Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
Advertisement - sportsAdvertisement
ކުޅިވަރު
އެމްއެންޔޫއެސްޔޫ ފުޓްސަލް ފިއެސްޓާ 2024

އެމްއެންޔޫއެސްޔޫ ފުޓްސަލް ފިއެސްޓާ: އަންހެން ޑިވިޝަންގެ ޗެމްޕިއަންކަން އެމްބީއެސް އިން ހޯދައިފި

ހުޅުމާލޭ ރެހެންދި ފުޓްސަލް ދަނޑުގައި ކުޅުނު ފައިނަލް މެޗު އެމްބީއެސް އިން ކާމިޔާބު ކުރީ 6-0 ގެ ތަފާތު ބޮޑު ނަތީޖާ އަކުންނެވެ.

ޝައިހާން ޒަރީރް
ޝައިހާން ޒަރީރް, ރާއްޖެ އެމްވީ | 9 ނޮވެމްބަރު 2024 | ހޮނިހިރު 07:02
އަންހެން ޑިވިޝަންގެ ޗެމްޕިއަންކަން ހޯދި އެމްބީއެސް އަށް ތަށި ހަވާލު ކުރަނީ

އަންހެން ޑިވިޝަންގެ ޗެމްޕިއަންކަން ހޯދި އެމްބީއެސް އަށް ތަށި ހަވާލު ކުރަނީ

ދިވެހި ރާއްޖޭގެ ޤައުމީ ޔުނިވަރސިޓީގެ ދަރިވަރުންގެ ޔޫނިއަން (އެމްއެންޔޫއެސްޔޫ) އިން އިންތިޒާމު ކޮށްގެން ކުރިއަށް ގެންދިޔަ، އެމްއެންޔޫއެސްޔޫ ފުޓްސަލް ފިއެސްޓާ 2024ގެ އަންހެން ޑިވިޝަންގެ ޗެމްޕިއަންކަން މޯލްޑިވްސް ބިޒްނަސް ސްކޫލް (އެމްބީއެސް) އިން ހޯދައިފި އެވެ.

މުބާރާތުގެ ޗެމްޕިއަންކަން އެމްބީއެސް އިން ހޯދީ، ހުކުރު ދުވަހުގެ ރޭ ކުޅުނު ފައިނަލް މެޗުގައި ސެންޓަ ފޯ ފައުންޑޭޝަން ސްޓަޑީޒް (ސީއެފްއެސް)ގެ މައްޗަށް ކުރި ހޯދައިގެންނެވެ. ހުޅުމާލޭ ރެހެންދި ފުޓްސަލް ދަނޑުގައި ކުޅުނު ފައިނަލް މެޗު އެމްބީއެސް އިން ކާމިޔާބު ކުރީ 6-0 ގެ ތަފާތު ބޮޑު ނަތީޖާ އަކުންނެވެ.

މެޗުގައި އެމްބީއެސްގެ ލަނޑުތައް ޖެހީ ފާތިމަތު ސައިނާ، ނުޒުމާ ނާޒިމް، ފާތިމަތު ސާމިރާ، ސަނިއްޔާ ޢަބްދުއް ޞަމަދު އަދި ފާތިމަތު އަޒުމާ އަޙުމަދު އެވެ. މެޗުގައި އެމްބީއެސްގެ އަނެއް ލަނޑަކީ ސީއެފްއެސްގެ ސަދާ އަންވަރު އަތުން ބައި ކޮޅަށް ވަތް ލަނޑެކެވެ. ފައިނަލް މެޗުގެ މޮޅު ކުޅުންތެރިޔަކަށް ހޮވުނީ އެމްބީއެސްގެ ސާއިނާ އެވެ.

މުބާރާތުގެ އަންހެން ޑިވިޝަންގެ އެންމެ މޮޅު ކުޅުންތެރިންގެ ތެރޭގައި ހިމެނުނީ ޗެމްޕިއަން އެމްބީއެސްގެ ސަނިއްޔާ، މަރިޔަމް މަލްދާގެ އިތުރުން، ސީއެފްއެސްގެ ޖަފްނާ ޢީސާ، ސަދާ އަދި ސްކޫލް އޮފް ނާސިން (އެސްއެން)ގެ މަރިޔަމް ޝަހާ އެވެ. އަންހެން ޑިވިޝަންގެ އެންމެ އުންމީދީ ކުޅުންތެރިޔަކަށް ހޮވުނީ ސީއެފްއެސްގެ އާމިނަތު ރައިޝާ ރަމީޒު އެވެ. އެންމެ މޮޅު ކޯޗަކަށް އެމްބީއެސްގެ ކޯޗު ހޮވުނުއިރު، އެންމެ ގިނަ ލަނޑު ޖެހި ކުޅުންތެރިޔަކީ އެމްބީއެސްގެ އައިޝަތު ނަސްމާ އަޙުމަދު އެވެ. އޭނާ ވަނީ މުބާރާތުގައި 10 ލަނޑު ޖަހައިފަ އެވެ. މީގެ އިތުރުން އަންހެން ޑިވިޝަންގެ އެންމެ މޮޅު ކުޅުންތެރިޔާ އަށް ހޮވުނީ ޗެމްޕިއަން އެމްބީއެސްގެ ފާތިމަތު ސައިނާ އެވެ.

މިއަހަރުގެ އަަންހެން ޑިވިޝަންގައި ވަނީ ޖުމުލަ 12 ޓީމަކުން ބައިވެރިވެފަ އެވެ. މުބާރާތުގެ ޗެމްޕިއަން ޓީމަށް ފައިސާގެ އިނާމުގެ ގޮތުގައި 10،000 (ދިހަ ހާސް) ރުފިޔާ ދިނުމަށް ހަމަޖެހިފައިވާއިރު، ރަނަރަޕް ޓީމަކަށް 5000 (ފަސް ހާސް) ރުފިޔާ ދިނުމަށް ވަނީ ހަމަޖެހިފަ އެވެ. 2012 ވަނަ އަހަރުން ފެށިގެން ބާއްވަމުން އަންނަ މި މުބާރާތަކީ ރާއްޖޭގެ މަތީ ތައުލީމު ދޭ ކޮލެޖު/ޔުނިވާސިޓީތަކުގެ މެދުގައި ބާއްވާ އެންމެ ބޮޑު ފުޓްސަލް މުބާރާތެކެވެ.

މިއަހަރުގެ މުބާރާތުގެ ފައިނަލް މެޗު ޝަރަފުވެރި ކޮށްދެއްވީ ރައީސުލްޖުމްހޫރިއްޔާގެ ނައިބު އަލްއުސްތާޛް ޙުސެއިން މުޙައްމަދު ލަޠީފް އަދި ކުޅިވަރާއި ހަށިހެޔޮކަމާ ބެހޭ ވަޒީރު ޢަބްދުﷲ ރާފިޢު އެވެ.

ކޮމެންޓް

އިތުރަށް ކިޔާލަން

އޮފީސް ހޭންޑްބޯލް މުބާރާތް:ފިނޭންސް ބަލިކޮށް އަންހެން ބައިގެ ފައިނަލަށް އިމިގްރޭޝަން

އޮފީސް ހޭންޑްބޯލް މުބާރާތް:ފިނޭންސް ބަލިކޮށް އަންހެން ބައިގެ ފައިނަލަށް އިމިގްރޭޝަން

08 ފެބުރުއަރީ 2017
އައްޑޫގައި ފުރަތަމަ ފަހަރަށް އަންހެން ފުޓްބޯޅަ ޓީމެއް އިފްތިތާޙްކޮށްފި

އައްޑޫގައި ފުރަތަމަ ފަހަރަށް އަންހެން ފުޓްބޯޅަ ޓީމެއް އިފްތިތާޙްކޮށްފި

08 ފެބުރުއަރީ 2017
އަހަރެއްގެ ތެރޭގައި އަންހެން ޓީމަށް ބޮޑު ކުރިއެރުމެއް ލިބިއްޖެ: އަދީލް

އަހަރެއްގެ ތެރޭގައި އަންހެން ޓީމަށް ބޮޑު ކުރިއެރުމެއް ލިބިއްޖެ: އަދީލް

31 ޖެނުއަރީ 2017
ގައުމީ އަންހެން ޓީމުގެ ފުރަތަމަ ކެޕްޓަން މިރުފަތު ރިޓަޔާކޮށްފި

ގައުމީ އަންހެން ޓީމުގެ ފުރަތަމަ ކެޕްޓަން މިރުފަތު ރިޓަޔާކޮށްފި

27 ޖެނުއަރީ 2017
އަންހެން ވޮލީ މުބާރާތުގެ ޓިކެޓް ވިއްކަން ފަށައިފި

އަންހެން ވޮލީ މުބާރާތުގެ ޓިކެޓް ވިއްކަން ފަށައިފި

26 ޖެނުއަރީ 2017

އަހަރުތަކުން މިއަދު

6 މެއި
"ޕްރިންސް އޮފް މަޑަގަސްކަރަ"!
20251 އަހަރު ކުރިން
ރިޕޯޓު

"ޕްރިންސް އޮފް މަޑަގަސްކަރަ"!

އިމްރާންގެ ވީޑިއޯއާއެކު ރައީސް ޖެއްސެވީ މެޑަލް!
20242 އަހަރު ކުރިން
ރިޕޯޓު

އިމްރާންގެ ވީޑިއޯއާއެކު ރައީސް ޖެއްސެވީ މެޑަލް!

އިންތިހާބުގައި ވާދަނުކޮށް މާގިނަ ވޯޓު ހޯދި ކެޕްޓަން ގިއޯގީ ހާޖީ: ރޫމޭނިއާގެ ހިތްތަކުގެ ރައީސް
20233 އަހަރު ކުރިން
މީހުން

އިންތިހާބުގައި ވާދަނުކޮށް މާގިނަ ވޯޓު ހޯދި ކެޕްޓަން ގިއޯގީ ހާޖީ: ރޫމޭނިއާގެ ހިތްތަކުގެ ރައީސް

އެލިމިނޭޓް ވުމުން އައްޒަ: "އެންމެ ހީނުކުރާ މީހާ ދެކޮޅަށް ވޯޓުދިނުމުން ސަޕްރައިޒްވި"
20224 އަހަރު ކުރިން
ރާއްޖެ

އެލިމިނޭޓް ވުމުން އައްޒަ: "އެންމެ ހީނުކުރާ މީހާ ދެކޮޅަށް ވޯޓުދިނުމުން ސަޕްރައިޒްވި"

ރައީސް ނަޝީދުގެ ހާލުކޮޅު ސީރިއަސް
20215 އަހަރު ކުރިން
ރާއްޖެ

ރައީސް ނަޝީދުގެ ހާލުކޮޅު ސީރިއަސް

ބިލެތުގެ ސިއްހީ ބައެއް ފައިދާ!
20197 އަހަރު ކުރިން
ސިއްހަތު

ބިލެތުގެ ސިއްހީ ބައެއް ފައިދާ!

ބަހުގެ ހަމަލާތަކާއެކު އުއްތަމަ ފަނޑިޔާރުގެ ޝަރީއަތުގައި ރެކޯޑިން ވެސް އިއްވައިފި
20188 އަހަރު ކުރިން
ރާއްޖެ

ބަހުގެ ހަމަލާތަކާއެކު އުއްތަމަ ފަނޑިޔާރުގެ ޝަރީއަތުގައި ރެކޯޑިން ވެސް އިއްވައިފި

ރާއްޖެކުޅިވަރުދުނިޔެވިޔަފާރި - އިގްތިސާދުރިޕޯޓުފޮޓޯވާހަކަސިއްހަތުތަފާތު ޚަބަރުލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު