Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
ރިޕޯޓު
ޝެއިޚް ޖައްރާހު

ފަލަސްތީނުގެ އަޑު: އަހަރެމެންނަށް 1948ން ފެށިގެން ނޭވާއެއް ނުލެވޭ

ޔަހޫދީންގެ އަނިޔާވެރިކަމުގެ ތެރެއިން ހިތްދަތި އެތައް ހާދިސާއެއް ދަނީ ތަކުރާރު ވަމުން

ނަހުފާ މުހައްމަދު
ނަހުފާ މުހައްމަދު, ރާއްޖެ އެމްވީ | 10 މެއި 2021 | ހޯމަ 12:34
ޝެއިޚް ޖައްރާހުން ފަލަސްޠީނުގެ ވަޒަންވެރީން ދޮވެލުމަށް ޔަހޫދީން ހިންގާ ލާއިންސާނީ ހަރަކާތް

ޝެއިޚް ޖައްރާހުން ފަލަސްޠީނުގެ ވަޒަންވެރީން ދޮވެލުމަށް ޔަހޫދީން ހިންގާ ލާއިންސާނީ ހަރަކާތް

ފަލަސްތީނުގެ ޝަހަރުތަކުގެ ތެރެއިން އެންމެ މުހިއްމު ޝަހަރަކީ ގުދުސެވެ. އެއީ ފަލަސްތީނުގެ ނާރެހެވެ. ޒަމާނުއްސުރެ ސަމާވީ ދީންތަކުގެ އަހުލުވެރީން، ޚާއްސަކޮށް ޔަހޫދީން ގެންދަނީ ގުދުސްގެ މިލްކުވެރިކަމަށް ދައުވާ ކުރަމުންނެވެ. ޔަހޫދީން 1948 ވަނަ އަހަރު އިސްރާއީލުގެ ދައުލަތެއް ފަލަސްތީނުގައި ގާއިމު ކުރިއިރު ގުދުސް ދެބަޔަކަށް ބައިކޮށް، ހުޅަނގު ގުދުސަކީ އެމީހުންގެ ވެރި ރަށެއްގެ ގޮތުގައި ކަނޑައެޅިއެވެ. މި ގަޑުބަޑުގެ ތެރޭގައި ޒަޔަނިސްޓުން ވަނީ ގުދުސުގެ އަހުލުވެރީން އެބިމުން ފައްސާލާފައެވެ.

'ނަކްބާ'ގެ ނަމުން ނަންދެވިފައިވާ މި ގަޑުބަޑުގެތެރެއިން ފައްސާލެވުނު ފަލަސްތީނުގެ 28 އާއިލާއެއް ވަނީ އިރުމަތީ ގުދުސްގެ އަވަށެއް ކަމަށްވާ ޝެއިޚް ޖައްރާހުގައި ވަޒަންވެރިވެފައެވެ. އެމީހުން 1956 ވަނަ އަހަރު ޝެއިޚް ޖައްރާހުގައި ވަޒަންވެރިވީ، މިއީ އެމީހުންގެ ގެދޮރުން ނެރެލާނެ އެންމެ ފަހު ފަހަރު ކަމުގައި ހީކޮށްގެންނެވެ. އެއީ ޝެއިޚް ޖައްރާހުގައި ވަޒަންވެރިވި އާއިލާތަކުގެ ގެދޮރު ތިން އަހަރުން މިލްކުވާ ގޮތަށް އުރްދުންއާއި އދ ގެ ރެފިއުޖީ އޭޖެންސީއާއެކު އޭރު އެއްބަސްވުމެއް ގާއިމު ކުރެވިގެން ދިޔުމުމުންނެވެ. އެކަމަކު 1967 ވަނަ އަހަރު އިސްރާއީލުން އިރުމަތީ ގުދުސް ހިފުމުން އެކަން ވަނީ ނުވެފައެވެ.

ޝެއިޚް ޖައްރާހުގައި ދިރިއުޅެމުންދާ ފަލަސްތީނުގެ އާއިލާތައް އެމީހުންގެ ގޯތި ގެދޮރުން ނެރެލައި، އިސްރާއީލްގެ ޔަހޫދީ ވަޒަންވެރިންނާ ހަވާލުކުރުމަށް އިސްރާއީލްގެ ކޯޓުން ވަނީ ހުކުމްކޮށްފައެވެ. މި ހުކުމާއި ގުޅިގެން ކޯޓު އަމުރުތަކުގެ ދަށުން 2020 ވަނަ އަހަރުން ފެށިގެން ޝެއިޚް ޖައްރާހުގެ 13 އާއިލާއެއް އެމީހުންގެ ގޯތިގެދޮރުން ފައްސާލާފައިވެއެވެ. އިތުރު އާއިލާތަކެއް ގޯތިގެދޮރުން ނެރުމުގެ އަމުރެއް މިދިޔަ ހަފުތާގެ އާދީއްތަ ދުވަހު އިސްރާއީލްގެ ސުޕްރީމްކޯޓުން ވަނީ ނެރެފައެވެ.

އިސްރާއީލް ކޯޓުގެ މި އަމުރާއެކު އަވަށުގެ މަސްރަހު ވަނީ ވަރަށް ހޫނުވެފައެވެ. ކޯޓު އަމުރުގެ ދަށުން އަމިއްލަ ގޯތި ގެދޮރުން ގަދަބާރުން ނެރެލުމަށް ޔަހޫދީން ހިންގާ ހަރަކާތްތަކާ ދެކޮޅަށް ފަލަސްތީނުގެ އެކްޓިވިސްޓުން ގެންދަނީ ކެނޑިނޭޅި މުޒާހަރާ ކުރަމުންނެވެ. ފަލަސްތީނުގެ ރައްޔިތުން ކުރަމުންދާ މުޒާހަރާތައް ހުއްޓުވައި އެކްޓިވިސްޓުން ހައްޔަރުކުރުމުގައި އިސްރާއީލުގެ ފުލުހުން ގެންދަނީ އެމީހުންގެ އަނިޔާވެރިކަން ތަންމިނަށް ދައްކަމުންނެވެ. ޔަހޫދީންގެ މި އަނިޔާވެރިކަމުގެ ތެރެއިން ހިތްދަތި އެތައް ހާދިސާތަކެއް ދަނީ ތަކުރާރު ވަމުންނެވެ.

އޭގެތެރެއިން އެއް ހާދިސާއަކީ މިދިޔަ އަހަރުގެ މެއި މަހުގެ 25 ވަނަ އެމެރިކާގައި ހިނގި ފަދަ ހާދިސާއެކެވެ. އެމެރިކާގައި ކަޅު ނަސްލުގެ ޖޯޖް ފްލޮއިޑްގެ ކަނދުރާއަށް، ދޮން ނަސްލުގެ ޑެރެކް ޝޯވިންގެ ކަކުލުން އަރައި ނޭވާ ހާސްކޮށްލައިގެން ހިންގި ފަދަ ޖަރީމާއެއް ފަލަސްތީނުގައި ވެސް ވަނީ ތަކުރާރުވެފައެވެ.

ޖޯޖް ފްލޮއޑްގެ ނޭވާ ހާސްކޮށްލިހެން، މި މެއި މަހުގެ ފަސްވަނަ ދުވަހު ޝެއިޚް ޖައްރާހުގައި ޔަހޫދީ ސިފައިން ފަލަސްތީނުގެ ޒުވާނެއް ކަމަށްވާ އުމަރު އަލް ޚާތިބުގެ ނޭވާ ހާސްކޮށޤލިއެވެ. މި މަންޒަރު ވެސް ދުނިޔޭގެ ގިނަ ބަޔަކަށް ވަނީ ފެނިފައެވެ. ކުރިން ޖޯޖް ފްލޮއިޑްގެ ވީޑިއޯ މުޅި މީސް މީޑިއާގައި ދައުރުވީހެން މި ވީޑިއޯއާއި ފޮޓޯތައް ވެސް ދަނީ ދައުރުވަމުންނެވެ. އެކަމަކު މި އަނިޔާތަކާއި ގުޅިގެން އަޑު އުފުލަން ކެރުނީ މަދު ބަޔަކަށެވެ.

މިކަމާމެދު ފަލަސްތީނުގެ ރައްޔިތުންގެ ކުރާ ސުވާލަކީ ޖޯޖް ފްލޮއިޑާ މެދު ކަރުނަ އެޅިހެން އުމަރް އަލް ޚާތިބާ މެދު ދުނިޔެ ކަރުނަ ނޭޅީ އެއީ މުސްލިމެއް ވީމާ ހެއްޔެވެ؟ ޖޯޖް ފްލޮއިޑްގެ މަރުގެ ހާދިސާގައި މުޅި ދުނިޔެ ގޮވަމުން ދިޔައީ 'އަހަންނަށް ނޭވާއެއް ނުލެވޭ' މިހެންނެވެ. އެކަމަކު ޔަހޫދީންގެ ފައިދަށުގައި އަހަރެމެންނަށް 1948 ވަނަ އަހަރުން ފެށިގެން ނޭވާއެއް ނުލެވެއެވެ.

ފަލަސްތީނު

ކޮމެންޓް

އިތުރަށް ކިޔާލަން

އިޒްރޭލުން ވެސްޓު ބޭންކުގައި ޔަހޫދީން ވަޒަންވެރި ކުރުވުމަށް ގާތްގަނޑަކަށް 800 ގެ އެޅުމުގެ ހުއްދަދީފި

އިޒްރޭލުން ވެސްޓު ބޭންކުގައި ޔަހޫދީން ވަޒަންވެރި ކުރުވުމަށް ގާތްގަނޑަކަށް 800 ގެ އެޅުމުގެ ހުއްދަދީފި

10 ޑިސެމްބަރު 2025
އަލް-ގުދުސް ގައި ހުންނަ އަންރުވާ ގެ ކޮމްޕައުންޑަށް އިޒްރޭލު ފުލުހުން ވަދެގަނެފި

އަލް-ގުދުސް ގައި ހުންނަ އަންރުވާ ގެ ކޮމްޕައުންޑަށް އިޒްރޭލު ފުލުހުން ވަދެގަނެފި

09 ޑިސެމްބަރު 2025
އިސްލާޙު ބޭނުން ވަނީ އިސްރާއީލްގެ ސަރުކާރަށް، ފަލަސްޠީނަކަށް ނޫން: ސައުދީގެ އިސް ޑިޕްލޮމަޓް މަނާލް

އިސްލާޙު ބޭނުން ވަނީ އިސްރާއީލްގެ ސަރުކާރަށް، ފަލަސްޠީނަކަށް ނޫން: ސައުދީގެ އިސް ޑިޕްލޮމަޓް މަނާލް

08 ޑިސެމްބަރު 2025
ހަމާސް އިން ޣައްޒާ ގެ ވެރިކަން ކުރާކަށް ބޭނުމެއް ނޫން ކަމަށް ބުނެފި

ހަމާސް އިން ޣައްޒާ ގެ ވެރިކަން ކުރާކަށް ބޭނުމެއް ނޫން ކަމަށް ބުނެފި

06 ޑިސެމްބަރު 2025
ޣައްޒާ ހަނގުރާމައިގައި ޝަހީދުވެފައިވާ މީހުންގެ އަދަދު 70،000 އިން މައްޗަށް

ޣައްޒާ ހަނގުރާމައިގައި ޝަހީދުވެފައިވާ މީހުންގެ އަދަދު 70،000 އިން މައްޗަށް

30 ނޮވެމްބަރު 2025

އަހަރުތަކުން މިއަދު

11 މެއި
އިންޑިއާ އިން ދައްކަން ބޭނުންވި ގަދަފަދަކަން ފެނިގެން ދިޔައީ އޭގެ އިދިކޮޅެވެ!
20251 އަހަރު ކުރިން
ދުނިޔެ

އިންޑިއާ އިން ދައްކަން ބޭނުންވި ގަދަފަދަކަން ފެނިގެން ދިޔައީ އޭގެ އިދިކޮޅެވެ!

ކުޑައިރުގެ އެކުވެރިޔާ، ރައީސް ސާލިހުއާ އޮތް ގާތްގުޅުން ކަނޑާލުންވީ ފަސޭހަ ކަމަކަށް ނޫން: ރައީސް ނަޝީދު
20242 އަހަރު ކުރިން
ރާއްޖެ

ކުޑައިރުގެ އެކުވެރިޔާ، ރައީސް ސާލިހުއާ އޮތް ގާތްގުޅުން ކަނޑާލުންވީ ފަސޭހަ ކަމަކަށް ނޫން: ރައީސް ނަޝީދު

ފައިނަލްގެ ކުރިން އަލީ ވަހީދު: ހަތިޔާރު ހުރީ ތޫނުކޮށް، ތަށި ހޯދޭނެ
20233 އަހަރު ކުރިން
ކުޅިވަރު

ފައިނަލްގެ ކުރިން އަލީ ވަހީދު: ހަތިޔާރު ހުރީ ތޫނުކޮށް، ތަށި ހޯދޭނެ

ކީރިތި ކުރައްވަމުން އާޒިމާ: "މައްސަލައަށް 3 އަހަރުވީ، މިއީ 6 ވަނަ ފަނޑިޔާރު"
20224 އަހަރު ކުރިން
ރާއްޖެ

ކީރިތި ކުރައްވަމުން އާޒިމާ: "މައްސަލައަށް 3 އަހަރުވީ، މިއީ 6 ވަނަ ފަނޑިޔާރު"

ހަމަލާގެ ފަހުން ރައީސް ނަޝީދުގެ ފުރަތަމަ ބަސްފުޅު: ހެޔޮވެރިކަން ހޯދައިދިނުމުގައި ދެމިހުންނާނަން
20215 އަހަރު ކުރިން
ރާއްޖެ

ހަމަލާގެ ފަހުން ރައީސް ނަޝީދުގެ ފުރަތަމަ ބަސްފުޅު: ހެޔޮވެރިކަން ހޯދައިދިނުމުގައި ދެމިހުންނާނަން

ތޮއްޑޫއިން ކަރާގެ ތަފާތު މުޑުވަކެއް: ހުދު ކުލަ!
20197 އަހަރު ކުރިން
ރިޕޯޓު

ތޮއްޑޫއިން ކަރާގެ ތަފާތު މުޑުވަކެއް: ހުދު ކުލަ!

ވެރިމީހާ ގެއްލިގެން ހޯދި ސާމަރާ ދޫނި ފުލުހުން ހޯދައިދީފި
20188 އަހަރު ކުރިން
ރާއްޖެ

ވެރިމީހާ ގެއްލިގެން ހޯދި ސާމަރާ ދޫނި ފުލުހުން ހޯދައިދީފި

ރާއްޖެކުޅިވަރުދުނިޔެވިޔަފާރި - އިގްތިސާދުރިޕޯޓުފޮޓޯވާހަކަސިއްހަތުތަފާތު ޚަބަރުލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު