ކޮވިޑް-19: އެންމެ ފަހުގެ

16,665,990
  • ސައުދީއަަރަބިއްޔާގެ ޖިއްދާ ލޮކްޑައުންކޮށްފި
  • ޕްރިންސް ހެރީއާއި މޭގަންއަށް ސެކިއުރިޓީއެއް ނުދެވޭނެ: ޓްރަމްޕް
  • ކޮވިޑް-19: ސައުދީން މަރުވި މީހުންގެ އަދަދު 8 އަށް އަރައިފި
 
Writer Profile Picture
ޒިހްނަތު ހަސަން
ސައުދީއަަރަބިއްޔާގެ ޖިއްދާ ލޮކްޑައުންކޮށްފި

ސައުދީއަރަބިއްޔާގެ ޖިއްދާ ސިޓީ ލޮކްޑައުންކޮށްފިއެވެ.

30 މާރޗް 2020 | ހޯމަ 08:07
Writer Profile Picture
ޒިހްނަތު ހަސަން
ޕްރިންސް ހެރީއާއި މޭގަންއަށް ސެކިއުރިޓީއެއް ނުދެވޭނެ: ޓްރަމްޕް

ޕްރިންސް ހެރީ އާއި އަނބިކަނބަލުން މޭގަން މާކެލްއަށް ސެކިއުރިޓީ ނުދެއްވާނެކަމަށް އެމެރިކާގެ ރައީސް ޑޮނަލްޑް ޓްރަމްޕް ވިދާޅުވެއްޖެއެވެ.

30 މާރޗް 2020 | ހޯމަ 07:46
Writer Profile Picture
ޒިހްނަތު ހަސަން
ކޮވިޑް-19: ސައުދީން މަރުވި މީހުންގެ އަދަދު 8 އަށް އަރައިފި

ސައުދީއަރަބިއްޔާގައި ކޮވިޑް-19 ޖެހިގެން މަރުވި މީހުންގެ ޢަދަދު 8 އަށް އަރައިފިއެވެ.

30 މާރޗް 2020 | ހޯމަ 07:45
Writer Profile Picture
ޒިހްނަތު ހަސަން
ސްރީލަންކާއިން 10 ޓަނުގެ ކާގޯއާއެކު މޯލްޑިވިއަންގެ ބޯޓެއް އަތުވެއްޖެ

އަވަށްޓެރި ސްރީލަންކާއިން 10 ޓަނުގެ ކާގޯއާއެކު މޯލްޑިވިއަންގެ ފްލައިޓެއް ރާއްޖެ އަތުވެއްޖެއެވެ.

30 މާރޗް 2020 | ހޯމަ 07:45
Writer Profile Picture
ޒިހްނަތު ހަސަން
ސިއްހީ ކުއްލި ނުރައްކަލުގެ ދަށުން ސިނަމާތަކާއި ތިއޭޓަރުތައްވެސް ހުއްޓާލަން އަންގައިފި

ރާއްޖޭގައި އިޢުލާނު ކޮށްފައިވާ ޞިއްޙީ ކުއްލި ނުރައްކަލުގެ ޙާލަތުގެ ދަށުން އަޅަމުންދާ ފިޔަވަޅުތަކުގެ ތެރެއިން ސިނަމާތަކާއި ތިއޭޓަރުތައްވެސް ވަގުތީ ގޮތުން ހުއްޓާލުމަށް ހެލްތު ޕްރޮޓެކްޝަން އޭޖެންސީ (އެޗްޕީއޭ) އިން އަންގައިފިއެވެ.

30 މާރޗް 2020 | ހޯމަ 07:44
Writer Profile Picture
ޒިހްނަތު ހަސަން
މުޅި ދުނިޔެއިން ކޮވިޑް-19 ޖެހުނު މީހުންގެ އަދަދު 7 ލައްކައަށްވުރެ ގިނަވެއްޖެ

މުޅި ދުނިޔެއިން ކޮވިޑް-19 ޖެހުނު މީހުންގެ ޢަދަދު 7 ލައްކައަށްވުރެ މައްޗަށް އަރައިފިއެވެ.

30 މާރޗް 2020 | ހޯމަ 07:44
Writer Profile Picture
އިސްމާޢީލް ޝާހް
ކޮވިޑް-19: މި ފަހަރުގެ ސީޒަން ކެންސަލްކުރަން ފާޑިނަންޑް ގޮވާލައިފި

ކޮރޯނާވައިރަސް (ކޮވިޑް-19) ގެ ސަބަބުން މިފަހަރުގެ ފުޓްބޯޅަ ސީޒަން ކެންސަލް ކުރުމަށް މެންޗެސްޓާ ޔުނައިޓެޑްގެ ކުރީގެ ޑިފެންޑަރު ރިއޯ ފާޑިނަންޑް ގޮވާލައިފިއެވެ.

މީޑިއާތަކާ ވާހަކަ ދައްކަމުން ފާޑިނަންޑް ބުނީ ކޮވިޑް-19 ކަންތަކުގައި އަވަސް ހައްލެއް ނުހޯދިއްޖެނަމަ، އެންމެ ރަނގަޅު ގޮތަކީ މި ސީޒަން ކެންސަލް ކުރުން ކަމަށާއި ފުޓްބޯޅަ އަށް ވުރެ މިވަގުތު އިސްކަން ދޭންވީ އާންމުންގެ ސަލާމަތާއި ރައްކާތެރިކަމަށް ކަމަށެވެ.

29 މާރޗް 2020 | އާދީއްތަ 23:36
Writer Profile Picture
އަބުދުﷲ ނަސީރު އިބްރާހިމް
ކޮވިޑް-19: އިންޑިއާގައި ވައިރަހަށް ޕޮޒިޓިވްވި މީހުންގެ އަދަދު 1000 އަށް

މުޅި ދުނިޔޭގެ އިތުރުން އިންޑިއާގައި ހަލުވިކަމާއި އެކު ފެތުރެމުންދާ ކޮވިޑް-19 އަށް އިންޑިއާއިން ޕޮޒިޓިވްވި މީހުންގެ އަދަދު 1000 އަށް އަރައިފިއެވެ.

އާދިއްތަ ދުވަހު އިންޑިއާގެ މިނިސްޓްރީ އޮފް ފެމެލީ އެންޑް ވެލްފެއަރ އިން ބުނީ، މާޗް މަހުގެ 29 އާ ހަމަޔަށް އިންޑިއާއިން 1000 މީހަކު ކޮވިޑް-19 އަށް ޕޮޒިޓިވްވެފައިވާ ކަމަށެވެ. މީގެތެރޭގައި ބައްޔަށް ފަރުވާ ހޯދަމުންދާ މީހުންވެސް ހިމެނެއެވެ. ބަލީގައި 25 މީހަކު ވަނީ މަރުވެފައެވެ.

އިންޑިއާ ސަރުކާރުން ބުނީ، އެ ގައުމުގެ ވައިގެ ބަނދަރު ބަންދު ކުރުމުގެ ކުރިން 15،24،266 މީހަކު އެއާޕޯޓުން ސްކްރީން ކޮށްފައިވާ ކަމަށެވެ.

29 މާރޗް 2020 | އާދީއްތަ 22:54
Writer Profile Picture
އަބުދުﷲ ނަސީރު އިބްރާހިމް
މޯލްޑިވިއަންގެ ފުރަތަމަ ކާގޯ ފްލައިޓް ވެލާނާ އިންޓަނޭޝަނަލް އެއާޕޯޓުގައި ޖައްސައިފި

ދުނިޔެގައި ހަލުވިކަމާއެކު ފެތުރެމުން އަންނަ ކޮވިޑް-19 އާއި ގުޅިގެން، ރާއްޖެއަށް ބޭނުންވާ ކާބޯތަކެތީގެ ބާވަތްތައް އެތެރެކުރުމަށް ޤައުމީ އެއާލައިނުން ފެށި ކާގޯ ފްލައިޓްތަކުގެ ތެރެއިން ފުރަތަމަ ފްލައިޓް ވެލާނާ އިންޓަނޭޝަނަލް އެއާޕޯޓުގައި އާދިއްތަ ދުވަހު ވަނީ ޖައްސާފަ އެވެ. މި ފްލައިޓްގައި ލަންކާއިން 10 ޓަނުގެ މުދާ ރާއްޖެ ގެނެސްފައިވެއެވެ.

ދުނިޔޭގެ 4 ޤައުމަކަށް ކާގޯ ފްލައިޓްތައް ބޭއްވުމަށް ނިންމާފައިވާއިރު، އެ ގައުމަތަކީ އިންޑިއާ، ސްރީލަންކާ، ތައިލެންޑްގެ އިތުރުން ޔޫއޭއީ އެވެ.

29 މާރޗް 2020 | އާދީއްތަ 22:52
Writer Profile Picture
އަބުދުﷲ ނަސީރު އިބްރާހިމް
ވައިރަހަށް ޕޮޒިޓިވްވި 13 މީހަކު ރަނގަޅުވެ، ފަރުވާދެމުން ދަނީ ދެ ދިވެހިންނަށް

އްޖެއިން ކޮވިޑް-19 އަށް ޕޮޒިޓިވްވި މީހުންގެ ތެރެއިން އިތުރު ދެ މީހަކު ބަލިން ރަނގަޅުވެފައިވާ ނެޝަނަލް އެމެޖެންސީ އޮޕަރޭޝަން ސެންޓަރ (އެންއީއޯސީ) އިން ބުނެފިއެވެ.

އެކަން ހާމަކޮށްފައިވަނީ އެންއީއޯސީން ބޭއްވި ޕްރެސް ކޮންފަރެންސްގައި އައިޖީއެމްއެޗްގެ އެތެރެ ހަށީގެ ޑޮކްޓަރު ޑޮކްޓަރު ޑރ. މޫސާ މުރާދު ވިދާޅުވީ، ވައިރަހަށް ޕޮޒިޓިވްވި ދެ ދިވެހިން ފިޔަވާ އެންމެން އެ ބައްޔަށް މިހާރު ނެެގެޓިވް ކަމަށެވެ. އެއާއި އެކު ބަލިން ރަނގަޅުވި މީހުންގެ އަދަދު ވަނީ 13 އަށް އަރާފައެވެ.

ރާއްޖޭގައި ކޮވިޑް-19 އަށް 17 މީހަކު ވަނީ ޕޮޒިޓިވްވެފައެވެ. އޭގެ ތެރޭގައި ރާއްޖެއިން ދިޔުމަށް ފަހު ކޮވިޑް-19 އަށް ޕޮޒިޓިވްވި އިޓަލީގެ ދެ ފަތުރުވެރިން ވެސް ހިމެނޭއެވެ.

29 މާރޗް 2020 | އާދީއްތަ 22:31
Writer Profile Picture
އަބުދުﷲ ނަސީރު އިބްރާހިމް
ދި ސްޓޭންޑަރޑް، ހުރުވަޅި މޯލްޑިވްސް ރިސޯޓު މޮނީޓަރިންގެ ހާލަތުގައި

ދި ސްޓޭންޑަރޑް، ހުރުވަޅި މޯލްޑިވްސް ރިސޯޓު މޮނީޓަރިންގެ ހާލަތަށް ގެނެވިފައިވާކަމަށް ހެލްތު ޕްރޮޓެކްޝަން އޭޖެންސީ (އެޗްޕީއޭ) އިން ބުނެފިއެވެ.

އެޗްޕީއޭ އިން އާދީއްތަ ދުވަހުގެރޭ ކުރި ޓުވީޓެއްގައި ވަނީ ރައްކާތެރިކަމުގެގޮތުން ޢަމަލު ކުރަމުންދާ އުޞޫލުގެ ދަށުން، ވައިރަހަށް ޝައްކުކުރެވޭ އަލާމާތްތައް ހުރެގެން ދިވެއްސަކާއި ދެ ބިދޭސީއެއް ޓެސްޓުކުރުގެ މަސައްކަތް ކުރަމުންދާކަމަށެވެ.

29 މާރޗް 2020 | އާދީއްތަ 22:29
Writer Profile Picture
އަބުދުﷲ ނަސީރު އިބްރާހިމް
ވަކިގޮތެއް އަންގަންދެން މާލެ ސިޓީގައި ހިންގާ ޖިމްތައް ބަންދުކުރަން އަންގައިފި

ވިޑް-19 އާއި ގުޅިގެން ސަރުކާރުން އަޅަމުންދާ ފިޔަވަޅުތަކުގެ ތެރެއިން، ވަކިގޮތެއް އަންގަންދެން މާލެ ސިޓީގައި ހިންގާ ޖިމްތައް ބަންދުކުރަން ސަރުކާރުން އަންގައިފިއެވެ.

އާދިއްތަ ދުވަހުގެ ރޭ އެޗްޕީއޭއިން ކޮށްފައިވާ އިއުލާނެއްގައި ބުނެފައިވަނީ ދިވެހިރާއްޖޭގައި ކޮވިޑް-19 ފެތުރުން ކޮންޓްރޯލްކޮށް، އާންމު ރައްޔިތުންގެ ސަލާމަތާއި ރައްކައުތެރިކަމަށްޓަކައި، ޤާނޫނު ނަންބަރު 7/2012 (ޢާންމު ޞިއްޙަތު ރައްކާތެރިކުރުމުގެ ޤާނޫނު) ގެ ދަށުން އަޅަންޖެހޭ ޚާއްޞަ ފިޔަވަޅުތައްއެޅުމަށް މަގުފަހިކުރުމުގެ ގޮތުން، ޤާނޫނުގެ 33 ވަނަ މާއްދާގެ ދަށުން އާންމު ޞިއްޙަތުގެ ކުއްލި ނުރައްކަލުގެހާލަތެއް، 12 މާރިޗު 2020 ގައި، މިނިސްޓަރ އޮފް ހެލްތު އިޢުލާނު ކުރުމާއިއެކު ޤާނޫނުގެ 34 ވަނަ މާއްދާއަށް ރިޢާޔަތްކޮށް، އެ ޤާނޫނުގެ 12 ވަނަ މާއްދާގެ (ނ) ގެ 3 ވަނަނަންބަރުގެ ދަށުން، ޑިރެކްޓަރ ޖެނެރަލް އޮފް ޕަބްލިކް ހެލްތަށް ލިބިދޭ ބާރުގެ ދަށުން، 2020 މާރިޗު 29 ވަނަ ދުވަހުގެރޭ 12:00 އިން ފެށިގެން، ވަކި ގޮތެއް އަންގަންދެން، މާލެ، ހުޅުމާލެ، ވިލިމާލޭގައި ހިންގާ ޖިމްތަކާއި، ކަސްރަތު ކުލާސްތަކާއި، އެނޫންވެސް އެފަދަ ކުލާސްތަކާއި ގުރޫޕްކަސްރަތު ހަރަކާތްތައް ހިންގުން ވަގުތީގޮތުން މެދުކަނޑައިލުމަށް ނިންމާފައިވާކަމަށެވެ.

އިއުލާނުގައި އިތުރަށް ބުނެފައިވަނީ، ފިޔަވަޅުތައް ތަންފީޛުކޮށް، އެ ފިޔަވަޅުތަކަށް ފުރިހަމައަށް ޢަމަލުކުރުމަށް، އެންމެހައި އިދާރާތަކަށާއި ފަރާތްތަކަށް އަންގާކަމަށާއި މިކަމާއި ގުޅިގެން ދައުލަތުގެ ކަމާބެހޭ މުއައްސަސާތަކުން އަދާކުރަންޖެހޭ ޒިންމާތައްއަދާކުރުމުގެ ގޮތުން އަޅާ ފިޔަވަޅުތަކާއިދޭ އިރުޝާދުތަކާ އެއްގޮތަށް ޢަމަލުކުރުމަށް އެންމެހައި ފަރާތްތަކަށް އަންގާކަމަށެވެ.

29 މާރޗް 2020 | އާދީއްތަ 22:29
Writer Profile Picture
އުމްނާ އިސްމާއިލް
މައުލޫމާތާއި މުނިފޫހިފިލުވުމުގެ ޗެނަލްތައް ހިލޭ ބެލޭނެ ޕެކޭޖެއް މީޑިއާނެޓުން ތަޢާރަފުކޮށްފި
29 މާރޗް 2020 | އާދީއްތަ 20:34
Writer Profile Picture
އުމްނާ އިސްމާއިލް
ވިޔަފާރިތަކަށް ލިބޭ ގެއްލުންތަކުން އަރައިގަތުމާ ގުޅޭ މައްސަލަ މާދަމާގެ ޖަލްސާގައި!
29 މާރޗް 2020 | އާދީއްތަ 20:33
Writer Profile Picture
އުމްނާ އިސްމާއިލް
ދިރާގުން 30 ދުވަހަށް ހިލޭ މޮބައިލް ޑޭޓާ ޕެކޭޖެއް ސްކޫލް ކުދިންނާއި ޓީޗަރުންނަށް ދެނީ
29 މާރޗް 2020 | އާދީއްތަ 20:33
Writer Profile Picture
އުމްނާ އިސްމާއިލް
ލޯނުތަކަށް ފައިސާ ދައްކަން ފަސްކޮށްދޭ މުއްދަތުގައި އިތުރު އިންޓްރެސްޓެއް ނުނަގާނެ: ބީއެމްއެލް
29 މާރޗް 2020 | އާދީއްތަ 20:31
Writer Profile Picture
އުމްނާ އިސްމާއިލް
ކޮވިޑަށް ޝައްކު ކުރެވޭ އަލާމާތްތައް ހުރި މީހަކަށް "އެޓެންޑުވި" ނަރުހުންނާއި ޑޮކްޓަރު ހޯމް އައިސޮލޭޝަންގައި

ކޮޗިން އިން ރާއްޖެއައި މީހެއް ބަލީގެ އަލާމާތްތައް ހުރެގެން އައްޑޫ އިކުއިޓޯރިއަލް ހޮސްޕިޓަލަށް ދިޔަ ކަމަށް މަބްރޫކް ވިދާޅުވިއެވެ. އަދި އެމީހާ ގޮސްފައިވަނީ ހޮސްޕިޓަލުގެ އީ.އާރް އަށް ކަމަށާއި އޭނަ އެ ހޮސްޕިޓަލަށް ދިޔައިރު އޭނާއަށް ފުރަތަމަ އެޓެންޑުވި މީހުން ތިބީ ޕްރޮޓެކްޓިވް އިކުއިޕްމެންޓަކުއެއް ނޫން ކަމަށް ވިދާޅުވިއެވެ. (އެޓެންޑުވީ، 2 ނަރުހުންނާއި، ޑޮކްޓަރެއް).

އެހެންކަމުން ރައްކާތެރިކަމުގެ ފިޔަވަޅެއްގެ ގޮތުން އެ 2 ނަރުހުންނާއި ޑޮކްޓަރު ތިބީ އެމީހާގެ ނަޓީޖާ ލިބެންދެން ހޯމްއައިސޮލޭޝަންގައި.

29 މާރޗް 2020 | އާދީއްތަ 16:00
Writer Profile Picture
އަބުދުﷲ ނަސީރު އިބްރާހިމް
ކަރަންޓީންކުރެވޭ އެންމެން ކޮވިޑް-19 އަށް ޓެސްޓުކުރަނީ

ކަރަންޓީންކުރެވޭ އެންމެންވެސް، ކަރަންޓީން ފެސިލިޓީން ދޫކޮށްލުމުގެ ކުރިން ޓެސްޓުކުރުމަށް ނިންމައިފި އެވެ. އެގޮތަށް ނިންމީ ކޮވިޑް-19 އާއި ގުޅިގެން އެކުލަވާލި އައު އުސޫލުގެ ދަށުންނެވެ. ސަބަބެއްކަމަށް ޑޮކްޓަރ ވިދާޅުވީ އެންމެ ޓެސްޓުކުރުމަށް ބޭނުންވާ މިންވަރަށް ޓެސްތު ކިޓްތައް ލިބިފައިވާތީކަމަށެވެ. އަދި ރާއްޖެ އަންނަ ކޮންމެ މީހަކުވެސް ކަރަންޓީން ފެސިލިޓީއަށް ގެންދެވީއިރު، ކަރަންޓީން ފެސިލިޓީން ދޫކޮށްލުމުގެ ކުރިން ޓެސްޓުކުރާނެ ކަމަށެވެ.

29 މާރޗް 2020 | އާދީއްތަ 15:52
Writer Profile Picture
އުމްނާ އިސްމާއިލް
ފްލޫ ކްލިނިކުތަކުން މިހާތަނަށް 4660 މީހުންނަށް ޚިދުމަތް ދީފައިވޭ

ފްލޫ ކްލިނިކްތަކުން މިހާތަނަށް 4660 މީހުން ޚިދުމަތް ހޯދަން ގޮސްފައިވާކަމަށް. މިދިޔަ 24 ގަޑިއިރު ތެރޭގައި 257 މީހަކު ރާއްޖޭގެ އެކި ކަންކޮޅުތަކުން ޚިދުމަތް ހޯދާފައިވޭ

29 މާރޗް 2020 | އާދީއްތަ 15:51
Writer Profile Picture
އުމްނާ އިސްމާއިލް
ހުރަވަޅި މޯލްޑިވްސް ރިސޯޓު މޮނީޓަރިންގެ ހާލަތުގައި

ހުރަވަޅި މޯލްޑިވްސް ރިސޯޓުން 2 ސާމްޕަލްއެއް ނެގުމަށް އެ ރިސޯޓު މޮނީޓަރިންގެ ހާލަތަށް ގެނެވިފައިވާކަމަށް މަބްރޫކް ވިދާޅުވިއެވެ.

29 މާރޗް 2020 | އާދީއްތަ 15:50
Writer Profile Picture
އުމްނާ އިސްމާއިލް
ކަރަންޓީނު ފެސިލިޓީތަކުގައި 860 މީހުން އެބަތިބި

އައިސޮލޭޝަން ގައި ޖުމްލަ 23 މީހުން އެބަތިބި:

ވެލިދޫ އައިސޮލޭޝަން ފެސިލީޓީގައި: 20

ދަރުމަވަންތަ: 3

ކަރަންޓީނު ފެސިލިޓީތަކުގައި 860 މީހުން އެބަތިބި.

29 މާރޗް 2020 | އާދީއްތަ 15:49
Writer Profile Picture
އުމްނާ އިސްމާއިލް
މިހާތަނަށް 908 ސާމްޕަލް ނެގިފައިވޭ

މިހާތަނަށް 908 ސާމްޕަލް ނެގިފައިވާ ކަމަށާއި އޭގެ ތެރެއިން 891 ސާމްޕަލްގެ ނަތީޖާ ނެގެޓިވް ކަމަށް. އަދި 17 ސާމްޕަލް ޕޮޒިޓިވް ވެފައިވެއެވެ. ޕެންޑިންގް ގައި އެއްވެސް ސާމްޕަލް އެއް ނެތް.

29 މާރޗް 2020 | އާދީއްތަ 15:45
Writer Profile Picture
ޒިހްނަތު ހަސަން
ކޮވިޑް-19 ގެ ޕްރެސް މިއަދު އޮންނާނީ 03:30 ގައި: އެޗްޕީއޭ

ކޮވިޑް-19 އާއި ގުޅޭ އެންމެ ފަހުގެ މަޢުލޫމާތު ހިއްސާކުރުމަށް ކޮވިޑް-19 ޓާސްކްފޯރސްއިން ނެޝަނަލް އެމަރޖެންސީ އޮޕަރޭޝަން ސެންޓަރުގައި އާދައިގެ މަތިން ކޮންމެ ދުވަހަކު ބާއްވަމުން އަންނަ ޕްރެސް މިއަދު ވަނީ 0330 އަށް ފަސްކޮށްފައެވެ.

މި ޕްރެސް ރާއްޖެ ޓީވީން ވަގުތުން ގެނެސްދިނުމަށް ވަނީ ހަމަޖެހިފައެވެ.

29 މާރޗް 2020 | އާދީއްތަ 12:59
Writer Profile Picture
އިސްމާޢީލް ޝާހް
ކޮވިޑް-19: ހަތަރު މަހުގެ މުސާރަ ނުނަގަން ޔުވެންޓަސްގެ ކުޅުންތެރިން ނިންމައިފި

ކޮރޯނާވައިރަސް (ކޮވިޑް-19) ގެ ސަބަބުން ދިމާވާ މާލީ ގޮންޖެހުންތަކުން ސަލާމަތްވުމަށް، އިޓަލީގެ ޔުވެންޓަސްގެ ކުޅުންތެރިން ކުރިއަށް އޮތް ހަތަރު މަހުގެ މުސާރަ ނުނަގަން ނިންމައިފި އެވެ.

މިވަގުތު ދުނިޔޭގެ ފުޓްބޯޅައިގެ ހަރަކާތްތައް ހުއްޓާލާފައި އޮތުމުން، އެކި ކްލަބުތަކަށް މާލީ ގޮތުން ވަނީ ގޮންޖެހުންތަކަކާ ކުރިމަތިލާން ޖެހިފައެވެ. އެހެންކަމުން ކުރިއަށް އޮތް ހަތަރު މަހުގެ މުސާރަ ނުނަގަން ޔުވެންޓަސްގެ ކުޅުންތެރިންގެ އިތުރަށް އެޓީމުގެ ކޯޗު މައުރީޒިއޯ ސާރީ ނިންމިއިރު، މި މުއްދަތުގައި ޔުވެންޓަސްއަށް 90 މިލިއަން ޔޫރޯ ރައްކާކުރެވޭނެ ކަމަށް ރިޕޯޓުތައް ބުނެ އެވެ.

29 މާރޗް 2020 | އާދީއްތަ 11:15
Writer Profile Picture
ޙުސައިން މަޚްތޫމް
އިތުރު ދިވެއްސަކު ކޮވިޑް-19 އަށް ޕޮޒިޓިވްވެއްޖެ

އިނގިރޭސީވިލާތުން ރާއްޖެއައި ދިވެއްސެއް ކޮވިޑް-19 އަށް ޕޮޒިޓިވްވެއްޖެއެވެ.

އެޗްޕީއޭއިން ކުރި ޓްވީޓެއްގައި ބުނެފަައިވަނީ ޔޫކޭއިން އައި ދިވެއްސެއް ކޮވިޑް-19 އަށް ޕޮޒިޓިވްވުމައި ގުޅިގެން އެކަން ބަލަމުންދާ ކަމަށެވެ. މި މީހާ ހުރީ ރޯޔަލް އައިލެންޑް ރިސޯޓް ކަރަންޓީންގައެވެ.

29 މާރޗް 2020 | އާދީއްތަ 10:35