Raajje.mv

ކޮވިޑް-19: އެންމެ ފަހުގެ

ނޮވެލް ކޮރޯނާވައިރަސް ގުޅޭ އެންމެ ފަހުގެ މައުލޫމާތު:

28 ޖެނުއަރީ 2020
61179852
ކޮރޯނާވައިރަސް

ކޮރޯނާވައިރަސް

07 އެޕްރީލު 2020 | 16:09

ކޮވިޑް-19 ރާއްޖޭގެ ހާލަތު

8076 މީހަކު ކަރަންޓީން ފެސިލިޓީގައި އެބަތިބި. މިހާތަނަށް 2010 ސާމްޕަލް ނެގިފައިވޭ. އޭގެ ތެރެއިން 1911 ސާމްޕަލެއް ނެގެޓިވްވެފައިވޭ. 80 ސާމްޕަލެއްގެ ނަތީޖާ ވަނީ ނުލިބި.

07 އެޕްރީލު 2020 | 15:22

ކޮވިޑް-19 ބަލިން އަވަސް ޝިފާއަކަށް އެދިވަޑައިގެން އިނގިރޭސި ބޮޑުވަޒީރަށް ރައީސް ސާލިހު މެސެޖެއް ފޮނުއްވައިފި

ކޮވިޑް-19އަށް މިހާރު ފަރުވާ ހޯއްދަވަމުން ގެންދަވާ އިނގިރޭސިވިލާތުގެ ބޮޑުވަޒީރު ބޮރިސް ޖޯންސަންއަށް އަވަސް ޝިފާއަކަށް އެދިވަޑައިގެން ރައީސުލްޖުމްހޫރިއްޔާ އިބްރާހިމް މުޙައްމަދު ޞާލިޙު މެސެޖެއް ފޮނުއްވައިފިއެވެ.

07 އެޕްރީލު 2020 | 15:21

މާލެސިޓީ ލޮކްޑައުންކުރާ ހާލަތެއްގައި ގޭތަކަށް ޑެލިވަރީކޮށްދޭނެ ފިހާރަތައް ހޯދައިފި

ކޮވިޑް-19 އިން ރައްކާތެރިވުމަށް އަޅާފިޔަވަޅެއްގެ ގޮތުގައި މާލެސިޓީ ލޮކްޑައުންކޮށްފިނަމަ، ގޭގެއަށް ތަކެތި ފޮނުވައިދޭނެ ފިހާރަތަކުގެ މަޢުލޫމާތު މާލޭ ސިޓީ ކައުންސިލުން އެއްކޮށްފި އެވެ.

07 އެޕްރީލު 2020 | 15:20

ކޮވިޑް-19: މާލޭގެ 306 ޓެކްސީއެއްގެ މައުލޫމާތު ހޯދައިފި

ކޮވިޑް-19 އާއި ގުޅިގެން މާލޭގެ ޓެކްސީ ސެންޓަރ ތަކުގެ މަޢުލޫމާތު އެއްކުރުމުގެ މަސައްކަތް މާލޭ ސިޓީ ކައުންސިލުންކޮށްފިއެވެ.

07 އެޕްރީލު 2020 | 15:20

ކޮވިޑް-19: މާލެސިޓީގައި ދިރިއުޅޭ ބިދޭސީންގެ މައުލޫމާތު ހޯދަނީ

ކޮވިޑް-19 އާއި ގުޅިގެން ކުރަންޖެހޭ މަސައްކަތްތައް ފަސޭހަކުރުމަށް މާލޭސިޓީގައި ދިރިއުޅޭ ބިދޭސީންގެ މަޢުލޫމާތު އެއްކުރުމުގެ މަސައްކަތް މާލޭސިޓީ ކައުންސިލުން ފަށައިފިއެވެ.

07 އެޕްރީލު 2020 | 15:19

ރައްޔިތުންނަށްވާ ދަތިތަކުގައި "ވީހާލެއްގައި ވާން" މިހުރީ ތައްޔާރަށް: ރައީސް ނަޝީދު

މިހާރު ދުނިޔޭގައި ހަލުވިކަމާއެކު ފެތުރެމުންދާ ކޮވިޑް-19 އާ ގުޅިގެން ރައްޔިތުންނަށް ދިމާވާ ދަތިތަކުގައި، "ވީހާލެއްގައިވާން" ތައްޔާރަށް ހުންނެވި ކަމަށް ރައްޔިތުންގެ މަޖިލީހުގެ ރައީސް، ރައީސް މުޙައްމަދު ނަޝީދު ވިދާޅުވެއްޖެ އެވެ.

07 އެޕްރީލު 2020 | 15:17

ކޮވިޑް-19: ފުރައިގެން ދިޔަ ފަހުން ކޮވިޑްއަށް މީހަކު ޕޮޒިޓިވްވެގެން 2 ރިސޯޓެއް މޮނިޓަރިންގެ ހާލަތަށް ގެނެސްފި

ރާއްޖެއަށް އައި ބިދޭސީ މީހަކު އަނބުރާ ޤައުމަށް ދިޔަ ފަހުން ކޮވިޑް-19 އަށް ޕޮޒިޓިވްވުމާއި ގުޅިގެން ރާއްޖޭގެ ދެ ރަށެއް މޮނިޓަރިންގެ ހާލަތަށް ގެނެސްފިއެވެ.

06 އެޕްރީލު 2020 | 21:02

އައިސޮލޭޝަން ފެސިލިޓީން ދޫކުރާ މީހުންނާމެދު ތަފާތު ކުރުންތައް ނުގެންގުޅުމަށް އިލްތިމާސްކޮށްފި

އައިސޮލޭޝަން ފެސިލިޓީގައި ތިބޭ މީހުންގެ ތެރެއިން މުޖުތަމަޢަށް ދޫކުރާ މީހުންނާ މެދު ތަފާތު ކުރުންތައް ނުގެންގުޅުމަށް އިލްތިމާސްކޮށްފިއެވެ.

06 އެޕްރީލު 2020 | 20:48

ކޮވިޑް-19: އެމެރިކާގައި މަރުވީ މީހުންގެ އަދަދު 10 ހާހަށް ވުރެ މައްޗަށް އަރައިފި

ކޮވިޑް-19 ޖެހިގެން އެމެރިކާގައި މަރުވީ މީހުންގެ އަދަދު 10 ހާހަށްވުރެ މައްޗަށް އަރައިފިއެވެ.

އެންމެފަހުގެ ޑޭޓާތަކައް ބަލާލާއިރު، ފާއިތުވެދިޔަ 24 ގަޑިއިރުގެތެރޭގައި އެމެރިކާއިން 25,653 މީހަކު ވައިރަސްއަށް ޕޮޒިޓިވްވެ، ފަރުވާދެމުން ދަނިކޮށް 1,098 މީހުން ވަނީ މަރުވެފައެވެ.

06 އެޕްރީލު 2020 | 20:13

ބޭރުގައި ތިބި ދިވެހިން ގެނައުމުގައި އެންމެ އިންސާފުވެރިކޮށް އެކަންކުރެވޭނެ ގޮތެއް އަދިވެސް ބަލަންޖެހޭ: މަބްރޫކް

ބޭރުގައި ތިބި ދިވެހިން ރާއްޖެ ގެނައުމުގައި މިހާރު ސަރުކާރުން ގެންގުޅެމުންދާ އުޞޫލުތައް އަދިވެސް ބަލާ އެކަން އެންމެ އިންސާފުވެރިކޮށް ކުރެވޭނީ ކިހިނެއްތޯ އަދިވެސް ބަލަންޖެހޭކަމަށް ކޮވިޑް-19 ގެ ޓާސްކް ފޯހުގެ ތަރުޖަމާނު މަބްރޫކް އަޒީޒު ވިދާޅުވެއްޖެއެވެ.

06 އެޕްރީލު 2020 | 20:07

މެލޭޝިޔާގައި ދިރިއުޅޭ ފަރާތްކަށް ތަކެތި ފޮނުވުމުގެ އިންތިޒާމުތައް ހަމަޖައްސައިދެނީ

މެލޭޝިޔާގައި ދިރިއުޅޭ ފަރާތްތަކައް "ކެއަރ ޕެކޭޖް" ފޮނުވުމުގެ އިންތިޒާމު ސަރުކާރުން ހަމަޖައްސައިފިއެވެ.

06 އެޕްރީލު 2020 | 20:03

ކޮވިޑް-19: އިނގިރޭސި ބޮޑުވަޒީރުގެ ހާލުކޮޅު ބޮޑުވުމުގެ ސަބަބުން އައިސީޔޫއަށް

ކޮވިޑް-19 އަށް ޕޮޒިޓިވްވެގެން މިވަގުތު ހޮސްޕިޓަލްގައި އޮންނެވި އިނގިރޭސިވިލާތުގެ ބޮޑުވަޒީރު ބޮރިސް ޖޯންސަން ގެ ހާލުކޮޅު ގޯސްވުމުގެ ސަބަބުން އައިސީޔޫއަށް ބަދަލުކޮށްފި އެވެ.

06 އެޕްރީލު 2020 | 20:03

މޯލްޑިވިއަންގެ ބުކިން ސިސްޓަމަށް އެޓޭކްތަކެއް ދޭންފަށައިފި

ގައުމީ އެއަރލައިން މޯލްޑިވިއަންގެ އޮންލައިން ބުކިން ސިސްޓަމަށް އެޓޭކްތަކެއް ދެމުންދާ ކަމަށް މޯލްޑިވިއަނުން ބުނެފިއެވެ.

06 އެޕްރީލު 2020 | 19:59

އިނގިރޭސި ބޮޑުވަޒީރު ހޮސްޕިޓަލުގައި، މަޤާމުގެ ޒިންމާ އުފުއްލެވުމުގައި

އިނގިރޭސިވިލާތުގެ ބޮޑުވަޒީރު ބޮރިސް ޖޯންސަން ކޮވިޑް-19 އަށް ތަހުލީލުކުރެއްވުމަށްޓަކައި، ހޮސްޕިޓަލުގައި އެޑްމިޓްކުރިނަމަވެސް، މަޤާމުގެ މަސްއޫލިއްޔަތު ދޫކޮށްނުލައްވާ ކަމަށް އެޤައުމުގެ ސަރުކާރުން ބުނެފިއެވެ.

06 އެޕްރީލު 2020 | 19:03

މި މަހުގެ މުސާރައާއެކު މާރޗް މަހުގެ އޯޓީވެސް ލިބޭނެ: ފިނޭންސް

ސިވިލް ސަރވިސް މުވައްޒަފުންނަށް މިހިނގާ އެޕްރީލް މަހުގެ މުސާރައާއެކު ފާއިތިވެދިޔަ މާރޗް މަހުގެ އޯވަރޓައިމް އެލަވެންސް(އިތުރުގަޑީގެ ފައިސާ) ލިބޭނެ ކަމަށް ފިނޭންސް މިނިސްޓްރީގެ މީޑިއާ އެގްޒެކްޓިވް މުޙައްމަދު ޝަނޫން ވިދާޅުވެއްޖެއެވެ.

06 އެޕްރީލު 2020 | 18:04

ކޮވިޑް-19: މާފަށް އެދުމަށްފަހު ލިވަޕޫލްގެ ނިންމުން ބަދަލުކޮށްފި

ސަޕޯޓަރުންގެ ކިބައިން މާފަށް އެދުމަށްފަހު، ބައެއް މުވައްޒަފުން ނޯޕޭ ލީވްއަށް ފޮނުވާލުމަށް ނިންމި ނިންމުން ލިވަޕޫލުން ބަދަލުކޮށްފި އެވެ.

އިނގިރޭސި ޕްރިމިއާ ލީގުގެ އެއްވަނައިގައި އޮތް ލިވަޕޫލުން ހޮނިހިރު ދުވަހު ވަނީ ބައެއް މުވައްޒަފުން ނޯޕޭ ލީވްއަށް ފޮނުވާލުމަށް ނިންމާފައެވެ. އެކަމާ ގުޅިގެން ގިނަ ބަޔެއްގެ ފާޑުކިޔުން ލިވަޕޫލަށް އަމާޒުވިއެވެ.

06 އެޕްރީލު 2020 | 18:01

ކާފިއު ހިންގި ވަގުތު ބޭރުގައި އުޅުނު 150 ދިވެހިން ފުލުހުން ހުއްޓުވި: މަބްރޫކް

މާލެ ހިމެނޭ ޞަރަޙައްދުގައި ހިންގަން ފަށާފައިވާ ކާފިއުގައި ހޯމަ ދުވަހު އެކަނި ވެސް 150 ދިވެހިން ފުލުހުން ހުއްޓުވި ކަމަށް ޓާސްކް ފޯހުގެ ތަރުޖަމާނު މަބްރޫކް އަޒީޒު ވިދާޅުވެއްޖެއެވެ.

06 އެޕްރީލު 2020 | 17:27

އިންޑިއާ ޓްރެފިކް ފުލުހުން ކޮވިޑް-19 ތީމްގެ ހެލްމެޓް އަޅައިގެން ޑިއުޓީގައި

އިންޑިއާ ޓްރެފިކް ފުލުހުން ކޮވިޑް-19 ތީމްގެ ހެލްމެޓާއި ޝީލްޑް ހިފައިގެން ޑިއުޓީއަށް ނިކުމެއްޖެއެވެ. ފުލުހުން ބުނެފައިވަނީ، މިގޮތައް ކަންތައް ކުރަމުންދަނީ މި ވައިރަސްގެ ނުރައްކާ އާންމުންނަށް އަންގައިދިނުމުގެ ބޭނުމުގައި ކަމަށެވެ. ފުލުހުން ދަނީ އުޅަނދުތައް ހުއްޓުވާ ނަޞޭހަތް ދެމުންނެވެ. އަދި ގޭގެއަށް ގޮސް ވެސް ނަސޭހަތް ދެމުންނެވެ. އަދި ކޮވިޑް-19 އަށް ހޭލުންތެރިކުރުމުގައު ފުލުހުންގެ ދައުރު ބޮޑުކަމަށް ބުނެ، އިންޑިއާ ފުލުހުންދަނީ ކޮވިޑްއާއި ގުޅޭ މަޢުލޫމާތުވެސް ފަތުރަމުންނެވެ.

06 އެޕްރީލު 2020 | 17:20

ކޮވިޑް-19: ފެލައިނީއާ ކޮންޓެކްޓްވި މީހުންގެ ނަތީޖާ ނެގެޓިވުމާއެކު ދޫކޮށްލައިފި

މެންޗެސްޓަރ ޔުނައިޓެޑްގެ ކުރީގެ މިޑްފީލްޑަރު މައުރޯނޭ ފެލައިނީއާ ރާއްޖެއިން ކްލޯޒް ކޮންޓެކްޓެއްވި ތިން މީހުން ކޮވިޑް-19 އަށް ނެގެޓިވް ކަމަށާއި، އެމީހުން ދޫކޮށްލާފައިވާ ކޮވިޑް-19 ގެ ޓާސްކް ފޯހުގެ ތަރުޖަމާނު މަބްރޫކް އަޒީޒު ވިދާޅުވެއްޖެއެވެ.

06 އެޕްރީލު 2020 | 15:57

ކޮރޯނާވައިރަސް އާ ބެހޭ ދޮގު ވާހަކަ ފަތުރާ މީހުންނަށް ލަންކާގައި ފިޔަވަޅު އަޅަނީ

ކޮރޯނާވައިރަސް އާ ބެހޭ ގޮތުން ދޮގު ވާހަކަ ފަތުރާ މީހުންނަށް ގާނޫނީ ފިޔަވަޅު އަޅާނެ ކަމަށް ސްރީލަންކާގެ ފުލުހުން ބުނެފިއެވެ.

06 އެޕްރީލު 2020 | 15:56

ޚަރަދު ކުޑަކުރަން ޖެހިއްޖެ ނަމަ ބޯޑު މެންބަރުންގެ މުސާރަ ކުޑަކުރާނަން: މޯލްޑިވިއަން

ކޮވިޑް-19 އާއި ގުޅިގެން އެއަރލައިން އިންޑަސްޓްރީތަކަށް އަންނަމުންދާ ބަދަލުތަކުގެ ސަބަބުން ޤައުމީ އެއަރލައިން މޯލްޑިވިއަންގެ ޚަރަދު ކުޑަކުރަން ޖެހިއްޖެނަމަ ކުންފުނީގެ ބޯޑު މެންބަރުންގެ މުސާރަ ކުޑަކުރުމަށް ނިންމާފައިވާކަމަށް އެ ކުންފުނިން ހާމަކޮށްފިއެވެ.

06 އެޕްރީލު 2020 | 15:55

ކޮވިޑް-19: މޯލްޑިވްސް އެނަރޖީ އޮތޯރިޓީގެ ޚިދުމަތްތައް އޮންލައިންކޮށްފި

މޯލްޑިވްސް އެނަރޖީ އޮތޯރިޓީގެ ޚިދުމަތްތައް އޮންލައިންކޮށްފިއެވެ.

06 އެޕްރީލު 2020 | 15:55

ކޮވިޑް-19: އޯއައިސީގެ ކުއްލި ބައްދަލުވުމެއް ބާއްވަނީ

އޯގަނައިޒޭޝަން އޮފް އިސްލާމިކް ކޮންފަރެންސް (އޯއައިސީ)ގެ ކުއްލި ބައްދަލުވުމެއް ބާއްވަން ނިންމައިފިއެވެ.

06 އެޕްރީލު 2020 | 15:18

ކޮވިޑް-19: ޖަރުމަން ކްލަބުތަކުން ފަރިތަކުރުންތައް ފަށައިފި

ޖަރުމަން ލީގުގެ ބައެއް ކްލަބުތަކުން ފަރިތަކުރުންތައް ފަށައިފި އެވެ.

މުޅި ދުނިޔޭގައި މިހާރު ފެތުރެމުން އަންނަ ކޮރޯނާވައިރަސް (ކޮވިޑް-19) ގެ ސަބަބުން ޖަރުމަން ލީގުގެ މެޗުތައް ވަނީ އޭޕްރީލް 30 ގެ ނިޔަލަށް ފަސްކުރުމަށް ނިންމާފައެވެ. ޖަރުމަން ކްލަބުތަކަށް ފަރިތަކުރުންތައް ކުރިއަށް ގެންދަން މިހާތު ހުއްދަ ދީފައިވާއިރު، އެންމެ ފަހުގެ ޗެމްޕިއަން ބަޔާން މިއުނިކާއި، ބޮރޫޝިއާ މޮންޗެގްލަޑްބަކާއި ވުލްފްސްބާގުން ވަނީ ހޯމަ ދުވަހު ފަރިތަކުރުންތައް ކުރިއަށް ގެންގޮސްފައެވެ.

06 އެޕްރީލު 2020 | 14:42

ކޮވިޑް-19: މޯދީ އާއި ސަރުކާރުގެ އިސްވެރިންގެ މުސާރައިން 30 އިންސައްތަ އުނިކުރަން ނިންމައިފި

ކޮވިޑް-19 ގެ ސަބަބުން ދިމާވާ އިގްތިޞާދީ ދަތިތަކާއި ގުޅިގެން އިންޑިޔާގެ ބޮޑު ވަޒީރު މޯދީ އާއި ސަރުކާރުގެ އިސް އޮފިޝަލުންގެ މުސާރައިން 30 އިންސައްތަ އުނިކުރުމަށް އެގައުމުން ނިންމައިފި އެވެ. އެގައުމުގެ ޤާނޫނު ހަދާ މަޖިލީހުން ހޯމަ ދުވަހު މިގޮތަށް ފާސްކޮށްފައިވާއިރު މުޅި އިންޑިޔާ ވަނީ 3 ހަފްތާގެ މުއްދަތަށް ލޮކްޑައުންކޮށްފަ އެވެ. އަދި އެއާއެކު އެގައުމުގެ އެތައް ބަޔަކު ދިރިއުޅުމަށް ކުރަމުން އައި މަސައްކަތްތައް ކުރުމަށް ވަނީ ހުރަސްތައް ކުރިމަތިވެފަ އެވެ.

06 އެޕްރީލު 2020 | 14:36

ކޮވިޑް-19: ޕެޕް ގާޑިއޯލާގެ މަންމަ މަރުވެއްޖެ

ކޮރޯނާވައިރަސް (ކޮވިޑް-19) ޖެހިގެން ބާސެލޯނާ އަށް ކުރިން ކުޅުނު އަދި އެ ޓީމަށް ކުރިން އިރުޝާދުދިން މިހާރު މެންޗެސްޓާ ސިޓީގެ ކޯޗު ޕެޕް ގާޑިއޯލާގެ މަންމަ ޑޮލާސް ސަލަ ކަރިއޯ މަރުވެއްޖެ އެވެ.

ގާޑިއޯލާގެ މަންމަ މަރުވިކަން މެންޗެސްޓާ ސިޓީން ވަނީ ކަށަވަރުކޮށްދީފައެވެ. ރިޕޯޓުތައް ބުނާ ގޮތުން ގާޑިއޯލާގެ މަންމަ މަރުވީ ކޮވިޑް-19 ޖެހިގެން ބާސެލޯނާގެ ހޮސްޕިޓަލަކު ފަރުވާދެމުން ދަނިކޮށެވެ.

06 އެޕްރީލު 2020 | 14:10

ކޮވިޑް-19: ޗައިނާ ފުޓްބޯޅަ ޓީމު ކަރަންޓީނުގެ މުއްދަތު ހަމަކޮށްފި

ކޮރޯނާވައިރަސް (ކޮވިޑް-19) އާ ގުޅިގެން ޗައިނާގެ ފިރިހެން ފުޓްބޯޅަ ޓީމު ކަރަންޓީނުގެ މުއްދަތު ހަމަކޮށްފިއެވެ.

ޗައިނާ ފުޓްބޯޅަ ޓީމު ކަރަންޓީނުކުރީ ޔުނައިޓެޑް އަރަބި އެމިރޭޓްސްގެ ދުބާއިގައި ކުރިއަށްގެންދިޔަ ތަމްރީނު ކޭމްޕަށްފަހު އެނބުރި ގައުމަށް ދިޔުމުންނެވެ. ނިމިދިޔަ މާޗު މަހުގެ 23 ވަނަ ދުވަހު ޗައިނާގެ ހައިނާން ޕްރޮވިންސްގެ ސިޓީއެއް ކަމަށްވާ ސަންޔާއަށް ފުޓްބޯޅަ ޓީމު ދިޔުމުން، އެ ސިޓީގެ ހޮޓަލެއްގައި 25 ކުޅުންތެރިންގެ ސްކޮޑު ވަނީ ކަރަންޓީނުކޮށްފައެވެ.

06 އެޕްރީލު 2020 | 12:53

ދިވެހިން ގެނައުމަށް ޓިކެޓް ލިބޭނެ ކަމަށްބުނެ މޯލްޑިވިއަން ނުގުޅާނެ

އެކި ޤައުމުތަކުގައި ތިބި ދިވެހިން ގެނައުމަށް ޓިކެޓް ލިބޭނެ ކަމަށްބުނެ މޯލްޑިވިއަން ނުގުޅާނެކަމަށް މޯލްޑިވިއަން އިން ބުންޏެވެ. މި ވަގުތު ޓިކެޓް ބައްލަވައިގަނެވޭނީ ވެބްސައިޓުންނާއި މޮބައިލް އެޕްލިކޭޝަން މެދުވެރިކޮށް ކަމަށެވެ.

06 އެޕްރީލު 2020 | 11:33

ކޮވިޑް-19: މުސާރަ ނުނަގަން ވެސްޓް ބްރޮމްގެ ސީއީއޯ ނިންމައިފި

ކޮރޯނާވައިރަސް (ކޮވިޑް-19) ގެ ސަބަބުން ދިމާވާނެ މާލީ ގޮންޖެހުންތަކުން އަރައިގަތުމަށްޓަކައި މުސާރަ ނުނަގަން އިނގިރޭސި ދެވަނަ ޑިވިޝަނުގައި ވާދަކުރަމުން އަންނަ ވެސްޓް ބްރޮމްވިޗް އެލްބިއަންގެ ސީއީއޯ މާކް ޖެންކިންސް ނިންމައިފި އެވެ.

ކޮވިޑް-19 ގެ ސަބަބުން އިންގްލެންޑްގައި ކުރިއަށްދާ ހުރިހާ ފުޓްބޯޅަ މުބާރާތްތަކެއް ވަނީ މުއްދަތެއް ނެތް ގޮތަށް ފަސްކޮށްފައެވެ. ކުރިން އިނގިރޭސި ޕްރިމިއާ ލީގުގައި ވެސް ވާދަކުރި ޗެސްޓް ބްރޮމްގެ ސީއީއޯ މާކް ޖެންކިންސް ވިދާޅުވީ މި ދަނޑިވަޅުގައި މުސާރާ ނުނަގާނެ ކަމަށާއި، މާލީ ގޮތުން ޓީމަށް ދިމާވާ ދަތިތަކުން އަރައިގަތުމަށް އެންމެ ގުޅިގެން މަސައްކަތް ކުރަން ޖެހޭ ކަމަށެވެ.

06 އެޕްރީލު 2020 | 11:12

ކޮވިޑް-19: ގަވާއިދާ ޚިލާފުވުމުން ކައިލް ވޯކާއަށް ފިޔަވަޅު އަޅަނީ

ކޮރޯނާވައިރަސް (ކޮވިޑް-19) އާ ގުޅިގެން އިނގިރޭސިވިލާތުން ކަނޑައަޅާފައިވާ ގަވާއިދުތަކާ ޚިލާފަށް މެންޗެސްޓާ ސިޓީގެ ޑިފެންޑަރު ކައިލް ވޯކާ ޕާޓީއެއް ބޭއްވުމުން އޭނާއަށް ފިޔަވަޅު އަޅަން އެ ކްލަބުން ނިންމައިފިއެވެ.

ކޮވިޑް-19 ގެ ސަބަބުން އިންގްލެންޑް ވަނީ ލޮކްޑައުން ކޮށްފައެވެ. އެގައުމުން ކަނޑައަޅާފައިވާ ގަވާއިދުތަކާ ޚިލާފަށް ވޯކާ ޕާޓީއެއް ބޭއްވުމުން، ގިނަ ބަޔެއްގެ ފާޑުކިޔުން އޭނާއަށް ވަނީ އަމާޒުވެފައެވެ. އެއާއެކު ވޯކާ ވަނީ އެކަމަށް މައާފަށްވެސް އެދިފައެވެ.

06 އެޕްރީލު 2020 | 09:39

ކޮވިޑް-19 ޖެހިގެން ޖަރުމަންވިލާތުން މަރުވާ މީހުންގެ ރޭޓު ދަށީ ކީއްވެ؟

މިލިއަނަކަށްވުރެ ގިނަ މީހުން ޓެސްޓްކޮށްފިއެވެ. ދުރާލާ އިޖުތިމާއީ ގައިދުރުކުރުމުގެ މިންގަނޑުތައް ތަންފީޒުކޮށްފިއެވެ. ހޮސްޕިޓާތައް ތައްޔާރީ ހާލަތައް ގެނެސް ފަރުވާ ދޭން ފަށައިފިއެވެ. ޕޮޒިޓިވްވެވެފައިވާ މީހުންގެ ތެރެއިން ހާލު ދެރަ މީހުން ގޭގައި ތިބި ނަމަވެސް، ބަރާބަރަށް ހާލަތު މޮނީޓަރކޮށް، ބޭނުންވާ ފަރުވާތައް ދަނީ ދެމުންނެވެ. ހާލަތު ގޯސް ވާނެ ކަމަށް ބެލެވޭ ފަރާތްތައް ދެނެގަނެ ދުރާލާ ތައްޔާރުވެގެން އަންނަނީ ވެންޓިލޭޓަރު ގުޅަމުންނެވެ.

މިއީ ހައްތަހާވެސް، ކޮވިޑް-19 އާ ދެކޮޅަށް ޖަރުމަންވިލާތުން ކުރާ ހަނގުރާމައިގައި ހޯދަމުން އަންނަ ކާމިޔާބީގެ ސަބަބުތަކެވެ. ލައްކައަކަށް ވުރެ ގިނަ މީހުންނަށް ވައިރަސް ޖެހިފައިވާއިރު، އެ ގައުމުން މަރުވީ މީހުންގެ އަދަދަކީ 1،584 ގައެވެ. މިއީ މިހާ ގިނަ ބަޔަކު ވައިރަސްއަށް ޕޮޒިޓިވްވީ ގައުމުތަކުގެ ތެރެއިންމޯޓަލިޓީ ރޭޓް(ވައިރަސް ޖެހޭ މީހުންގެ ނިސްބަތުން މަރުވާ މީހުންގެ އަދަދު) އެންމެ ދަށް ގައުމެވެ.

06 އެޕްރީލު 2020 | 08:00

ޖަޕާނުގައި ކުއްލި ނުރައްކަލުގެ ހާލަތު އިއުލާން ކުރަނީ

ދުނިޔޭގެ އެކިކަންކޮޅުތަކުގައި މިހާރު ހަލުވިކަމާއިއެކު ފެތުރެމުން އަންނަ ކޮރޯނާވައިރަސް ކޮވިޑް-19 ގެ އަސަރު ޖަޕާނަށްވެސް ކުރަމުން އަންނާތީ ޖަޕާނުގެ ބޮޑުވަޒީރު ސިންޒޯ އަބޭ ހަމަސް ދުވަހުގެ ކުއްލި ނުރައްކަލުގެ ހާލަތު އިއުލާން ކުރައްވަން އުޅޭ ކަމަށް މީޑިއާ ރިޕޯޓްތައް ބުނެފިއެވެ.

މަޝްހޫރު މީޑިއާ ރޮއިޓާސް އިން ރިޕޯޓްކޮށްފައިވާ ގޮތުގައި ޖަޕާނުގެ ބޮޑުވަޒީރު އަބޭ އަންގާރަ ދުވަހުގެ ވަގުތެއްގައި ކުއްލި ނުރައްކަލުގެ ހާލަތު އެގައުމުގައި އިއުލާން ކުރާނެއެވެ. އަދި ކުއްލި ނުރައްކަލުގެ ހާލަތުގައި އެގައުމުގެ އިގްތިސާދަށް ކުރާ އަސަރުން އަރައިގަތުމަށް ސްޓިމިއުލަސް ޕެކޭޖްތަކެއް ހެދުމަށް ސަރުކާރުން ނިންމައިފައިވާ ކަމަށް މީޑިއާ ރިޕޯޓްތައް ބުނެއެވެ.

06 އެޕްރީލު 2020 | 07:59

ސިއްހީ ކުއްލި ނުރައްކަލުގެ ހާލަތުގައި ގާނޫނު އަސާސިއަށް އިސްލާހު ގެނެވިދާނެ ކަމާއިމެދު މެމްބަރުން ސުވާލު އުފައްދައިފި

ކޮވިޑް-19 ފެތުރެން ހުއްޓުވުމުގެ ގޮތުން، ރާއްޖޭގައި ސިއްހީ ކުއްލި ނުރައްކަލުގެ ހާލަތު އިއުލާން ކޮށްފައިވާއިރު، ގާނޫނު އަސާސީ އަށް އިސްލާހު ގެނެވިދާނެކަމާއިމެދު ރައްޔިތުންގެ މަޖިލީހުގެ މެމްބަރުން ސުވާލު އުފައްދަވައިފި އެވެ.

ރައްޔިތުންގެ މަޖިލީހުގެ ހޯމަ ދުވަހުގެ ޖަލްސާގެ އެޖެންޑާގައި އޮތީ ކައުންސިލް މެމްބަރުންގެ ދައުރު ދިގުދެއްމުމަށް ސަރުކާރުގެ ފަރާތުން ޤާނޫނު އަސާސީއަށް ހުށަހަޅާފައިވާ އިސްލާހު އެވެ. މަޖިލީހުގެ ޖަލްސާ ފައްޓަވަމުން ރިޔާސަތުގައި އިންނެވި، ރައްޔިތުންގެ މަޖިލީހުގެ ރައީސް، ރައީސް މުހައްމަދު ނަޝީދު ވިދާޅުވީ ކުއްލި ނުރައްކަލުގެ ހާލަތުގައި ޤާނޫނު އަސާސީއަށް އިސްލާހު ނުގެނެވޭނެކަމަށް ޤާނޫނު އަސާސީގައި ބުނެފައިވާކަމަށެވެ. އެހެންކަމުން މި ހާލަތުގައި ޤާނޫނު އަސާސީ އިސްލާހް ކުރެވިދާނެތޯ ސުވާލު އުފައްދަވާ، ރައީސް ނަޝީދު ވަނީ އެ ސުވާލު މެމްބަރުންނާއި ކުރިމަތިކޮށްފަ އެވެ.

އެ ސުވާލާ ގުޅުގެން ވާހަކަދެއްކެވި ބައެއް މެމްބަރުން ދެކިވަޑައިގެންނެވިގޮތުގައި މި ހާލަތުގައި ޤާނުނު އަސާސީ އިސްލާހެއް ނުކުރެވޭނެ އެވެ. ސަބަބެއް ކަމަށް އެ މެމްބަރުން ވިދާޅުވަމުންގެންދެވީ، ޤާނޫނު އަސާސީގައި ބަޔާންކޮށްފައިވާ ކުއްލި ނުރައްކަލުގެ ހާލަތުގައިވެސް ހައްޤުތަށް ހަނިކުރެވޭގޮތަށް، އާންމު ސިއްހަތުގެ ޤާނޫނުގެ ދަށުން އިއުލާންކޮށްފައިވާ ސިއްހީ ކުއްލި ނުރައްކަލުގެ ހާލަތުގައިވެސް ހައްޤުތައް ހަނިކުރެވޭތީ އެވެ. އެހެންކަމުން މި ހާލަތުގައި ޤާނޫނު އަސާސީ އިސްލާހް ނުކުރެވޭނެކަމަށް މެމްބަރުން ވިދާޅުވި އެވެ.

06 އެޕްރީލު 2020 | 07:58

ހުކުރު ދުވަސް ފިޔަވައި ކޮންމެ ދުވަހަކު ވިޔަފާރި ރަޖިސްޓްރީކުރެވެނޭ

ކޮވިޑް-19 އާއި ގުޅިގެން މިނިސްޓްރީ އޮފް އިކޮނޮމިކް ޑިވޮލެޕްމަންޓުން ވިޔަފާރިތައް ރަޖިސްޓްރީކުރާ ގަޑިތަކަށް ބަދަލުގެނެސްފިއެވެ.

މިކަމާއި ގުޅިގެން، ހޯމަ ދުވަހު އިކޮނޮމިކް މިނިސްޓްރީން ނެރެފައިވާ އިއުލާނެއްގައި ބުނެފައިވަނީ، ކޮވިޑް 19 އާ ގުޅިގެން ސަރުކާރު ބަންދުކޮށްފައިވާ ދުވަސްތަކުގައި ވިޔަފާރިތަކަށް ފޯރުކޮށްދޭ ބައެއް ޚިދުމަތްތައް 5 އޭޕްރިލް 2020 އިން ފެށިގެން، ހުކުރު ދުވަސް ފިޔަވައި ކޮންމެ ދުވަހެއްގެ ހެނދުނު 9:00 އިން މެންދުރުފަހު 1:00 އަށްފޯރުކޮށްދިނުމަށް ހަމަޖެހިފައިވާކަމަށެވެ.

06 އެޕްރީލު 2020 | 07:57

ޑަބްލިޔުއެޗްއޯއިން އިތުރު 5،000 ޓެސްޓްކިޓް ރާއްޖެއަށް ހަދިޔާކޮށްފި

ދުނިޔޭގެ ސިއްހަތު ޖަމިއްޔާ ޑަބްލިޔުއެޗްއޯއިން އިތުރު 5،000 ޓެސްޓްކިޓް ދިވެހިރާއްޖެއަށް ހަދިޔާ ކޮށްފި އެވެ.

ކޮވިޑް-19 އަށް ޓެސްޓްކުރާ އިތުރު 5،000 ޓެސްޓްކިޓް ޑަބްލިޔުއެޗްއޯއިން ހޯމަ ދުވަހު ރާއްޖެއަށް ހަދިޔާކުރިއިރު، މީގެކުރިން ދެ ފަހަރެއްގެ މަތިން 6،000 ޓެސްޓްކިޓް ވަނީ ރާއްޖެއަށް ހަދިޔާ ކޮށްފަ އެވެ. އެހެންކަމުން ޑަބްލިޔުއެޗްއޯއިން ރާއްޖެއަށް ޖުމްލަ 11،000 ޓެސްޓްކިޓް މިވަނީ ހަދިޔާ ކޮށްފަ އެވެ.

މި ޓެސްޓްކިޓްތައް ހަވާލުކުރުމުގެ ލިޔުމުގައި ސޮއިކުރުމުގެ ރަސްމިއްޔާތު ހޯމަ ދުވަހު ހެނދުނު ދަރުބާރުގޭގައި ހުންނަ ނޭޝަނަލް އެމަޖެންސީ އޮޕަރޭޝަން ސެންޓަރުގައި ބޭއްވާފައިވާއިރު، މިލިޔުމުގައި ރާއްޖޭގެ ފަރާތުން ސޮއި ކުރެއްވީ ހެލްތް މިނިސްޓަރ އަބްދުﷲ އަމީން އެވެ. ޑަބްލިޔުއެޗްއޯގެ ފަރާތުން ސޮއި ކުރެއްވީ ޑަބްލިޔުއެޗްއޯއިން ރާއްޖެއަށް ކަނޑައަޅާފައި ހުންނަވާ މަންދޫބު ޑރ. އަރަވިންދު މާތުރު އެވެ. މިރަސްމިއްޔާތުގައި އައިޖީއެމްއެޗްގެ ސީއީއޯ އިބްރާހީމް ސަލީމް ވެސް ބައިވެރިވެވަޑައިގެންނެވި އެވެ.

06 އެޕްރީލު 2020 | 06:47

އިންޑިއާގައި ވައިރަސް ޖެހިގެން މަރުވި މީހުންގެ އަދަދު 118 އަށް

މުޅި ދުނިޔޭގެ އިތުރުން އިންޑިއާގައި ހަލުވިކަމާއި އެކު ފެތުރެމުންދާ ކޮވިޑް-19 ޖެހިގެން އިންޑިއާއިން މަރުވި މީހުންގެ އަދަދު 118 އަށް އަރައިފިއެވެ.

އެންމެ ފަހުގެ ތަފާސްހިސާބުތަކުން ދައްކާގޮތުން އިންޑިއާއިން ވަނީ ފާއިތުވެގެން ދިޔަ 48 ގަޑިއިރު ތެރޭގައި 700 އަށް ވުރެ ގިނަ އާ ކޭސް އެ ގައުމުން ފެނިފައިވާކަން ހާމަކޮށްފައެވެ. މި އަދަދާއެކު އިންޑިއާއިން ކޮވިޑް-19 އަށް ޕޮޒިޓިވް ވި މީހުންގެ ޖުމްލަ އަދަދަކީ 4،314 އެވެ. ބަލިން 328 މީހަކު ފަސޭހަވެފައިވާއިރު އެންމެ ފަހުގެ މީޑިއާ ރިޕޯޓުތަކާއި ތަފާސްހިސާބުތަކުން ދައްކާގޮތުން މިހާތަނަށް އެ ގައުމުން ވަނީ 118 މީހަކު މަރުވެފައެވެ.

06 އެޕްރީލު 2020 | 02:42

ކޮވިޑް-19: އިތުރު ޓެސްޓުތައް ހެދުމަށް ޔޫކޭގެ ބޮޑުވަޒީރު ހޮސްޕިޓަލުގައި އެޑްމިޓްކޮށްފި

06 އެޕްރީލު 2020 | 02:42

ލޮކްޑައުންއާ ޚިލާފުވެވުމުން ސްކޮޓްލޭންޑުގެ ޗީފް މެޑިކަލް އޮފިސަރ އިސްތިއުފާ ދެއްވައިފި

05 އެޕްރީލު 2020 | 18:55

ކޮވިޑް-19: ފާއިތުވި ދެ ހަފުތާތެރޭގައި އިޓަލީން އެންމެ މަދުން މީހުން މަރުވެގެން ރިޕޯޓުކޮށްފައިވަނީ މިއަދު

ކޮވިޑް-19 ޖެހިން އެންމެ ގިނައިން މީހުން މަރުވަމުންދާ އިޓަލީން ފާއިތުވި ދެހަފްތާ ތެރޭގައި އެންމެ މަދުން މީހުން މަރުވެގެން ރިޕޯޓުކޮށްފައިވަނީ މިއަދުއެވެ.

05 އެޕްރީލު 2020 | 18:53

ކޮވިޑް-19: ލަންކާގައި ނާދެވިފައި ތިބި 100 ދިވެހިން ގެނެސްފި

ކޮވިޑް-19 ކޮންޓްރޯލް ކުރުމަށް ސްރީލަންކާގައި އަޅާފައިވާ ފިޔަވަޅުތަކާ ގުޅިގެން އެ ގައުމުން އަންނަން ބޭނުންވެފައި ތިބި ބައެއް ދިވެހިން މޯލްޑިވިއަންގެ މަތިންދާބޯޓެއްގައި މިރޭ ރާއްޖެ ގެނެސްފި އެވެ.

58 / 81