ކ. މާލެ
|
26 ޖުލައި 2024 | ހުކުރު 19:30
ޕޮއިޒް އިން ބާއްވާ "އެން އިވްނިން ވިތް ޕޮއިޒް"
ޕޮއިޒް އިން ބާއްވާ "އެން އިވްނިން ވިތް ޕޮއިޒް"
ރާއްޖެއެމްވީ
އެން އިވްނިން ވިތް ޕޮއިޒް
"އެން އިވްނިން ވިތް ޕޮއިޒް" ނުގޮސް ދޫކޮށްލާ ވަރެއް ނޫން
އެން އިވްނިން ވިތް ޕޮއިޒްގެ މައިގަނޑު ބޭނުމަކީ ކަސްޓަމަރުންނަށް ޕްރޮޑަކްޓްތައް ދައްކާލުމާއި ގުޅުން ބަދަހިކުރުމެވެ.

"އެން އިވްނިން ވިތް ޕޮއިޒް"ގެ ނަމުގައި ޚާއްސަ ހަރަކާތެއް ޕޮއިޒް އިން ފަށައިފިއެވެ.

ޕޮއިސްގެ އައުޓްލެޓްތަކުން ލިބޭ ސެންޓުގެ ތަފާތު އެކި ބްރޭންޑްގެ ޕްރޮޑަކްޓްތައް އެއްތަނަކުން ފެނިގެންދާ މި ހަރަކާތް ކުރިއަށް ދަނީ ޖުލައި 26ން ފެށިގެން ދެ ދުވަހުގެ ނިޔަލަށެވެ.

މިއީ ޕޮއިޒް އިން ކުރިއަށް ގެންދާ މިފަދަ ދެ ވަނަ ހަރަކާތް ކަމަށެވެ. އެކަމާއި ގުޅޭ ގޮތުން ޕޮއިޒްގެ މެނޭޖިން ޑިރެކްޓަ އިލްޔާސް މުހައްމަދު ވިދާޅުވީ މިފަދަ ހަރަކާތެއްގެ ބޭނުމަކީ ކަސްޓަމަރުންނާއި އޮންނަ ގުޅުން ބަދަހިކުރުން ކަމަށެވެ. އަދި ޕްރޮޑަކްޓްތައް އެއްތަނަކުން ދައްކާލުމަކީ ވެސް މި ހަރަކާތުގެ ބޭނުމެއް ކަމަށް އޭނާ ވިދާޅުވިއެވެ. އަދި މިފަހަރުގެ މި ހަރަކާތް މިނިވަންދުވަހާއި ދިމާވުމަކީ އިވެންޓަށް ލިބުނު އިތުރު ފުރިހަމަކަމެއް ކަމަށް އޭނާ ވިދާޅުވިއެވެ.

ފިހާރައިން ފެނުމާއި އެބަ ތަފާތުވޭ މި ޕްރޮޑަކްޓްތައް މިކަހަލަ މާހައުލަކުން ފެނުނީމަ. ކުޑަކުދިންނަށް ހަދިޔާ ވެސް އެބަދެން. އެއީ މައިގަނޑު މަގްސަދަކީ. ވަރަށް ފަސޭހައިން ކާމިޔާބު ކުރެވޭ ގޭމްތަކަކާއި އެކު މި ހަރަކާތް މި އޮންނަނީ. ވީހާވެސް ގިނަ ބަޔަކު މި ހަރަކާތައް ވަޑައިގެން ޕްރޮޑަކްޓްތައް ބައްލަވާލެއްވުން އެދެނީ. މި އިވެންޓަށް ޚާއްސަ ޕްރޮމޯޝަނެއް އޮންނާނެ. ސެންޓު ބައްލަވައިގަންނަ ކޮންމެ ބޭފުޅަކަށް ވެސް ކޫޕަނެއް ލިބޭނެ.
ޕޮއިޒްގެ މެނޭޖިން ޑިރެކްޓަ އިލްޔާސް މުހައްމަދު

ޕޮއިޒްގެ މި ހަރަކާތުގެ ތެރެއިން ސެންޓު ބައްލަވައިގަންނަ ކޮންމެ ބޭފުޅަކަށް ވެސް ކޫޕަނެއް ލިބޭނެއެވެ. އަދި ޕްރޮމޯޝަންގެ ގުރުއަތުލުން ކުރިއަށް ދާނީ ހޮނިހިރު ދުވަހުގެ ރޭގެ ވަގުތެއްގައެވެ. މި ޕްރޮމޯޝަން އިން އެއް ވަނަ އަށް ހޮވޭ ފަރާތަކަށް ސެމްސަންގ ގެލެކްސީ އެސް ބްރޭންޑްގެ ފޯނެއް ދިނުމަށް ވަނީ ހަމަޖެހިފައެވެ. މި ހަރަކާތުގެ ތެރެއިން ޕޮއިޒް އިން ވިއްކާ އެކި ބްރޭންޑްތަކުގެ، ފުޅާ ރޭންޖެއްގެ ޕްރޮޑަކްޓްތައް ޓެސްޓްކޮށް ބައްލަވައިގަތުމުގެ ފުރުސަތު ވަނީ ހުޅުވާލާފައެވެ.

ޕޮއިޒް އިން ބާއްވާ ކުޑަކުދިންގެ ހަވީރުގެ ޕްރޮމޯޝަން އާއި ގުޅޭ މައުލޫމާތުތަކެއް - ރާއްޖެއެމްވީ

ފަސޭހަ، ކުޑަކުދިންނަށް ކަމުދާ ގިނަ ގޭމްތަކަކާއި އެކު ކުރިއަށްދާ މި ހަރަކާތްތައް ރޭގަނޑުވެސް ކުރިއަށް ދާނެއެވެ. އެގޮތުން ހަވީރު މި ހަރަކާތްތައް ކުރިއަށްދަނީ 4ން 6 އަށެވެ. އަދި ރޭގަނޑު 20:30ން 10:30ށް މި ހަރަކާތް ކުރިއަށް ދާނެއެވެ. ކުރީ އަހަރު ޕޮއިޒްގެ އެން އިވްނިން ވިތް ޕޮއިޒް ހަރަކާތް ކުރިއަށް ގެންދިޔައީ ހުޅުމާލޭގައެވެ. އެ ހަރަކާތަށް ވެސް ވަރަށް ހޫނު ތަރުޚީބެއް ވަނީ ލިބިފައެވެ.

އެންމެ ފަހުން އަޕްޑޭޓް ކުރީ: 2 ހަފްތާ ކުރިން
ރިވިއު ކުރީ: ނާޒުމީ ސައީދު
- ކޮމެންޓް