Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • ލައިފް ސްޓައިލް
ރިޕޯޓު
ސެލިންގެ ވާހަކަ

"ލޯބިވާ، މިހާރު ވަރަށް ކަންބޮޑުވެއްޖެ، ހެޔޮނުވާނެ ސަލާމަތުން ހުރިއްޔާ އަންގާލަ ދީބަލަ"

ޔާމީންގެ ހަބަރެއް ނުވުމުން ސެލިން ހިތަށް އެރީ ފުލުހުން އޭނާ ހައްޔަރުކުރީކަމަށް

ލީވާން އަލީ
ލީވާން އަލީ, ރާއްޖެ އެމްވީ | 29 އެޕްރީލު 2017 | ހޮނިހިރު 15:50
ޔާމީން ރަޝީދު (ކ) އާއި އޭނާގެ ލޯބިވެރިޔާ ސެލިން ޕެރޯނީ އާ އެކު

ޔާމީން ރަޝީދު (ކ) އާއި އޭނާގެ ލޯބިވެރިޔާ ސެލިން ޕެރޯނީ އާ އެކު

"ލޯބިވާ. މިހާރު ވަރަށް ކަންބޮޑުވެއްޖެ، ހެޔޮނުވާނެ ސަލާމަތުން ހުރިއްޔާ އަންގާލަ ދީބަލަ" މިއީ މަޝްހޫރު ބްލޮގަރ ޔާމީން ރަޝީދަށް އޭނާގެ ލޯބިވެރިޔާ ސެލިން ޕެރޯނީ އެންމެ ފަހުން ފޮނުވި މެސެޖެވެ. އެ މެ ސެޖަކަށް ޔާމީންގެ ފަރާތުން ސެލިން އަކަށް ޖަވާބެއް ނުލިބުނެވެ. އޭގެ ބަދަލުގައި ސެލިންއަށް ލިބުނީ އަނިޔާވެރިންގެ ރަހުމު ކުޑަ އެތި ފަހަރު ތަކަކުން ޔާމީންގެ ހަށިގަނޑާ ފުރާނަ ދެތަން ކޮށްލި ވާހަކައެވެ.

އެ ރޭގެ އެ ބިރުވެރި ހާދިސާ ހިނގުމާ ހަމައަށް ކަހަލަ ގޮތައް ސެލިން އާ ޔާމީންއާ ދެމީހުން ދިޔައީ ޓެކްސްޓް މެސެޖުން ވާހަކަ ދައްކަމުންނެވެ.

ކިތަންމެ ދުރުގައި ދެމީހުން ދިރިއުޅުނަސް ސެލިންގެ ވާހަކަތަކުން އެނގުނު ގޮތުގައި ސެލިން ގެންދިޔައީ ކޮންމެ އިރެއްގައިވެސް ޔާމީނަށް ވާނުވާ ބަލަމުންނެވެ.

ސެލިން ކިޔައިދިންގޮތުގައި އަނިޔާވެރިގޮތަކަށް، ޔާމީން މުޅި ހަށިގަނޑަށް ވަޅި ހަރައި މަރާލި ދުވަހު ދެމީހުން ވަރަށް ގިނަ ވަގުތު ވާހަކަ ދެއްކި ކަމަށާއި، މުޅި ދުވަހު ކަހަލަ ގޮތަކަށް ދެމީހުން މެސެޖުކޮށް ހެދި ކަމަށެވެ. އޭނާ ބުނީ މުޅި ދުވަހުވެސް ޔާމީން ވާހަކަ ދައްކާފައިވަނީ ވަރަށް ލޯބިން ކަމަށެވެ.

ޔާމީނަށްކުރި އެންމެ ފަހު މެސެޖާއި، ޔާމީނާއި އެރޭގައި ދެކެވުނު ވާހަކަތައް، އަދި ޔާމީންގެ ރަހުމު ކުޑަ މަރާއެކު ކުރެވުނު ހިތްދަތި އިހުސާސްތައް ބެލްޖިއަމްގެ ބްރަސްލްސްގައި ދިރިއުޅޭ ސެލިން ޕެރޯނީ ވަނީ ރާއްޖެޓީވީއަށް ކިޔައިދީފަ އެވެ.

ބްރަސަލްސްގައި ސެލިން ދިރިއުޅޭ އެޕާޓްމަންޓުގައި ޔާމީންގެ ހަނދާނުގައި އެލުވާފައިވާ ރަތް ފުއްޕާހަމެއް

ސެލިން ބުނީ ޔާމީނަށް ނުރައްކާ އޮތް ކަމުގެ އިހުސާސް އޭނާ އަށް އަބަދުވެސް ދިޔައީ ކުރެވެމުން ކަމަށެވެ. އެހެން ނަމަވެސް ބަޔެއްގެ ނުބައި ރޭވުމަކުން އެއް އިރެއްގައިވެސް ޔާމީންގެ ފުރާނަ ދުއްވާލަފާނެކަން ހީ ނުކުރާ ކަމަށެވެ. ސެލިން ބުނީ ޔާމީން އެންމެ ފަހުން އޭނާއަށް މެސެޖުކޮށްފައިވަނީ އޮފީހުގައި އުޅެ ގެއަށް ދިއުމަށް ނިކުންނަމުން ކަމަށެވެ. ސެލިން ބުނީ އޭނާ އިންތިޒާރު ކޮށްގެން ހުރީ ޔާމީން ގެއަށްވަދެ ހަމަޖެހިގެން ގުޅާނެ ކަމަށެވެ. އަދި އެކަނި ގެއަށް ދާކަން އެނގުމުން އެކަމާ ކަންބޮޑުވެގެން އެވާހަކަވެސް ޔާމީން ގާތު ސެލިން ބުންޏެވެ.

ސެލިން ބުނީ ޔާމީން އެކަނި ހިނގާފައި ގެއަށްދާ ކޮންމެ ދުވަހަކީ އަބަދުވެސް އޭނާ ކަންބޮޑުވާ ދުވަހެއް ކަމަށާއި، ކޮންމެ ދުވަހަކުވެސް ޔާމީން ގެއަށްދެވުމުން އޭނާއަށް ދެވުނު ކަމުގެ ޔަގީންކަން ދޭ ކަމަށެވެ. އެ ގޮތުން ޔާމީން މަރާލި ރޭވެސް ސެލިން ހުރީ ގެއަށް ވަނުމަށްފަހު ޔާމީންގެ ޚަބަރެއްވާނެ ކަމުގެ އިންތިޒާރުގައި ފޯނަށް ބަލަބަލައެވެ.

ޔާމީން ދެކެ އިންތިހާއަށް ލޯބިވާ ސެލިންގެ ހަނދާނުން އެންމެ ފަހުން ޔާމީން އާ ދެކެވުނު ވާހަކަތައް ފޮހެވިގެންނެއް ނުދާނެއެވެ. އެ މެސެޖްތައް އޭނާވަނީ ރައްކާ ކޮށްފައެވެ. ވަރަށް ދަންވަންދެން އޮފީހުގައި އުޅުމަށްފަހު ގެއަށް ދިއުމަށް ނުކުންނަމުން ޔާމީންއާ ސެލިން ދެއްކި ވާހަކަތަކަކީ:

ޔާމީން: ގެއަށް ދިޔުމުގެ މަގުމަތީގައި މިހާރު

ސެލިން: މިހާރު ވަގުތު ޖެހުނީ

ޔާމީން: ކޮންކަމަކަށް؟

ސެލިން: ގެއަށް ދާން

ޔާމީން: ނޫން

ސެލިން: އަހަރެން މި ނިމެނީ

ޔާމީން: K

ސެލިން: އަހަރެން މިއަދު ވަރަށް ނިދިން. އެކަމަކުވެސް ނިދަން އެނދަށް މި އަރަނީ.

ޔާމީން: މުޅި މަހަށްވާ ވަރަށްތަ އިސްތިރި ތިކުރަނީ

ސެލިން: ހަހަހަ.

ސެލިން: މި އޮތީ އެނދުމަތީގައި.

ސެލިން: ގެއަށް ދެވިއްޖެ؟

ސެލިން: ލޯބިވާ؟

ސެލިން: ނިދުނީތަ؟

ސެލިން: ނިދުމުގެ ކުރިން އަޑު އަހަން ބޭނުން.

ސެލިން: ލޯބިވާ؟ ގެއަށް ދެވުނުކަމަށް އުންމީދުކުރަން.

ސެލިން: ޖާން އޭ ތީ. ގެއަށް ދެވުނުކަން ކަށަވަރުކުރާނީ ކިހިނެއް؟

ސެލިން: މައްސަލައެއް ނެތް. ހެޔޮނުވާނެ ހޭލެވުނީމަ ހަބަރެއް ވައްޗޭ.

ސެލިން: ހުރިހާ ކަމެއްވެސް ރަނގަޅުކަމަށް އުންމީދުކުރަން. ވަރަށް ހަނދާންވޭ.

ސެލިން: ހާޓް އިމޯޖީއެއް.

ސެލިން: ލޯބިވާ. މިހާރު ވަރަށް ކަންބޮޑުވެއްޖެ. ހެޔޮނުވާނެ ސަލާމަތުން ހުރިއްޔާ އަންގާލަ ދީބަލަ.

ޔާމީން ރަޝީދު (ވ) އާއި އޭނާގެ ލޯބިވެރިޔާ (ކ) ސެލިން

ޔާމީންގެ ޚަބަރެއް ނުވެގެން ފުލުފުލުގައި ސެލިން ފޮނުވަމުން ގެންދިޔަ މެސެޖްތަކާއެކު އޭނާގެ ހިތައް ފުރަތަމަ އެރީ ފުލުހުން ޔާމީން ހައްޔަރު ކުރީ ކަމަށް، ސެލިން ބުންޏެވެ.

ސެލިން ބުނީ ޔާމީން މިހާރު ދުނިޔޭގައި ނެތްކަމީ ހަގީގަތެއް ކަން އޭނާއަށް ގަބޫލު ކުރަންޖެހިފައިވާ ކަމަށާއި އެކަމަކު ޔާމީންއާ ނުލާ ދިރިއުޅޭނެ ގޮތެއް އޭނާއަށް ނުވިސްނޭ ކަމަށެވެ.

ޔާމީންއާ ސެލިން ވިސްނާފައި އޮތީ، ސެލިން ޖުލައި މަހު ރާއްޖެއައިސް، ދެމީހުން އެކުގައި ރާއްޖެއިން ފުރައިގެން ދިއުމަށެވެ.

އެ އުއްމީދު ގައި ހުރި ސެލިންއަށް މި ލިބުނު ފުން ހިތާމައާއެކު އޭނާއަށް ރޭގަނޑު ރަނގަޅަށް ނުނިދޭ ކަމަށް ވަރަށް އަސަރާއެކު ކިޔައިދިނެވެ. ސެލިން މިހާރު އުޅެމުންދަނީ އެ ލިބުނު ހިތްދަތި ކަމާއެކު ނަފްސާނީ ޑޮކްޓަރެއްގެ އިރުޝާދާ އެކުގައެވެ.

"ޔާމީން ދެން އެނބުރި ނާންނާނެކަން ހިތައް އަރާ، ރޭގަނޑު ރަނގަޅަށް ނުނިދޭ" ސެލިން ބުންޏެވެ.

ސެލިން ބުނީ އަބަދުވެސް ހަނދާންވަނީ ޔާމީން މަތިން ކަމަށެވެ. ޔާމީން މަރާލި ރޭ އޭނާ ގެއަށްދިޔަ މަގުމަތީގައި ގުޅައިގެން ހުރެވުނު ނަމަ ހާދަ ރަނގަޅުވީހޭ ހިތަށް އަރާކަމަށްވެސް ސެލިން ބުންޏެވެ. އެހެން ނަމަ ފަހަރެއްގައި ހަމަލާދޭ މީހުން ފަސްޖެހިދާނެ ކަމަށްވެސް ހިތައް އަރާ ކަމަށް ސެލިން ބުންޏެވެ.

އުފާވެރި ދިރިއުޅުމަކަށް ސެލިންއާ ޔާމީން ކުރި އުއްމީދު ވިއްސިވިހާލި ކޮށްލީއެވެ. ހިތްއެދޭ ބައިވެރިޔާއެކު ހަޔާތުގެ ދުވަސްތައް ހޭދަކުރުމަށް ޔާމީން އާ ސެލިން ދެކެމުން ދިޔަ ހުވަފެންތައް އަނިޔާވެރިންގެ ޚަންޖަރުތަކުން ނެތި ކޮށްލީއެވެ. އެކުގައި ހީ ސަމާސާކޮށް އުޅުނު ދެ ލޯބިވެރިން އަބަދުގެ އަބަދަށް ދެތަން ކޮށްލީއެވެ. އެކަމަކު ޔާމީންގެ ހަނދާންތައް އެ ތޫނު ޚަންޖަރަކުންވެސް ސެލިންއާ ވަކި ނުކުރެވޭނެ ކަން ސެލިން ގެ ވާހަކަތަކުން ޔަގީން ވެއެވެ. ސެލިން ހުރީ ޔާމީނަށް އިންސާފު ހޯދައިދޭން ކޮންމެ ކަމެއްވެސް ކުރަން ތައްޔާރަށެވެ.

ކޮމެންޓް

އިތުރަށް ކިޔާލަން

އަތޮޅުތެރޭގައި ހޭންޑްބޯޅައިގެ ފޯރިގަދަކުރުން، ކުޅިވަރަށް ލިބޭނެ އިތުރު ކުރިއެރުމެއް

އަތޮޅުތެރޭގައި ހޭންޑްބޯޅައިގެ ފޯރިގަދަކުރުން، ކުޅިވަރަށް ލިބޭނެ އިތުރު ކުރިއެރުމެއް

26 މާރިޗު 2017
ފ. އަތޮޅު ޑީލާ މެދު ވަރަށް، ވަރަށް، ބޮޑަށް ރައްޔިތުން ކަންބޮޑުވާން ޖެހެއެވެ!

ފ. އަތޮޅު ޑީލާ މެދު ވަރަށް، ވަރަށް، ބޮޑަށް ރައްޔިތުން ކަންބޮޑުވާން ޖެހެއެވެ!

11 މާރިޗު 2017
އުތުރު ކޮރެއާ އާއި މެލޭޝިއާގެ ގުޅުން ވަރަށް ގޯސްވެއްޖެ! ނިމޭނީ ކިހާ ހިސާބަކުންބާ؟!

އުތުރު ކޮރެއާ އާއި މެލޭޝިއާގެ ގުޅުން ވަރަށް ގޯސްވެއްޖެ! ނިމޭނީ ކިހާ ހިސާބަކުންބާ؟!

07 މާރިޗު 2017
ސުނީ މިހާރު ދެކޭ އެންމެ ބޮޑު ހުވަފެނަކީ ޕްރިޔަންކާއާ އެކު ނެށުމެއް ހުށަހެޅުން!

ސުނީ މިހާރު ދެކޭ އެންމެ ބޮޑު ހުވަފެނަކީ ޕްރިޔަންކާއާ އެކު ނެށުމެއް ހުށަހެޅުން!

06 މާރިޗު 2017
ގުރުއާން ހިތުދަސްކުރި އޯޓިސްޓިކް ކުއްޖާ: އާދަޔާ ޚިލާފު ވާހަކަތަކެއް، ހިތްދަތި ތަޖުރިބާތަކެއް، މިހާރު އުފާވެރިކަން!

ގުރުއާން ހިތުދަސްކުރި އޯޓިސްޓިކް ކުއްޖާ: އާދަޔާ ޚިލާފު ވާހަކަތަކެއް، ހިތްދަތި ތަޖުރިބާތަކެއް، މިހާރު އުފާވެރިކަން!

28 ފެބުރުއަރީ 2017

އަހަރުތަކުން މިއަދު

14 ޖެނުއަރީ
މިނިސްޓަރ އިހްސާން އިންނެވީ ޑީއެންއާރުގެ މީޓީން ރޫމުގައި: މުވައްޒަފުން
20251 އަހަރު ކުރިން
ރާއްޖެ

މިނިސްޓަރ އިހްސާން އިންނެވީ ޑީއެންއާރުގެ މީޓީން ރޫމުގައި: މުވައްޒަފުން

ބޭކަރީއެއްގެ ޝެފަކު ތައްޔާރުކުރި ކާއެއްޗަކަށް ފާޑުކިއުމުން ޙަމަލާދިން މައްސަލައިގައި ޝެފް 7 އަހަރަށް ޖަލަށް
20242 އަހަރު ކުރިން
ރާއްޖެ

ބޭކަރީއެއްގެ ޝެފަކު ތައްޔާރުކުރި ކާއެއްޗަކަށް ފާޑުކިއުމުން ޙަމަލާދިން މައްސަލައިގައި ޝެފް 7 އަހަރަށް ޖަލަށް

ބަރަބޯ އޮށުގެ ފައިދާ
20233 އަހަރު ކުރިން
ރިޕޯޓު

ބަރަބޯ އޮށުގެ ފައިދާ

11 ފަންނާނުންނާއެކު ޕެޓްރޯލް އޮފިސީ ސެލެބްރިޓީ ރޭސް ލޯންޗުކޮށްފި
20224 އަހަރު ކުރިން
ރާއްޖެ

11 ފަންނާނުންނާއެކު ޕެޓްރޯލް އޮފިސީ ސެލެބްރިޓީ ރޭސް ލޯންޗުކޮށްފި

ރާއްޖޭގެ އެންމެ ބޮޑު ރިސޯޓް، ރެއަކަށް 80،000 ޑޮލަރު
20215 އަހަރު ކުރިން
ވިޔަފާރި-އިގްތިސާދު

ރާއްޖޭގެ އެންމެ ބޮޑު ރިސޯޓް، ރެއަކަށް 80،000 ޑޮލަރު

އަރިހުގައި ހުންނަވައި ލަތީފު މަޅާލަން އަތް ނެންގެވުމުން ކޮސްވެއްޖެ!؟
20197 އަހަރު ކުރިން
ރިޕޯޓު

އަރިހުގައި ހުންނަވައި ލަތީފު މަޅާލަން އަތް ނެންގެވުމުން ކޮސްވެއްޖެ!؟

66.38 މިލިއަން ޑޮލަރު: ދިވެހި ދައުލަތުން ކުރި އެންމެ ބޮޑު ވައްކަން
20188 އަހަރު ކުރިން
ރިޕޯޓު

66.38 މިލިއަން ޑޮލަރު: ދިވެހި ދައުލަތުން ކުރި އެންމެ ބޮޑު ވައްކަން

ރާއްޖެކުޅިވަރުދުނިޔެވިޔަފާރި - އިގްތިސާދުރިޕޯޓުފޮޓޯވާހަކަސިއްހަތުތަފާތު ޚަބަރުލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު