ކޮވިޑް-19: އެންމެ ފަހުގެ

1,034,389
  • ރަނގަޅުވި މީހުންގެ އަދަދު 453 ށް އަރައިފި
  • އެއްވެސް ކްލަސްޓަރ އަކާއި ގުޅުމެއް ނެތް 87 ކޭސް
  • 34 ދުވަސް ފަހުން ނަރުދޫ އާންމު ހާލަތަށް
އާއިޝަތު ޝިއުރާ
 
ރަނގަޅުވި މީހުންގެ އަދަދު 453 ށް އަރައިފި

ކޮވިޑް-19 ޖެހިގެން ރަނގަޅުވި މީހުންގެ އަދަދު 453 ށް އަރައިފި

31 މެއި 2020 | އާދީއްތަ 22:11
އަބުދުﷲ ނަސީރު އިބްރާހިމް
 
އެއްވެސް ކްލަސްޓަރ އަކާއި ގުޅުމެއް ނެތް 87 ކޭސް

ރާއްޖެއިން ކޮވިޑް-19 އަށް ޕޮޒިޓިވްވި މީހުންގެ ތެރޭގައި އެއްވެސް ކްލަސްޓަރ އަކަށް ނިސްބަތް ނުވާ 87 މީހަކު ހިމެނޭ ކަމަށް ނެޝަނަލް އިމަރޖެންސީ އޮޕަރޭޝަން ސެންޓަރު (އެންއީއޯސީ) އިން ބުނެފި އެެވެ.

ކޮވިޑް-19 އާ ގުޅޭ އެންމެ ފަހުގެ މައުލޫމާތު ހިއްސާކުރަން ހޮނިހިރު ދުވަހުގެރޭ އެންއީއޯސީ ގައި ކުރިޔަށް ދިޔަ ނޫސްވެރިންގެ ބައްދަލުވުގައި އެ ސެންޓަރުގެ ތަރުޖަމާނު އަދި ރައީސް އޮފީހުގެ އަންޑަރ ސެކެރެޓަރީ މުހައްމަދު މަބްރޫކް އަޒީޒް ވިދާޅުވީ، އެކްޓިވި ކޭސްތަކުގެ ތެރެއިން 1170 ކޭހަކީ އެކި ކްލަސްޓަރތަކަށް ނިސްބަތްވާ ކޭސްތައް ކަމަށެވެ.

31 މެއި 2020 | އާދީއްތަ 01:37
އަބުދުﷲ ނަސީރު އިބްރާހިމް
 
34 ދުވަސް ފަހުން ނަރުދޫ އާންމު ހާލަތަށް

ކޮވިޑް-19 ގެ ކޭސްތަކެއް ފެނުމުން މޮނިޓަރިންގެ ހާލަތަށް ގެނައި ށ. ނަރުދޫ އާންމު ހާލަތަށް ގެނެސްފި އެވެ.

ނަރުދޫ މޮނިޓަރިންގެ ހާލަތަށް ގެންދިޔައީ އޭޕްރީލް މަހުގެ 25 ވަނަ ދުވަހު އެ ރަށު މީހަކު ކޮވިޑް-19 އަށް ޕޮޒިޓިވްވުމުންނެވެ. އާންމު ހާލަތަށް ނަރުދޫ ގެންގޮސްފައިވަނީ ހުކުރު ދުވަހުގެރޭ އެވެ.

ޕޮޒިޓިވްވީ އެ ރަށު އަމާޒު ބޯޓު ކައްޕި އެވެ. އެމީހާ އެ ބައްޔަށް ޕޮޒިޓިވްވީ ބަލީގެ އަލާމާތްތައް ފެނިގެން ސިއްހީ މަރުކަޒަށް ދެއްކުމުން ހެދި ޓެސްޓުތަކުންނެވެ.

އެމީހާއާ އެކު އެރަށުން 11 މީހަކު ކޮވިޑަށް ޕޮޒިޓިވްވި އެވެ. އޭގެތެރެއިން ހަ މީހަކު ވަނީ މިހާރު ބަލިން ފަސޭހަވެފައި އެވެ.

31 މެއި 2020 | އާދީއްތަ 01:37
އަބުދުﷲ ނަސީރު އިބްރާހިމް
 
ރާއްޖޭގައި ތިބި އިންޑިއާ ރައްޔިތުން ބަލާ އިތުރު މަނަވަރެއް އަންނަނީ

ރާއްޖޭގައި ތާށިވެފައި ތިބި އިންޑިއާގެ ރައްޔިތުން އަނބުރާ ގެންދިޔުމަށް، އިންޑިއާ ސަރުކާރުން ކުރަމުންދާ މަސައްކަތުގެ ތެރެއިން ޖޫން މަހުގެ ފަސް ވަނަ ދުވަހު އިތުރު މަނަވަރެއް ރާއްޖެ އައުމަށް ހަމަޖެހިއްޖެ އެވެ.

އިންޑިއާ ސަރުކާރުން ވަނީ މީގެ ކުރިންވެސް ތިން ފަހަރެއްގެ މަތިން އެ ގައުމުގެ އަސްކަރީ މަނަވަރެއްގައި ރާއްޖޭގައި ތިބި އިންޑިއާގެ ރައްޔިތުން ގެންގޮސްފައި އެވެ.

ރާއްޖެ.އެމްވީ އަށް މައުލޫމާތު ދެެއްވަމުން ރާއްޖޭގައި ހުންނަ އިންޑިއާ އެމްބަސީގެ ޑެޕިއުޓީ ހައިކޮމިޝަނަރު ރޯހިތް ރަތީޝް ވިދާޅުވީ، ޖޫން މަހުގެ ފަސްވަނަ ދުވަހު އަންނަ މަނަވަރުގައި 700 މީހުން ފުރުވާލަން ހަމަޖެހިފައިވާ ކަމަށެވެ.

31 މެއި 2020 | އާދީއްތަ 00:06
އަބުދުﷲ ނަސީރު އިބްރާހިމް
 
އޮފީސްތައް ހުޅުވޭނީ ކޮންމެ ހަފުތާއެއްގެ ހޯމަ، އަންގާރަ، ބުދަ ދުވަހު: ރައީސް އޮފީސް

ކޮންމެހެން ކުރަންޖެހޭ މަސައްކަތްތައް ކުރުމަށް ސަރުކާރުގެ އިދާރާތައް ހުޅުވުމަށް ރައީސުލްޖުމްހޫރިއްޔާ ހަމަޖައްސަވައިފި އެވެ.

ރައީީސް އޮފީހުން ނެރުނު ބަޔާނެއްގައި ބުނީ 2020 މޭ 31 ވަނަ ދުވަހުން ފެށިގެން 2020 ޖޫން 11 ވަނަ ދުވަހު ގެ ނިޔަލަށް، ކޮންމެހެން ކުރަންޖެހޭ މަސައްކަތްތައް ކުރުމަށް، ކޮންމެ ހަފުތާއެއްގެ ހޯމަ، އަންގާރަ، ބުދަ، މި 3 ދުވަހު ހެނދުނު 9:00 އިން މެންދުރު 1:00 އަށް ސަރުކާރުގެ އިދާރާތައް ހުޅުވުމަށް ރައީސުލްޖުމްހޫރިއްޔާ ހަމަޖައްސަވާފައިވާކަމަށެވެ. އަދި އިދާރާތައް ހުޅުވިނަމަވެސް، އެ އިދާރާތަކަށް ރައްޔިތުން ހާޒިރުވެގެން ޚިދުމަތް ހޯދުމުގެ ފުރުޞަތު ހުޅުވައިނުލުމަށްވެސް ސަރުކާރުގެ އޮފީސްތަކަށް ވަނީ އަންގަވާފަކަމަށެވެ.

މީގެ އިތުރުން، ސަރުކާރުގެ އިދާރާ ހުޅުވައިގެން ކުރާނެ މަސައްކަތްތައް އެ އިދާރާއެއްގެ ވަޒީރު ނުވަތަ އެ އިދާރާއެއްގެ އެންމެ އިސްވެރިޔާ ކަނޑައަޅުއްވަންވާނެ ކަމަށާއި، އިދާރާއެއް ހުޅުވާނީ އެ އިދާރާއަށް މުވައްޒަފުން ހާޒިރުވެގެން އެ އިދާރާއަކުން މި ދުވަސްވަރު ކޮންމެހެން ކުރަންޖެހޭ މަސައްކަތްތައް ކުރުމަށް އެކަނި ކަމަށް ބަޔާނުގައިވެއެވެ. އަދި ވީހައި މަދު އަދަދެއްގެ މުވައްޒަފުން މަސައްކަތަށް ނެރުމަށް ވަނީ ސަރުކާރުގެ އޮފީސްތަކަށް އަންގަވާފައެވެ.

31 މެއި 2020 | އާދީއްތަ 00:05
އަބުދުﷲ ނަސީރު އިބްރާހިމް
 
އިތުރު 39 މީހަކު ޕޮޒިޓިވްވެ، ޖުމްލަ އަދަދު 1672ށް

ރާއްޖެއިން ކޮވިޑް-19ށް އިތުރު 39 މީހަކު ޕޮޒިޓިވްވެއްޖެ އެވެ.

އެންއީއޯސީގައި މިހާރު ކުރިޔަށްދާ ނޫސްވެރިންގެ ބައްދަލުވުމުގައިގައި އެކަން ހާމަކުރެއްވީ އެ ސެންޓަރުގެ ތަރުޖަމާނު މުހައްމަދު މަބްރޫކް އަޒީޒް އެވެ. އެއާއި އެކު ރާއްޖޭގައި ކޮވިޑް-19ށް ޕޮޒިޓިވްވި މީހުންގެ އަދަދު ވަނީ 1672ށް އަރާފައެވެ.

31 މެއި 2020 | އާދީއްތަ 00:04
އަބުދުﷲ ނަސީރު އިބްރާހިމް
 
ކޮވިޑް-19 އިން ރަނގަޅުވި މީހުންގެ އަދަދު 401ށް އަރައިފި

ރާއްޖެއިން ކޮވިޑް-19 އިން 401 މީހަކު ރަނގަޅުވެއްޖެ އެވެ.

ކޮވިޑް-19 އާ ގުޅޭ އެންމެ ފަހުގެ މައުލޫމާތު ހިއްސާ ކުރުމަށް ހޮނިހިރު ދުވަހުގެރޭ ބެއްވި ނޫސްވެރިންގެ ބައްދަލުވުމުގައި އެންއީއޯސީގެ ތަރުޖަމާނު މަބްޜޫކް އަޒީޒު ވިދާޅުވީ އިތުރު 16 މީހަކު ރަނގަޅުވެފައިވާކަމަށެވެ. އަދި އެޔާއެކު ބަލިން ރަނގަޅުވި މީހުންގެ ޖުމްލަ އަދަދު 401 އަށް އަރާފައިވާ ކަމަށެވެ.

ރާއްޖެ އިން ހޮނިހިރު ދުވަހު ކޮވިޑް19 އަށް ޕޮޒިޓިވްވި މީހުންގެ ޖުމްލަ އަދަދު ވަނީ 81 އަށް އަރާފައެވެ. އެހެންކަމުން ޖުމްލަ ޕޮޒިޓިވްވި މީހުންގެ އަދަދަކީ 1672 އެވެ.

31 މެއި 2020 | އާދީއްތަ 00:02
އަބުދުﷲ ނަސީރު އިބްރާހިމް
 
ތިން ގައުމެއްގައި ތިބި ދިވެހިން މާދަމާ ރާއްޖެ ގެންނަނީ

ބެލަރޫސް އާއި އިނގިރޭސި ވިލާތް އަދި ސްރީލަންކާގައި ތިބި ދިވެހިން ގޮވައިގެން އަންނަ ފްލައިޓެއް އާދިއްތަ ދުވަހު ރާއްޖެ އަންނާނެ ކަމަށް އެންއީއޯސީން ބުނެފި އެވެ.

ހޮނިހިރު ދުވަހުގެ ރޭ ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި އެންއީއޯސީގެ ތަރުޖަމާނު މަބްރޫކް އަޒީޒު ވިދާޅުވީ މި ފްލައިޓްގައި ބެލަރޫސްގައި ތިބި ދިވެހިންގެ ތެރެއިން ރާއްޖެ އަންނަން ބޭނުންވާ 48 ދިވެހިން އަދި އިނގިރޭސިވިލާތުން އަންނަ 23 ދިވެހިން އަންނާނެ ކަމަށެވެ.

މީގެ އިތުރުން ސްރީލަންކާގައި ތިބި 32 ދިވެއްސަކުވެސް މި ފްލައިޓުން އަންނާނެ ކަމަށް މަބްރޫކް ވިދާޅުވި އެވެ. ލަންކާ އިން ގެންނަ ދިވެހިންނަކީ ސަރުކާރުން އެހީތެރިކަން ފޯރުކޮށްދެމުންދާ ދިވެހިންނާއި، ހާލުގައި ޖެހިފައިވާ ދިވެހިންނާއި ޚާއްސަ އެހީއަށް ބޭނުންވާ މީހުންނާއި އަދި ޚާއްސަ އެހީއަށް ބޭނުންވާ މީހުންގެ އެހީތެރިން ގެ ގޮތުގައި ގެންނަ ދިވެހިން ކަމަށް ފޮރިން މިނިސްޓްރީ އާއި ހަވާލާދީ މަބްރޫކް ވިދާޅުވި އެވެ.

31 މެއި 2020 | އާދީއްތަ 00:01
އަބުދުﷲ ނަސީރު އިބްރާހިމް
 
ދިރިއުޅުމަށް ކުއްޔަށްދީފައިވާ ތަންތަނުން ނޯޓިސް ދިނުމަކާ ނުލައި މީހުން ނުނެރެވޭ ގޮތަށް ރައްޔިތުންގެ މަޖިލީހަށް ބިލެއް ހުށަހަޅައިފި

އެއްވެސް ފަރާތެއް މަގުމަތިވިޔަ ނުދިނުމަށްޓަކައި، ދިރިއުޅުމަށް ކުއްޔަށްދީފައިވާ ތަންތަނުންނޯޓިހެއް ދިނުމަކާ ނުލައި މީހުން ނެރިގެންނުވާނެ ކަމުގައި ކަނޑައަޅައި، ތަން ދޫކޮށް ދިޔުމަށް 2 މަސް ދުވަހުގެނޯޓިހެއް ދިނުމަށް ލާޒިމްކޮށް ރައްޔިތުންގެ މަޖިލީހަށް ބިލެއް ހުށަހަޅައިފި އެވެ.

ކޮވިޑް-19 އާގުޅޭ ޚާއްޞަ ބިލެއް އެޓަރނީ ޖެނެރަލް އޮފީހުން ވަނީ ރައްޔިތުންގެ މަޖިލީހަށް މިހާރު ފޮނުވާފަ އެވެ. އޭޖީ އޮފީހުން ބުނީ ރައްޔިތުންގެ މަޖިލީހަށް ފޮނުވުން "ޢާންމު ޞިއްޙަތުގެ ކުއްލި ނުރައްކަލުގެ ބިލު 2020" ގެ ނަމުގައި ބިލެއް އެކުލަވާލައި ސަރުކާރުގެފަރާތުން ރައްޔިތުންގެ މަޖިލީހަށް ހުށަހެޅުމަށްޓަކައި 29 މޭ 2020 ގައި ވާނީ ފޮނުވާފައި ކަމަށެވެ.

އެއްވެސް ފަރާތެއް މަގުމަތިވިޔަ ނުދިނުމަށްޓަކައި، ދިރިއުޅުމަށް ކުއްޔަށް ދީފައިވާ ތަންތަނުން ނޯޓިހެއް ދިނުމަކާ ނުލައި މީހުން ނެރިގެން ނުވާނެ ކަމުގައި ކަނޑައަޅައި، ތަން ދޫކޮށް ދިޔުމަށް 2 މަސް ދުވަހުގެ ނޯޓިހެއް ދިނުމަށް ލާޒިމްކޮށް ރައްޔިތުންގެ މަޖިލީހަށް ބިލެއް ހުށަހަޅައިފި އެވެ.

ކޮވިޑް-19 އާގުޅޭ ޚާއްޞަ ބިލެއް އެޓަރނީ ޖެނެރަލް އޮފީހުން ވަނީ ރައްޔިތުންގެ މަޖިލީހަށް މިހާރު ފޮނުވާފަ އެވެ. އޭޖީ އޮފީހުން ބުނީ "ޢާންމު ޞިއްޙަތުގެ ކުއްލި ނުރައްކަލުގެ ބިލު 2020" ގެ ނަމުގައި ބިލެއް އެކުލަވާލައި ސަރުކާރުގެ ފަރާތުން ރައްޔިތުންގެ މަޖިލީހަށް ހުށަހެޅުމަށްޓަކައި 29 މޭ 2020 ގައި ވާނީ ފޮނުވާފައި ކަމަށެވެ.

30 މެއި 2020 | ހޮނިހިރު 23:59
އާއިޝަތު ޝިއުރާ
 
ފާއިތުވި 3 މަސް ތެރޭގައި ހުށަހެޅުނު ނަފްސާނީ މައްސަލަތައް މިދިޔަ އަހަރާއި އަޅާބަލާއިރު ތިން ގުނަ އިތުރު

ދަރުބާރުގޭގައި ބާއްވަމުން އަންނަ ނޫސްވެރިންގެ ބައްދަލުވުމުގައި އައިޖީއެމްއެޗްގެ ނަފްސާނީ ޑޮކްޓަރު ވިދާޅުވީ ލޮކްޑައުންގައި ތިބިއިރު ހުށަހެޅުނު ނަފްސާނީ މައްސަލަތައް އިތުރުކަމަށެވެ. އަދި ފާއިތުވި 3 މަސް ދުވަހު ހުށަހެޅުނު މައްސަލަތައް އޭގެ ކުރީ އަހަރުގެ ތިން މަސް ދުވަހާ އަޅާބަލާއިރު ތިން ގުނަ އިތުރުކަމަށެވެ.

30 މެއި 2020 | ހޮނިހިރު 22:43
އާއިޝަތު ޝިއުރާ
 
އެކްޓިވް ސާމްޕަލިންގ ގެ މަސައްކަތް ކުރިޔަށްދާތީ އައިޑީކާޑު ހިފައިގެން ބޭރަށް ނިކުތުމަށް އެދެފި

މިހާރު އެކްޓިވް ސާމްޕަލިންގ ގެ މަސައްކަތް ކުރިޔަށްދާތީ ބޭރަށް ނިކުންނަ އިރު އައިޑީ ކާޑު ހިފައިގެން ބޭރަށް ނިކުތުމަށް އިލްތިމާސްކޮށްފި އެވެ.

30 މެއި 2020 | ހޮނިހިރު 22:28
އާއިޝަތު ޝިއުރާ
 
ފްރޮންޓްލައިންގެ ކޭސްތައް ފެންނަލެއް މަދު

ފްރޮންޓްލައިންގައި މަސައްކަތްކުރާ މީހުންގެ ކޭސްތައް ފެންނަލެއް މަދުވެފައިވާ ކަމަށް ޑރ އަފްޒަލް ވިދާޅުވި އެވެ. އެހެންވަނީ ދިރިއުޅުމުގެ ވައްޓަފާޅިއަށް އައިސްފައިވާ ބަދަލުގެ ސަބަބުން ކަމަށް ގަބޫލުކުރެވޭ ކަމަށް ޑރ އަފްޒަލް ވިދާޅުވި އެވެ.

30 މެއި 2020 | ހޮނިހިރު 22:18
އާއިޝަތު ޝިއުރާ
 
ފްލޫ ކްލިނިކްތަކުން 112 މީހުން ޚިދުމަތް ހޯދާފައިވޭ

ފްލޫ ކްލިނިކް ތަކަށް ދެއްކި މީހުންގެ ތެރެއިން 82 ސާމްޕަލެއް ވަނީ ނަގާފައި

30 މެއި 2020 | ހޮނިހިރު 22:10
އާއިޝަތު ޝިއުރާ
 
މިހާރު ވެންޓިލޭޓަރުގައި އެއްވެސް މީހަކު ނެތް: ޑރ. އަފްޒަލް

ދަރުބާރުގޭގައި ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި އެޗްޕީއޭގެ ޑޮކްޓަރު އިބްރާހިމް އަފްޒަލް ވިދާޅުވީ މިވަގުތު އައިސީޔޫގައި 2 މީހަކު އެބަތިބި ކަމަށެވެ. އަދި ހޮސްޕިޓަލްތަކުގައި 13 މީހުންނަށް އަންނަނީ ފަރުވާ ދެމުންކަމަށް ޑރ ވިދާޅުވި އެވެ. އޭނާ ވިދާޅުވި ގޮތުގައި މިހާރު އެއްވެސް މީހަކަށް ވެންޓިލޭޓަރުގައި ފަރުވާއެއް ނުދެ އެވެ.

30 މެއި 2020 | ހޮނިހިރު 22:09
އަބުދުﷲ ނަސީރު އިބްރާހިމް
 
ލޮކްޑައުންއަށް ދިން ލުއިތަކާއެކު ސްޓެލްކޯގެ ބައެއް ޚިދުމަތްތައް ފަށަނީ

ލޮކްޑައުންނަށް ސަރުކާރުން ދިން ލުއިތަކާއެކު ސްޓޭޓް އިލެކްޓްރިކް ކޮމްޕެނީ ލިމިޓެޑް (ސްޓެލްކޯ) އިން ބައެއް އިތުރު ޚިދުމަތްތައް ދިނުމަށް ނިންމައިފިއެވެ.

ހޮނިހިރު ދުވަހު ނެޝަނަލް އިމަރޖެންސީ އޮޕަރޭޝަން ސެންޓަރ (އެންއީއޯސީ) އިން ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި ވާހަކަދައްކަވަމުން ސްޓެލްކޯގެ މެނޭޖިންގ ޑިރެކްޓަރ ހަސަން މުގުނީ ވިދާޅުވީ ކޮވިޑް-19އާ ގުޅިގެން ފުލް ލޮކްޑައުންއަކަށް ދިއުމުން ސްޓެލްކޯގެ ބައެއް ޚިދުމަތްތައް މެދުކެނޑިގެން ދިޔަ ކަމަށެވެ. ނަމަވެސް މިހާރު ލޮކްޑައުންނަށް ލުއި ދީފައިވާތީ، މެދުކެނޑިފައިވާ ބައެއް ޚިދުމަތްތައް ދިނުމަށް ނިންމާފައިވާ ކަމަށް މުގުނީ ވިދާޅުވިއެވެ.

މުގުނީ ވިދާޅުވީ ސްޓެލްކޯގެ ސޭލްސް ސެންޓަރު އާދިއްތަ ދުވަހު ހުޅުވައި ހެނދުނު 10:00 ން މެންދުރު 14:00 ށް ޚިދުމަތް ދިނުމަށް ނިންމާފައިވާ ކަމަށެވެ. އަދި އޮންލައިންގެ ޚިދުމަތް ވެސް ލިބޭނެ ކަމަށް މުގުނީ ވިދާޅުވިއެވެ.

30 މެއި 2020 | ހޮނިހިރު 19:53
އަބުދުﷲ ނަސީރު އިބްރާހިމް
 
ޖުލައި މަހު ބޯޑަރު ހުޅުވާލާނެކަން ޓޫރިޒަމް މިނިސްޓްރީން އިއުލާންކޮށްފި

އަންނަ ޖުލައި މަހު ބޯޑަރު ހުޅުވާލަން ނިންމާފައިވާ ކަން ޓޫރިޒަމް މިނިސްޓްރީން އިއުލާންކޮށްފި އެވެ.

ޓޫރިޒަމް މިނިސްޓްރީން ނެރުނު ބަޔާނެއްގައި ވަނީ، ޖުލައި މަހުން ފެށިގެން ރާއްޖެއަށް އަންނަން ބޭނުންވާ ފަތުރުވެރިންނަށް އާދެވޭނެ ކަމަށެވެ.

30 މެއި 2020 | ހޮނިހިރު 19:51
އާއިޝަތު ޝިއުރާ
 
އިތުރު 34 މީހުން ކޮވިޑް-19 އަށް ޕޮޒިޓިވްވެއްޖެ
29 މެއި 2020 | ހުކުރު 21:37
އާއިޝަތު ޝިއުރާ
 
މިރޭ 12 ޖަހާއިރު ޕޯޓަލް ހުޅުވާލާނެ އަލުން ރަޖިސްޓްރީކުރުމަށް

މިރޭ 12 ޖަހާއިރު އަނެއްކާވެސް ރަޖިސްޓްރީ ކުރުމަށް ޕޯޓަލް ހުޅުވާލާނެ ކަމަށް ފައިރޫޝް ވިދާޅުވި އެވެ. ކޮންމެ ގެއަކުންވެސް 3 މީހުންނަށް ހުއްދަ ދޭއިރު ދޭނީ ދެ ގަޑިއިރަށް ކަމަށް ފައިރޫޝް ވިދާޅުވި އެވެ. ވަކި ގަޑިތަކެއް ހުރިހާ އެންމެންވެސް ބޭނުންވާ ކަމަށާއި ނަމަވެސް ވަގުތު ދެވޭނީ ރޭންޑަމްކޮށް ކަމަަށް ފައިރޫޝް ވިދާޅުވި އެވެ. އެހެންނަމަވެސް އެއް ގެއަކަށް ދޭނީ އެއް ވަގުތު ތަކުރާރުނުވާ ގޮތަށް ކަމަށް ފައިރޫޝް ވިދާޅުވި އެވެ. ލަފާކުރެވެނީ 31،000 ގޭބެސީތަކުން ހުއްދަ އަށް އެދޭނެ ކަމަށް ފައިރޫޝް ވިދާޅުވި އެވެ.

28 މެއި 2020 | ބުރާސްފަތި 22:44
އާއިޝަތު ޝިއުރާ
 
ކުދި ވިޔަފާރިތައް ހުރި ތަންތަން ބެލުމަށްފަހު އެތަނަކަށް ވަދެވޭނެ މީހުންގެ އަދަދު ކަނޑައަޅާނެ

މާލޭގައި ހުރި ކުދި ވިޔަފާރިތައް ހުރި ތަންތަން ބެލުމަށްފަހު އެތަނަކަށް މީހުން ވަދެވޭނެ އަދަދު ބޭރުގައި ސްޓިކަރ ޖަހާފައި ކުރިޔަށް އޮތްތަނުގައި ބަހައްޓާނެ ކަމަށް ފައިރޫޝް ވިދާޅުވި އެވެ. ކޮންމެ ފިހާރައެއްގައިވެސް ގައިދުރުކަން ބެހެއްޓޭނެ ގޮތަށް ކަންކަން ރޭވުމަށް ފައިރޫޝް އެދިވަޑައިގެންނެވި އެވެ.

28 މެއި 2020 | ބުރާސްފަތި 22:41
އާއިޝަތު ޝިއުރާ
 
އުމުރުން ދުވަސްވީ މީހަކީ އެހީތެރިކަން ބޭނުންވާމީހަކު ނަމަ އިތުރު ހުއްދަ ލިބޭނެ

އުމުރުން ދުވަސްވީ މީހަކީ އެހީތެރިކަން ބޭނުންވާ މީހަކު ނަމަ އިތުރު މީހަކު އެމީހަކާއެކު ނިކުތުމަށް ހުއްދަ ލިބޭނެ ކަމަށް އެސިސްޓެންޓް ކޮމިޝަނަރ އޮފް ޕޮލިސް ފައިރޫޝް ވިދާޅުވި އެވެ. ފިހާރަތައް ހުޅުވޭނީ ހެނދުނު 9 ން ފެށިގެން ކަމަށް ފައިރޫޝް ވިދާޅުވި އެވެ.

28 މެއި 2020 | ބުރާސްފަތި 22:37
އާއިޝަތު ޝިއުރާ
 
އެވްރެޖްކޮށް 40،000 މޫވްމަންޓް ހިނގާނެ ކަމަށް ބެލެވޭ

މިހާރު މިދެވޭ ލުއި ތަކާއެކު އެވްރެޖްކޮށް 40،000 މޫވްމަންޓް ހިނގާނެ ކަމަށް ބެލެވޭ ކަމަށް ފުލުހުން ބުނެ އެވެ. އަދި ކަންކަން މޮނިޓަރ ކުރަމުންދާނެ ކަމަށް ފުލުހުން ބުނެ އެވެ. ވިޔަފާރި ކުރުމަށް 17،000 އްހާ ހުއްދަ ދީފައިވާ ކަމަށް ފުލުހުން ބުނެ އެވެ.

28 މެއި 2020 | ބުރާސްފަތި 22:35
އާއިޝަތު ޝިއުރާ
 
އިތުރު 56 މީހުން ކޮވިޑް-19 އަށް ޕޮޒިޓިވްވެއްޖެ
28 މެއި 2020 | ބުރާސްފަތި 22:27
އާއިޝަތު ޝިއުރާ
 
ކޮންމެ ޓެކްސީ ސެންޓަރަކަށް ދީފައިވާނީ 6 ހުއްދަ

ކޮންމެ ޓެކްސީ ސެންޓަރަކަށް ދޫކޮށްފައިވަނީ 6 ހުއްދަ،

ސަރުކާރު އޮފީސްތައް ހުޅުވުމުގެ ހުއްދަވެސް ދޭނީ ފުލުހުން

28 މެއި 2020 | ބުރާސްފަތި 22:26
އާއިޝަތު ޝިއުރާ
 
މާލެ ތެރޭގައި އެއްތަނުން އަނެއްތަނަށް ދިޔުމަށް އެދެންޖެހޭނީ ފުލުހުންގެ ޕޯޓަލް އަށް

މާލެ ތެރޭގައި އެއްތަނުން އަނެއްތަނަށް ދިޔުމަށް އަދި ރަށްރަށުން ދިޔުމަށްވެސް އެދެންޖެހޭނީ ފުލުހުންގެ ޕޯޓަލް އަށް ކަމަށް ފުލުހުން ބުނެ އެވެ.

28 މެއި 2020 | ބުރާސްފަތި 22:25
އާއިޝަތު ޝިއުރާ
 
ވިޔަފާރި ހުއްދަތައް ދެން ނެގޭނީ މާލެ ސިޓީ ކައުންސިލުން

ވިޔަފާރި ތަކާއި ގުޅޭ ހުއްދަތައް ކުރިޔަށް އޮތްތަނުގައި ނެގޭނީ މާލެ ސިޓީ ކައުންސިލުގެ ޕޯޓަލް އިން ކަމަށް ޑެޕިޔުޓީ މޭޔަރ ޝަމާޢު ވިދާޅުވި އެވެ.

28 މެއި 2020 | ބުރާސްފަތި 22:24