Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
ރިޕޯޓު
ފަލަސްތީން

"ލޯބިވާ މަންމައަށް، އަހަރެމެން ޝަހީދު ކޮށްލައިފިނަމަ ދެމީހުން އެކުގައި ވަޅުލަން ބުނައްޗޭ"

ފަލަސްތީނުގެ ތުއްތު ކުދިން ދަނީ މައިންބަފައިންނާއި އާއިލާއާ ވަދާއީ ސަލާން ކުރަމުން

ޝާމާ ޝުއައިބް
ޝާމާ ޝުއައިބް, ރާއްޖެ އެމްވީ | 20 މެއި 2021 | ބުރާސްފަތި 14:20
ފަލަސްތީނުގެ ހާލަތު: ގާޒާއިން އިވެމުންދަނީ ރުއިމުގެ އަޑު

ފަލަސްތީނުގެ ހާލަތު: ގާޒާއިން އިވެމުންދަނީ ރުއިމުގެ އަޑު

"ލޯބިވާ މަންމައަށް، އަޅުގަނޑު ވަރަށް ވަރަށް ބިރު އެބަ ގަނޭ. ދެމީހުން ޝަހީދު ކޮށްލައިފި ނަމަ ދެމީހުން އެއްކޮށް ވަޅުލައިދޭށޭ ބުނައްޗޭ. މި ދުނިޔެއާއި ވަކިވިޔަސް ބޭނުންވަނީ މަންމަގެ ގާތުގައި ވުމަށް. އަޅުގަނޑު މި ދުނިޔެއާއި ވަކި ވެއްޖެ ނަމަ އަދިއަދަށް ދާންދެން ވެސް ލުމުގެ ފުރުސަތު ލިބިފައިނުވާ އީދު ހެދުން ލައްވައްޗޭ މަންމާ. ލޯބިވާ ދަރިފުޅު، ޒައިނާ."

މިއީ ފަލަސްތީނަށް ނިސްބަތްވާ ކުޑަކުޑަ ޒައިނާ ފަލަސްތީނާ ދެކޮޅަށް އިސްރާއީލުން ދެމުންދާ އުދުވާނީ ހަމަލާތަކުގައި ޝަހީދުވެ، އޭނާގެ މަންމައާއި ވަކިވެގެން ހިނގައިދާނެ ކަމުގެ ބިރަށް ލިޔެފައިވާ ކުރު ސިޓީއެކެވެ. މިއީ ކުޑަކުޑަ ހިތުގައިވާ އުދާސްތަކާއި، ބިރެވެ. ޒައިނާގެ ދެ ލޯ ކުރިމަތީގައި ހިނގަމުންދާ ބިރުވެރި ހަނގުރާމައިން ސަލާމަތް ވާނެ ކަމުގެ ކުޑަވެސް އުއްމީދެއް ނެތި މިއަދުވެސް މަރުވެދާނެ ކަމަށް ތައްޔާރު ވެފައިވާ މިންވަރެވެ.

ވޭނީ ރުއިމުގެ އަޑުން މުޅި ފަލަސްތީނު ގުގުމާލައިފިއެވެ. އެތައް ބައެއްގެ ގެދޮރު ގެއްލި، އާއިލާ ގެއްލި ބިކަވެ، ނިކަމެތިވެއްޖެއެވެ. ޒައިނާ ފަދައިން އެތައް ކުދިންނެއް އިސްރާއީލުން ހިންގަމުންދާ ނުބައި ނުލަފާ އަމަލަށް ބިރުން ސިހިސިހި ތިބޭއިރު އެތައް ކުދިންނެއް ޔަތީމުވެއްޖެއެވެ. އެތައް ކުދިންނެއްގެ މައިންބަފައިން އެ ކުދިންގެ ހައްގުގައި، އެ ފަސްގަނޑުގެ ހައްގުގައި ނިކުމެ އަޑުއުފުލާން ތިއްބާ އެ ކުދިންގެ ކުރިމަތީގައި ޝަހީދު ކޮށްލައިފިއެވެ. ހަދާނެ ގޮތެއް، ދާނެ ތަނެއް ނެތި އެތައް ފުރާނައެއް ހުރިހާ އުފާތަކުން މަހުރޫމު ކޮށްލައިފިއެވެ. ހަށިގަނޑުގައި އަޅާވޭން އިހުސާސެއް ނުވެއެވެ. އެއަށް ވުރެ ހިތަށް ކުރާ އަސަރު މާބޮޑެވެ.

ދުނިޔޭގެ އެކި ކަންކޮޅުތަކުގައި އުފާވެރިކަމާއެކު ކުޑަކުދިން ފިލާ ކުޅެމުންދާއިރު ފަލަސްތީނުގެ ކުޑަކުދިން ފިލާ ތިބެނީ އިސްރާއީލުން ދެމުންދާ ހަމަލާތަކުން ސަލާމަތްވާނެ ކަމުގެ އުއްމީދުގައެވެ. އެހެން ކުދިން އައު ހެދުން ލައިގެން ނަލަހެދޭއިރު ފަލަސްތީނުގެ ކުދިން އެދެމުންދަނީ މަރުވުމުން އައު ހެދުމުގައި ކަފުންކޮށް ވަޅުލުމަށެވެ. އެހެން ކުދިން އެކުދިންގެ މައިންބަފައިނާއެކު ދަތުރު ގޮސް، އެކުގައި ވަގުތު ހޭދަކުރަމުން ދާއިރު ފަލަސްތީނުގެ ތުއްތު ކުދިން އެދަނީ އެކުދިންގެ މައިންބަފައިންނާ އާއިލާއާއި ވަދާއީ ސަލާން ކުރަމުންނެވެ.

އެންމެ ފަހުން އުފަލުން ހީލެވުނީ ކޮންދުވަހެއްގައި ކަން ހަނދާނެއް ނެތެވެ. އިސްރާއީލުގެ ރަހުމެއް ނެތް އަމަލުތަކުން ހިނިތުންވުމާ އުފާވެރިކަމަކީ ކޮންއެއްޗެއް ކަން ވެސް ނޭނގި ތިއްބާ އެ ހައްގު ފޭރިގެންފިއެވެ. ބޮންތަކުގެ ސަބަބުން ބިމާ ހަމަވެފައިވާ ގެތަކާއި ކުނިބުނީގެ ތެރެއިން އަންނައުނާއި އެތައް ހަނދާންތަކަކާއި ގުޅިފައިވާ ތަކެތި ހޮވަން ބޭނުންވެއެވެ. ނަމަވެސް އެކަން ކޮށްލާނެ ވަގުތެއް މިއަދު އެކުދިންނަކަށް ނެތެވެ. މިއީ ޒައިނާ ފަދައިން ފަލަސްތީނުގައި ދިރިއުޅެމުން އަންނަ އެތައް ތުއްތު ފުރާނައެއްގެ ވޭނާއި ކެކުޅުމުގެ އަޑެވެ. ޒައިނާގެ ސިޓީގެ ފަހަތުގައި ވެއެވެ. "އަހަރެމެންނަކީ އަރަބީންނެވެ. އަހަރެމެންނަކީ މިނިވަން ބައެކެވެ."

ކޮމެންޓް

އިތުރަށް ކިޔާލަން

ގާޒާގައި ޝަހީދުވާ ކުޑަކުދިންނާއި ޒުވާނުންގެ ހިތްވަރުން ވަރަށް ގިނަ ވާހަކަ

ގާޒާގައި ޝަހީދުވާ ކުޑަކުދިންނާއި ޒުވާނުންގެ ހިތްވަރުން ވަރަށް ގިނަ ވާހަކަ

20 މެއި 2021
ފަލަސްތީނުގެ އަޑު: އަހަރެމެންނަށް 1948ން ފެށިގެން ނޭވާއެއް ނުލެވޭ

ފަލަސްތީނުގެ އަޑު: އަހަރެމެންނަށް 1948ން ފެށިގެން ނޭވާއެއް ނުލެވޭ

10 މެއި 2021
ކިޑްނީއެއް ނުލިބުމަށްވުރެ ހިތްދަތިވީ އެންމެ ބޭނުންވި ދުވަހު ލޯބިވާ މީހާ ދޫކޮށްފައި ދިއުމުން!

ކިޑްނީއެއް ނުލިބުމަށްވުރެ ހިތްދަތިވީ އެންމެ ބޭނުންވި ދުވަހު ލޯބިވާ މީހާ ދޫކޮށްފައި ދިއުމުން!

28 މާރިޗު 2021
މަގޭ ރިޕޯޓް: ޝަހީދުންގެ ދުވަހަކީ ކަންކަން ސިޔާސީ ކުރުމަށް އޮންނަ ދުވަހެއް ނޫނެވެ.

މަގޭ ރިޕޯޓް: ޝަހީދުންގެ ދުވަހަކީ ކަންކަން ސިޔާސީ ކުރުމަށް އޮންނަ ދުވަހެއް ނޫނެވެ.

14 މާރިޗު 2021
ޝަހީދު ޙުސައިން އާދަމްގެ އެންމެ ފަހުގެ 25 މިނިޓު!

ޝަހީދު ޙުސައިން އާދަމްގެ އެންމެ ފަހުގެ 25 މިނިޓު!

03 ނޮވެމްބަރު 2020

އަހަރުތަކުން މިއަދު

11 މެއި
އިންޑިއާ އިން ދައްކަން ބޭނުންވި ގަދަފަދަކަން ފެނިގެން ދިޔައީ އޭގެ އިދިކޮޅެވެ!
20251 އަހަރު ކުރިން
ދުނިޔެ

އިންޑިއާ އިން ދައްކަން ބޭނުންވި ގަދަފަދަކަން ފެނިގެން ދިޔައީ އޭގެ އިދިކޮޅެވެ!

ކުޑައިރުގެ އެކުވެރިޔާ، ރައީސް ސާލިހުއާ އޮތް ގާތްގުޅުން ކަނޑާލުންވީ ފަސޭހަ ކަމަކަށް ނޫން: ރައީސް ނަޝީދު
20242 އަހަރު ކުރިން
ރާއްޖެ

ކުޑައިރުގެ އެކުވެރިޔާ، ރައީސް ސާލިހުއާ އޮތް ގާތްގުޅުން ކަނޑާލުންވީ ފަސޭހަ ކަމަކަށް ނޫން: ރައީސް ނަޝީދު

ފައިނަލްގެ ކުރިން އަލީ ވަހީދު: ހަތިޔާރު ހުރީ ތޫނުކޮށް، ތަށި ހޯދޭނެ
20233 އަހަރު ކުރިން
ކުޅިވަރު

ފައިނަލްގެ ކުރިން އަލީ ވަހީދު: ހަތިޔާރު ހުރީ ތޫނުކޮށް، ތަށި ހޯދޭނެ

ކީރިތި ކުރައްވަމުން އާޒިމާ: "މައްސަލައަށް 3 އަހަރުވީ، މިއީ 6 ވަނަ ފަނޑިޔާރު"
20224 އަހަރު ކުރިން
ރާއްޖެ

ކީރިތި ކުރައްވަމުން އާޒިމާ: "މައްސަލައަށް 3 އަހަރުވީ، މިއީ 6 ވަނަ ފަނޑިޔާރު"

ހަމަލާގެ ފަހުން ރައީސް ނަޝީދުގެ ފުރަތަމަ ބަސްފުޅު: ހެޔޮވެރިކަން ހޯދައިދިނުމުގައި ދެމިހުންނާނަން
20215 އަހަރު ކުރިން
ރާއްޖެ

ހަމަލާގެ ފަހުން ރައީސް ނަޝީދުގެ ފުރަތަމަ ބަސްފުޅު: ހެޔޮވެރިކަން ހޯދައިދިނުމުގައި ދެމިހުންނާނަން

ތޮއްޑޫއިން ކަރާގެ ތަފާތު މުޑުވަކެއް: ހުދު ކުލަ!
20197 އަހަރު ކުރިން
ރިޕޯޓު

ތޮއްޑޫއިން ކަރާގެ ތަފާތު މުޑުވަކެއް: ހުދު ކުލަ!

ވެރިމީހާ ގެއްލިގެން ހޯދި ސާމަރާ ދޫނި ފުލުހުން ހޯދައިދީފި
20188 އަހަރު ކުރިން
ރާއްޖެ

ވެރިމީހާ ގެއްލިގެން ހޯދި ސާމަރާ ދޫނި ފުލުހުން ހޯދައިދީފި

ރާއްޖެކުޅިވަރުދުނިޔެވިޔަފާރި - އިގްތިސާދުރިޕޯޓުފޮޓޯވާހަކަސިއްހަތުތަފާތު ޚަބަރުލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު