Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
Advertisement - sportsAdvertisement
ކުޅިވަރުއެމްއެންޔޫއެސްޔޫ ފުޓްސަލް ފިއެސްޓާ 2024

އެމްއެންޔޫއެސްޔޫ ފުޓްސަލް ފިއެސްޓާ: އެފްއީ ބަލިކޮށް ފިރިހެން ޑިވިޝަންގެ ޗެމްޕިއަންކަން އެމްއައި ކޮލެޖަށް

ހުކުރު ދުވަހުގެ ރޭ ހުޅުމާލޭ ރެހެންދި ފުޓްސަލް ދަނޑުގައި ކުޅުނު ފައިނަލް މެޗުގައި އެމްއައި ކޮލެޖުން ވަނީ 3-0 އިން އެފްއީ ބަލިކޮށް މުބާރާތުގެ ޗެމްޕިއަންކަން ހޯދައިފަ އެވެ.

ޝައިހާން ޒަރީރް
ޝައިހާން ޒަރީރް | 9 ނޮވެމްބަރު 2024 | ހޮނިހިރު 07:18
ފިރިހެން ޑިވިޝަންގެ ޗެމްޕިއަންކަން ހޯދި އެމްބީއެސް އަށް ތަށި ހަވާލު ކުރަނީ

ފިރިހެން ޑިވިޝަންގެ ޗެމްޕިއަންކަން ހޯދި އެމްބީއެސް އަށް ތަށި ހަވާލު ކުރަނީ

ދިވެހިރާއްޖޭގެ ޤައުމީ ޔުނިވަރސިޓީގެ ދަރިވަރުންގެ ޔޫނިއަން (އެމްއެންޔޫއެސްޔޫ) އިން އިންތިޒާމު ކޮށްގެން ކުރިއަށް ގެންދިޔަ، އެމްއެންޔޫއެސްޔޫ ފުޓްސަލް ފިއެސްޓާ 2024ގެ ފިރިހެން ޑިވިޝަންގެ ފައިނަލްގައި ފެކަލްޓީ އޮފް އެޑިއުކޭޝަން (އެފްއީ) ބަލިކޮށް، އެމްއައި ކޮލެޖުން މުބާރާތުގެ ޗެމްޕިއަންކަން ހޯދައިފި އެވެ.

ހުކުރު ދުވަހުގެ ރޭ ހުޅުމާލޭ ރެހެންދި ފުޓްސަލް ދަނޑުގައި ކުޅުނު ފައިނަލް މެޗުގައި އެމްއައި ކޮލެޖުން ވަނީ 3-0 އިން އެފްއީ ބަލިކޮށް މުބާރާތުގެ ޗެމްޕިއަންކަން ހޯދައިފަ އެވެ. މެޗުގައި އެމްއައި ކޮލެޖުގެ ލަނޑުތައް ޖެހީ މުޙައްމަދު މިންވާލް އަދި އިބްރާހީމް ނޫރައްދީން އެވެ. މެޗުގައި މޮޅު ކުޅުމެއް ދެއްކި މިންވާލް ވަނީ ދެ ލަނޑު ޖަހައިފަ އެވެ.

މުބާރާތުގެ ފިރިހެން ޑިވިޝަންގެ އެންމެ މޮޅު ފަސް ކުޅުންތެރިންްގެ ތެރޭގައި ހިމެނުނީ ޗެމްޕިއަން އެމްއައިގެ މުޙައްމަދު އަބާން އިމްރާންގެ އިތުރުން، އެފްއީގެ ރައުހާާން ރިފްއަތު، މުޙައްމަދު ސާއިޙް އަޙުމަދު ޝިހާމް، އަޒުހަރު އާދަމް އަދި ވިލާ ކޮލެޖުގެ މުޙައްމަދު އައިހަމް އެވެ. ފިރިހެން ޑިވިޝަންގެ އެންމެ އުންމީދީ ކުޅުންތެރިޔަކަށް ހޮވުނީ ވެސް ވިލާ ކޮލެޖުގެ އަޙުމަދު އައުޝަމް ޙުސެއިން އެވެ.

ފިރިހެން ޑިވިޝަންގެ އެންމެ މޮޅު ކޯޗަކަށް ހޮވުނީ ޗެމްޕިއަން އެމްއައި ކޮލެޖުގެ ކޯޗު މުޙައްމަދު ހައިދަރު އެވެ. އެންމެ ގިނަ ލަނޑު ޖެހި ކުޅުންތެރިޔަކަށް އެމްއައި ކޮލެޖުގެ މިންވާލް ހޮވުނުއިރު، އޭނާ ވަނީ މުބާރާތުގައި ޖުމުލަ 22 ލަނޑު ޖަހައިފަ އެވެ. އަދި މުބާރާތުގެ ފިރިހެން ޑިވިޝަންގެ އެންމެ މޮޅު ކުޅުންތެރިޔަކަށް ހޮވުނީ ވެސް އޭނާ އެވެ.

މިއަހަރުގެ ފިރިހެން ޑިވިޝަންގައި ވަނީ ޖުމުލަ 18 ޓީމަކުން ބައިވެރިވެފަ އެވެ. މުބާރާތުގެ ޗެމްޕިއަން ޓީމަށް ފައިސާގެ އިނާމުގެ ގޮތުގައި 10،000 (ދިހަ ހާސް) ރުފިޔާ ދިނުމަށް ހަމަޖެހިފައިވާއިރު، ރަނަރަޕް ޓީމަކަށް 5000 (ފަސް ހާސް) ރުފިޔާ ދިނުމަށް ވަނީ ހަމަޖެހިފަ އެވެ. 2012 ވަނަ އަހަރުން ފެށިގެން ބާއްވަމުން އަންނަ މި މުބާރާތަކީ ރާއްޖޭގެ މަތީ ތައުލީމު ދޭ ކޮލެޖު/ޔުނިވާސިޓީތަކުގެ މެދުގައި ބާއްވާ އެންމެ ބޮޑު ފުޓްސަލް މުބާރާތެކެވެ.

މިއަހަރުގެ މުބާރާތުގެ ފައިނަލް މެޗު ޝަރަފުވެރި ކޮށްދެއްވީ ރައީސުލްޖުމްހޫރިއްޔާގެ ނައިބު އަލްއުސްތާޛް ޙުސެއިން މުޙައްމަދު ލަޠީފް އަދި ކުޅިވަރާއި ހަށިހެޔޮކަމާ ބެހޭ ވަޒީރު ޢަބްދުﷲ ރާފިޢު އެވެ.

އިތުރަށް ކިޔާލަން

02 ފެބުރުއަރީ 2017

އެޓްލެޓިކޯ ބަލިކޮށް ބާސެލޯނާ ފައިނަލާ ގާތަށް

02 ފެބުރުއަރީ 2017
އެޓްލެޓިކޯ ބަލިކޮށް ބާސެލޯނާ ފައިނަލާ ގާތަށް
30 ޖެނުއަރީ 2017

އޮސްޓްރޭލިއަން އޯޕަން: ނަޑާލް ބަލިކޮށް 18 ވަނަ ގްރޭންޑް ސްލޭމް ފެޑެރާ އުފުލާލައިފި

30 ޖެނުއަރީ 2017
އޮސްޓްރޭލިއަން އޯޕަން: ނަޑާލް ބަލިކޮށް 18 ވަނަ ގްރޭންޑް ސްލޭމް ފެޑެރާ އުފުލާލައިފި
27 ޖެނުއަރީ 2017

ފޯރިގަދަ ކުޅުމަކަށް ފަހު ވަވްރިންކާ ބަލިކޮށް ފެޑެރާ ފައިނަލަށް

27 ޖެނުއަރީ 2017
ފޯރިގަދަ ކުޅުމަކަށް ފަހު ވަވްރިންކާ ބަލިކޮށް ފެޑެރާ ފައިނަލަށް
27 ޖެނުއަރީ 2017

އޭވީސީ ސެންޓްރަލް ޒޯން: ސީދާ ތިން ސެޓުން ރާއްޖެ ބަލިކޮށް ނޭޕާލް އަށް ރަނގަޅު ފެށުމެއް

27 ޖެނުއަރީ 2017
އޭވީސީ ސެންޓްރަލް ޒޯން: ސީދާ ތިން ސެޓުން ރާއްޖެ ބަލިކޮށް ނޭޕާލް އަށް ރަނގަޅު ފެށުމެއް
26 ޖެނުއަރީ 2017

ކޮޕާ އިޓަލިއާ: އޭސީ މިލާން ބަލިކޮށް ޔުވަންޓަސް ސެމީއަށް

26 ޖެނުއަރީ 2017
ކޮޕާ އިޓަލިއާ: އޭސީ މިލާން ބަލިކޮށް ޔުވަންޓަސް ސެމީއަށް
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު