Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
Advertisement - worldAdvertisement
ދުނިޔެ
އެމެރިކާއިން ހަމާސް ކުށްވެރިކުރުން

އިސްރާއީލުގެ އުދުވާން ކުށްވެރިނުކޮށް އެމެރިކާއިން ހަމާސް ކުށްވެރިކޮށްފި

ފަލަސްތީނުގެ 10،000ށް ވުރެ ގިނަ މީހުން ތިބީ ހާލުގައި ޖެހިފައި

އަތޫފް އާތިފް
އަތޫފް އާތިފް, ރާއްޖެ އެމްވީ | 15 މެއި 2021 | ހޮނިހިރު 15:09
ވައިޓް ހައުސް، އެމެރިކާއިން ވަނީ ހަމާސްއަކީ ޓެރަރިސްޓު ޖަމާއަތެއް ކަމަށް ބުނެފައި

ވައިޓް ހައުސް، އެމެރިކާއިން ވަނީ ހަމާސްއަކީ ޓެރަރިސްޓު ޖަމާއަތެއް ކަމަށް ބުނެފައި

ފަލަސްތީނުގެ ގާޒާއަށް އިސްރާއީލުން ދެމުން ގެންދާ ހަމަލާތައް ކުށްވެރި ކުރުމުގެ ބަދަލުގައި އެމެރިކާއިން އަމިއްލަ ނަފްސުގެ ދިފާއުގައި މަސައްކަތް ކުރާ ފަލަސްތީނުގެ ހަމާސް ޖަމާއަތް ކުށްވެރި ކޮށްފިއެވެ.

ފަލަސްތީނުގެ ގާޒާއަށް އިސްރާއީލުގެ ޔަހޫދީ ސިފައިން ދެމުން ގެންދާ ހަމަލާތަކުގައި މިހާތަނަށް 400ށް ވުރެ ގިނަ މީހުން ޝަހީދުވެފައިވާއިރު، މި ހަމަލާތަކާއި ގުޅިގެން 10،000ށް ވުރެ ގިނަ މީހުން ހާލުގައި ޖެހިފައިވެއެވެ.

އިސްރާއީލުން ދެމުން ގެންދާ ހަމަލާތަކުގެ ބަދަލުގައި ފަލަސްތީނުގެ ހަމާސް ޖަމާއަތުން ވަނީ އިސްރާއީލަށް ރޮކެޓް ހަމަލާތަކެއްވެސް ފޮނުވާލައިފައެވެ. އެމެރިކާގެ ވައިޓް ހައުސްގެ ސްޕޯކްޕާސަން ޖޭން ސާކީ ވިދާޅުވީ އިސްރާއީލަށް އަމާޒުކޮށް ފަލަސްތީނުގެ ހަމާސް ޖަމާއަތުން ދެމުން ގެންދާ ހަމަލާތަކުގައި އިސްރާއީލުގެ ރައްޔިތުން މަރުވެފައިވާ ކަމަށާއި އަދި މިހަމަލާތަކުގައި އެތައް ސަތޭކަ ބަޔަކަށް އަނިޔާވެފައިވާ ކަމަށެވެ. އިސްރާއީލަށް އަމާޒުކޮށް ހަމާސްއިން ދެމުން ގެންދާ ހަމަލާތައް ބަލައި ނުގަނެވޭނެ ކަމަށާއި، މިއީ އަމިއްލަ އެދުމެއް އޮވެގެން ހަމާސްއިން ދެމުން ގެންދާ ޓެރަރިޒަމްގެ އަމަލެއް ކަމަށް ވެސް ސާކީ ވިދާޅުވިއެވެ.

ސާކީ ވިދާޅުވީ އިސްރާއީލަށް ބޭނުންވާ އެހީ އެމެރިކާއިން އަބަދުވެސް ދެމުން ގެންދާނެ ކަމަށެވެ. ނަމަވެސް ސާކީގެ ވާހަކައިގައި އިސްރާއީލުން ފަލަސްތީނަށް ދެމުން ގެންދާ ހަމަލާތަކުގެ ވާހަކަ ދައްކަވައިފައެއް ނުވެއެވެ.

ފަލަސްތީނުގެ ހަގުރާމަވެރިންނަށް އަމާޒުކޮށް ކަމަށް ބުނެ އިޒްރޭލުން ދެމުންދާ ހަމަލާތަކުގައި، ފަލަސްތީނުގެ ގާޒާ ސިޓީގެ އިމާރާތްތައް ދަނީ ބިމާ ހަމަކުރަމުންނެވެ. މިހަމަލާތަކުގައި އެތައް ބަޔަކު ވަނީ ޝަހީދު ވެފައެވެެ.

ފަލަސްތީނުގެ ހެލްތު މިނިސްޓްރީން ބުނެފައިވާ ގޮތުގައި، މި މޭމަހުގެ 14 ވަނަ ދުވަހުން ފެށިގެން އިސްރާއީލުގެ އަސްކަރިއްޔާއިން ގާޒާ ސިޓީއަށް ދެމުންދާ ވައިގެ ހަމަލާތަކުގައި މިހާތަނަށް 119 މީހަކު ޝަހީދު ވެފައިވެއެވެ. މީގެ ތެރޭގައި 31 ކުޑަކުދިންނާ 19 އަންހެނަކުވެސް ހިމެނެއެވެ. މި ހަމަލާތަކުގައި މިހާތަނަށް 830 މީހަކު ޒަޚަމްވެފައި ވާކަމަށްވެސް ފަލަސްތީނުގެ ހެލްތު މިނިސްޓްރީން ހާމަކޮށްފައި ވެއެވެ.

މިހާރު ދެމުންދާ ހަމަލާތަކަކީ މެޓްރޯ ސްޓޭޝަންތައް ހަލާކުކޮށްލުމަށް ދެމުން އަންނަ ހަމަލާތަކެއް ކަމަށް އިޒްރޭލުން ވަނީ ބުނެފައެވެ. ރޭގަނޑުގެ ވަގުތުތަކުގައި ދެމުންދާ މި ހަމަލާތަކުގައި، ފައިޓަރ ޖެޓްތައް ވެސް ދަނީ ބޭނުން ކުރަމުންނެވެ.

އިސްރާއީލުން މެދުކެނޑުމެއްނެތި ގާޒާއަށް ވައިގެ މަގުންނާއި އެއްގަމު މަގުން އަދި ކަނޑު މަގުން ދެމުން ގެންދާ ހަމަލާތަކުން ސަލާމަތްވުމަށް ގެދޮރު ދޫކޮށްދާން ފަލަސްތީނުގެ 10،000ށް ވުރެ ގިނަ މީހުންނަށް ޖެހިފައިވާކަމަށް އދ.ން ވަނީ ބުނެފައެވެ. މެއި މަހުގެ 10 ވަނަ ދުވަހުން ފެށިގެން އިސްރާއީލުން މެދުކެނޑުމެއްނެތި ދެމުން ގެންދާ ހަމަލާތަކުން ސަލާމަތްވުމަށް އެތައް އާއިލާއެއް ހިޔާވަހިކަން މިހާރު ހޯދަމުން އަންނަނީ ގާޒާގެ އުތުރުގައި ހުންނަ އދ.ން ހިންގަމުންދާ ސްކޫލްތަކުގައެވެ. އެތަނުގައި އެމީހުން ވަގުތީ ހިޔާތަކުގައި ތިބިއިރު އދ.ން ބުނަނީ އެތަންތަނުގައި ފަލަސްތީނުގެ 10،000 ރައްޔިތުން އެބަތިބި ކަމަށެވެ.

އިޒްރޭލްފަލަސްތީންއެމެރިކާ

ކޮމެންޓް

އިތުރަށް ކިޔާލަން

އެޕްސްޓީން އާއި ރައީސް ޓްރަމްޕް ގެ ގާތް ގުޅުން ހާމަވާ އިތުރު ފޮޓޯ ތަކެއް ރިލީޒްކޮށްފި

އެޕްސްޓީން އާއި ރައީސް ޓްރަމްޕް ގެ ގާތް ގުޅުން ހާމަވާ އިތުރު ފޮޓޯ ތަކެއް ރިލީޒްކޮށްފި

13 ޑިސެމްބަރު 2025
ޓްރަމްޕްގެ ގޯލްޑް ކާޑު ހޯދަން އެއް މިލިއަން ޑޮލަރު ބޭނުންވޭ

ޓްރަމްޕްގެ ގޯލްޑް ކާޑު ހޯދަން އެއް މިލިއަން ޑޮލަރު ބޭނުންވޭ

11 ޑިސެމްބަރު 2025
އިޒްރޭލުން ވެސްޓު ބޭންކުގައި ޔަހޫދީން ވަޒަންވެރި ކުރުވުމަށް ގާތްގަނޑަކަށް 800 ގެ އެޅުމުގެ ހުއްދަދީފި

އިޒްރޭލުން ވެސްޓު ބޭންކުގައި ޔަހޫދީން ވަޒަންވެރި ކުރުވުމަށް ގާތްގަނޑަކަށް 800 ގެ އެޅުމުގެ ހުއްދަދީފި

10 ޑިސެމްބަރު 2025
ދުނިޔޭގައި އެންމެ ގިނައިން ނޫސްވެރިން މަރާ ގައުމު ގެ ރެކޯޑް ޖެހިޖެހިގެން ތިންވަނަ އަހަރު އިޒްރޭލަށް!

ދުނިޔޭގައި އެންމެ ގިނައިން ނޫސްވެރިން މަރާ ގައުމު ގެ ރެކޯޑް ޖެހިޖެހިގެން ތިންވަނަ އަހަރު އިޒްރޭލަށް!

10 ޑިސެމްބަރު 2025
އަލް-ގުދުސް ގައި ހުންނަ އަންރުވާ ގެ ކޮމްޕައުންޑަށް އިޒްރޭލު ފުލުހުން ވަދެގަނެފި

އަލް-ގުދުސް ގައި ހުންނަ އަންރުވާ ގެ ކޮމްޕައުންޑަށް އިޒްރޭލު ފުލުހުން ވަދެގަނެފި

09 ޑިސެމްބަރު 2025

އަހަރުތަކުން މިއަދު

5 މެއި
މުނާ އިސްތިއުފާ ދެއްވައިފި - ވިދާޅުވީ ރައީސްގެ ބަހާއި އަމަލާ ދިމާނުވެ ރައްޔިތުންނަށް އޮޅުވާލާކަމަށް
20251 އަހަރު ކުރިން
ރާއްޖެ

މުނާ އިސްތިއުފާ ދެއްވައިފި - ވިދާޅުވީ ރައީސްގެ ބަހާއި އަމަލާ ދިމާނުވެ ރައްޔިތުންނަށް އޮޅުވާލާކަމަށް

މަޖިލީހުގެ 33 އިންސައްތަ އަންހެނުންނަށް ޚާއްސަ ކުރާ އިސްލާހުގެ މަސައްކަތް އަވަސްކޮށްދޭން ރޮޒެއިނާ އެދިވަޑައިގެންފި
20242 އަހަރު ކުރިން
ރާއްޖެ

މަޖިލީހުގެ 33 އިންސައްތަ އަންހެނުންނަށް ޚާއްސަ ކުރާ އިސްލާހުގެ މަސައްކަތް އަވަސްކޮށްދޭން ރޮޒެއިނާ އެދިވަޑައިގެންފި

30 މީހުންނާއެކު ދަތުރުކުރި ލޯންޗަކަށް ރާޅެއް އަރައިފި، މިހާރު ލޯންޗް ލޮކޭޓް ނުކުރެވޭ
20233 އަހަރު ކުރިން
ރާއްޖެ

30 މީހުންނާއެކު ދަތުރުކުރި ލޯންޗަކަށް ރާޅެއް އަރައިފި، މިހާރު ލޯންޗް ލޮކޭޓް ނުކުރެވޭ

ޖަލު ބަލަހައްޓާ ގިނަ އަދަދެއްގެ އޮފިސަރުން ހޯދަން އިއުލާންކޮށްފި
20224 އަހަރު ކުރިން
ރާއްޖެ

ޖަލު ބަލަހައްޓާ ގިނަ އަދަދެއްގެ އޮފިސަރުން ހޯދަން އިއުލާންކޮށްފި

"ބަނޑުގައި އޮތް ދަރިފުޅާއެކު އަނބިމީހާ ދުނިޔެ ދޫކުރީ ލޯ ކުރިމަތީގައި"
20215 އަހަރު ކުރިން
ރިޕޯޓު

"ބަނޑުގައި އޮތް ދަރިފުޅާއެކު އަނބިމީހާ ދުނިޔެ ދޫކުރީ ލޯ ކުރިމަތީގައި"

ލޯ ކައިރި ކަޅުވަނީ ކީއްވެ؟ ހައްލެއް ބޭނުން!
20197 އަހަރު ކުރިން
ސިއްހަތު

ލޯ ކައިރި ކަޅުވަނީ ކީއްވެ؟ ހައްލެއް ބޭނުން!

މެލޭޝިއާއިން ގެއެއް ގަތުމަށް ލުތުފީ މަސައްކަތްކުރެއްވި!
20188 އަހަރު ކުރިން
ރާއްޖެ

މެލޭޝިއާއިން ގެއެއް ގަތުމަށް ލުތުފީ މަސައްކަތްކުރެއްވި!

ރާއްޖެކުޅިވަރުދުނިޔެވިޔަފާރި - އިގްތިސާދުރިޕޯޓުފޮޓޯވާހަކަސިއްހަތުތަފާތު ޚަބަރުލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު