Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • ލައިފް ސްޓައިލް
ރިޕޯޓު
މަގޭ ރިޕޯޓް

ޝަހީމްގެ "ވާޖިބާ" ގުޅިގެން، ފެންމަތިވި ސިޓީއެއް.....

މީގެ ކުރިންވެސް އިސްލާމީ ވެރިން މަރުވެގެން ޣައިބަށް ކަށުނަމާދު ކުރެއެވެ. ބައިދަނޑިއަށް ދިދަވެސް ތިރިކުރެ އެވެ.

އަހުމަދު މުހުސިނު
އަހުމަދު މުހުސިނު, ރާއްޖެ އެމްވީ | 3 އޯގަސްޓު 2024 | ހޮނިހިރު 00:53
ރައީސުލްޖުމްހޫރިއްޔާ ޑރ މުޢިއްޒު އަދި އިސްލާމީ ކަންތައްތަކާ ބެހޭ ވަޒީރު ޑރ ޝަހީމް

ރައީސުލްޖުމްހޫރިއްޔާ ޑރ މުޢިއްޒު އަދި އިސްލާމީ ކަންތައްތަކާ ބެހޭ ވަޒީރު ޑރ ޝަހީމް

އެކުވެރި ޝަހީމަށް.

މޫރިތިކަމާއި ނިޔަނެތި ކަމާއެކު ހެޔޮދުއާ ސަލާމް ރައްދު ކުރުމީ ވާޖިބެއް ކަމުގައި ދެކެމެވެ.

އެކުވެރި ޝަހީމޫއެވެ. މަގޭ ހިތް މަނިކުފާނަށް ހަމަ ސާފެވެ. ތެޅިތެޅި އޮތަސް އެހިތް އޮތީ ޚާލިސް ކަމާއެކުއެވެ. އެކަމަކު ތިޔަ ވިދާޅުވި ވާޖިބަކުން މީހުން އެއޮށް ގޮވާހާ އެއްޗަކުން މަށަށް ހަމަ ނޯވެވުނީއެވެ. މަނިކުފާނަށް ހެޔޮއެދޭތީއެވެ. މީހުން އެހެރަ ކިޔާހާ ބަނދިވަރުން މަހަމަ ހަލާކުވެއްޖެއެވެ. ސޯޝަލް މީޑިއާގައި އެލިޔާ ފަތިވަރުތަކުން މަގޭ ކެތްތެރިކަން ކޮޅުން ލައިފިއެވެ. އެވެރިންނަށް ރައްދުދީ ސޯޝަލް މީޑިއާ ފްލަޑްވާވަރަށް ލެޔެލާހިތުން ހުރެވެނީކީ ނޫނެވެ. އެކަމަކު މަނިކުފާނާ މަށާ ކިތައްމެ ގާތަސް އެވެރިންގެ ވާޖިބަށް ހުރަސް އަޅާކަށް މަށަކަށްވާ ލާހިކު ކުޅަދާނައެއް ނޫނެވެ. އެހެންނަމަވެސް މަގޭ ވާޖިބު އަދާކޮށްލެވުނު ކަމަށްވާނީ މަނިކުފާނަށް މިސިޓީ ފޮނުވާލައިގެން ކަމަށް މަގޭ ހިތް މަށަށް ވާޖިބު ކުރާތީ ފޮނުވާލަނީއެވެ. ގާތް ރަހުމަތްތެރިކަމުގެ ވާޖިބު އަދާކުރުމަށެވެ.

މަނިކުފާނެއެވެ. މަނިކުފާނަކީ މަ ގަބޫލުކުރާ ބޮޑު ޝެއިޚެވެ. އަދި މިހާރު މިއޮތް ސަރުކާރުގެ އެންމެ ބޮޑު ޝެއިޚެވެ. ދީނީގޮތުންވެސް އަދި އެހެން ގޮތަކުންވެސް މަށަކީ މަނިކުފާނުގާތު ފަތިގަނޑު ކާތާލެވޭވަރުގެވެސް މީހެއް ނޫނެވެ. މަހަމަ ލޮލުންބޮލުން އެކަން ގަބޫލު ކުރަމެވެ.

އެކަމަކުވެސް ޝަހީމޫއެވެ. އަންޒަމާނު ކަރައިން ފެށިގެން މިތަނުގައި ހެޔޮއެދިގެން ކުރާހާ ކޮންމެ ކަމެއް ކުރަމުން އައީކީ ތިޔަބުނާ "ވާޖިބަކަށް" ވެގެނެއް އެކަންޏެއް ނޫނެވެ. އަމުދުން ތިޔަ ފަލަސްތީނުގެ ކަންކަމުގައި ދިވެހިންނަށް ވެވުނު ވަރަކުން ގުރުބާންވެ އުނުއޮތް ފޮށާވެސް ދިއްކޮށްލަން ތައްޔާރަށް އެތިބީ މުޅިއަކުން ވާޖިބުކަން އެކަނި ސަލާމަތް ކުރާކަށް ނުމެ ނޫންމެއެވެ.

މަނިކުފާނޫއެވެ. ޝަހީދުވެގެން މިއުޅެނީ މުޅި އިސްލާމީ އުއްމަތާ ގުޅުންހުރި މީހެކެވެ. ފަލަސްތީނުގައިވާ މާތްވެގެންވާ ގުދުސް ދިފާއު ކުރުމުގައި އަދި ފަލަސްތީނުގެ އެންމެހާ މުސްލިމުންނަށްޓަކައި ޖިހާދު ކުރަމުންދިޔަ އަހަރެމެންފަދަ މުސްލިމެކެވެ. ހުޅަނގާ އެމެރިކާއަށް ވިކިފައިތިބި ބަޔަކު މީހުން ހަމާސް ޖަމާއަތާއި އެޖަމާއަތުގެ ލީޑަރުންނަކީ ޓެރަރިސްޓުން ކަމަށް ހެދިޔަސްމެއެވެ.

މަނިކުފާނޫއެވެ. މަނިކުފާނުވެސް ވިދާޅުވާތީ އަހަމެވެ. ތިމަންމެން މިތިބީ ފަލަސްތީނާ އެކުގައެވެ. މިހާރު ޔަހޫދީން ފަލަސްތީނުގެ މުޅި ޖީލު ނައްތާލަން އުޅޭތީ ދިފާއުގައި ނުކުމެ އުޅޭ އެންމެނަށް ހެޔޮއެދިގެންނެވެ. އެކަމުގައި ކޮންމެ ކަމެއް ކުރަންވެސް މަމެން މިތިބީ ތައްޔާރަށޭ މަނިކުފާނާ މަނިކުފާނުގެ ސަރުކާރުން ތިޔަ އަންނަނީ ބުނަމުން ނޫންތޯއެވެ. އެކަމަށްޓަކައި މަނިކުފާނާއި މަނިކުފާނުގެ ސަރުކާރުން ކުރާހާ ހުރިހާ ކަމަކީވެސް ވާޖިބު ތޯއެވެ.

ނާފަހެ ދައުލަތުގެ މީޑިޔާ މެދުވެރިކޮށް ބޮޑު ޓެލެތޯނެއްވެސް އެވެރިންނަށްޓަކައި ބާއްވައިފީމު ނޫންތޯއެވެ. ފަންޑުތަކުން ފައިސާވެސް ހަދިޔާކޮށްފީމު ނޫންތޯއެވެ. ކެންޕެއިނަށް ބަހާލިއަސް މިފްކޯގެ މަސްދަޅުތައްވެސް ފަލަސްތީނަށް ދޭން އެއްކުރީމު ނޫންތޯއެވެ. ނަމެއްގައި ނަމަވެސް އިޒްރޭލު ޕާސްޕޯޓް މަނާކުރާނަމޭ އެބަގޮވަމެއް ނޫންތޯއެވެ. މުޅިންވެސް މިއީ ވާޖިބަކަށް ވެގެންތޯއެވެ.

މަނިކުފާނޫއެވެ. މަށަށް ހަމަ ނޭނގޭތީ އަހާލީއެވެ.

ޝަހީމޫއެވެ. ފަރުޟު ނަމާދަށްފަހު ފަލަސްތީނުގެ ހައްގުގައި މިސްކިތްތަކުގައި މިކުރާ ދުއާވެސް މިއީ ވާޖިބުކަން ކެނޑިދާނެތީ ކުރާކަމެއް ހެއްޔެވެ. ގައިމު އެވެރިންނަށް ކެތްތެރިކަން ދެއްވުމަށާއި އެވެރިންގެ ދިފާއުގައި ޖިހާދު ކުރާ ފަރާތްތަކަށް ނަސްރު ދެއްވުމަށްވެސް އަހަރަމެން އެދުއާގައި ކިޔަނީ ނޫންތޯއެވެ. އެއީ ތިޔަ ވުޒާރާއިން މިސްކިތްތަކުގައި ކުރަން ފޮނުވި ދުއާއެއް ނޫންތޯއެވެ.

މަނިކުފާނޫއެވެ. މުޅި އިސްލާމީ އުއްމަތް، ހަނިއްޔާ ޝަހީދު ކޮށްލުން ކުށްވެރި ކުރަމުންދިޔައިރު މަނިކުފާނުގެ ސަރުކާރުން އެކަން ނުކޮށް ލަސްކުރީ ވާޖިބަކަށް ނުވީމާ ދެއްތޯއެވެ. ނޫންނަމަ މަނިކުފާނުމެން ބިރުން ތިޔަ ރޫރޫއަޅާ އެމެރިކާއިން އެއްޗެކޭ ބުނެފާނެތީ ވާޖިބު އަދާކުރަން ދެއްތޯއެވެ.

މަހަމަ ހައިރާންވެ އަންތަރީސް ވެއްޖެއެވެ. ރައްޔިތުން ކެކިއެރީމާ އެކަން ކުށްވެރިކުރީ ވާޖިބު އަރާ ހަމަކުރީތޯއެވެ. ނޫނީ ކުރިން ވާޖިބަކަށް ނުވެ އޮތްކަމެއް ވާޖިބަކަށްވީތޯއެވެ. ނޫނީ ހަމަ އެދުވަހު އިންޑިއާގައި ކިސަޑު ތޫފާނަކުން 150 އެއްހާ މީހުން މަރުވެގެން މަނިކުފާނުގެ ސަރުކާރުން ވަގުތުން ވަގުތަށް ތައުޒިޔާކީ ވާޖިބު ހަނދާން ވެގެން ދެއްތޯއެވެ.

ނޫނޭވާ ސާބަހެވެ. މީގެ ކުރިންވެސް އިސްލާމީ ވެރިން މަރުވެގެން ޣައިބަށް ކަށުނަމާދު ކުރެއެވެ. ބައިދަނޑިއަށް ދިދަވެސް ތިރިކުރަނީ ނޫންތޯއެވެ. މަނިކުފާނު ތިޔަ ވާޖިބު އަދާކުރައްވާ ސަރުކާރުން އިހަށް ދުވަހުވެސް އެކަން އެގޮތަށް ކޮށްގެން އުޅުނުތަން ބޮލެއް މައްޗަށްހުރި ކޮންމެ މީހަކަށް އެނގޭނެއެވެ. އަންގައިގެން އެކަން ކުރަނީ ބޮޑު ވާޖިބަކީތޯއެވެ.

މަހަމަ ކޮސްވެއްޖެއެވެ. ހަނިއްޔާ މަރުވެގެން ކަށުނަމާދު ކުރަން ބަޔަކު މީހުން އެދުން އެއީ ބޮޑު ދީނީގޮތުން ފިތުނަ ފަސާދަ އުފެއްދުމަކަށް ތިޔަ ހަދާލީ ކެބިނެޓް ވަޒީރު ކަމުގެ ވާޖިބަކަށް ވީތޯއެވެ. އަދި އެކަން އިޚްތިޔާރަށް ތިޔަ ދޫކޮށްލީ ވާޖިބަކަށް ނުވެގެން ކަމަށް ތިޔަ ވިދާޅުވަނީ ދީނީ ސަރުކާރުގައި މުޅިންވެސް ކުރަނީ ވާޖިބު ކަންކަން ވީމަ ދެއްތޯއެވެ. ނޫންނަމަ މަނިކުފާނު އަންގަވައިގެން 2015 ވަނަ އަހަރު ކިންގު ޢަބްދުﷲ ގެމައްޗަށް ހުރިހާ މިސްކިތެއްގައި ޣައިބަށް ކަށުނަމާދު ކުރުވީ އޭރު ވާޖިބަކަށް ވެގެންތޯއެވެ. އަދި ކުވޭތުގެ އަމީރުގެ މައްޗަށް މިދިޔަ އަހަރު ޣައިބަށް ކަށުނަމާދު ކުރުވުމަށްފަހު ޣައިބަށް ކަށުނަމާދު ކުރުމުގެ ވާޖިބުކަން ކެނޑުނީތޯއެވެ.

މަނިކުފާނޫއެވެ. ތިޔަގޮތައް މީހުން ލައްވާ ދުލުގައި ހިފައިގެން ދަމުވަން ނުހަދާށެވެ. މަނިކުފާނަށްޓަކައި މަށަކަށް އެކަން ކުޅަދާނައެއް ނޫނެވެ.  

މަވާ ތިޔަ ވާޖިބު ބަލަން ހުންނާނަމެވެ. ވަރަށް ފަރުވާތެރިވެ ތިޔަ ވާޖިބުތައް ބަލާނަމެވެ. މިސަރުކާރުން ވާޖިބު ނޫން ކަމެއް ނުކުރާނެކަން ކަށަވަރުކޮށްގެންނެވެ. ވަރަށް ސަލާމެވެ.  

ކޮމެންޓް

އިތުރަށް ކިޔާލަން

ކޮވިޑް-19 އާ ގުޅިގެން ކުރެވޭ މަސައްކަތްތަކުގައި ފެނަކައިގެ ބައިވެރިވުމަށްވެސް ތައުރީފު ޙައްޤު

ކޮވިޑް-19 އާ ގުޅިގެން ކުރެވޭ މަސައްކަތްތަކުގައި ފެނަކައިގެ ބައިވެރިވުމަށްވެސް ތައުރީފު ޙައްޤު

03 އެޕްރީލު 2020
އެންމެ ގިނަ ކޭސް ފެނުނު ޤައުމަކަށް އެމެރިކާ ވެގެންދިއުމާއެކު، ވައިރަސްއާ ގުޅިގެން ޓްރަމްޕްގެ ރާގު ބަދަލުވަނީ؟!

އެންމެ ގިނަ ކޭސް ފެނުނު ޤައުމަކަށް އެމެރިކާ ވެގެންދިއުމާއެކު، ވައިރަސްއާ ގުޅިގެން ޓްރަމްޕްގެ ރާގު ބަދަލުވަނީ؟!

27 މާރިޗު 2020
ކޮވިޑް-19އާ ގުޅިގެން ދިވެހިން ޑުރާމާ ކުޅެނީ!

ކޮވިޑް-19އާ ގުޅިގެން ދިވެހިން ޑުރާމާ ކުޅެނީ!

23 މާރިޗު 2020
ކޮވިޑް-19: ކޮރޯނާވައިރަސްއާއި ގުޅިގެން ބަންގިއަށް ބަދަލެއް

ކޮވިޑް-19: ކޮރޯނާވައިރަސްއާއި ގުޅިގެން ބަންގިއަށް ބަދަލެއް

14 މާރިޗު 2020
އިންޑިއާގައި ބާއްވާ ސަރަހައްދީ ބައްދަލުވުމާ ގުޅިގެން ޕާކިސްތާންގެ ނުތަނަވަސްކަން

އިންޑިއާގައި ބާއްވާ ސަރަހައްދީ ބައްދަލުވުމާ ގުޅިގެން ޕާކިސްތާންގެ ނުތަނަވަސްކަން

13 ފެބުރުއަރީ 2020

އަހަރުތަކުން މިއަދު

2 ފެބުރުއަރީ
ސިފައިންގެ މީހަކު އެހެން ސިފައިންގެ ބައެއްގެ ގަޔަށް ބަޑިޖަހަން އުޅުނުކަމުގެ މައުލޫމާތު ލިބިއްޖެ
20251 އަހަރު ކުރިން
ރާއްޖެ

ސިފައިންގެ މީހަކު އެހެން ސިފައިންގެ ބައެއްގެ ގަޔަށް ބަޑިޖަހަން އުޅުނުކަމުގެ މައުލޫމާތު ލިބިއްޖެ

އެމްޑީޕީ ޕްރައިމަރީ: ގިނަ މެމްބަރުންތަކަކަށް ޓިކެޓް ކަށަވަރުވެއްޖެ
20242 އަހަރު ކުރިން
ރާއްޖެ

އެމްޑީޕީ ޕްރައިމަރީ: ގިނަ މެމްބަރުންތަކަކަށް ޓިކެޓް ކަށަވަރުވެއްޖެ

މަރުވިކަމަށް ނިންމާ އިންޑިއާގައި އަންދާލި މީހެއް 8 މަސް ފަހުން އެނބުރި ގެއަށް
20233 އަހަރު ކުރިން
ތަފާތު ޚަބަރު

މަރުވިކަމަށް ނިންމާ އިންޑިއާގައި އަންދާލި މީހެއް 8 މަސް ފަހުން އެނބުރި ގެއަށް

އިންޑިއާ އައުޓް ކެމްޕެއިނާ ދެކޮޅަށް ގާނޫނު ހަދާ މައްސަލަ ބޭރު ދުނިޔޭގެ ސަމާލުކަމަށް
20224 އަހަރު ކުރިން
ރާއްޖެ

އިންޑިއާ އައުޓް ކެމްޕެއިނާ ދެކޮޅަށް ގާނޫނު ހަދާ މައްސަލަ ބޭރު ދުނިޔޭގެ ސަމާލުކަމަށް

ކުޅި، ފާ، ޗަސްބިން - އަގުނުކުރެވޭ ފަދަ މާހައުލުތަކެއް
20215 އަހަރު ކުރިން
ރިޕޯޓު

ކުޅި، ފާ، ޗަސްބިން - އަގުނުކުރެވޭ ފަދަ މާހައުލުތަކެއް

މަޖިލީހަށް ގެންނަންވާނީ ޝަރުއީ ދާއިރާ އިސްލާހު ކުރުމުގެ ވިސްނުމާއި ޤާބިލުކަން ހުރި މެމްބަރުން: ނިޝާން
20197 އަހަރު ކުރިން
ރާއްޖެ

މަޖިލީހަށް ގެންނަންވާނީ ޝަރުއީ ދާއިރާ އިސްލާހު ކުރުމުގެ ވިސްނުމާއި ޤާބިލުކަން ހުރި މެމްބަރުން: ނިޝާން

އުއްތަމަ ފަނޑިޔާރު ދިރިއުޅުއްވާ ގެކޮޅަށް އެސްޕީޖީގެ އިސް ބައެއް ފަރާތްތަކުން ގޮސްފި
20188 އަހަރު ކުރިން
ރާއްޖެ

އުއްތަމަ ފަނޑިޔާރު ދިރިއުޅުއްވާ ގެކޮޅަށް އެސްޕީޖީގެ އިސް ބައެއް ފަރާތްތަކުން ގޮސްފި

ރާއްޖެކުޅިވަރުދުނިޔެވިޔަފާރި - އިގްތިސާދުރިޕޯޓުފޮޓޯވާހަކަސިއްހަތުތަފާތު ޚަބަރުލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު