Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
ރިޕޯޓުފަލަސްތީން

ގާޒާގައި ޝަހީދުވާ ކުޑަކުދިންނާއި ޒުވާނުންގެ ހިތްވަރުން ވަރަށް ގިނަ ވާހަކަ

20 މެއި 2021 | ބުރާސްފަތި 10:34

ޝަހީދުވާ މީހުންގެ ތިން ބައިކުޅަ އެއްބަޔަކީ ކުޑަކުދިން

ޝިއުނާ ސޯލިހް
ޝިއުނާ ސޯލިހް | 20 މެއި 2021 | ބުރާސްފަތި 10:34
ތުއްތު މައުސޫމު ހިތްތައް އުފަލުން މަހުރޫމްވެފައިވާ މަންޒަރަކީ ހިތްދަތި މަންޒަރެއް

ތުއްތު މައުސޫމު ހިތްތައް އުފަލުން މަހުރޫމްވެފައިވާ މަންޒަރަކީ ހިތްދަތި މަންޒަރެއް

އެއައީ ކުއްލި ހަމަލާއެކެވެ. އައި ދިމާލެއް ބުނާކަށް ނޭނގެއެވެ. މާދަމާއަށް ކުރެވޭ އުންމީދެއްގައި ތިބި ދަރިން އެތިބީ މައިމީހާގެ އުނގުގައި ބޯއަޅައިގެންނެވެ. އެގޮތުގައި ތިބެ ޝަހީދުވީއެވެ. 

ފަލަސްތީނާ  ދެކޮޅަށް އިސްރާއީލުން ދެމުންދާ އުދުވާނީ ހަމަލާތަކުގައި ޝަހީދުވާ މީހުންގެ ތިން ބައިކުޅަ އެއްބަޔަކީ ކުޑަކުދިންކަން ތަފާސްހިސާބުތަކުން ފެންނަން އެބައޮތެވެ. އެހެންނަމަވެސް މިކަމުން ގާޒާގެ ކުޑަކުދިންގެ ހިތްވަރަށް ކުޑަ ނަމަވެސް ބަދަލެއް ނާދެއެވެ. ޒުވާނުން ނުކުމެ މަގުތަކުގައި މުޒާހާރާ ކުރަނީއެވެ. އެމީހުންގެ ވަތަން އެ މީހުންގެ ފަސްގަނޑު މިނިވަން ކުރުމަށް ޖިހާދު ކުރަނީއެވެ. ޖެހިލުން ކުޑަކަމާއެކު، އިސްރާއީލްގެ ހަތިޔާރު  އެޅި ސިފައިންނާ ކުރިމަތިލަނީ އެ މީހުންގެ އެ ފަސްގަނޑު މިނިވަން ކުރުމުގެ އަޒުމާއި ޖޯޝުގައެވެ.  

ފާއިތުވި ހަފުތާގެ ތެރޭގައި އިސްރާއީލުގެ އިސްތިއުމާރީ ފައުޖުތަކުން ވަނީ ހުޅަނގު އައްސޭރިއާއި ގާޒާގައި 200އަށް ވުރެ ގިނަ މީހުން ޝަހީދުކޮށްފައެވެ. އޭގެ ތެރޭގައި 60ށްވުރެ ގިނަ ކުޑަކުދިންނާއި 30އަށްވުރެ ގިނަ އަންހެނުން ހިމެނެއެވެ. ތުއްތު ކުދިން ޔަތީމުވެ، ބިކަވަނީއެވެ. ކުށެއް ނެތް މައުސޫމު ކުދިންނެވެ. އެކުދިންގެ ހަމަ އެކަނި ކުށަކީ އެ ފަސްގަނޑަށް އުފަންވުމެވެ. ހަށިގަނޑުގައި އަޅާ ވޭނަށްވުރެ ނަފްސާނީ ގޮތުން ކުރާ އަސަރު ބޮޑެވެ. 

ފާއިތުވި ހަފްތާގައި މީޑިއާތަކުން ފެނުނު ބައެއް މަންޒަރުތައް ސިފަކޮށްލާނަމެވެ. 

ރަނގަޅު ފެންވަރަކަށް ހަދާފައި ހުރި ސުޒީގެ ގެ އިސްރާއީލްގެ ޖެޓްތަކުން ފުނޑުފުނޑުކޮށްލިއިރު ސުޒީވީ އިމާރާތުގެ ދަށުގައެވެ. 7 ގަޑިއިރު ކުރި މަސައްކަތުން އިމާރާތުގެ ދަށުން ސުޒީ ސަލާމަތް ކުރެވުނެވެ. އެހެންނަމަވެސް ފަތިހުގެ ވަގުތުގައި ދިން ހަމަލާގައި ސުޒީއާ އެއްބަނޑު އެއްބަފާ ބޭބެއިންނާއި ކޮއްކޮމެން ހިމެނޭހެން ހަތަރު ބެއިންނާ މަންނަ ވަނީ ޝަހީދުވެފައެވެ. ރޭގަނޑު އަރާމު ނިދިން  ހޭނުލެވެނީސް  މުޅި އުމުރަށް ނިދާ ނިދުމަކުން ނިދީއެވެ. ސަލާމަތްވީ ސުޒީއާއި އޭނާގެ ބައްޕައެވެ. ވަރަށް ބޮޑު އަނިޔާތަކެއް ފެންނަން ހުއްޓެވެ. ގާޒާގައި ހުންނަ އައްޝިފާ ހޮސްޕިޓަލުގައި އެޑްމިޓްކޮށްގެން ސުޒީއަށް މިހާރު އަންނަނީ ފަރުވާ ދެމުންނެވެ. އެޑްމިޓްކޮށްގެން ފަރުވާދޭން ނުޖެހުނަސް ސުޒީގެ ބައްޕަޔަށް ވެސް ސީރިއަސް ޒަޚަމްތަކެއް ވަނީ ލިބިފައެވެ.

ހޮސްޕިޓަލުގައި އޮތް ސުޒީ ހޭއެރުމާއެކު ބައްޕަ ރުއިމާއކު ސުޒީގެ ކިބައިން މައާފަށް އެދުނެވެ. އެހާ ގިނަ ވަގުތު އިމާރާތުގެ ދަށުގައި އޮތް އިރުވެސް ސުޒީއާ ހަމައަށް ނުދެވުމާއި ސަލާމަތް ނުކުރެވުމުންނެވެ. ބުންޏެވެ. ދަރިފުޅުގެ ރުއިންތަކުގެ އަޑު ބައްޕަޔަށް އިވެއެވެ. އެކަމަކު ދަރިފުޅާ ހަމަޔަކަށް ނުދެވުނެވެ. ސަލާމަތެއްވެސް ކޮށްނުދެވުނެވެ. ދަރިފުޅުގެ މަންމަޔާއި ބޭބެމެންނާއި ކޮއްކޮމެންވެސް ޝަހީދުވެއްޖެއެވެ. ދަރިފުޅާއި ބައްޕަ އެކަނިވެރި ވެއްޖެއެވެ. ދަރިފުޅާއެވެ. މިބައްޕަޔަށް މައާފު ކުރާށެވެ.

އެ ބައްޕަގެ އުންމީދަކީ އިމާރާތުގެ ދަށުގައިވެ މަރުވި އޭނާގެ އެހެން ދަރިންގެ ހިއްސާގެ ހިނިތުންވުންވެސް ސުޒީގެ ފަރާތުން ލިބުމެވެ. ސުޒީ ފަދައިން އާއިލާގެ މެމްބަރުން މުޅި އުމުރަށް ވަކިވެގެންދިޔަ އެތައް ކުޑަކުދިންނެއް އެބަތިއްބެވެ. ގާޒާގައި މިހާރު އާއިލާއާއެކު ހިތް އުފާކޮށް ވަގުތު ކޮޅެއް ހޭދަކޮށްލުމަށް ވިސްނާނެ ވަގުތެއް ނެތެވެ. ގޭގައި ކުޅެން އުޅޭ ކުޑަކުދިން ސިއްސައިގެންދަނީ ބޮމުގެ އަޑަށެވެ. 

ބިމާ ހަމަވެފައިވާ ގެ ކައިރިން ބޭނުންކުރި ބައެއް ސާމާނު ހޯދުމަށް މޮޅިވެރިކަމާއެކު ކުޑަކުދިން އުޅޭ މަންޒަރު މިއީ ގާޒާގައި މިހާރު ފެންނަ އެއްމެ އާންމު މަންޒަރެވެ. މި ބިރުވެރިކަމުގެ ތެރެއިންވެސް އެކުދިންގެ މޫނުމައްޗަށް ހިނިތުންވުމެއް ގެނުވަނީ، ގޭގައި ކުޅެން ގެންގުޅު ކޮންމެވެސް އެއްޗެއް ފެންނަ ހިސާބުންނެވެ. އެ ހިނިތުން ވުމަކީ، އަގު ކުރެވޭނެ ހިނިތުން ވުމެއް ނޫނެވެ. 

މި ހިނިތުންވުން ޓްރޮމާއަކަށް ބަދަލުވާން ގިނަ ދުވަސްތަކެއް ނުނަގާނެ ކަމަށް ކަމުގެ ތަޖުރިބާކާރުން ބުނެއެވެ. މިހާރުވެސް އެކުދިން މައިންބައިންނާ އަދި އަމިއްލަ ނަފްސާ ސުވާލު ކުރެއެވެ. މިކަމުން ސަލާމަތްވާނީ ކިހިނެއް ހެއްޔެވެ. އެކުދިންގެ ކުށަކީ ކޮބައި ހެއްޔެވެ.

އުރުން އެއްމެ 10 އަހަރުގެ ކުއްޖަކު އޭނާގެ ކުށަކީ ކޮބައިކަމާމެދު ސުވާލު އުފައްދާ، އެކަމުގައި ވަކި އޭނައަށް ކުރެވޭނެ ކަމެއް ނެތުމުން އަމިއްލަ ނަފްސާ ސުވާލު ކުރެއެވެ. ކިޔަވައިގެން ޑޮކްޓަރަކަށްވެ ގާޒާގެ ރައްޔިތުންނަށް އެހީވުމުގެ އުންމީދު އެ ކުއްޖާގެ އެބައޮތެވެ. އެހެނަސް މިއަދު ކުރެވޭނެ ކަމެއް ނެތެވެ. ބިރު ގަނެއެވެ. އެކަމަކުވެސް އެހީވުމަށް ކޮންމެ ކަމެއް ކުރަންވެސް ހުރީ ތައްޔާރަށެވެ. އެންމެ 10 އަހަރުގައި ކުރެވޭނީ ވަކި ކީއްހެއްޔެވެ.

ކޮންމެ ދުވަހަކު ލޯ މައްޗަށް ފެންނަ މި މަންޒަރުތަކުން ރޮވެއެވެ. މިކަންކަން އަހަރެމެންނަށް ދިމާވަނީ ކީއްވެތޯ އަމިއްލަ ނަފްސާ ސުވާލު ކުރެވެއެވެ. ޖަވާބުގައި އެކުދިން ގެ މަންމަމެން ބުނެއެވެ. އެމީހުން ރުޅި އަންނަނީ އަހަރެމެން މުސްލިމުންނަށް ވީމައެވެ. އެހެން ނަމަވެސް މިއަދު އަހަރެންނާއެކު މިއުޅެނީ ހުސް ކުޑަކުދިން ނޫންހެއްޔެވެ. މިސައިލްތަކުގެ ހަމަލާއިން  އެކުދިން މަރަންވީ ކީއްވެ ހެއްޔެވެ. މީ އިންސާފެއް ނޫނެވެ. މިއީ 10 އަހަރުގެ ކުޑަ ކުއްޖެއްގެ އިހުސާސެވެ. 

އެކުދިންގެ މިހާލަތާ ސިކުނޑީގައި ހިނގާ އިހުސާސް ވަޒަން ނުކުރެވޭނެއެވެ. ބޮމުގެ އަޑު އިވޭ ކޮންމެ ފަހަރަކު އެކަމުން ސަލާމާތްވުމަށް އެދި ތުއްތު ކުދިން ދުއާ ކުރަމުންދާ މަންޒަރު ދައްކުވައިދޭ ވީޑިއޯތައް ފެންނަ ކޮންމެ ފަހަރަކީ ހިތް ފަޅައިގެންދާފަދަ އިހުސާސެއް ކުރެވޭ ވަގުތެކެވެ. 7 ގަޑިއުރު އިމާރާތުގެ ދަށުގައި ތާށިވެފައި އޮތް ސުޒީއަށް ބޭރުފުށުން ލިބިފައިވާ އަނިޔާތަކަށް ފަރުވާ ދެވުނުނަމަވެސް ނަފްސާނީ ގޮތުން ލިބިފައިވާ އަނިޔާތަކަށް ފަރުވާ ހޯދުމަށް އެތައް ދުވަހެއް ނަގާނެ ކަމަށް ޑޮކްޓަރުން ބުނެއެވެ.  

ސުޒީ ފަދައިން މި އަނިޔާ ތަހައްމަލްކުރަމުންދާ އެތައް ހާސް ކުދިންނެއް މިއަދު ގާޒާގެ ފަސްގަނޑުގައި އެބަތިއްބެވެ. 

ފަލަސްޠީނުގެ ސިއްޙަތާބެހޭ ވަޒީރު މައި އަލްކައިލާ ވިދާޅުވީ އިސްރާއީލުގެ އިސްތިއުމާރީ ފައުޖުތަކުން ދެމުންދާ ހަމަލާތަކުގައި ފަލަސްތީނުގެ އެކި ސަރަޙައްދުތަކުގައި 7،000އަށްވުރެ ގިނަ މީހުން ޒަޚަމުވެފައިވާކަމަށެވެ. އަދި ޒަޚަމްވި މީހުންގެ ސީދާ އަދަދު ދަންނަވަން ދަތިވި ނަމަވެސް ފަލަސްތީނުގެ ހާލަތު އޮތީ މީގެ ކުރިން ގޯސްނުވާހާ ދެރަ ހާލަތެއްގައިކަމަށް އޭނާ ވިދާޅުވިއެވެ. ގާޒާއާއި ހުޅަނގު އައްސޭރިއަށް ހުއްޓުމުމެއްނެތި އިސްރާއީލުން ދެމުންދާ ހަމަލާތަކުގެ ސަބަބުން ކުޑަކުދިންނަށް ނަފްސާނީ އެހީތެރިކަން ވަރަށް އަވަހަށް ފޯރުކޮށްދޭންޖެހޭކަމަށް ވެސް އޭނާ ވިދާޅުވިއެވެ.

ކުޑަކުދިންގެ ހައްގުތައް ރައްކާތެރިކުރުމަށް ވަކާލާތުކުރާ ބައިނަލްއަގުވާމީ ޖަމުޢިއްޔާއެއްކަމަށްވާ ސޭވް ދަ ޗިލްޑުރަނުން ބުނީ ފާއިތުވި ހަފުތާގެ ތެރޭގައި ގާތްގަނޑަކަށް 60 ކުޑަކުދިން ޝަހީދުވެފައިވާއިރު، އިސްރާއީލުން ދެމުންދާ ވައިގެ ހަމަލާތަކުގައި ކޮންމެ ގަޑިއިރަކު ތިން ކުޑަކުދިން ޒަޚަމުވަމުންދާކަމަށެވެ. 

މަޔަކަށް ލިބޭނެ އެންމެ ބޮޑު ހިތާމައަކީ އޭނާ ނުވަމަހާ ނުވަދުވަހުން ބަނޑުއަޅައި ވިހޭ ދަރިފުޅު ތިމާގެ ކުރިމަތީ މަރުވެގެން ދިޔުމެވެ. އެދަރިން ބޮޑުވެގެން މަންމަގެ ހައްގުގައި ވާނެ ގުރުބާނީއާމެދު ކިތަންމެ އުންމީދެއް މައިމީހާ ކުރި ނަމަވެސް ފަލަސްތީނުގެ ހާލަތު މިއަދު އޮތް ގޮތުން އެއުންމީދުގައި ކުލަ ޖެހުމަކީ ދުރުކަމެކެވެ.

އިތުރަށް ކިޔާލަން

08 އޯގަސްޓު 2023

"ބަލަން ނުތިބޭނެ" ކަމަށް ބުނެ ދޭ ހިތްވަރުން، ބޭނުންވަނީ ލޭކައްކުވާލައި ގައުމު ހަމަނުޖެހުމަކަށް ދާން ބާ؟

08 އޯގަސްޓު 2023
"ބަލަން ނުތިބޭނެ" ކަމަށް ބުނެ ދޭ ހިތްވަރުން، ބޭނުންވަނީ ލޭކައްކުވާލައި ގައުމު ހަމަނުޖެހުމަކަށް ދާން ބާ؟
11 ޖުލައި 2023

ސަރުކާރުން ސަބްސިޑައިޒްކުރާ 'ޒުވާނުންގެ ހޮސްޓެލް' – ކާމިޔާބު މަޝްރޫއަކަށް ވެދާނެބާ؟

11 ޖުލައި 2023
ސަރުކާރުން ސަބްސިޑައިޒްކުރާ 'ޒުވާނުންގެ ހޮސްޓެލް' – ކާމިޔާބު މަޝްރޫއަކަށް ވެދާނެބާ؟
22 މެއި 2023

ޗައިނާގައި ވަޒީފާނެތް ޒުވާނުންގެ ނިސްބަތް ރިކޯޑު އަދަދަކަށް، ހާލަތު ދަނީ ގޯސްވަމުން

22 މެއި 2023
ޗައިނާގައި ވަޒީފާނެތް ޒުވާނުންގެ ނިސްބަތް ރިކޯޑު އަދަދަކަށް، ހާލަތު ދަނީ ގޯސްވަމުން
12 އޯގަސްޓު 2021

ގިނަ ޒުވާނުންގެ ހަޔާތް ބަރުބާދު ވެގެންދަނީ މަސްތުގެ "އިޝްގު" ގައި ޖެހިގެން

12 އޯގަސްޓު 2021
ގިނަ ޒުވާނުންގެ ހަޔާތް ބަރުބާދު ވެގެންދަނީ މަސްތުގެ "އިޝްގު" ގައި ޖެހިގެން
17 މާރިޗު 2021

އެނަމާ ބޯޓުގެ ކާރިސާ: ކޯސްޓްގާޑުގެ ޑައިވަރުން ގޮވައިގެން އައި ފްލައިޓް ކާނޑެއްދޫއަށް ޖެއްސުނީ ސައްދާމުގެ ހިތްވަރުން!

17 މާރިޗު 2021
އެނަމާ ބޯޓުގެ ކާރިސާ: ކޯސްޓްގާޑުގެ ޑައިވަރުން ގޮވައިގެން އައި ފްލައިޓް ކާނޑެއްދޫއަށް ޖެއްސުނީ ސައްދާމުގެ ހިތްވަރުން!
18 މެއި 2020

ކުޑަކުދިންނާއި ގުޅޭ މައްސަލަތައް ހުށަހެޅޭވަރު މަދު، އެއީ ހާލަތު ގޯސްވުން ކަމަށް ވެދާނެ

18 މެއި 2020
ކުޑަކުދިންނާއި ގުޅޭ މައްސަލަތައް ހުށަހެޅޭވަރު މަދު، އެއީ ހާލަތު ގޯސްވުން ކަމަށް ވެދާނެ
11 މާރިޗު 2019

''އިބޫ އޯކޭ އީ ކުޑަކުދިންނާއި ސަލާންކުރާތީ''

11 މާރިޗު 2019
''އިބޫ އޯކޭ އީ ކުޑަކުދިންނާއި ސަލާންކުރާތީ''
30 ޖުލައި 2018

ޓޫރިޒަމް އިންޑަސްޓްރީގައި ވަޒީފާ އަދާކުރާ ޒުވާނުންގެ މެދުގައި ގެންގުޅޭ ތަފާތު ކުރުންތައް ނައްތާލަން ޖެހޭ!

30 ޖުލައި 2018
ޓޫރިޒަމް އިންޑަސްޓްރީގައި ވަޒީފާ އަދާކުރާ ޒުވާނުންގެ މެދުގައި ގެންގުޅޭ ތަފާތު ކުރުންތައް ނައްތާލަން ޖެހޭ!
16 ޖުލައި 2018

ޒުވާނުންގެ އުއްމީދު ގުޅިފައިވަނީ ވަޒީފާއާ!

16 ޖުލައި 2018
ޒުވާނުންގެ އުއްމީދު ގުޅިފައިވަނީ ވަޒީފާއާ!
13 ނޮވެމްބަރު 2017

ހދ އަތޮޅު ޒުވާނުންގެ އިންޒާރު: ބައިސާ ނުކަނޑުއްވާ. އަދިވެސް މިތިބީ އެހާލުގަ

13 ނޮވެމްބަރު 2017
ހދ އަތޮޅު ޒުވާނުންގެ އިންޒާރު: ބައިސާ ނުކަނޑުއްވާ. އަދިވެސް މިތިބީ އެހާލުގަ
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލުޓާމްސް އޮފްޔޫސް