Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
Advertisement - newsAdvertisement
ރާއްޖެއިސްރާއީލުން އުފައްސދާ މުދާ މަނާކުރުން

25 ޖުލައި 2014ށް ފަހު އިސްރާއިލުން އުފައްދާ އެއްވެސް މުދަލެއް އެތެރެނުކުރާކަމުގެ ޔަޤީންކަން ދީފި

18 މެއި 2021 | އަންގާރަ 14:26

ޣައްޒާއަށް ދެމުން ދިޔަ ހަމަލާތަކުގެ ސަބަބުން އިސްރާއީލާއެކު ބާއްވަމުން އައި ހުރިހާ ގުޅުމެއް 2014ގައި ރާއްޖެއިން ވަނީ ކަނޑާލާފައި

އިސްމާއިލް އާޒިމް
އިސްމާއިލް އާޒިމް | 18 މެއި 2021 | އަންގާރަ 14:26
ކޮމިޝަނަރ ޖެނަރަލް އޮފް ކަސްޓަމްސް އަބްދުﷲ ޝަރީފް

ކޮމިޝަނަރ ޖެނަރަލް އޮފް ކަސްޓަމްސް އަބްދުﷲ ޝަރީފް

25 ޖުލައި 2014ށް ފަހު އިސްރާއިލްގައި އުފައްދާ އެއްވެސް މުދަލެއް ރާއްޖެ އެތެރެވެފައެއް ނުވާކަމަށް މޯލްޑިވްސް ކަސްޓަމްސް ސަރވިސްއިން ބުނެފިއެވެ.

ރާއްޖެއަށް އިސްރާއީލުން އުފައްދާ ތަކެތި އެތެރެ ކުރުން މަނާކޮށްފައި ވަނީ 25 ޖުލައި 2014ގައެވެ. މިގޮތައް ނިންމާފައިވަނީ ޣައްޒާއަށް އޭރު އިސްރާއީލުން ދެމުން ދިޔަ ހަމަލާތަކުގެ ސަބަބުން އިސްރާއީލާއެކު ބާއްވަމުން އައި ހުރިހާ ގުޅުމެއް ކަނޑާލުމަށް ނިންމުމާއި ގުޅިގެންނެވެ. ކަސްޓަމްސްއިން ވަނީ މިނިސްޓްރީ އޮފް އިކޮނޮމިކް ޑިވެލޮޕްމަންޓުގެ އިޢްލާނުން އިސްރާއީލުގައި އުފައްދާ ތަކެތި 25 ޖުލައި 2014ން ފެށިގެން ދިވެހިރާއްޖެއަށް އިމްޕޯޓްކުރުން މަނާކަން އަންގާފައިވާތީ، އެދުވަހުން ފެށިގެން އިސްރާއީލުގެ އުފެއްދުންތައް ދިވެހިރާއްޖެއަށް އެތެރެވިޔަ ނުދޭކަމަށް ވަނީ ބުނެފައެވެ.

Advertisement - newsAdvertisement

އިސްރާއީލުގެ އުފެއްދުންތައް 2014އިން ފެށިގެން އެތެރެ ނުކުރާކަމުގެ ޔަޤީން ދީފައި މިވަނީ އިސްރާއީލުން ފަލަސްތީނުގެ ރައްޔިތުންނާއި ދެކޮޅަށް ހިންގާ ލާއިންސާނީ އަމަލުތައް އިތުރުވެ އެ ޤައުމުގެ ހައްޤުގައި ގިނަ ދިވެހި ރައްޔިތުންތަކެއް ނިކުމެފައިވާ ދަނޑިވަޅެއްގައެވެ. އެގޮތުން ސޯޝަލް މީޑިއާގައި ފްރީ ޕަލަސްޓައިން ހޭޝްޓެގް ބޭނުންކޮށްގެން ކެމްޕޭނެއް ވަނީ ފަށާފައެވެ. އަދި ދިހިން ވަނީ ރާއްޖެ ފަލަސްތީނާއެކު ވާކަން ހާމަކޮށްދިނުމަށް ރާއްޖޭގެ ހުރިހާ ކަންކޮޅުތަކުން އެއްވަގުތެއްގައި ފަލަސްތީނުގެ ދިދަ ހިފައިގެން ގެތަކުގެ ބެލްކަންޏަށް ނިކުމެ ރަމްޒީ ހަރަކާތެއް ވެސް ކުރިއަށް ގެންގޮސްފައެވެ. މި ހަރަކާތްތަކުގައި ދިވެހިން ވަނީ އިސްރާއީލްގެ ލާއިންސާނީ އަމަލުތައް ހުއްޓުވާ ޖަވާބުދާރީކުރުމަށް ގޮވާލާފައެވެ. އަދި ދިވެހިރާއްޖެއިން އިސްރާއީލާއެކު ހުރިހާ ގުޅުމެއް ކަނޑާލާ އެޤައުމުން އެއްވެސް އެއްޗެއް އެތެރެކުރުން މަނާކުރުމަށް ވަނީ ގޮވާލާފައެވެ.

ރާއްޖެފަދަ މުސްލުމް ޤައުމުތަކާއި ގުޅުން ބަދަހުކުރަން އެދޭކަން އިސްރާއީލުން ދަނީ އަބަދުވެސް ފާޅުކުރަމުންނެވެ. އެގޮތުން ރާއްޖޭގައި އިސްރާއީލުގެ ފްލައިޓް ޖެއްސުމުގެ ހުއްދައަށްވެސް އިސްރާއީލު ސަރުކާރުން ވަނީ އެދިފައެވެ. އެހެންނަމަވެސް މިކަމަށް ދިވެހި ސަރުކާރުން އިންކާރުކޮށް ދިވެހިންނަކީ އަބަދުވެސް ފަލަސްތީނުގެ މުސްލިމް އަޚުންނާއި އުޚުތުންނާއެކުވާނެ ޤައުމެއްކަން ވަނީ ސާބިތުކޮށްދީފައެވެ. އެހެންންމަވެސް، މިފަދަ މިސާލުތައް ދެއްކުމުގައި ބައެއް މުސްލިމް ޤައުމުތަކާއި ފަލަސްތީނުގެ އަވައްޓެރިންގެ ގޮތުގައި ތިބި އަރަބި ޤައުމުތައް ނުކުޅެދުމުން އެކަމުގެ ފާޑުކިޔުންތައް އެޤައުމުތަކަށް ދަނީ އަމާޒުވަމުނެވެ.

އެމެރިކާގެ ކުރީގެ ރައީސް ޑޮނަލްޑު ޓްރަންޕުގެ ސަރުކާރުގެ އެހީތެރިކަމާއެކު ގިނަ ޢަރަބި ޤައުމުތަކަކުންވަނީ ފަލަސްތީނުގެ ބިންތައް އިސްތިޢުމާރުކޮށްފައިވާ އިސްރާއީލާއެކު ގުޅުންބަދަހިކޮށްފައެވެ. އަބްރަހަމު އެކޯޑުގެ ދަށުން އިސްރާއީލާއެކު ގުޅުން ބަދަހިކުރި ޢަރަބި ޤައުމުތަކުގެ ތެރޭގައި މިޞްރާއި ޔޫއޭއީއާއި ބަޙްރައިނާއި މަޣްރިބާއި އުރުދުންނާއި ސޫދާން ހިމެނެއެވެ. އިސްރާއީލާއެކު ޚާރިޖީ ގުޅުން ބަދަހިކުރުމުގެ އިތުރުން ސަލާމަތީ ދާއިރާއިންނާއި ޖާސޫސީ ދާއިރާއިން ގުޅުން ބަދަހިކުރުމަށްވެސް އެ ޤައުމުތަކުން އެއްބަސްވިއެވެ.

މީގެ އިތުރުން މި މައްސަލަ ހައްލުކޮށް ހަމަލާދިނުން ހުއްޓުވުމަށް ދުނިޔޭގެ ބޮޑެތި ޤައުމުތަކާއި ބާރުގަދަ ޖަމިއްޔާތައްވެސް ވަނީ ނުކުޅެދިފައެވެ. އެގޮތުން ދުނިޔޭގެ އަމަނާއި ސުލްހައްއަށް މަސައްކަތްކުރާ އ.ދ،އިން ވެސް އިސްރާއީލްގެ ކުރިމަތީގައި ކުޑަކަކޫ ޖަހާފައިވާކަމަށް ގިނަ ބަޔަކުދަނީ ބުނަމުންނެވެ. އެގޮތުން އެއިދާރާގެ އެންމެ ބާރުގަދަ ކައުންސިލް އަދި ދުނިޔޭގެ ހަމަނުޖެހުން ހުއްޓުވުމަށް ހަޤީޤީ ބާރު ލިބިފައިވާ ސެކިއުރިޓީ ކައުންސިލުން ފަލަސްތީނުގެ ދިފާޢުގައި ގަރާރު ނެރުން ތިންވަނަ ފަހަރަށް އެމެރިކާއިން ވީޓޯކޮށް ވަނީ ނާކާމިޔާބުކޮށްލާފައެވެ.

އ.ދ. އަށް އެންމެ ގިނައިން ފަންޑްކުރާ އަދި ސެކިއުރިޓީ ކައުންސިލްގެ ދާއިމީ މެމްބަރެއކަމުގައިވާ އިންސާނީ ހައްޤުތަކުގެ ވަކާލާތުކުރުމުގައި އެންމެ ކުރީ ސަފުގައި އޮތްކަމަށް ދައުވާކުރާ އެެމެރިކާއިން ދަނީ އަނިޔާވެރި ލާއިންސާނީ އަމަލުތައް ހިންގާ އިސްރާއީލުގެ އަމަލުތައް ދިފާޢުކޮށް އެ އަމަލުތަކަށް އެހީވުމަށް އަސްކަރީގޮތުންނާއި މާލީގޮތުންވެސް އެހީތެރިވަމުންނެވެ. މިކަމާއި ގުޅިގެން ބައިނަލްއަޤްވާމީ މުޖުތަމަޢުއިން ދަނީ އެ ޤައުމަށް ބޮޑެތި ފާޑުކިޔުންތަކެއްވެސް އަމާޒުކުރަމުންނެވެ.

ފަލަސްތީނު

އެންމެ ހިނގާ

1

ތުރުކީން ޓްރަމްޕް ފުރާވަޑައިގަންނަވާއިރު ކޮނޑުމަތީގައި ފޮނުވާލާ މިސައިލަކުން ހަމަލާދޭން އޮތީ ރާވާފައި: ރިޕޯޓް

2

ސްޕޯޓްސް މިނިސްޓްރީގެ ސްޓޭޓް މިނިސްޓަރު ލަތީފް ކުއްލި ގޮތަކަށް މަޤާމުން ވަކިކޮށްފި

3

"އަދަބުވެރިކަން ނެތުމުގެ" ސަބަބުން ދަނބިދަރިފުޅުގެ ޝާހީ ލަގަބުތައް ބުރޫނާއީގެ ރަސްގެފާނު އަތުލައްވައިފި

4

އެމެރިކާއާއި އީރާނުގެ މަޝްވަރާތައް މަރުތަޅުއެޅިފައި - އެންމެ ފަހުގެ ތަފުސީލު

5

އީރާނުގެ އަސްކަރީ ގާބިލިއްޔަތު އިއާދަކުރަމުންދާ ހަލުވި މިނުގެ ސަބަބުން އިސްރާއީލަށް ސިހުން: ޖެރޫސަލަމް ޕޯސްޓް

އިތުރަށް ކިޔާލަން

25 ޑިސެމްބަރު 2025

ބޭރުގެ ބާރެއްގެ އަތްމައްޗަށް ހަމާސް އިން ހަތިޔާރު ދޫކޮށް ނުލާނެ: އުސާމާ ހަމްދާން

25 ޑިސެމްބަރު 2025
ބޭރުގެ ބާރެއްގެ އަތްމައްޗަށް ހަމާސް އިން ހަތިޔާރު ދޫކޮށް ނުލާނެ: އުސާމާ ހަމްދާން
21 ޑިސެމްބަރު 2025

ފަލަސްތީނުގެ ދައުލަތެއް ގާއިމު ކުރުން ހުއްޓުވުމަށް އިޒްރޭލުން ވެސްޓް ބޭންކުގައި އިތުރު 19 އާބާދީ ގާއިމުކުރަން ހުއްދަދީފި

21 ޑިސެމްބަރު 2025
ފަލަސްތީނުގެ ދައުލަތެއް ގާއިމު ކުރުން ހުއްޓުވުމަށް އިޒްރޭލުން ވެސްޓް ބޭންކުގައި އިތުރު 19 އާބާދީ ގާއިމުކުރަން ހުއްދަދީފި
19 ޑިސެމްބަރު 2025

ޣައްޒާ ގެ ކުރިމަގު އޮތީ ކިހިނެއް؟

19 ޑިސެމްބަރު 2025
ޣައްޒާ ގެ ކުރިމަގު އޮތީ ކިހިނެއް؟
10 ޑިސެމްބަރު 2025

އިޒްރޭލުން ވެސްޓު ބޭންކުގައި ޔަހޫދީން ވަޒަންވެރި ކުރުވުމަށް ގާތްގަނޑަކަށް 800 ގެ އެޅުމުގެ ހުއްދަދީފި

10 ޑިސެމްބަރު 2025
އިޒްރޭލުން ވެސްޓު ބޭންކުގައި ޔަހޫދީން ވަޒަންވެރި ކުރުވުމަށް ގާތްގަނޑަކަށް 800 ގެ އެޅުމުގެ ހުއްދަދީފި
09 ޑިސެމްބަރު 2025

އަލް-ގުދުސް ގައި ހުންނަ އަންރުވާ ގެ ކޮމްޕައުންޑަށް އިޒްރޭލު ފުލުހުން ވަދެގަނެފި

09 ޑިސެމްބަރު 2025
އަލް-ގުދުސް ގައި ހުންނަ އަންރުވާ ގެ ކޮމްޕައުންޑަށް އިޒްރޭލު ފުލުހުން ވަދެގަނެފި
08 ޑިސެމްބަރު 2025

އިސްލާޙު ބޭނުން ވަނީ އިސްރާއީލްގެ ސަރުކާރަށް، ފަލަސްޠީނަކަށް ނޫން: ސައުދީގެ އިސް ޑިޕްލޮމަޓް މަނާލް

08 ޑިސެމްބަރު 2025
އިސްލާޙު ބޭނުން ވަނީ އިސްރާއީލްގެ ސަރުކާރަށް، ފަލަސްޠީނަކަށް ނޫން: ސައުދީގެ އިސް ޑިޕްލޮމަޓް މަނާލް
06 ޑިސެމްބަރު 2025

ހަމާސް އިން ޣައްޒާ ގެ ވެރިކަން ކުރާކަށް ބޭނުމެއް ނޫން ކަމަށް ބުނެފި

06 ޑިސެމްބަރު 2025
ހަމާސް އިން ޣައްޒާ ގެ ވެރިކަން ކުރާކަށް ބޭނުމެއް ނޫން ކަމަށް ބުނެފި
30 ނޮވެމްބަރު 2025

ޣައްޒާ ހަނގުރާމައިގައި ޝަހީދުވެފައިވާ މީހުންގެ އަދަދު 70،000 އިން މައްޗަށް

30 ނޮވެމްބަރު 2025
ޣައްޒާ ހަނގުރާމައިގައި ޝަހީދުވެފައިވާ މީހުންގެ އަދަދު 70،000 އިން މައްޗަށް
29 ނޮވެމްބަރު 2025

ފަލަސްތީނު ގެ ޙައްޤުތައް ރައްކާތެރިކުރުމަށްޓަކައި ބައިނަލްއަޤްވާމީ ފެންވަރުގައި ހަރުދަނާ ފިޔަވަޅުތަކެއް އެޅުމަށް ރައީސުލްޖުމްހޫރިއްޔާ ގޮވާލައްވައިފި

29 ނޮވެމްބަރު 2025
ފަލަސްތީނު ގެ ޙައްޤުތައް ރައްކާތެރިކުރުމަށްޓަކައި ބައިނަލްއަޤްވާމީ ފެންވަރުގައި ހަރުދަނާ ފިޔަވަޅުތަކެއް އެޅުމަށް ރައީސުލްޖުމްހޫރިއްޔާ ގޮވާލައްވައިފި
27 ނޮވެމްބަރު 2025

އިސްރާއީލްއާ ގުޅުން ބަދަހި ކުރުމަށް ޓްރަމްޕްގެ ހުށަހެޅުން ސައުދީގެ ވަލީ އަހުދު ބަލައި ނުގަތް

27 ނޮވެމްބަރު 2025
އިސްރާއީލްއާ ގުޅުން ބަދަހި ކުރުމަށް ޓްރަމްޕްގެ ހުށަހެޅުން ސައުދީގެ ވަލީ އަހުދު ބަލައި ނުގަތް
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލުޓާމްސް އޮފްޔޫސް