Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • ލައިފް ސްޓައިލް
ރިޕޯޓު
ޔާމީން ރަޝީދުގެ މަރު

ޔާމީނަށް ހަމަލާ ދެމުން ދިޔައިރު އޭނާގެ ރުއިމުގެ އަޑު އިވުނު މީހެއްގެ ދުލުން....

ވަރަށް ބާރަށް ހަޅޭ ލަވަމުން ގެންދިޔަ

އަހުމަދު މުހުސިނު
އަހުމަދު މުހުސިނު, ރާއްޖެ އެމްވީ | 23 އެޕްރީލު 2017 | އާދީއްތަ 19:40
ޔާމީންގެ ފުރާނަ ނެތް ހަށިގަނޑު އައިޖީއެމްއެޗްގައި

ޔާމީންގެ ފުރާނަ ނެތް ހަށިގަނޑު އައިޖީއެމްއެޗްގައި

މަޝްހޫރު ބްލޮގަރ ސ. ފޭދޫ، ޗަނބޭލީގެ އުމުރުން 29 އަހަރުގެ ޔާމީނު ރަޝީދަށް ތޫނު އެއްޗަކުން ހަމަލާދީ ރަހުމް ކުޑަގޮތަކަށް މަރާލާފައިވަނީ ހޮނިހިރު ދުވަހުގެރޭ ދަންވަރުގެ ވަގުތެއްގައެވެ. މީހުން ނިދާ ރަށުތެރެއަށް ހަމަހިމޭންކަން ވެރިވީ ފަހުން ބަޔަކު ހިންގި މި ލާއިންސާނީ ޖަރީމާ ހިނގަމުން ދިޔައިރު އިއްތިފާގުން ނަމަވެސް އެހިސާބުގެ ބައެއް މީހުންނަށް ޔާމީންގެ ރުއިމާއި އޭނާއަށް ލިބެމުންދިޔަ ވޭނުގެ އަޑު އިހުސާސު ކުރެވުނެވެ .

މިގެނެސްދެނީ އެ ހާދިސާ ހިނގި އިރު އެތަނާ ވަރަށް ގާތުގައި ހުރި މީހަކު ހިއްސާކުރި ވާހަކަ ތަކުގެ މައްޗަށް ބިނާކޮށް ތައްޔާރުކޮށްަފއިވާ ރިޕޯޓެވެ. މިރިޕޯޓުގައި އޭނާގެ ސަލާމަތާއި ރައްކާތެރިކަމަށްޓަކައި ބޭނުންކޮށްފައި އެވަނީ އަސްލު ނަމެއް ނޫނެވެ.

އެއީ ދަންވަރު ދޭއް ޖަހާކަށްހާއިރުއެވެ. ޝީޒާ (އަސްލު ނަމެއް ނޫން) މަޑު ކޮށްލައިގެން ހުރީ އިސްކަންދަރު މަގާއި މާވެޔޮ މަގު ގުޅުނު ޖަންކްޝަންމަތީ އޭނާގެ ގާތް މީހަކާ ވާހަކަ ދައްކާލާށެވެ. މުޅި ހިސާބުގައި ވަނީ ހިމޭންކަމެވެ. އެވަގުތު އެހިސާބަކު އެއްވެސް އިތުރު ބަޔަކު ފެންނާކަށް ނެތެވެ.

ދެމީހުން އޮލަ ވާހަކައިގައި ތިއްބާ އިސްކަންދަރުމަގުން ދުއްވާފައި ސައިކަލެއް އައިކަން ހަނދާން އެބަހުއްޓެވެ. އެ ސައިކަލުގައި ތިބީ ދެ ފުލުހުންނެވެ. ހިސާބަކަށް ޝީޒާއާ އޭނާގެ އެކުވެރިޔާއަށް ބަލައިލިނަމަވެސް އާދައިގެ ޔުނީފޯމްގައި ތިބި އެދެފުލުހުންގެ ފަރާތުން ތަފާތު ކަމެއް ފާހަގައެއް ނުކުރެވެއެވެ. އެމީހުން ދިޔަ ގޮތައް ދިޔައީއެވެ. އެއީ ގާތްގަނޑަކަށް 2:15 ހާއިރުއެވެ. އެދެފުލުހުން ދިޔަތާ ކުޑައިރުކޮޅެއްގެ ތެރޭގައި ޝީޒާ އެކަނި ޖެހިލީ ޖަވާހިރު މަގާއި އިސްކަންދަރު މަގު ގުޅުނު ކަންމައްޗަށެވެ. އެތާގައި ޕާކް ކޮށްފައިހުރި ސައިކަލްތަކެއްގެ ބޭރުން މަގާވީ ފަޅިއަށެވެ. ރަހުމަތްތެރިޔާއާ ހިނގި ކުޑަ ދެބަސްވުމެއްގައި ދުރައް ޖެހިލާ އެތަނުގައި މަޑުކޮށްލައިގެން ހުއްޓާ ކުއްލިއަކަށް އިވުނީ ވަރަށް ބާރަށް މީހަކު ހަޅޭއް ލަވާ އަޑެވެ. އެއަޑު އައީ އިސްކަންދަރު މަގުން ބިސްބުރާ ވީކޮޅުން ނަމަވެސް އެއީ ކޮން ގެއަކުން އައި އަޑެއްކަމަކަށް އޭނާއަކަށް އެވަގުތަކު ފާހަގައެއް ނުކުރެވުނެވެ.

ޝީޒާ ބުނީ އެމީހަކު ހަޅޭއްލަވަމުން ދިޔައީ ވަރަށް ބާރަށް ކަމަށެވެ. ސަލާމަތައް އެދި ރޯހެންވެސް ހީވެއެވެ. ތިޔަހެން ނުހަދާށޭ ގޮވާހެންވެސް ހީވެއެވެ. އެހެންނަމަވެސް ކިޔާއެއްޗެއް މާ ރަނގަޅަށް ނަގައިގަނެވޭ ގޮތެއް ނުވިކަމަށް ޝީޒާ ބުންޏެވެ. އަޑު އައިގޮތުން ބަޔަކު ސަކަރާތް ޖަހަނީއޭވެސް ހީވިކަމަށެވެ. ބަޔަކު ތަޅާފޮޅަނީއޭވެސް ހީވި ކަމަށެވެ. އޭގެ އިތުރުން މަސްތުވެގެން އުޅޭ މީހަކު ލަވާ ހަޅޭކެއްގެ އަޑުހެން ހީވިކަމަށްވެސް ޝީޒާ ބުންޏެވެ.

އެބާރު އަޑުފައްގަނޑު ކެނޑުނީ ގާތްގަނޑަކަށް 10 ވަރަކަށް މިނިޓްފަހުން2:48 ގައެވެ. އޭރުވެސް އެމަގު އޮތީ ހިމޭންވެފައެވެ. މީހަކު ފެންނާކަށް ނެތެވެ. މީހުން އައިސް ގޮސް އުޅޭ ތަނެއްވެސް ފާހަގަ އެއް ނުވެއެވެ.

ނަމަވެސް އެއަޑަށް ފަހު ޖަވާހިރު މަގުން ނިކުމެގެން އައި ޒުވާނަކު އިސްކަންދަރު މަގުން މާވެޔޮ މަގަށް ކުޑަތަންކޮޅަކަށް ދިއުމަށްފަހު ސައިކަލެއްގެ މަތީގައި އިށީނދެލައިގެން އިނެވެ.

އެ އިވުނު އަޑު ކެނޑުނުތާ ކުޑައިރުކޮޅެއްގެ ތެރޭގައި، 3:05 ހާއިރު ފުލުހުންގެ ކާރެއް އައިސް މަޑުކޮށްލީ މ. ސްޕެކްޓިއުލާގޭ ދޮރުމައްޗަށެވެ. އަދި އެއިން ފޭބި ފުލުހުން ކުއްލިއަކަށް އިސްކަންދަރުމަގު ރިޔާސީ ހިނގުމާއި ހިސާބުން ފެށިގެން ބަންދުކޮށްލިއެވެ. އޭގެ ކުޑައިރުކޮޅެއް ނުވަނީސް ފެނުނީ އައިޖީއެމްއެޗްގެ އެމްބިއުލާންސްވެސް އައިސް އެތަނަށް މަޑުކޮށްލިތަނެވެ. އަދި 3:20 ހާއިރު އެގެއިން ނެރުނީ މީހެއްގެ ހަށިގަނޑެކެވެ. ހަރަކާތެއް ނެތް އެމީހާގެ އެއް އަތް އޮތީ ސްޓެރެޗަރއިން ބޭރަށް ވާގޮތަށް އެލިފައެވެ.

ކުރިން އެއިވުނު އަޑު އައީ އެގެންއިންކަން ޝީޒާއަށް ރޭކާލީ އެހާހިސާބުންނެވެ. ކުރިން ތަފާތު ކަމެއް ފާހަގަ ނުކުރެވުނަސް ފަހުން އެއިވުނު އަޑަށް ސަމާލު ވެވުނެވެ. ފުލުހުން އެގެއިން ހަށިގަނޑު ނެރުނުއިރު ޖަވާހިރު މަގުން އިތުރު ހަަތަރު މީހަކު ސައިކަލެއްގައި އައި ނަމަވެސް އެމީހުންވެސް ބުނަމުން ދިޔައީ ތިވާނީ މީހަކު ދަންޖެހުނީ ކަމަށް ކަމުގައި ޝީޒާ ބުންޏެވެ. އަދި އެމީހުންވެސް އިތުރަށް އެތާ މަޑު ނުކޮށްދިޔައީ ކަމަށް ޝީޒާ ބުންޏެވެ.

ޝީޒާ ބުނީ ފުލުހުންގެ އުޅަނދުގައި މާގިނަ ފުލުހުން އައިހެން ހީނުވާކަމަށެވެ. ނަމަވެސް ފޮރެންސިކް ފުލުހުން އެމީހުންގެ ތެރޭގައި ތިބިކަމަށް ޝީޒާއަށްވެސް ޔަޤީންވެއެވެ.

ހަށިގަނޑު އެގެއިން ނެރުނު ފަހުންވެސް އަދި އޭގެ ކުރިންވެސް އިތުރު ބަޔަކު އެގެއަށް ވަތް ތަނެއް އަދި އެގެއިން ނުކުތްތަނެއް ޝީޒާއަކަށް ނުފެނެއެވެ. އަދި އާދަޔާ ޚިލާފް އެހެންކަމެއްވެސް ފާހަގައެއް ނުކުރެވުނެވެ.

ޝީޒާގެ ވާހަކަތަކާއެކު ރާއްޖެ ޓީވީން އެހިސާބު ބަލާލީމެވެ. އަދި ބައެއް ކަންކަން ފާހަގަ ކުރެވުނެވެ.

ފުރަތަމަ ކަމަކަށް ފުލުހުންނަށް ރިޕޯޓް ކުރި ވަގުތަށް ބަލާލާނަމެވެ. ފުލުހުން ބުނީ އެކަމުގެ ރިޕޯޓް ކޮށްފައި ވަނީ 2:59 ހާއިރު ކަމަށެވެ. އެހެންކަމަށް ވާނަމަ ޝީޒާއަށްވެސް ހީވާ ގަޑިއާ ދާދި ގާތްކޮށްފިއެވެ. ފުލުހުން އައިރު އެސަރަހައްދަކު އިތުރު އެއްވެސް މީހަކު ނެތެވެ. މަގު ބަންދުކުރާ ލައިން ދަމާލީ ޝީޒާގެ ގެ ކައިރިންނެވެ. ފުލުހުން އައިރުވެސް އަދި ހަށިގަނޑު ނެރެގެން ގެންދިޔައިރުވެސް އެތަނުގައި ހުރި އެކަކީ ޝީޒާ ނަމަވެސް ފުލުހުން އޭނާ ގާތު އެއްޗެއް އަހާފައެއް ނުވެއެވެ. އޭނާގެ އިތުރުން އެތާ ތިބީ ފަހުން އައި ޒުވާނާއާ ޝީޒާގެ ރަހުމަތްތެރިޔާ އަދި އޭނާގެ ކޮއްކޮއެކެވެ.

ޝީޒާ ބުނާ ގޮތުންނަމަ އެސަރަހައްދުން އިތުރު ބަޔަކު ނެފެނެވެ. އަދި އަޑު އިވުމުގެ ކުރިންވެސް އަދި އޭގެ ފަހުންވެސް އަދި ފުލުހުން އައުމާހަމައަށާއި ފުލުހުން އެގެއިން ބޮޑީ ނެރެގެން ގެންދިޔަ ފަހުންވެސް އެގެއިން ބަޔަކު ނުކުމެގެނެއް ނުދެއެވެ.

ހިސާބުގަނޑުގައި ސީސީޓީވީ ކެމެރާ ތަކެއްވެސް އެބަހުއްޓެވެ. ޔާމީން މަރާލާފައި އޮއްވާ ފެނުނު ގޭގެ ކުރިމަތީ މަގުގެ އަނެއް ފަޅީގައި ހުރި ގޭގެ މައިދޮރާ ދިމާލު ބޭރުގައި ކެމެރާއެއް އެބަހުއްޓެވެ. އެގޭ މީހުން ބުނާ ގޮތުގައި އެކެމެރާ މަސައްކަތް ނުކުރާތާ ދުވަސްކޮޅެއް ވެދާނެއެވެ.

ޔާމީން މަރާލާފައި އޮތް ގެއާ އިންވެގެން ކަހަލަ ގޮތަކަށް ބިސްބުރާ ވީކޮޅަށް ހުރި ފިހާރައެއްގައި މަގުގެ ދެކޮޅަށް ވާގޮތަކަށް ދެކެމެރާ އެބަހުއްޓެވެ.

އިސްކަންދަރު މަގުން ވަދެގެން ދުއްވޭނީ މާވެޔޮމަގާ ވީކޮޅަށެވެ. އެކޮޅަށް ދާނަމަ މ. ސްޕެކްޓިއުލާގޭ ހުރަސްކޮށް ކުރިއަށްދާއިރު ހުރަސްވާ ރިޔާސީ ހިނގުމުގައި ދާދި ފަހުން ހަރުކޮށްފައި ހުރި ސީސީޓީވީ ކެމެރާއެއް އެބަހުއްޓެވެ.

ޝީޒާގެ ވާހަކަތަކަށް ވިސްނާލާއިރު، ހަމަލާ ދިން މީހުން އެގެއިން ނުކުތީ ކިހިނެއް ހެއްޔެވެ؟ ހަށިގަނޑު ނެރުމާ ހަމައަށް ގައިމު އެގެއިން އެހެން ބަޔަކު ނުކުންނަ ތަނެއް ޝީޒާ ނުދެކޭ ކަން ވަރަށް ޔަގީންކޮށް އެބަ ބުނެއެވެ.

ކޮމެންޓް

އިތުރަށް ކިޔާލަން

މަޑުއްވަރީން ރައީސް ޔާމީނަށް ދެއްކި މަންޒަރާއި މަޑުއްވަރީގެ ހަގީގީ މަންޒަރު

މަޑުއްވަރީން ރައީސް ޔާމީނަށް ދެއްކި މަންޒަރާއި މަޑުއްވަރީގެ ހަގީގީ މަންޒަރު

24 އޮކްޓޯބަރު 2017
ރައީސް ޔާމީނަށް ތާއީދު ހޯދަން ހަދާ ކޮންމެ "ސިހުރަކުން" ނުރުހުމުގެ އެތައް ލޮލެއް

ރައީސް ޔާމީނަށް ތާއީދު ހޯދަން ހަދާ ކޮންމެ "ސިހުރަކުން" ނުރުހުމުގެ އެތައް ލޮލެއް

03 އޮކްޓޯބަރު 2017
ޓްރަމްޕްއާއި އެމެރިކާގެ އެތުލީޓުން: ބަހުގެ ހަމަލާ ތަކެއްގެ ތެރޭގައި

ޓްރަމްޕްއާއި އެމެރިކާގެ އެތުލީޓުން: ބަހުގެ ހަމަލާ ތަކެއްގެ ތެރޭގައި

24 ސެޕްޓެމްބަރު 2017
ރައީސް ޔާމީނަށް ފައިސާ ލިބިވަޑައިގެންނެވި ފަސް ގޮތް!

ރައީސް ޔާމީނަށް ފައިސާ ލިބިވަޑައިގެންނެވި ފަސް ގޮތް!

16 އޯގަސްޓު 2017
ޔާމީނަށް ގޮތް ހުސްވެ ރައްޔިތުން ބަޑި ކުރިމައްޗަށް

ޔާމީނަށް ގޮތް ހުސްވެ ރައްޔިތުން ބަޑި ކުރިމައްޗަށް

19 ޖުލައި 2017

އަހަރުތަކުން މިއަދު

14 ޖެނުއަރީ
މިނިސްޓަރ އިހްސާން އިންނެވީ ޑީއެންއާރުގެ މީޓީން ރޫމުގައި: މުވައްޒަފުން
20251 އަހަރު ކުރިން
ރާއްޖެ

މިނިސްޓަރ އިހްސާން އިންނެވީ ޑީއެންއާރުގެ މީޓީން ރޫމުގައި: މުވައްޒަފުން

ބޭކަރީއެއްގެ ޝެފަކު ތައްޔާރުކުރި ކާއެއްޗަކަށް ފާޑުކިއުމުން ޙަމަލާދިން މައްސަލައިގައި ޝެފް 7 އަހަރަށް ޖަލަށް
20242 އަހަރު ކުރިން
ރާއްޖެ

ބޭކަރީއެއްގެ ޝެފަކު ތައްޔާރުކުރި ކާއެއްޗަކަށް ފާޑުކިއުމުން ޙަމަލާދިން މައްސަލައިގައި ޝެފް 7 އަހަރަށް ޖަލަށް

ބަރަބޯ އޮށުގެ ފައިދާ
20233 އަހަރު ކުރިން
ރިޕޯޓު

ބަރަބޯ އޮށުގެ ފައިދާ

11 ފަންނާނުންނާއެކު ޕެޓްރޯލް އޮފިސީ ސެލެބްރިޓީ ރޭސް ލޯންޗުކޮށްފި
20224 އަހަރު ކުރިން
ރާއްޖެ

11 ފަންނާނުންނާއެކު ޕެޓްރޯލް އޮފިސީ ސެލެބްރިޓީ ރޭސް ލޯންޗުކޮށްފި

ރާއްޖޭގެ އެންމެ ބޮޑު ރިސޯޓް، ރެއަކަށް 80،000 ޑޮލަރު
20215 އަހަރު ކުރިން
ވިޔަފާރި-އިގްތިސާދު

ރާއްޖޭގެ އެންމެ ބޮޑު ރިސޯޓް، ރެއަކަށް 80،000 ޑޮލަރު

އަރިހުގައި ހުންނަވައި ލަތީފު މަޅާލަން އަތް ނެންގެވުމުން ކޮސްވެއްޖެ!؟
20197 އަހަރު ކުރިން
ރިޕޯޓު

އަރިހުގައި ހުންނަވައި ލަތީފު މަޅާލަން އަތް ނެންގެވުމުން ކޮސްވެއްޖެ!؟

66.38 މިލިއަން ޑޮލަރު: ދިވެހި ދައުލަތުން ކުރި އެންމެ ބޮޑު ވައްކަން
20188 އަހަރު ކުރިން
ރިޕޯޓު

66.38 މިލިއަން ޑޮލަރު: ދިވެހި ދައުލަތުން ކުރި އެންމެ ބޮޑު ވައްކަން

ރާއްޖެކުޅިވަރުދުނިޔެވިޔަފާރި - އިގްތިސާދުރިޕޯޓުފޮޓޯވާހަކަސިއްހަތުތަފާތު ޚަބަރުލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު