ކ. މާލެ
|
1 މެއި 2024 | ބުދަ 09:31
ބޮރޫޝިއާ ޑޯޓްމަންޑުގެ ކޯޗު އެޑިން ޓާޒިކް
ބޮރޫޝިއާ ޑޯޓްމަންޑުގެ ކޯޗު އެޑިން ޓާޒިކް
ރޮއިޓާސް
ޔުއެފާ ޗެމްޕިއަންސް ލީގު
ޑޯޓްމަންޑު އޮތީ ހުރިހާ ހާލަތަކަށް ވެސް ތައްޔާރަށް: ޓާޒިކް
 
މި ސީޒަންގެ ތެރެއިން އޭނާގެ ޓީމަށް ގިނަ ކަންކަން ފާހަގަވެ، ގިނަ ކަންކަން ރަނގަޅު ކުރެވިފައިވާ ކަމަށް ވެސް ޓާޒިކް ބުނި

ޔުއެފާ ޗެމްޕިއަންސް ލީގުގެ ސެމީ ފައިނަލްގެ ފުރަތަމަ ލެގުގައި ފްރާންސްގެ ޕެރިސް ސެއިންޓް ޖާމަން (ޕީއެސްޖީ)އާ ދެކޮޅަށް ނުކުންނައިރު، ބޮރޫޝިއާ ޑޯޓްމަންޑުން ހުރިހާ ޙާލަތަކަށް ވެސް ތައްޔާރު ވާނެ ކަމަށް އެ ޓީމުގެ ކޯޗު އެޑިން ޓާޒިކް ބުނެފި އެވެ.

އޭނާ މިހެން ބުނީ ޕީއެސްޖީ މެޗުގެ ކުރިން އޮތް ނޫސްވެރިންގެ ބައްދަލުވުމުގައި ވާހަކަ ދައްކަމުންނެވެ. ސެމީ ފައިނަލްގައި މި ދެ ޓީމު ބައްދަލުކުރާއިރު، މުބާރާތުގެ ގްރޫޕް ސްޓޭޖުގައި ވެސް ދެ ޓީމު ވަނީ ބައްދަލުކޮށްފަ އެވެ. ޕީއެސްޖީގެ ދަނޑުގައި ކުޅުނު ފުރަތަމަ މެޗުން ޑޯޓްމަންޑު ބަލިވެފައިވާއިރު، ޑޯޓްމަންޑުގެ ދަނޑުގައި ކުޅުނު މެޗު ނިމުނީ އެއްވަރުވެގެންނެވެ.

ޓާޒިކް ބުނީ، ޑޯޓްމަންޑު އޮތީ ހުރިހާ ޙާލަތަކަށް ވެސް ފުރިހަމަ އަށް ތައްޔާރަށް ކަމަށެވެ. ޚާއްސަކޮށް މި ސީޒަންގެ ތެރެއިން އޭނާގެ ޓީމަށް ގިނަ ކަންކަން ފާހަގަވެ، ގިނަ ކަންކަން ރަނގަޅު ކުރެވިފައިވާ ކަމަށް ވެސް ޓާޒިކް ބުންޏެވެ. ސެމީ ފައިނަލްގެ ކުރިން މުބާރާތުގެ ކުއާޓާ ފައިނަލްގައި އެތުލެޓިކޯ މެޑްރިޑާ ދެކޮޅަށް ކުޅުނު މެޗާއި، ގަދަ 16 ވަނަ ބުރުގައި ޕީއެސްވީއާ ދެކޮޅަށް ކުޅުނު މެޗަށް ބެލި ނަމަވެސް، ފެންނާނީ ޑޯޓްމަންޑުން ތައްޔާރުވެފައި އޮތް މިންވަރާއި، ކުޅުންތެރިން ދައްކަމުން އައި އިތުބާރު ކަމަށް ވެސް އޭނާ ބުންޏެވެ.

އެހެން ނަމަވެސް، ޕީއެސްޖީ މެޗަށް ނުކުންނައިރު، ހުރިހާ ކަމަކަށް ވެސް ފުރިހަމަ އަށް އިޙުތިރާމް ކުރާނެކަން ފާހަގަކޮށް އޭނާ ބުނީ، މެޗު ފަސޭހަކޮށްގެން ވެސް ނުވާނެ ކަމަށެވެ. ޚާއްސަކޮށް ފުރަތަމަ ލެގު ޑޯޓްމަންޑުގެ އަމިއްލަ ދަނޑުގައި ކުޅޭއިރު، މެޗަށް ޚާއްސަ ޕްލޭންތަކެއް އޮތް ކަމަށް ވެސް އޭނާ ބުންޏެވެ. ޓާޒިކް ފާހަގަ ކުރި ގޮތުގައި އޭނާގެ އަތުގައި އޮތް ޕްލޭން އަކީ ޕީއެސްޖީ އަށް އެކަމުގެ ގެއްލުން ކުރާނެ ޕްލޭން އެކެވެ.

ޑޯޓްމަންޑުގެ އަމިއްލަ ދަނޑުގައި އެ ޓީމުން ޕީއެސްޖީއާ ދެކޮޅަށް ނުކުންނާނީ ބުދަ ދުވަހުގެރޭ ދަންވަރު ރާއްޖެ ގަޑިން 12 ޖަހާއިރު އެވެ.

އެންމެ ފަހުން އަޕްޑޭޓް ކުރީ: 3 ހަފްތާ ކުރިން
ރިވިއު ކުރީ: މަރްޔަމް ދާނިޝް ނަޝީދު
0%
0%
0%
0%
0%
0%
ކޮމެންޓް