Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • ލައިފް ސްޓައިލް
ރިޕޯޓު
ކައިވެނި

ހުރިހާ ވަގުތެއް ހޭދަކުރަނީ އެކުގައި، މިއަދު ދުނިޔޭގައި ނެތަސް ލޯބިވާ ތުއްތު ކަމަނަގެ ހަނދާން ފަނޑުވުމެއް ނެތް!

މިއަދު ތުއްތު ކަމަނަ ގާތުގައި ނެތް ނަމަވެސް ކަމަނަގެ ހަނދާންތައް އައުކުރޭ

ލައިޝާ އަހްމަދު
ލައިޝާ އަހްމަދު, ރާއްޖެ އެމްވީ | 20 ފެބުރުއަރީ 2020 | ބުރާސްފަތި 17:10
އަލީ ޒަކަރިއްޔާއާއި ތުއްތު ކަމަނަ

އަލީ ޒަކަރިއްޔާއާއި ތުއްތު ކަމަނަ

"ލޯބިން ގުޅޭ ދެހިތެއް ސަފުން ވަކި ކުރެވިދާނޭތޯ، ލޯބީގެ ރޫޙާނީ ޣިޒާ ފަހެ ނުލިބިދާނޭތޯ،

އުދަ އަސްތަވާ ކަމުގައި ވަނީނަމަ ތަރިރު ހަނދު މިގޮތަށް، ޤުދުރަތުގެ ޓެލެފޯނުން ޚަބަރު ފަހެ ނުލިބިދާނޭތޯ"

ހޯރަފުށީ އަލްމަރުޙޫމް އާދަމް ސަލީމް ހައްދަވައި، އެ ރަށު އަލްމަރުޙޫމާ ފަރިދާ މުޙައްމަދު ފުޅު ކިއުއްވާފައިވާ މި ޅެމަކީ ލޯބީގެ އަސަރު ގަދަ ޅެމެކެވެ. މިއަދުވެސް އެތައް ބައެއްގެ ހިތުގައި ބިންވަޅު ނެގިފައިވާ މި ޅެމުގައި ބުނާ ވާހަކަތައް ވަރަށްވެސް ފުރިހަމައެވެ. ތެދެކެވެ. ލޯބިން ގުޅޭ ދެހިތެއް ސަފުން ވަކި ކުރެވިދާނެތޯއެވެ؟ ދިރިއުޅުމުގައި ދިމާވާ ދަތި އުނދަގޫތަކާއި ތަކުލީފުތަކުގެ ސަބަބުން އެ ލޯބި ފަނޑުވެދާނެތޯއެވެ؟ ލޯބީގެ ރޫޙާނީ އުފާ ޙާޞިލު ކުރުމަކީ ނުކުރެވޭނެ ކަމެއްތޯއެވެ؟ ނުވަތަ ލޯތްބަކީ ހަމައެކަނި މާއްދީ އެއްޗެއްތޯއެވެ؟ މީ ހައްތަހާވެސް މި ލަވައާއެކު އުފެދިގެންދާ ޝުޢޫރުތަކެކެވެ.

މިއަދު މި ދައްކަން އުޅެނީ އެ ބީދައިން ލޯބީގެ ރޫޙާނީ ޢިޒާ (އުފާ) ޙާސިލުކުރަމުންދާ ފިރިއެއްގެ ވާހަކައެވެ. ޢަލީ ޒަކަރިއްޔާ (83) އާއި އޭނާގެ ލޯބިވާ ތުއްތު ކަމަނަ (73) ގެ ވާހަކައެވެ. މިއަދު ތުއްތު ކަމަނަ ގާތުގައި ނެތް ނަމަވެސް ކަމަނަގެ ހަނދާންތައް ދިރުވާ އާ ކުރަމުން ލޯބީގެ ރޫޙާނީ ޢިޒާ އަލީ ޒަކަރިއްޔާ ދަނީ ޙާޞިލު ކުރަމުންނެވެ. ގާތުގައި ނެތް ނަމަވެސް "ޤުދުރަތުގެ ޓެލެފޯނުން" ޢަލީ ޒަކަރިއްޔާއާއި ތުއްތު ކަމަނަގެ ލޯބި ދަނީ އާވެ އާރޯވަމުންނެވެ.

ރަށު މީހުން ބުނާ ގޮތުގައި އއ މަތިވެރިއަށް ނިޞްބަތްވާ ޢަލީއާއި ތުއްތު ކަމަނައަކީ ލޯބީގެ ލާމަސީލު މިސާލެކެވެ. ދިރިއުޅުމުގައި ދިމާވި ހުރިހާ އުފަލަކާއި ހިތާމައެއްވެސް އެކުގައި ޙިއްސާކުރި ނަމޫނާ ދެމަފިރިންނެވެ. މި ދެމަފިރިންގެވެސް އެންމެ ޚާއްޞަ ކަމަކީ ދާ ކޮންމެ ތަނަކަށްވެސް އެކުގައި އަތުގައި ހިފާލައިގެން ދިއުމެވެ. ދެމަފިރިން އެންމެ ލޯބިން ހޭދަކުރާ އެއް ވަގުތަކީ އެކުގައި އަތުގައި ހިފާލައިގެން މިސްކިތަށް ދާ ވަގުތެވެ. އެގޮތުން މި ދެމަފިރިންނަކީ ބަރާބަރަށް ނަމާދުކުރާ، އެކުގައި އަޅުކަމުގައި ހޭދަކުރާ ދެމީހުންކަމަށް ރަށު މީހުން ބުނެއެވެ.

އޭގެ އިތުރުން، ހަވީރު ފިންޏަށް ދެމަފިރިން އެކުގައި ހިނގާލަން ނުކުތުމަކީވެސް އާދައިގެ މަތިން ކޮށް އުޅުނު ކަމެއްކަމަށް މީހުން ބުނެއެވެ.

އެކުގައި އަޅުކަން ކުރުމުގައި ވަގުތު ހޭދަ ކުރުމުގެ އިތުރުން މި ދެމަފިރިންނަކީ އެކުގައި ސަމާސާކޮށް އުފާވެރި ވަގުތުތައް ހޭދަ ކުރުމަށްވެސް ޚާއްޞަ އިސްކަމެއް ދިން ދެމީހުންނެވެ. އެގޮތުން އެކުގައި "އޮއްވަޅު" ގޮނޑި ކުޅުމަކީ އުފާވެރި ވަގުތުކޮޅެއް ހޭދަކުރުމަށް ދެމަފިރިން ޢާންމުކޮށް ކޮށް އުޅުނު ކަމެއްކަމަށްވެއެވެ. އަވަދިނެތި ދަރިންގެ ކަންކަން ބަލަމުންވެސް ދެމަފިރިން އެކުގައި ހީ ސަމާސާ ކުރުމަށް ވަގުތު ހުސްކުރެއެވެ.

އެރަށުން މަޢުލޫމާތު ދިން މީހުން ބުނާ ގޮތުގައި ފިރިމީހާ ބަލިވެއްޖެ ނަމަ، ތުއްތު ކަމަނަ އަބަދުވެސް އޭނާ ގާތުގައި ހޭލާ އެހީތެރިއަކަށް އިނދެއެވެ. ތުއްތު ކަމަނަ ބަލިވެއްޖެ ނަމަ، އޭނާއަށް ޚިދުމަތް ކުރުމުގައި ޢަލީގެ ހުރިހާ ވަގުތެއް ހުސްކޮށްލައެވެ.

ނަމަވެސް މި ދެމަފިރިންގެ ލޯބި ދިރިއުޅުން ބަނަވެގެން ދިޔައީ ބަލިވެ އުޅުމަށްފަހު ލޯބިވާ އަނބިމިހާ ކުއްލި ގޮތަކަށް ނިޔާ ވުމުންނެވެ. އަނބިމީހާގެ މަރަކީ ޢަލީގެ ދިރިއުޅުމަށް ބޮޑު އެކަނިވެރިކަމެއް ގެނުވި ކަމެކެވެ. ޢާއިލާއާއެކު ވަގުތު ހޭދަ ކުރި ނަމަވެސް ތުއްތު ކަމަނަގެ ފަޅުކަން ޢަލީގެ ދިރިއުޅުމުން ފިލުވައެއް ނުލެވެއެވެ. އޭނާ އަދިވެސް ދަނީ ތުއްތު ކަމަނަގެ ހަނދާންތައް އައު ކުރަމުންނެވެ. އެކުގައި އަތުގައި ހިފައިގެން މިސްކިތައް ދިޔަ ބީދައިން އަދިވެސް ބަރާބަރަށް މިސްކިތައް ދެއެވެ. މިސްކިތުގައި ޤުރުއާން ކިއެވުމުގައި ގިނަ ވަގުތުތަކެއް ހޭދަކުރެއެވެ. ލޯބިވާ ކަމަނަގެ ހަނދާން އައު ކުރުމުގައި ދެމިހުރީ ދެގޮތެއް ނުވެއެވެ. ލޯބީގެ ރޫޙާނީ ޢިޒާ ލިބިގަތުމުގައި ވަގުތުތައް ހޭދަކުރަނީ ކެތްތެރިކަމާއެކުއެވެ.

ކޮންމެއަކަސް ޢަލީ ޒަކަރިއްޔާއާއި ތުއްތު ކަމަނައަކީ ނަމޫނާ ދެމަފިރިންނެވެ. ކައިވެނީގެ މަތިވެރި ގުޅުމުގެ ޤަދަރު އެގޮތުގައި ހިފެހެއްޓި ދެމަފިރިންނެވެ. ލޯބިން ގުޅޭ ދެ ހިތެއް ސަފުން ވަކި ނުކުރެވޭނެކަން އަދުގެ ޒުވާން ޖީލަށް ސާބިތުކޮށްދިން ދެމަފިރިންނެވެ.

މާތް ﷲ ތުއްތު ކަމަނަގެ ފުރާނައަށް ސުވަރުގޭގެ ދާއިމީ ނިޢުމަތް ދެއްވާށިއެވެ!

ކޮމެންޓް

އިތުރަށް ކިޔާލަން

މިއަހަރުގެ ފަހު ދައުރަށް މަޖިލިސް ޖަލްސާތައް މިއަދު ފަށަންޖެހޭ، އެކަމަކު ޖަލްސާއެއް ނުބޭއްވި!

މިއަހަރުގެ ފަހު ދައުރަށް މަޖިލިސް ޖަލްސާތައް މިއަދު ފަށަންޖެހޭ، އެކަމަކު ޖަލްސާއެއް ނުބޭއްވި!

02 އޮކްޓޯބަރު 2017
ދުނިޔޭގައި މިއަދު އެންމެ އަގު ބޮޑީ ތެލެއް ނޫން، ޑޭޓާ!

ދުނިޔޭގައި މިއަދު އެންމެ އަގު ބޮޑީ ތެލެއް ނޫން، ޑޭޓާ!

14 ސެޕްޓެމްބަރު 2017
މިއަދު އުރީދޫގެ ސްޓާފުންނާއި ޑިޕާޓްމަންޓްތަކުން ފެނުނީ އެހެން މަންޒަރެއް!

މިއަދު އުރީދޫގެ ސްޓާފުންނާއި ޑިޕާޓްމަންޓްތަކުން ފެނުނީ އެހެން މަންޒަރެއް!

06 އޯގަސްޓު 2017
މިއަދު އަދީބަށް ޕެނަޑޯލް ގުޅައެއް ދިއްކޮށްލަންވެސް ނިހާނުމެން ނުކުޅެދިފަ!

މިއަދު އަދީބަށް ޕެނަޑޯލް ގުޅައެއް ދިއްކޮށްލަންވެސް ނިހާނުމެން ނުކުޅެދިފަ!

11 ޖުލައި 2017
މިއީ ދުނިޔޭގައި އެންމެ ގިނަ ޕީއެޗްޑީ ހޯލްޑަރުން ތިބި ގައުމުތައް!

މިއީ ދުނިޔޭގައި އެންމެ ގިނަ ޕީއެޗްޑީ ހޯލްޑަރުން ތިބި ގައުމުތައް!

27 ޖޫން 2017

އަހަރުތަކުން މިއަދު

12 ޖެނުއަރީ
މެމްބަރު ޒިޔާދުގެ ފޯމުގައި ހެކިވެރިންގެ ގޮތުގައި ސޮއިކޮށްފައިވަނީ ރ. އަލިފުށީ އައިމިނަތު އަލީ އާއި ސ.ހުޅުދޫ އަލީ އިޒްހާން
20251 އަހަރު ކުރިން
ރާއްޖެ

މެމްބަރު ޒިޔާދުގެ ފޯމުގައި ހެކިވެރިންގެ ގޮތުގައި ސޮއިކޮށްފައިވަނީ ރ. އަލިފުށީ އައިމިނަތު އަލީ އާއި ސ.ހުޅުދޫ އަލީ އިޒްހާން

ސަރުކާރުގެ ކެންޑިޑޭޓު ބަލިކުރައްވައި، ބޮޑު ތަފާތަކުން އާޒިމް ގޮނޑި ކާމިޔާބުކުރައްވައިފި
20242 އަހަރު ކުރިން
ރާއްޖެ

ސަރުކާރުގެ ކެންޑިޑޭޓު ބަލިކުރައްވައި، ބޮޑު ތަފާތަކުން އާޒިމް ގޮނޑި ކާމިޔާބުކުރައްވައިފި

ކުރީގެ ރައީސް މައުމޫން ހޮސްޕިޓަލްގައި އެޑްމިޓްކޮށްފި
20233 އަހަރު ކުރިން
ރާއްޖެ

ކުރީގެ ރައީސް މައުމޫން ހޮސްޕިޓަލްގައި އެޑްމިޓްކޮށްފި

ރާޝިދުގެ ކެމްޕެއިނަށް ވަޑައިގެންނެވުމުން، ހުސައިންގެ ދަރިކަނބަލުން ނަޝާއަށް ހޫނު ތަރުހީބެއް!
20224 އަހަރު ކުރިން
ރާއްޖެ

ރާޝިދުގެ ކެމްޕެއިނަށް ވަޑައިގެންނެވުމުން، ހުސައިންގެ ދަރިކަނބަލުން ނަޝާއަށް ހޫނު ތަރުހީބެއް!

ރިސޯޓު މުވައްޒަފުން ކަރަންޓީނު ނުވެ، އާއިލާ ކައިރިއަށް ދެވެންޖެހޭ: ޑރ މައުސޫމް
20215 އަހަރު ކުރިން
ރާއްޖެ

ރިސޯޓު މުވައްޒަފުން ކަރަންޓީނު ނުވެ، އާއިލާ ކައިރިއަށް ދެވެންޖެހޭ: ޑރ މައުސޫމް

ރައީސް ސޯލިހްގެ ނަސޭހަތް: އަގުބޮޑު މެޑެލް ކަމުގައި ހަދަންވީ ރިވެތި އަދަބާއި އިސްލާމީ އަހްލާގު
20197 އަހަރު ކުރިން
ރާއްޖެ

ރައީސް ސޯލިހްގެ ނަސޭހަތް: އަގުބޮޑު މެޑެލް ކަމުގައި ހަދަންވީ ރިވެތި އަދަބާއި އިސްލާމީ އަހްލާގު

ދަރިފުޅު ބަނޑަށް މަރުވެފައިވާތާ ހަފްތާއެއް، އަދިވެސް ބަނޑުން ދަރިފުޅު ނުނަގާ!
20188 އަހަރު ކުރިން
ރާއްޖެ

ދަރިފުޅު ބަނޑަށް މަރުވެފައިވާތާ ހަފްތާއެއް، އަދިވެސް ބަނޑުން ދަރިފުޅު ނުނަގާ!

ރާއްޖެކުޅިވަރުދުނިޔެވިޔަފާރި - އިގްތިސާދުރިޕޯޓުފޮޓޯވާހަކަސިއްހަތުތަފާތު ޚަބަރުލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު