މިވަގުތު އޭނާގެ އެންމެ ބޮޑު ލަނޑުދަނޑި އަކީ ގިނަ ތަށި ތަކެއް ކާމިޔާބު ކުރުމާ އެކު، ކެރިއަރުގައި 1000 ލަނޑު ހަމަ ކުރުން ކަމަށް ރޮނާލްޑޯ ބުނި. އެކަން ފާހަގަކޮށް ރޮނާލްޑޯ ބުނީ އިތުރު އަނިޔާއެއް ނުވާ ނަމަ، އޭނާ އެ އަދަދާ އަރާ ހަމަ ކުރާނެކަން ޔަގީން ކަމަށް. އެއަށް ފަހު ރޮނާލްޑޯ ބުނީ، "އިންޝާﷲ" މިހެން.