްޓެވުމުންނެވެ. ސަރުކާރުގެ ބަޖެޓުން ހަރަދުކޮށްގެން ސްކޯލަޝިޕް ސްކީމެއް ތައާރަފުކުރީ ވިލާ ފައުންޑޭޝަންގެ ސްކޯލާޝިޕަށް ފަހު އެވެ. ޒަމާނީ ތައުލީމު ހޯއްދެވުމުގެ ފުރުސަތު ގާސިމަށް ލިބިވަޑައިނުގަތަސް، އެ މަނިކުފާނު ބޭނުންފުޅުވީ ޒުވާން ސިކުނޑިތަކަށް ދިރުން ގެނެސްދިނުމަށެވެ. ތައުލީމީ ޒުވާނުން ބިނާކުރުމަށެވެ. އިލްމުގެ ނޫރުން ގައުމު އަލިކުރުވުމަށެވެ. މިހާރު ދައުލަތުގެ އިސް މަގާމުތަކުގައި ތިއްބެވި ބައެއް ބޭފުޅުންނަކީ، އަދި ހާއްސަކޮށް ބައެއް މިނިސްޓަރުންނަކީ ގާސިމްގެ ދީލަތިކަމުގެ ސަބަބުން، ތައުލީމު ހޯއްދެވި ބޭފުޅުންނެވެ.

މިހާތަނަށް ވިލާ ފައުންޑޭޝަނުން ދެ ހާހަށް ވުރެ މީހުންނަށް މަތީތައުލީމުގެ ފުރުސަތު ތަނަވަސްކޮށްދީފައިވެ އެވެ.

ދުޅަހެޔޮ ޖީލެއް ބިނާކުރުމަށް ވެސް ގާސިމްގެ ހިއްސާ ކުޑައެއް ނޫނެވެ. ރާއްޖޭން ބޭސްފަރުވާ ކުރެވެން ނެތި، އުއްމީދު ގެއްލި ބަލިއެނދުގައި އޮތް އެތައް ދިވެހިންނަކަށް އުއްމީދު އާކޮށްދެއްވީ ގާސިމެވެ. އެހެން މަހްޖަނަކު އަދިވެސް ނުހިންގަވާ މިންވަރަށް، އަދި ސަރުކާރަށް ވެސް ގޮންޖަހާލެވޭ މިންވަރަށް ގާސިމް ވަނީ ސިއްހީ ފަރުވާ ވެސް ފޯރުކޮށްދެއްވައިފަ އެވެ. ދެހާސް ވަނަ އަހަރުން ފެށިގެން ކޮންމެ އަހަރަކު 500 މީހުންނަށް ރާއްޖޭން ބޭރުން ބޭސްފަރުވާ ދިޔައީ ފޯރުކޮށްދެމުންނެވެ. ދިވެހި ސަރުކާރަށް ވުރެ ގިނައިން އިންޑިއާގެ ޓްރިވެންޑްރަމާއި ލަންކާއަށް، ބަލި މީހުން ފޮނުއްވީ ގާސިމްކަން އެއީ ހަގީގަތެކެވެ. ބޮޑެތި ބަލިތައް ކަމުގައިވާ ކެންސަރާއި ކިޑްނީގެ ބަލިތަކާއި ހިތުގެ ބަލިތަކާއި ރާއްޖޭން ފަރުވާ ހޯދެން ނެތް އެހެން ބަލިތަކަށް ވެސް ފަރުވާ ހޯދަން ގާސިމް ގެންދެވީ އެހީތެރިކަން ފޯރުކޮށްދެއްވަމުންނެވެ. އެހީއަކަށް އެދޭ އެއްވެސް މީހަކު ހުސް އަތާ ދިޔަ ނުދީ، ދީލަތި އެހީއެއް ފޯރުކޮށްދެއްވުމަކީ ގާސިމަށް ލިބިވަޑައިގަންނަވާ އުފަލެކެވެ. ނަމަވެސް މިއަދު އެ މަނިކުފާނު އެ އޮންނެވި ހާލަތާމެދު ވިސްނަވާށެވެ.

އެ މަނިކުފާނުގެ ވެލްފެއާގެ ބަޖެޓް އަހަރަކު ހަތަރު މިލިއަނާއި ފަސް މިލިއަން ޑޮލަރަށް އަރައެވެ. ގާސިމަށް އާދޭސްކޮށް ބޭސްފަރުވާ އާއި ތައުލީމް ހާސިލް ކުރެއްވި ބޭފުޅުން ދައުލަތުގެ އިސްމަގާމުތަކުގައި ތިއްބަވައިގެން، ގާސިމަށް އެ ގެންދަވަނީ ނުހައްގު އަނިޔާ ދެމުންނެވެ. ބޭސްފަރުވާއަށް ހޯއްދަވަން ގާސިމް ފުރާވަޑައިގަތުމުގެ ދޮރުތައް ވަނީ ބަންދުކޮށްފަ އެވެ. އެ މަނިކުފާނު ހައްދަވަންޖެހޭ ޓެސްޓްތަކަކީ ރާއްޖޭން ހެދެން ނެތް ޓެސްޓްތަކެކެވެ. އެ މަނިކުފާނުގެ ހިތުގެ އާލާސްކަންފުޅު ބޮޑުވެ، މިހާރު ވެސް އޭޑީކޭ ހޮސްޕިޓަލްގައި ފަރުވާ ހޯއްދަވަމުން ގެންދަވާއިރު، އެއްވެސް މީހެއްގެ ހިތުގައި ރަހްމެއް ނެތީ ހެއްޔެވެ. އެ މަނިކުފާނުގެ ޖާނާއި މާލުން މި ގައުމަށްޓަކައި، ދިވެހިރައްޔިތުންނަށްޓަކައިވި ގުރުބާނީ އާއި ހޭދައިގެ މަތިން މިއަދު ހަނދާންކުރަންޖެހެ އެވެ. ހެޔޮ ދުއާކުރަންޖެހެވެ. ސިޔާސީ މަގުސަދަށްޓަކައި ދެމުންދާ އަނިޔާ ހުއްޓުވަންޖެހެ އެވެ.

ކޮމެންޓް

އިތުރަށް ކިޔާލަން

ރޮހިންޖާ މުސްލިމުންގެ މައްސަލައިގައި އަދި އަޑުއިވެނީ ހުސްވާހަކަ!

ރޮހިންޖާ މުސްލިމުންގެ މައްސަލައިގައި އަދި އަޑުއިވެނީ ހުސްވާހަކަ!

03 އޮކްޓޯބަރު 2017
 މެޝިން ގޮވި އަޑު ޖަލާލުއްދީން މިސްކިތާ ހަމައަށް، ކޮޓަރިން ނުކުތް އިރު މަންމަގެ ހަށިގަނޑުގައި އަލިފާން ރޯވެފައި

މެޝިން ގޮވި އަޑު ޖަލާލުއްދީން މިސްކިތާ ހަމައަށް، ކޮޓަރިން ނުކުތް އިރު މަންމަގެ ހަށިގަނޑުގައި އަލިފާން ރޯވެފައި

17 ސެޕްޓެމްބަރު 2017
އެފްއޭއެމް ހައުސްގައި މެޑަމް ފާތުންގެ އޮފީހެއް، އެތައް ބައެއްގެ ފާޑުކިޔުން އެފްއޭއެމް އަށް

އެފްއޭއެމް ހައުސްގައި މެޑަމް ފާތުންގެ އޮފީހެއް، އެތައް ބައެއްގެ ފާޑުކިޔުން އެފްއޭއެމް އަށް

31 ޖުލައި 2017
ޗެސްޓާގެ މަރާއެކު އެތައް ބަޔަކު ރޮއްވާލައިފި

ޗެސްޓާގެ މަރާއެކު އެތައް ބަޔަކު ރޮއްވާލައިފި

21 ޖުލައި 2017
"އެތައް ފަަހަރު މަރުވާ" ބަގްދާދީ އާ ގުޅޭގޮތުން ގަބޫލު ކުރަންވީ ކޮން ވާހަކައެއް؟

"އެތައް ފަަހަރު މަރުވާ" ބަގްދާދީ އާ ގުޅޭގޮތުން ގަބޫލު ކުރަންވީ ކޮން ވާހަކައެއް؟

16 ޖޫން 2017

އަހަރުތަކުން މިއަދު

14 ފެބުރުއަރީ
ރޯދަ މަސް އެކީ މަޖިލިސް ޗުއްޓީ އަށް ދާން އެމްޑީޕީ މެމްބަރުން ދެކޮޅު
20251 އަހަރު ކުރިން
ރާއްޖެ

ރޯދަ މަސް އެކީ މަޖިލިސް ޗުއްޓީ އަށް ދާން އެމްޑީޕީ މެމްބަރުން ދެކޮޅު

އޭރަކު ނުވި ސިއްރެއް، މިހާރު އެކަމަކު ސިއްރެއް!
20242 އަހަރު ކުރިން
ރިޕޯޓު

އޭރަކު ނުވި ސިއްރެއް، މިހާރު އެކަމަކު ސިއްރެއް!

އަނބިމީހާއަށް ގެވެށި އަނިޔާކުރި މައްސަލަ: އަނބިމީހާ ބުނަނީ ގަޔަށް ވަޅި ހެރިފައިވަނީ ނިދީގައި ފުރޮޅެމުން ކަމަށް
20233 އަހަރު ކުރިން
ރާއްޖެ

އަނބިމީހާއަށް ގެވެށި އަނިޔާކުރި މައްސަލަ: އަނބިމީހާ ބުނަނީ ގަޔަށް ވަޅި ހެރިފައިވަނީ ނިދީގައި ފުރޮޅެމުން ކަމަށް

ސީރިއަސްކަން އެނގުނީ ތިން ދަރިން ބަލައި ދިނުމަށް ވަސިއްޔަތް ކުރުމުން، މިހާރު ވަނީ ވޯޑަށް ބަދަލުކުރެވިފައި
20224 އަހަރު ކުރިން
ރިޕޯޓު

ސީރިއަސްކަން އެނގުނީ ތިން ދަރިން ބަލައި ދިނުމަށް ވަސިއްޔަތް ކުރުމުން، މިހާރު ވަނީ ވޯޑަށް ބަދަލުކުރެވިފައި

ގަބުރުސްތާނުން ވިނަނޮޅައި މަހާނަގައު ސާފުކުރާ ބާރައަހަރުގެ އަންހެން ކުއްޖެއްގެ ވާހަކަ!
20215 އަހަރު ކުރިން
ތަފާތު ޚަބަރު

ގަބުރުސްތާނުން ވިނަނޮޅައި މަހާނަގައު ސާފުކުރާ ބާރައަހަރުގެ އަންހެން ކުއްޖެއްގެ ވާހަކަ!

ވެލިދޫގައި ދެ އަންހެން ފަތުރުވެރިން ކައިވެނި ކުރި ކަމަށް ދެކެވޭ ވާހަކަ ދޮގުކޮށްފި
20197 އަހަރު ކުރިން
ރާއްޖެ

ވެލިދޫގައި ދެ އަންހެން ފަތުރުވެރިން ކައިވެނި ކުރި ކަމަށް ދެކެވޭ ވާހަކަ ދޮގުކޮށްފި

ފުރަތަމަ ފިލްމުގެ ފުރަތަމަ ލަވަ: މުޅި ދުނިޔެއަށް މަޝްހޫރު
20188 އަހަރު ކުރިން
ރިޕޯޓު

ފުރަތަމަ ފިލްމުގެ ފުރަތަމަ ލަވަ: މުޅި ދުނިޔެއަށް މަޝްހޫރު

ރާއްޖެކުޅިވަރުދުނިޔެވިޔަފާރި - އިގްތިސާދުރިޕޯޓުފޮޓޯވާހަކަސިއްހަތުތަފާތު ޚަބަރުލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު