Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
Advertisement - worldAdvertisement
ދުނިޔެހަނިއްޔާ އަވަހާރަކޮށްލުން

ހަނިއްޔާ އަވަހާރަކޮށްލި ހާދިސާއާ ގުޅުން ހުރި ކަމުގެ ތުހުމަތުގައި އީރާނުގެ އަސްކަރިއްޔާގެ އަދި އިންޓެލިޖެންސްގެ އިސް އޮފިސަރުންތަކެއް ހައްޔަރު ކޮށްފި

ހަނިއްޔާ ހުންނެވި ގެސްޓް ހައުސްގެ ބައެއް މުވައްޒަފުން އެތަނުގައި ބަންދުކޮށް އަނެއް ބަޔަކު ވަނީ ހައްޔަރު ކޮށްފައެވެ.

ރާއްޖެ އެމްވީ | 3 އޯގަސްޓު 2024 | ހޮނިހިރު 13:16
ހަމާސްގެ ލީޑަރު އިސްމާއިލް ހަނިއްޔާ އަދި އިރާނުގެ ލީޑަރު އަލީ ޚާމަނާއި

ހަމާސްގެ ލީޑަރު އިސްމާއިލް ހަނިއްޔާ އަދި އިރާނުގެ ލީޑަރު އަލީ ޚާމަނާއި

އީރާނުގައި ހުންނަވަނިކޮށް މި ދިޔަ ބުދަ ދުވަހުގެ ފަތިހު ހަމާސް ގެ ސިޔާސީ ލީޑަރ އިސްމާއީލް ހަނިއްޔާ އަވަހާރަ ކޮށްލި ހާދިސާ އާ ގުޅުން ހުރި ކަމުގެ ތުހުމަތުގައި އީރާނުގެ އަސްކަރިއްޔާގެ އިސް އޮފިޝަލުން ތަކަކާއި ޖާސޫސީ އިސް އޮފިޝަލުން ތަކެއް އީރާނު ސަރުކާރުން ހައްޔަރުކޮށްފިއެވެ.

އީރާނުގެ އިސް ދެ އޮފިޝަލަކާ ހަވާލާދީ ނިއުޔޯކް ޓައިމްސްގައި ހޮނިހިރު ދުވަހު ލިޔެފައިވާ ޚަބަރެއް ގައި ބުނެފައިވަނީ ހަނިއްޔާ އަވަހާރަ ކޮށްލި ޙާދިސާ ގެ ތަހުގީގު އީރާނުން ގެންދަނީ ފުޅާ ދާއިރާއެއްގައި ހިންގަމުން ކަމަށެވެ.

މި ހަމަލާއާ ގުޅުން ހުރި ކަމުގެ ތުހުމަތުގައި އީރާނުގެ އަސްކަރިއްޔާގެ ބެލުމުގެ ދަށުގައި ހުންނަ ހަނިއްޔާ ހުންނެވި ގެސްޓްހައުސްގެ އިސް އޮފިޝަލުން ތަކެއް ވެސް ހައްޔަރު ކޮށްފައިވާ ކަމަށް މި ޚަބަރުގައި ބުނެފައިވެއެވެ.

ހަނިއްޔާ އަވަހާރަ ކޮށްލި ހާދިސާ ތަހުގީގު ކުރަމުންދަނީ އީރާނުގެ ރިވޮލިއުޝަނަރީ ގާޑްސް ކޯޕްސް (އައިއާރުޖީސީ) ގެ ޚާއްސަ ޖާސޫސީ ޔުނިޓަކުން ކަމަށް ވެސް ނިއުޔޯކް ޓައިމްސްގައި ބުނެފައިވެއެވެ.

މި ހަމަލާ އަކީ އީރާނުގެ ސެކިއުރިޓީ އަދި އިންޓެލިޖެންސްގެ ބޮޑު ފެއިލިއަރ އެއްގެ ގޮތުގައި ތަޖުރިބާކާރުން ސިފަ ކުރާ ހަމަލާ އަކަށް ވުމުގެ އިތުރުން، ތަޖުރިބާކާރުން ބުނެފައިވަނީ މި ހަމަލާ ދިނުމުގެ އިޒްރޭލުގެ މަގްސަދަކީ އިޒްރޭލުގެ އަތުނުޖެހޭ ހިސާބަކަށް އިޒްރޭލުން ބޭނުންވާ އެއްވެސް ފަރާތަކަށް ނުދެވޭނެ ކަން ދެއްކުން ކަމުގައެވެ.

އިޒްރޭލުން ރަސްމީ ކޮށް ހަނިއްޔާ އަވަހާރަކޮށްލި ކަމަށް ބުނެފައި ނުވި ނަމަވެސް އަދި އެމެރިކާ އިން މި ހަމަލާގައި ބައިވެރި ނުވާކަމަށް ބުނެފައިވީ ނަމަވެސް، އީރާނުން ބުނެފައިވަނީ މިއީ އިޒްރޭލުން ރާވައިގެން ހިންގި އަދި އެމެރިކާގެ ފެހި ސިގްނަލް ލިބިގެން ދިން ހަމަލާ އެއް ކަމަށެވެ.

އައިއާރުޖީސީ އިން ހޮނިހިރު ދުވަހު ނެރުނު ބަޔާނެއްގައި ބުނެފައިވަނީ މިހާ ހިސާބަށް ހަމަލާގެ ހަގީގަތް ހޯދުމަށް ހިންގުނު ތަހުގީގުން، ހަމަލާ ދީފައިވަނީ ހަނިއްޔާ ހުންނެވި ގެސްޓް ހައުސްގެ ގޯތިން ބޭރުން 7 ކިލޯގެ ގޮވާތަކެތި އެކުލެވޭ ވޯ ހެޑެއް ހަރުކޮށްފައިވާ ކުރުރާސްތާ މިސައިލެއް ފޮނުވާލައިގެން ކަން އެނގިފައިވާ ކަމަށެވެ.

ނިއުޔޯކް ޓައިމްސް އިން ބުނެފައިވަނީ، ހަމަލާ ދިނުމާއެކު އައިއާރުޖީސީ އިން ވަނީ ހަނިއްޔާ ހުންނެވި ގެސްޓްހައުސް ރެއިޑްކޮށް، އެ ތަނުގެ މުއްވައްޒަފުން އިމާރާތުގެ ތެރޭގައި ބަންދުކޮށް އަދި ބައެއް އޮފިޝަލުން ހައްޔަރު ކޮށްފައި ކަމަށެވެ. އޭގެ އިތުރުން އިމާރާތުގެ އޮފިޝަލުންގެ ފޯނު ތައް ތަހުގީގަށް އަތުލާފައިވާ ކަމަށްވެސް ބުނެފައިވެއެވެ.

ތެހެރާން އަށް ހަނިއްޔާ ކުރައްވާ ދަތުރުފުޅު ތަކުގައި އެތައް ފަހަރެއްގެ މަތިން ހުންނަވާފައިވަނީ އެ ގެސްޓްހައުސްގައި ކަމަށާއި ކޮންމެ ފަހަރަކުވެސް ބޭނުން ކުރައްވަނީ އަބަދުވެސް އެއް ކޮޓަރިއެއް ކަމަށްވެސް މި ޚަބަރުގައި ވެއެވެ.

ހަމަލާ އަށް ފަހު ތަހުގީގު ޓީމުން ގެސްޓްހައުސްގެ ސީސީޓީވީ ފުޓޭޖް ދިރާސާ ކޮށް ގެސްޓް ލިސްޓް ޗެކްކޮށް، ވަދެ ނިކުމެ އުޅުނު މީހުންގެ މައުލޫމާތު ދިރާސާކޮށްފައިވާ ކަމަށް ނިއުޔޯކް ޓައިމްސް އިން ބުނެފައިވެއެވެ.

އީރާނުން ތުހުމަތު ކުރަނީ މި ހަމަލާ ރާވާ ހިންގި އިޒްރޭލުގެ ޖާސޫސީ އިދާރާ މޮސާޑް ގެ އެޖެންޓުން އީރާނުގައި އަދިވެސް ތިބި ކަމުގައެވެ. އެއާ އެކު އިތުރު ތަހުގީގު ޓީމަކުން އީރާނުގެ ބައިނަލް އަގްވާމީ އެއަރޕޯޓްތަކާއި ޑޮމެސްޓިކް އެއަރޕޯޓްތަކުގެ ސީސީޓީވީ ފުޓޭޖް އާއި ފަސިންޖަރުންގެ ލިސްޓްތައް ވެސް ގެންދަނީ ދިރާސާ ކުރަމުން ކަމަށް ނިއުޔޯކް ޓައިމްސްގައި ވެއެވެ.

ނިއުޔޯކް ޓައިމްސް އިން ބުނެފައިވަނީ މި ހާދިސާ ހިނގުމާއެކު އީރާނުގެ އިސް އޮފިޝަލުންގެ ހަށި ފާރަވެރިންނާއި އެ ފަރާތްތަކުން ގެންގުޅޭ އިލެކްޓްރޯނިކް އާލާތްތަކާއި ފޯނު ބަދަލު ކޮށްފައިވާ ކަމަށެވެ.

އިތުރަށް ކިޔާލަން

05 ޖޫން 2017

ހަތަރު ގައުމަކުން ގަތަރާ ޑިޕްލޮމެޓިކް ގުޅުން ކަނޑާލައިފި

05 ޖޫން 2017
ހަތަރު ގައުމަކުން ގަތަރާ ޑިޕްލޮމެޓިކް ގުޅުން ކަނޑާލައިފި
23 މެއި 2017

ޕާކް ގުން-ހައިގެ މައްޗަށް އުފުލުނު ހުރިހާ ދައުވާތަކަށް އިންކާރު ކުރައްވައިފި

23 މެއި 2017
ޕާކް ގުން-ހައިގެ މައްޗަށް އުފުލުނު ހުރިހާ ދައުވާތަކަށް އިންކާރު ކުރައްވައިފި
24 އެޕްރީލު 2017

އެެމެރިކާގެ ޑިފެންސް ސެކްރެޓަރީ ގަތަރަށް "ގުޅުން ރަނގަޅު ކުރުމުގެ" ބޭނުމުގައި ޒިޔާރަތެއް ކުރައްވައިފި

24 އެޕްރީލު 2017
އެެމެރިކާގެ ޑިފެންސް ސެކްރެޓަރީ ގަތަރަށް "ގުޅުން ރަނގަޅު ކުރުމުގެ" ބޭނުމުގައި ޒިޔާރަތެއް ކުރައްވައިފި
21 އެޕްރީލު 2017

އެމެރިކާގެ ނައިބު ރައީސް މައިކް ޕެންސް އިންޑޮނީޝިއާގައި ހުރި އެންމެ ބޮޑު މިސްކިތަށް ޒިޔާރަތް ކުރައްވައިފި

21 އެޕްރީލު 2017
އެމެރިކާގެ ނައިބު ރައީސް މައިކް ޕެންސް އިންޑޮނީޝިއާގައި ހުރި އެންމެ ބޮޑު މިސްކިތަށް ޒިޔާރަތް ކުރައްވައިފި
10 އެޕްރީލު 2017

ސްވިޑަން އަށް ދިން ހަަމަލާ ދިން ކަމަށް ބެލެވޭ މީހާއަކީ ޑީޕޯޓްކުރެވުމުގެ މަރުހަލާގައި ހުރި މީހެއް: ފުލުހުން

10 އެޕްރީލު 2017
ސްވިޑަން އަށް ދިން ހަަމަލާ ދިން ކަމަށް ބެލެވޭ މީހާއަކީ ޑީޕޯޓްކުރެވުމުގެ މަރުހަލާގައި ހުރި މީހެއް: ފުލުހުން
19 މާރިޗު 2017

ޔޫރަޕްއާއެކު އޮންނަ ނުތަނަވަސް ގުޅުން ނައްތާލަން ބޭނުން:ޓްރަމްޕް

19 މާރިޗު 2017
ޔޫރަޕްއާއެކު އޮންނަ ނުތަނަވަސް ގުޅުން ނައްތާލަން ބޭނުން:ޓްރަމްޕް
15 މާރިޗު 2017

ތުރުކީން ނެދަލޭންޑްސް އާއި އެކު އޮންނަ މަތީ ލެވެލްގެ ޑިޕްލޮމެޓިކް ގުޅުންތައް ކަނޑާލައިފި

15 މާރިޗު 2017
ތުރުކީން ނެދަލޭންޑްސް އާއި އެކު އޮންނަ މަތީ ލެވެލްގެ ޑިޕްލޮމެޓިކް ގުޅުންތައް ކަނޑާލައިފި
13 ފެބުރުއަރީ 2017

ގެމްބިއާގެ ރައީސް އަޑަމާ ބަރޯ ނަމާދަށް ވަޑައިގެންނެވި މިސްކިތުގައި ފިސްތޯލައެއް ހިފައިގެންހުރި ސިފައިންގެ މީހަކު ހައްޔަރު ކޮށްފި

13 ފެބުރުއަރީ 2017
ގެމްބިއާގެ ރައީސް އަޑަމާ ބަރޯ ނަމާދަށް ވަޑައިގެންނެވި މިސްކިތުގައި ފިސްތޯލައެއް ހިފައިގެންހުރި ސިފައިންގެ މީހަކު ހައްޔަރު ކޮށްފި
31 ޖެނުއަރީ 2017

ކެނެޑާގެ މިސްކިތެއްގައި ހިނގި ބަޑިޖެހުމުގެ ހާދިސާއާ ގުޅިގެން މީހަކަށް ދައުވާއެއް އުފުލައިފި

31 ޖެނުއަރީ 2017
ކެނެޑާގެ މިސްކިތެއްގައި ހިނގި ބަޑިޖެހުމުގެ ހާދިސާއާ ގުޅިގެން މީހަކަށް  ދައުވާއެއް އުފުލައިފި
27 ޖެނުއަރީ 2017

ހަރަމްފުޅަށް ކެރޭން ވެއްޓުނު ހާދިސާއާ ގުޅިގެން އުފުލި ދައުވާތައް ކޯޓުން ބޭރުކޮށްލައިފި

27 ޖެނުއަރީ 2017
ހަރަމްފުޅަށް ކެރޭން ވެއްޓުނު ހާދިސާއާ ގުޅިގެން އުފުލި ދައުވާތައް ކޯޓުން ބޭރުކޮށްލައިފި
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު