Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
Advertisement - sportsAdvertisement
ކުޅިވަރުއަންހެނުންގެ ޗެމްޕިއަންސް ލީގު

ބާސާއިން އަންހެނުންގެ ޗެމްޕިއަންސް ލީގު ކާމިޔާބުކޮށްފި

މިއީ ސްޕެއިން ޓީމެއް މި މުބާރާތް ކާމިޔާބުކުރި ފުރަތަމަ ފަހަރު

އިސްމާޢީލް ޝާހް
އިސްމާޢީލް ޝާހް | 16 މެއި 2021 | އާދީއްތަ 22:46
އަންހެނުންގެ ޗެމްޕިއަންސް ލީގުގެ ތައްޓާއެކު ބާސާގެ އަންހެން ޓީމު

އަންހެނުންގެ ޗެމްޕިއަންސް ލީގުގެ ތައްޓާއެކު ބާސާގެ އަންހެން ޓީމު

ޗެލްސީ ބަލިކޮށް އަންހެނުންގެ ޗެމްޕިއަންސް ލީގު ބާސެލޯނާއިން ކާމިޔާބުކޮށްފިއެވެ.

އާދީއްތަ ދުވަހުގެރޭ ސްވިޑެންގައި ކުޅުނު ފައިނަލް މެޗުން ބާސާ މޮޅުވީ ފަސޭހަކަމާއެކު 4-0 ގެ ނަތީޖާއަކުންނެވެ. މިއީ ސްޕެއިން ޓީމަކުން އަންހެނުންގެ ޗެމްޕިއަންސް ލީގު ކާމިޔާބުކުރި ފުރަތަމަ ފަހަރެވެ.

އާދީއްތަ ދުވަހުގެރޭ ކުޅުނު ފައިނަލް މެޗުގައި ބާސާއިން މޮޅު ކުޅުމެއް ދެއްކިއިރު، އެ ޓީމުން ހަތަރު ލަނޑުވެސް ކާމިޔާބުކޮށްފައިވަނީ ފުރަތަމަ ހާފުގައެވެ. އެގޮތުން މެޗު ފަށައިގެން 35 ވަނަ ސިކުންތުގައި ބާސާއިން ލީޑު ނެގިއިރު، މިއީ ޗެލްސީގެ މެލަނީ ލެއުޕޮލްޒް އަތުން ބައިކޮޅަށް ވަން ލަނޑެކެވެ. އަދި މެޗުގެ 14 ވަނަ މިނެޓުގައި ލިބުނު ޕެނަލްޓީއަކުން އަލެކްސިއާ ޕުޓެއްޔަސް ވަނީ ބާސާއަށް ލީޑު ފުޅާކޮށްދީފައެވެ.

އޭގެ ފަހުންވެސް މި ހާފުގައި ބާސާއިން ގިނަ ހަމަލާތަކެއް އުފެއްދިއިރު، މެޗުގެ 21 ވަނަ މިނެޓުގައި އައިޓާނާ ބޮންމާޓީ ވަނީ ބާސާގެ ތިންވަނަ ލަނޑު ޖަހައިދީފައެވެ. އަދި އެ ޓީމުގެ ހަތަރުވަނަ ލަނޑު މެޗުގެ 36 ވަނަ މިނެޓުގައި ކާމިޔާބުކޮށްދިނީ ކެރޮލައިން ގްރޭމް ހެންސެންއެވެ.

މި މޮޅާއެކު އަންހެނުންގެ ޗެމްޕިއަންސް ލީގު ބާސާއިން ކާމިޔާބުކުރިއިރު، ބާސާ ވެފައިވަނީ އަންހެނުންގެ ޗެމްޕިއަންސް ލީގާއި ފިރިހެނުންގެ ޗެމްޕިއަންސް ލީގު ކާމިޔާބުކުރި ހަމައެކަނި ޓީމަށެވެ.

މި ސީޒަނުގެ ޗެމްޕިއަންސް ލީގު ބާސާގެ އަންހެން ޓީމުން ކާމިޔާބުކުރިއިރު، އެ ޓީމުން އަންނަނީ މި ސީޒަނުގައި ތަފާތު މޮޅު ކުޅުމެއް ދައްކަމުންނެވެ. އެގޮތުން މި ސީޒަނުގައި ހުރިހާ މުބާރާތެއްގައި މިހާތަނަށް ކުޅުނު 37 މެޗުން އެ ޓީމު ބަލިވެފައިވަނީ އެންމެ ދެ މެޗުންނެވެ. އަދި ބާސާގެ އަންހެން ޓީމުން ވަނީ މި ސީޒަނުގެ އަންހެނުންގެ ސްޕެނިޝް ލީގުވެސް ކާމިޔާބުކޮށްފައެވެ.

އަންހެނުންގެ ޗެމްޕިއަންސް ލީގުބާސެލޯނާ

އިތުރަށް ކިޔާލަން

10 ޑިސެމްބަރު 2025

ފަހަތުން އަރައި ބާސެލޯނާ އިން ފްރޭންކްފާޓް ބަލިކޮށްފި

10 ޑިސެމްބަރު 2025
ފަހަތުން އަރައި ބާސެލޯނާ އިން ފްރޭންކްފާޓް ބަލިކޮށްފި
07 ޑިސެމްބަރު 2025

ބާސެލޯނާ އިން ލީޑު ފުޅާކުރި މެޗުގައި ޓޮރޭސް ހެޓްރިކް ހަދައިފި

07 ޑިސެމްބަރު 2025
ބާސެލޯނާ އިން ލީޑު ފުޅާކުރި މެޗުގައި ޓޮރޭސް ހެޓްރިކް ހަދައިފި
03 ޑިސެމްބަރު 2025

އެތުލެޓިކޯ ބަލިކޮށް، ބާސެލޯނާ އެއް ވަނައިގައި

03 ޑިސެމްބަރު 2025
އެތުލެޓިކޯ ބަލިކޮށް، ބާސެލޯނާ އެއް ވަނައިގައި
30 ނޮވެމްބަރު 2025

އަލަވޭސް ބަލިކޮށް ބާސެލޯނާ އެއް ވަނަ އަށް

30 ނޮވެމްބަރު 2025
އަލަވޭސް ބަލިކޮށް ބާސެލޯނާ އެއް ވަނަ އަށް
27 ނޮވެމްބަރު 2025

ފްލިކްގެ ޔަޤީންކަން، ކުރިއަށް އޮތް ތަނުގައި ފެންނާނީ ތަފާތު ބާސެލޯނާއެއް

27 ނޮވެމްބަރު 2025
ފްލިކްގެ ޔަޤީންކަން، ކުރިއަށް އޮތް ތަނުގައި ފެންނާނީ ތަފާތު ބާސެލޯނާއެއް
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު