Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
Advertisement - sportsAdvertisement
ކުޅިވަރުމެންޗެސްޓަރ ސިޓީ

ގާޑިއޯލާ ހުރީ ހަތަރު ވަނަ ބައްޔެއް ކުރިމަތި ނުވާނެ ކަމުގެ ޔަޤީންކަމާ އެކު

ކަރަބޯ ކަޕްގައި ޓޮޓެންހަމާ ދެކޮޅަށް ކުޅުނު މެޗުން ބަލިވިއިރު، އޭގެ ފަހުން އިނގިރޭސި ޕްރިމިއަރ ލީގުގަައި ބޯންމައުތާ ދެކޮޅަށް ކުޅުނު މެޗުން ވެސް ވަނީ ބަލިވެފަ އެވެ. އެންމެ ފަހުން ޔުއެފާ ޗެމްޕިއަންސް ލީގުގައި ސްޕޯޓިންއާ ދެކޮޅަށް ކުޅުނު މެޗުން ވެސް ސިޓީ ވަނީ ބަލިވެފަ އެވެ.

ޝައިހާން ޒަރީރް
ޝައިހާން ޒަރީރް | 9 ނޮވެމްބަރު 2024 | ހޮނިހިރު 09:21
މެންޗެސްޓަރ ސިޓީގެ ކޯޗު ޕެޕް ގާޑިއޯލާ

މެންޗެސްޓަރ ސިޓީގެ ކޯޗު ޕެޕް ގާޑިއޯލާ

އިނގިރޭސި ޕްރިމިއާ ލީގުގައި ބްރައިޓަންއާ ދެކޮޅަށް ނިކުންނައިރު، ހަތަރު ވަނަ ބައްޔެއް ކުރިމަތި ނުވާނެ ކަމުގެ ފުރިހަމަ ޔަޤީންކަން އޮތް ކަމަށް އެންމެ ފަހުގެ ޗެމްޕިއަން މެންޗެސްޓަރ ސިޓީގެ ކޯޗު ޕެޕް ގާޑިއޯލާ ބުނެފި އެވެ.

އޭނާ މިހެން ބުނީ ލީގުގައި ހޮނިހިރު ދުވަހުގެ ރޭ ބްރައިޓަންގެ ދަނޑުގައި ސިޓީން އެ ޓީމާ ދެކޮޅަށް ކުޅޭ މެޗުގެ ކުރިން އޮތް ނޫސްވެރިންގެ ބައްދަލުވުމުގައި ވާހަކަ ދައްކަމުންނެވެ. އެ މެޗަށް ނިކުންނައިރު، މިވަގުތު ސިޓީ އޮތީ ޕްރެޝަރުގަ އެވެ. އެއީ އެންމެ ފަހުން އެ ޓީމު ކުޅުނު ތިން މެޗުން ވެސް ބަލިވެފައި އޮތުމުންނެވެ.

ކަރަބޯ ކަޕްގައި ޓޮޓެންހަމާ ދެކޮޅަށް ކުޅުނު މެޗުން ބަލިވީއިރު، އޭގެ ފަހުން އިނގިރޭސި ޕްރިމިއަރ ލީގުގަައި ބޯންމައުތާ ދެކޮޅަށް ކުޅުނު މެޗުން ވެސް ވަނީ ބަލިވެފަ އެވެ. އެންމެ ފަހުން ޔުއެފާ ޗެމްޕިއަންސް ލީގުގައި ސްޕޯޓިންއާ ދެކޮޅަށް ކުޅުނު މެޗުން ވެސް ސިޓީ ވަނީ ބަލިވެފަ އެވެ.

ބްރައިޓަން މެޗުގެ ކުރިން ވާހަކަ ދައްކަމުން ގާޑިއޯލާ ބުނީ، ޖެހި ޖެހިގެން ހަތަރު މެޗުން ސިޓީ ބަލިވުމަކީ އަލަށް ވާނެ ކަމެއް ކަމަށެވެ. އެހެން ނަމަވެސް، ބްރައިޓަން އަތުން ބަލިވެ، ޖެހި ޖެހިގެން ހަތަރު ބައްޔާ ކުރިމަތިލާން ނުޖެހޭނެ ކަމުގެ ފުރިހަމަ ޔަޤީންކަން އޮތް ކަމަށް ވެސް ގާޑިއޯލާ ބުންޏެވެ. ގާޑިއޯލާ ބުނީ ލީގުގައި ފުލަމްއާ ދެކޮޅަށް ކުޅުނު މެޗާއި، ބޯންމައުތާ ދެކޮޅަށް ކުޅުނު މެޗުގެ ފުރަތަމަ 20 މިނެޓަށް ބަލާއިރު، ސިޓީގެ ކުޅުން ރަނގަޅު ނޫން ކަމަށެވެ. އެހެން ނަމަވެސް ދެން ހުރި މެޗުތަކުގައި ސިޓީގެ ފަރާތުން ފެނުނޫ ރަނގަޅު ކުޅުމެއް ކަމަށް އޭނާ ދެކެ އެވެ.

ސިޓީގެ އަނިޔާގެ މައްސަލަ އަށް އިޝާރާތް ކުރަމުން ގާޑިއޯލާ ބުނީ، ރަނގަޅު ޚަބަރެއް ދެވެން އޭނާ އަށް ނެތް ކަމަށެވެ. އެގޮތުން ސިޓީ އޮތީ އެންމެ ފަހުން ސްޕޯޓިންއާ ދެކޮޅަށް ކުޅުނުއިރު އޮތް ޙާލަތުގައި ކަމަށް ވެސް ގާޑިއޯލާ ފާހަގަ ކުރި އެވެ. ބްރައިޓަންއާ ދެކޮޅަށް ސިޓީން ކުޅޭ މެޗުގައި ޖޯން ސްޓޯންސް އަދި ރުބެން ޑިއާޒް އަަށް ނުކުޅެވޭނެ އެވެ. ނަމަވެސް ގާޑިއޯލާ ފާހަގަ ކުރި ގޮތުގައި އެއީ ސިޓީ އަށް މެޗުން މޮޅު ނުވެވޭނެ އެއްވެސް ސަބަބެއް ނޫނެވެ.

ސިޓީގެ ކޯޗުކަމާ ގާޑިއޯލާ ހަވާލުވީ ފަހުން، މިހާތަނަށް އެ ޓީމު ޖެހި ޖެހިގެން ހަތަރު މެޗުން ބަލިވެފައި ނުވެ އެވެ. ނަމަވެސް 17-2016 ވަނަ ސީޒަންގައި ގާޑިއޯލާ އެންމެ ފުރަތަމަ ސިޓީއާ ހަވާލުވީއިރު، މޮޅެއް ނުހޯދި ޖެހި ޖެހިގެން ހަ މެޗު ނިންމާލަން ޖެހުނެވެ. ބްރައިޓަންގެ ދަނޑުގައި ސިޓީން އެ ޓީމާ ދެކޮޅަށް ނިކުންނާނީ ހޮނިހިރު ދުވަހުގެ ރޭ ރާއްޖެ ގަޑިން 22:30 ގައެވެ.

އިތުރަށް ކިޔާލަން

16 ފެބުރުއަރީ 2017

އާސެނަލްގެ ވިލްޝެއާ ސިޓީއަށް ގެންދަން ގާޑިއޯލާ ބޭނުންވޭ: ޒަވީ

16 ފެބުރުއަރީ 2017
އާސެނަލްގެ ވިލްޝެއާ ސިޓީއަށް ގެންދަން ގާޑިއޯލާ ބޭނުންވޭ: ޒަވީ
14 ފެބުރުއަރީ 2017

ބަންގާޅު މުބާރާތަށް ތައްޔާރު، ހުރިހާ ވިސްނުމެއް ހުރީ ތައްޓަށް: ނިޒާމް

14 ފެބުރުއަރީ 2017
ބަންގާޅު މުބާރާތަށް ތައްޔާރު، ހުރިހާ ވިސްނުމެއް ހުރީ ތައްޓަށް: ނިޒާމް
11 ފެބުރުއަރީ 2017

އެއްވެސް ޓީމަކުން ހަތަރު ތަށީގެ ވާހަކަ ނުދެއްކުން ރަނގަޅު: ސޮބާ

11 ފެބުރުއަރީ 2017
އެއްވެސް ޓީމަކުން ހަތަރު ތަށީގެ ވާހަކަ ނުދެއްކުން ރަނގަޅު: ސޮބާ
02 ފެބުރުއަރީ 2017

ޗެމްޕިއަންސް ލީގުގެ ޖާގައަކަށް އެންމެ ފަހުވަގުތާ ޖެހެންދެންވެސް މަސައްކަތްކުރާނަން: ގާޑިއޯލާ

02 ފެބުރުއަރީ 2017
ޗެމްޕިއަންސް ލީގުގެ ޖާގައަކަށް އެންމެ ފަހުވަގުތާ ޖެހެންދެންވެސް މަސައްކަތްކުރާނަން: ގާޑިއޯލާ
01 ފެބުރުއަރީ 2017

ޕްރިމިއާ ލީގު: ޗެލްސީ އާއި ލިވަޕޫލްގެ ކުރިމަތިލުން އެއްވަރުވިއިރު، އާސެނަލުން ފުރުސަތު ނަގާލައިފި

01 ފެބުރުއަރީ 2017
ޕްރިމިއާ ލީގު: ޗެލްސީ އާއި ލިވަޕޫލްގެ ކުރިމަތިލުން އެއްވަރުވިއިރު، އާސެނަލުން ފުރުސަތު ނަގާލައިފި
28 ޖެނުއަރީ 2017

ވެންގާ ހަތަރު މެޗަށް ސަސްޕެންޑުކޮށް ޖޫރިމަނާކޮށްފި

28 ޖެނުއަރީ 2017
ވެންގާ ހަތަރު މެޗަށް ސަސްޕެންޑުކޮށް ޖޫރިމަނާކޮށްފި
10 ޖެނުއަރީ 2017

ހަތަރުވަނަ ބުރުގައި ޔުނައިޓެޑް ބައްދަލުކުރާނީ ވިގަންއާ

10 ޖެނުއަރީ 2017
ހަތަރުވަނަ ބުރުގައި ޔުނައިޓެޑް ބައްދަލުކުރާނީ ވިގަންއާ
08 ޖެނުއަރީ 2017

އެފްއޭކަޕް: ރަޝްފަޑްގެ ދެ ލަނޑުން ރެޑިން ބަލިކޮށް ޔުނައިޓެޑް ހަތަރުވަނަ ބުރަށް

08 ޖެނުއަރީ 2017
އެފްއޭކަޕް: ރަޝްފަޑްގެ ދެ ލަނޑުން ރެޑިން ބަލިކޮށް ޔުނައިޓެޑް ހަތަރުވަނަ ބުރަށް
04 ޖެނުއަރީ 2017

ސިޓީ އޮތީ ޔުނައިޓެޑަށްވުރެ 10 އަހަރު ފަހަތުގައި: ގާޑިއޯލާ

04 ޖެނުއަރީ 2017
ސިޓީ އޮތީ ޔުނައިޓެޑަށްވުރެ 10 އަހަރު ފަހަތުގައި: ގާޑިއޯލާ
04 ޖެނުއަރީ 2017

ލީގު ތަށްޓާ ބެހޭގޮތުން ސިޓީ އަށް ދެއްކޭނެ ވާހަކައެއް ނެތް: ގާޑިއޯލާ

04 ޖެނުއަރީ 2017
ލީގު ތަށްޓާ ބެހޭގޮތުން ސިޓީ އަށް ދެއްކޭނެ ވާހަކައެއް ނެތް: ގާޑިއޯލާ
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު