Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
Advertisement - newsAdvertisement
ރާއްޖެފުވައްމުލަކުގައި ފެންބޮޑުވުން

ފުވައްމުލަކުގައި ފެންބޮޑުވެގެން 15 ގެއަކުން މީހުން ބަދަލުކޮށްފި

15 މެއި 2021 | ހޮނިހިރު 13:47

87 ގެއެއްގެ ހިފާ ގެންގުޅޭ ތަކެއްޗަށް ވަނީ ގެއްލުން ލިބިފައި

ޝިއުނާ ސޯލިހް
ޝިއުނާ ސޯލިހް | 15 މެއި 2021 | ހޮނިހިރު 13:47
ފުވައްމުލައް ސިޓީގައި ފެން ބޮޑުވެ 300ށް ވުރެ ގިނަ ގެއަކަށް ފެން ވަދެފައިވޭ

ފުވައްމުލައް ސިޓީގައި ފެން ބޮޑުވެ 300ށް ވުރެ ގިނަ ގެއަކަށް ފެން ވަދެފައިވޭ

ފުވައްމުލައް ސިޓީއަށް ކުރަމުން އަންނަ ވިއްސާރާގައި 15 ގެއަކުން މީހުން ބަދަލު ކޮށްފައިވާ ކަމަށް ސިޓީ ކައުންސިލުން ބުނެފިއެވެ.

ސިޓީ ކައުންސިލްގެ ޑިރެކްޓަރ އަލީ މަސީހު ވިދާޅުވީ، ބުދަދުވަހުން ފެށިގެން ފުވައްމުލަކަށް ކުރަމުން އަންނަ ވިއްސާރާގައި ބޯކޮށް ވާރޭވެހި ގިނަ އަދަދެއްގެ ގޭގެއަށް ފެންވަދެފައިވާ ކަމަށެވެ. 300 އާއި 400 އާ ދެމެދުގެ އަދަދެއްގެ ގޭގޭގައި މިހާރު ވެލި ބަސްތާ ޖަހާފައިވާ ކަމަށާއި، ރަށުގެ މެދުތެރޭގައި ހުރި ގެތަކަށް ފެނުގެ އަސަރު ބޮޑަށް ކޮށްފައިވާ ކަމަށް މަސީހު ވިދާޅުވިއެވެ. މަސީހު ވިދާޅުވީ، މިފަހަރު ކުރަމުންދާ ވިއްސާރާގައި، ކުރިން ދުވަހަކުވެސް ފެނުގެ އަސަރު ނުކުރާ ގޭގެއަށްވެސް ފެން ވަދެފައިވާ ކަމަށެވެ.

Advertisement - newsAdvertisement

ފެނުގެ އަސަރު ކުރުމުގެ ސަބަބުން 87 ގެއެއްގެ ހިފާ ގެންގުޅޭ ތަކެއްޗާއި ފަރުނީޗަރު ބޭނުން ނުކުރެވިގެން އުކާލަން ޖެހުނު ކަމަށް ކައުންސިލުން މައުލޫމާތު ދެއެވެ. މިކަމުގައި އެމްއެންޑީއެފާއި ފުލުހުން, ވެމްކޯ އަދި އާންމު ރައްޔިތުންގެ އެއްބާރުލުން ކައުންސިލައަށް ލިބެމުން އަންނަ ކަމަށް ކައުންސިލުން ބުނެއެވެ. މެދެކެނޑުމެއްނެތި ވާރޭ ވެހޭނަމަ ވެލި ބަސްތާ ޖެހުމުގައި ލަސްތަކެއް ހުރެދާނެ ކަމަށް ފާހަގަ ކުރަމުން ކައުންސިލުން ބުނީ، ހުރިހާ ރައްޔިތުންނަށްވެސް އެހީތެރިކަން ފޯރުކޮށްދިނުމަށް މަސައްކަތް ކުރަމުން އަންނަ ކަމަށެވެ.

ރަށުގެ އެކި ހިސާބުތަކުގައި ޕަމްޕު ޖަހައިގެން ފެން ހިންދުމުގެ މަސައްކަތް ހުކުރު ދުވަހުން ފެށިގެން ކުރަމުން އަންނަ ކަމަށް ކައުންސިލުން ބުނެއެވެ.

ބޯކޮށް ވާރޭވެހި ފެންބޮޑު ވުމުގެ ހާދިސާތައް އާންމުކޮށް ކުރިމަތިވާ ފުވައްމުލަކުގައި، މި ފަހަކަށް އައިސް ކުރިމަތިވާ އެންމެ ބޮޑު މައްސަލައަކީ ވާރޭ ވެހުމުގެ ސަބަބުން ނަރުދަމާ ނިޒާމުގައި މައްސަލަޖެހި ނަޖިސްފެން ބޭރުވުމެވެ. މިފަހަރުވެސް މި މައްސަލަ ކުރިމަތިވެ، ބައެއް ގޭގޭގެ ފާޚާނާއިން ނަޖިސްފެން ބޭރުވެ، ރަށުގެ ފެން ތަޣައްޔަރު ވެފައި ވާކަމަށް ކައުންސިލުން މައުލޫމާތުދެއެވެ.

މާރޗު މަހުގެ ފަހުކޮޅު ކުރި ވިއްސާރާގައިވެސް ރަށުގެ ފެން ތަޣައްޔަރުވުމުގެ ސަބަބުން ވަޅުފެން ކްލޮރިނޭޓް ކުރުމުގެ މަސައްކަތް ސިޓީ ހޮސްޕިޓަލުން ވަނީ ކޮށްފައެވެ. އެހެންނަމަވެސް މި ފަހަރު އަދި މިހާތަނަށް މި މަސައްކަތް ފަށާފައެއް ނުވެއެވެ.

ފުވައްމުލައް ސިޓީފުވައްމުލަކު ސިޓީ ކައުންސިލް

އެންމެ ހިނގާ

1

ނައިބު ރައީސް ހުސައިން މުހައްމަދު ލަތީފް ދިރިއުޅުއްވާ ހިލާލީ ގެޔަށް މަހަކު 3 ލައްކައަށް ވުރެ ގިނަ ރުފިޔާ ހަރަދުވާކަން ހާމަވެއްޖެ!

2

ގައުމީ ދުވަހުގެ ރަސްމިއްޔާތުގައި ގުރުއާން ކިޔަވަން ހުރި ކުއްޖާ ސިއްސުވާލުމާ ގުޅިގެން ގިނަ ބައެއްގެ ފާޑު ކިޔުން ސަރުކާރަށް!

3

ހުރްމުޒް ކަނޑުއޮޅީގެ ކޮންޓްރޯލު ހޯދުމަށް އަސްކަރީ ގޮތުން އެމެރިކާ އަށް ކުރެވޭނެ އެއްވެސް ކަމެއް ނެތް ކަމަށް ޕެންޓަގަންއިން އެއްބަސްވެއްޖެ

4

މަރާލާ ނުވަތަ އަތުލައިގަންނަ އެމެރިކާގެ ކޮންމެ ސިފައިންގެ މީހަކަށް 30،000 ޑޮލަރުގެ އިނާމު އީރާނުން ހުށަހަޅައިފި

5

ގެއްލުނު ޕައިލެޓުންގެ ތަހުގީގަށް މަގުފަހިކޮށްދޭން އީރާނުން ގަތަރަށް ގޮވާލައިފި

އިތުރަށް ކިޔާލަން

23 ނޮވެމްބަރު 2025

ރައީސް ސާލިހް ގެ ސަރުކާރުން ފަށާފައިވާ ފެނަކަ އިމާރާތް މިސަރުކާރު އައިސް ހޮޅި ގެއަކަށް ހަދައިފި: ހުސައިން

23 ނޮވެމްބަރު 2025
ރައީސް ސާލިހް ގެ ސަރުކާރުން ފަށާފައިވާ ފެނަކަ އިމާރާތް މިސަރުކާރު އައިސް ހޮޅި ގެއަކަށް ހަދައިފި: ހުސައިން
18 ނޮވެމްބަރު 2025

ބަހާލި ޕްރޮޖެކްޓްތަކުގެ މައްސަލަ އާއި ފުވައްމުލައް ސިޓީގެ ފެނުގެ މައްސަލަ ބަލައިދޭން އިދާރާތަކަށް ހުށަހެޅުމުން ރައީސް ރުޅިގަދަވެއްޖެ

18 ނޮވެމްބަރު 2025
ބަހާލި ޕްރޮޖެކްޓްތަކުގެ މައްސަލަ އާއި ފުވައްމުލައް ސިޓީގެ ފެނުގެ މައްސަލަ ބަލައިދޭން އިދާރާތަކަށް ހުށަހެޅުމުން ރައީސް ރުޅިގަދަވެއްޖެ
14 ނޮވެމްބަރު 2025

"ރައީސް ބޭކާރު ކަންތައްތައް ކުރައްވާއިރު ޅިޔަނުން ނަސޭހަތް ނުދެއްވަނީތޯ؟": ޑރ އިޔާޒް

14 ނޮވެމްބަރު 2025
"ރައީސް ބޭކާރު ކަންތައްތައް ކުރައްވާއިރު ޅިޔަނުން ނަސޭހަތް ނުދެއްވަނީތޯ؟": ޑރ އިޔާޒް
13 ނޮވެމްބަރު 2025

ފެނުގެ މައްސަލަ ވީހާ ވެސް އަވަހަކަށް ހައްލުކޮށް ދޭން އެމްޑީޕީ އިން ސަރުކާރަށް ގޮވާލައިފި

13 ނޮވެމްބަރު 2025
ފެނުގެ މައްސަލަ ވީހާ ވެސް އަވަހަކަށް ހައްލުކޮށް ދޭން އެމްޑީޕީ އިން ސަރުކާރަށް ގޮވާލައިފި
12 ނޮވެމްބަރު 2025

އަސާސީ ހިދުމަތެއް ވެސް ދޭން ނުކުޅެދިފައި

12 ނޮވެމްބަރު 2025
އަސާސީ ހިދުމަތެއް ވެސް ދޭން ނުކުޅެދިފައި
12 ނޮވެމްބަރު 2025

"ފުވައްމުލަކުގެ އަސާސީ ޚިދުމަތްތައް ހައްލުކޮށް ނުދޭހާ ހިނދަކު މުޒާހަރާ ކުރުން ހުއްޓައެއް ނުލާނަން"

12 ނޮވެމްބަރު 2025
"ފުވައްމުލަކުގެ އަސާސީ ޚިދުމަތްތައް ހައްލުކޮށް ނުދޭހާ ހިނދަކު މުޒާހަރާ ކުރުން ހުއްޓައެއް ނުލާނަން"
12 ނޮވެމްބަރު 2025

ފުވައްމުލަކުން ފެން ކެނޑުނު މައްސަލާގައި ރައީސް މުއިއްޒުގެ ބަހެއް ނެތުމަކީ އިހުލާސްތެރި ކަމެއް ނެތްކަން ހާމަވާ ކަމެއް: ކައުންސިލަރު އިބްރާހިމް

12 ނޮވެމްބަރު 2025
ފުވައްމުލަކުން ފެން ކެނޑުނު މައްސަލާގައި ރައީސް މުއިއްޒުގެ ބަހެއް ނެތުމަކީ އިހުލާސްތެރި ކަމެއް ނެތްކަން ހާމަވާ ކަމެއް: ކައުންސިލަރު އިބްރާހިމް
12 ނޮވެމްބަރު 2025

ފުވައްމުލައް ފެނަށް ޖެހުން: ސަރުކާރަށް ރައްޔިތުންގެ އަޑު އިއްވުން 4 ޖަހާއިރު

12 ނޮވެމްބަރު 2025
ފުވައްމުލައް ފެނަށް ޖެހުން: ސަރުކާރަށް ރައްޔިތުންގެ އަޑު އިއްވުން 4 ޖަހާއިރު
12 ނޮވެމްބަރު 2025

ރައީސް މުއިއްޒު ވެރިކަމަށް ގެނައުމަށް މަސައްކަތް ކުރެވުނީތީ ރައްޔިތުންގެ ކިބައިން މައާފަށް އެދެން: ވިޔަފާރިވެރިޔާ ޝަރަފުއްދީން

12 ނޮވެމްބަރު 2025
ރައީސް މުއިއްޒު ވެރިކަމަށް ގެނައުމަށް މަސައްކަތް ކުރެވުނީތީ ރައްޔިތުންގެ ކިބައިން މައާފަށް އެދެން: ވިޔަފާރިވެރިޔާ ޝަރަފުއްދީން
12 ނޮވެމްބަރު 2025

ރައީސް މުއިއްޒަކީ މިހާތަނަށް އެންމެ އަވަހަށް އޮފް ކެނޑުނު ވެރިޔާ: ފުވައްމުލައް ސިޓީގެ ކުރީގެ މޭޔަރު ފަލާހު

12 ނޮވެމްބަރު 2025
ރައީސް މުއިއްޒަކީ މިހާތަނަށް އެންމެ އަވަހަށް އޮފް ކެނޑުނު ވެރިޔާ: ފުވައްމުލައް ސިޓީގެ ކުރީގެ މޭޔަރު ފަލާހު
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލުޓާމްސް އޮފްޔޫސް