Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
Advertisement - sportsAdvertisement
ކުޅިވަރުއަލް ޙިލާލް

ޑޮކްޓަރުން އޮތީ ނޭމާ އަށް އިންޒާރު ވެސް ދީފައި!

އޭނާ ބުނީ ކުރިން ވެސް ޑޮކްޓަރުން އޮތީ އިންޒާރު ކޮށްފައި ކަމަށާއި، ކުޅުމުގެ ތެރޭގައި އޭނާ ވަރަށް ބޮޑަށް ސަމާލުވާން ވެސް ޖެހޭނެ ކަމަށެވެ.

ޝައިހާން ޒަރީރް
ޝައިހާން ޒަރީރް | 5 ނޮވެމްބަރު 2024 | އަންގާރަ 05:38
އަނިޔާއާ ގުޅިގެން ބަދަލު ކުރުމުން، ނޭމާ އަލް ޙިލާލްގެ ބެންޗުގައި

އަނިޔާއާ ގުޅިގެން ބަދަލު ކުރުމުން، ނޭމާ އަލް ޙިލާލްގެ ބެންޗުގައި

ގިނަ ދުވަސްތަކެއް ވަންދެން ކުޅުމާ ދުރުގައި ހުރުމަށްފަހު، އަލުން އެނބުރި ކުޅުމުގެ ތެރެއަށް އައިއިރު ޑޮކްޓަރުން އޮތީ އިންޒާރު ވެސް ދީފައި ކަމަށް، ސައުދީ ލީގުގެ އަލް ޙިލާލަށް ކުޅެމުން އަންނަ ބްރެޒިލްގޭ ނޭމާ ޖޫނިއާ ބުނެފި އެވެ.

ފްރާންސްގެ ޕެރިސް ސެއިންޓް ޖާމަން (ޕީއެސްޖީ) ދޫކޮށްލުމަށްފަހު ނޭމާ އަލް ޙިލާލަށް ބަދަލުވީއިރު، ވަރަށް ކުރީ ކޮޅު އޭނާ އަށް ވަނީ އަނިޔާވެފަ އެވެ. އެ އަނިޔާގެ ސަބަބުން ގިނަ ދުވަސްތަކެއް ވަންދެން ނޭމާ ވަނީ ކުޅުމާ ދުރުގައި ހުންނަން ޖެހިފަ އެވެ. ނަމަވެސް އަނިޔާ އިން ރަނގަޅުވެ، އަލުން ނޭމާ ކުޅުމުގެ ތެރެއަށް އައީ މިދިޔަ އޮކްޓޫބަރު މަހުގެ ތެރޭގަ އެވެ.

އެންމެ ފަހުން އަލް ޙިލާލް އިން އޭއެފްސީ ޗެމްޕިއަންސް ލީގުގައި އަލް އިސްތިޤުލާލާ ދެކޮޅަށް ކުޅުނު މެޗުގައި ނޭމާ އަށް ވަނީ އަނިޔާވެފަ އެވެ. އަލް އިސްތިޤުލާލުގެ އޭރިޔާ ތެރެއިން ލިބުނު ބޯޅަ އަކަށް ކުޅެން އުޅުމުގެ ތެރޭގައި ނޭމާގެ ފަޔަށް އަނިޔާވެފައިވާއިރު، އެ އަނިޔާގެ ސަބަބުން އޭނާ ވަނީ ބަދަލު ކޮށްފަ އެވެ. ނަމަވެސް އަނިޔާގެ މާ ބޮޑު ތަފުސީލެއް ނުލިބެ އެވެ.

އެ މެޗަށްފަހު އަނިޔާއާ ގުޅޭ ގޮތުން ވާހަކަ ދައްކަމުން ނޭމާ ބުނީ، އޭނާގެ ފަޔަށް ތަދުވި ކަމަށާއި، ނަމަވެސް އޭނާ ހުރީ ވަރުގަދަކޮށް ކަމަށެވެ. އެހެންކަމުން ކުރިއަށް އޮތް ވަގުތު ތަކުގެ ތެރޭގައި އިތުރު މެޑިކަލް ޓެސްޓުތައް ހަދާނެ ކަމަށާއި، އުންމީދު ކުރަނީ އެއްވެސް ގެއްލުމެއް ނުވަތަ ގޯހެއް ނުވުން ކަމަށް ވެސް ނޭމާ ބުންޏެވެ.

މީގެ އިތުރުން ނޭމާ ބުނީ އަނިޔާގެ ސަބަބުން ގާަތް ގަނޑަކަށް އަހަރެއްހާ ދުވަސް ވަންދެން ކުޅުމާ ދުރުގައި ހުރުމަށްފަހު، އަލުން އެނބުރި ކުުޅުމުގެ ތެރެއަށް އައިސްފައިވާއިރު، އެކަހަލަ ކަމެއް ދިމާވެދާނެ ކަމަށެވެ. އޭނާ ބުނީ ކުރިން ވެސް ޑޮކްޓަރުން އޮތީ އިންޒާރު ކޮށްފައި ކަމަށާއި، ކުޅުމުގެ ތެރޭގައި އޭނާ ވަރަށް ބޮޑަށް ސަމާލުވާން ވެސް ޖެހޭނެ ކަމަށެވެ.

އަލް ޙިލާލާ އެކު ނޭމާ ސޮއި ކޮށްފައި ވަނީ ދެ އަހަރު ދުވަހުގެ އެއްބަސްވުމެއްގަ އެވެ. އެ އެއްބަސްުވުމުގެ މުއްދަތު ހަމަވާނީ 2025 ވަނަ އަހަރު އެވެ. ނަމަވެސް ނޭމާގެ ކުރިމަގާ މެދު އަލް ޙިލާލް ވެސް އަދި ނޭމާ ވެސް މިހާތަނަށް ވަކި އެއްޗެއް ނުބުނެ އެވެ.

އިތުރަށް ކިޔާލަން

30 މާރިޗު 2017

ނޭމާގެ ސޮއި ހޯދުމަކީ ވާނެ ކަމެއް ނޫން: މޮރީނިއޯ

30 މާރިޗު 2017
ނޭމާގެ ސޮއި ހޯދުމަކީ ވާނެ ކަމެއް ނޫން: މޮރީނިއޯ
21 މާރިޗު 2017

ރަނިއޭރީ ބޭރުކުރުމާއެކު މަރުގެ އިންޒާރުތަކެއް ވާޑީ އަށް ދިންކަމަށް އޭނާ ބުނެފި

21 މާރިޗު 2017
ރަނިއޭރީ ބޭރުކުރުމާއެކު މަރުގެ އިންޒާރުތަކެއް ވާޑީ އަށް ދިންކަމަށް އޭނާ ބުނެފި
21 މާރިޗު 2017

ޓީމު އޮތީ ތައްޔާރަށް، ހުރިހާ ވިސްނުމެއް ހުރީ ރާއްޖެއާ ދެކޮޅަށް ކުޅޭ މެޗަށް: ކިލިޗް

21 މާރިޗު 2017
ޓީމު އޮތީ ތައްޔާރަށް، ހުރިހާ ވިސްނުމެއް ހުރީ ރާއްޖެއާ ދެކޮޅަށް ކުޅޭ މެޗަށް: ކިލިޗް
11 މާރިޗު 2017

ޓީމު އޮތީ މެޗަށް ފުރިހަމައަށް ތައްޔާރަށް، ޓާގެޓަކީ ތިން ޕޮއިންޓް: މާޒިޔާ ކޯޗު

11 މާރިޗު 2017
ޓީމު އޮތީ މެޗަށް ފުރިހަމައަށް ތައްޔާރަށް، ޓާގެޓަކީ ތިން ޕޮއިންޓް: މާޒިޔާ ކޯޗު
02 މާރިޗު 2017

ޓީމު އޮތީ މުބާރާތަކަށް ވާންޖެހޭ ވަރަށް ތައްޔާރުވެފައެއް ނޫން: ސުޒޭން

02 މާރިޗު 2017
ޓީމު އޮތީ މުބާރާތަކަށް ވާންޖެހޭ ވަރަށް ތައްޔާރުވެފައެއް ނޫން: ސުޒޭން
01 މާރިޗު 2017

ވަލްކޭއަށް ދީފައިވާ 10 އަހަރުގެ ސަސްޕެންޝަން އިސްތިއުނާފްކޮށްފި

01 މާރިޗު 2017
ވަލްކޭއަށް ދީފައިވާ 10 އަހަރުގެ ސަސްޕެންޝަން އިސްތިއުނާފްކޮށްފި
19 ފެބުރުއަރީ 2017

ޓީމު އޮތީ އިތުބާރާއެކު، ކިރިގިސްތާން ކްލަބްވެސް ބަލިކުރެވޭނެ: ނިޒާމްބެ

19 ފެބުރުއަރީ 2017
ޓީމު އޮތީ އިތުބާރާއެކު، ކިރިގިސްތާން ކްލަބްވެސް ބަލިކުރެވޭނެ: ނިޒާމްބެ
22 ޖެނުއަރީ 2017

އެކޮމޮޑޭޝަން ބްލޮކުން 1268 މީހުންނަށް ޖާގަ ދީފައިވާނެ: ޔޫތު މިނިސްޓްރީ

22 ޖެނުއަރީ 2017
އެކޮމޮޑޭޝަން ބްލޮކުން 1268 މީހުންނަށް ޖާގަ ދީފައިވާނެ: ޔޫތު މިނިސްޓްރީ
17 ޖެނުއަރީ 2017

އެފްއޭއެމް އެވޯޑު ދީފައި ވަނީ ވަރަށް ރަނގަޅު ސިސްޓަމެއްގެ ތެރެއިން: ފެސްކޯ

17 ޖެނުއަރީ 2017
އެފްއޭއެމް އެވޯޑު ދީފައި ވަނީ ވަރަށް ރަނގަޅު ސިސްޓަމެއްގެ ތެރެއިން: ފެސްކޯ
04 ޖެނުއަރީ 2017

ސިޓީ އޮތީ ޔުނައިޓެޑަށްވުރެ 10 އަހަރު ފަހަތުގައި: ގާޑިއޯލާ

04 ޖެނުއަރީ 2017
ސިޓީ އޮތީ ޔުނައިޓެޑަށްވުރެ 10 އަހަރު ފަހަތުގައި: ގާޑިއޯލާ
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލުޓާމްސް އޮފްޔޫސް