Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
Advertisement - sportsAdvertisement
ކުޅިވަރު
ރޮނާލްޑޯގެ ކުރިމަގު

ރޮނާލްޑޯ އެނބުރި ސްޕޯޓިންއަކަށް ނުދާނެ

ރޮނާލްޑޯ ސްޕޯޓިންއަށް ގެންދަން އޭނާގެ މަންމަ ބޭނުންވޭ

އިސްމާޢީލް ޝާހް
އިސްމާޢީލް ޝާހް, ރާއްޖެ އެމްވީ | 15 މެއި 2021 | ހޮނިހިރު 11:11
ޔުވެންޓަސްއަށް ކުޅެމުން އަންނަ ޕޯޗުގަލުގެ ތަރި ކްރިސްޓިއާނޯ ރޮނާލްޑޯ

ޔުވެންޓަސްއަށް ކުޅެމުން އަންނަ ޕޯޗުގަލުގެ ތަރި ކްރިސްޓިއާނޯ ރޮނާލްޑޯ

އަލުން އަނބުރާ ކުރީގެ ކުލަބު ސްޕޯޓިން ލިޒްބަންއަށް ޔުވެންޓަސްއަށް ކުޅެމުން އަންނަ ޕޯޗުގަލުގެ ތަރި ކްރިސްޓިއާނޯ ރޮނާލްޑޯ ނުދާނެ ކަމަށް އޭނާގެ އޭޖެންޓް ޖޯޖް މެންޑޭޒް ބުނެފިއެވެ.

ރޮނާލްޑޯ އޭނާގެ ސީނިއާ ކެރިއަރު ފެށީ ސްޕޯޓިންއިންނެވެ. އުމުރުން އެންމެ 12 އަހަރުގައި ސްޕޯޓިންގެ ޒުވާން ޓީމާ ގުޅުނު ރޮނާލްޑޯ ވަނީ އުމުރުން 16 އަހަރުގައި 2002 ވަނަ އަހަރު ސީނިއާ ޓީމަށް ޕްރޮމޯޓްވެފައެވެ. އެކަމަކު އޭގެ އަހަރެއް ފަހުން އޭނާ ވަނީ 12.24 މިލިޔަން ޕައުންޑުގެ ފީއަކަށް މެންޗެސްޓާ ޔުނައިޓެޑަށް ބަދަލުވެފައެވެ.

އޭގެ ފަހުން ޔުނައިޓެޑް ދޫކޮށް ރެއާލް މެޑްރިޑަށް ރޮނާލްޑޯ ބަދަލުވީ 2009 ވަނަ އަހަރު 80 މިލިޔަން ޕައުންޑުގެ ފީއަކަށެވެ. އަދި އެ ޓީމަށް ނުވަ އަހަރު ކުޅެދިނުމަށްފަހު، އުމުރުން މިހާރު 36 އަހަރުގެ ރޮނާލްޑޯ ޔުވެންޓަސްއަށް ބަދަލުވީ 2018 ވަނަ އަހަރުގެ ޖުލައި މަހުގެ ތެރޭގައި 100 މިލިޔަން ޔޫރޯއަށެވެ. އެފަހަރު ރޮނާލްޑޯ ވަނީ ޔުވެންޓަސްއާއެކު ހަތަރު އަހަރުގެ އެއްބަސްވުމެއް ހަދާފައެވެ. އެހެންކަމުން ރޮނާލްޑޯގެ އެއްބަސްވުން ހަމަވާނީ އަންނަ އަހަރުއެވެ.

ދާދި ފަހުން ރޮނާލްޑޯގެ މަންމަ ޑޮލޯރޭސް އަވިއޭރޯ ވަނީ މި ސީޒަން ނިމުމުން ރޮނާލްޑޯ އަލުން އަނބުރާ އޭނާގެ ކުރީގެ ކުލަބު ސްޕޯޓިންއަށް ގެންދަން މަސައްކަތްކުރާނެ ކަމަށް ބުނެފައެވެ. އެކަމަކު ރޮނާލްޑޯގެ އޭޖެންޓް ޖޯޖް މެންޑޭޒް ބުނީ ޕޯޗުގީޒް ލީގުގެ ޗެމްޕިއަންކަން ސްޕޯޓިންއިން ހޯދުމުން ރޮނާލްޑޯ އެކަމާ ފަޚުރުވެރިވާ ކަމަށާއި، އެކަމަކު ރޮނާލްޑޯ އަލުން އަނބުރާ ސްޕޯޓިންއަށް ބަދަލުނުވާނެ ކަމަށެވެ. އަދި ރޮނާލްޑޯގެ ކެރިއަރު ޕްލޭނުގައި ޕޯޗުގަލް ނުހިމެނޭ ކަމަށްވެސް އޭނާ ބުންޏެވެ.

ރޮނާލްޑޯގެ ޓްރާންސްފާއާ ގުޅޭ ވާހަކަތައް މީޑިއާގައި ގަދަވެފައިވީ ނަމަވެސް، މީގެ ކުރިން ދިން އިންޓަވިއުއެއްގައި ޔުވެންޓަސްގެ ބޯޑް އޮފް ޑިރެކްޓަރުންގެ ވައިސް ޗެއާމަން އަދި ކުރީގެ ކުޅުންތެރިޔާ ޕަވެލް ނެޑްވެޑް ވަނީ އެއްބަސްވުމުގެ މުއްދަތު ހަމަވުމުގެ ކުރިން ރޮނާލްޑޯ އެ ކުލަބު ދޫކޮށް ނުދާނެ ކަމަށް ބުނެފައެވެ.

ޔުވެންޓަސް ދޫކޮށްލަން ރޮނާލްޑޯ އުޅޭ ކަމަށް ރިޕޯޓުތައް ބުނާއިރު، މީގެ ކުރިން ރެއާލާއެކު ޔުއެފާ ޗެމްޕިއަންސް ލީގު ހަތަރު ފަހަރު ރޮނާލްޑޯ ކާމިޔާބުކުރި ނަމަވެސް، އޭނާއަށް ޔުވެންޓަސްއާއެކު އަދި މިހާތަނަށް ޗެމްޕިއަންސް ލީގު ކާމިޔާބުކުރެވިފައެއް ނުވެއެވެ. އަދި ޔުވެންޓަސްއަށް މި ސީޒަނުގެ އިޓާލިއަން ލީގުވެސް ވަނީ ގެއްލިފައެވެ.

އެކަމަކު ޔުވެންޓަސްގައި ރޮނާލްޑޯ މިހާތަނަށް މޮޅު ކުޅުމެއް ދައްކާފައިވާއިރު، އޭނާ ވަނީ އެ ޓީމަށް ކުޅެދިން 131 މެޗުގައި 100 ލަނޑު ޖަހާފައެވެ. އަދި ވަނީ މިހާތަނަށް ޔުވެންޓަސްއާއެކު އިޓާލިއަން ލީގާއި އިޓާލިއަން ސުޕަ ކަޕް ދެ ފަހަރު ކާމިޔާބުކޮށްފައެވެ.

ކްރިސްޓިއާނޯ ރޮނާލްޑޯޔުވެންޓަސްސްޕޯޓިން ލިޒްބަން

ކޮމެންޓް

އިތުރަށް ކިޔާލަން

ރޮނާލްޑޯ އަށް ރަތް ކާޑު، ޕޯޗުގަލް އިން އަޔަލެންޑް އަތްދަށުވެއްޖެ

ރޮނާލްޑޯ އަށް ރަތް ކާޑު، ޕޯޗުގަލް އިން އަޔަލެންޑް އަތްދަށުވެއްޖެ

14 ނޮވެމްބަރު 2025
ރޮނާލްޑޯގެ ޕެނަލްޓީ ނާކާމިޔާބު ވީ ނަމަވެސް، ފަހު ވަގުތު ޕޯޗުގަލް މޮޅުވެއްޖެ

ރޮނާލްޑޯގެ ޕެނަލްޓީ ނާކާމިޔާބު ވީ ނަމަވެސް، ފަހު ވަގުތު ޕޯޗުގަލް މޮޅުވެއްޖެ

12 އޮކްޓޯބަރު 2025
ފުޓުބޯޅަ ކުޅުމުގައި އިތުރު އަހަރު ތަކެއް ހޭދަ ކުރަން ރޮނާލްޑޯ ބޭނުންވޭ

ފުޓުބޯޅަ ކުޅުމުގައި އިތުރު އަހަރު ތަކެއް ހޭދަ ކުރަން ރޮނާލްޑޯ ބޭނުންވޭ

08 އޮކްޓޯބަރު 2025
ރޮނާލްޑޯގެ ދެ ލަނޑާ އެކު ޕޯޗުގަލް މޮޅުވެއްޖެ

ރޮނާލްޑޯގެ ދެ ލަނޑާ އެކު ޕޯޗުގަލް މޮޅުވެއްޖެ

07 ސެޕްޓެމްބަރު 2025
ޔުވެންޓަސް ބަލިކޮށް ރެއާލް ކުއާޓަރ ފައިނަލަށް

ޔުވެންޓަސް ބަލިކޮށް ރެއާލް ކުއާޓަރ ފައިނަލަށް

02 ޖުލައި 2025

އަހަރުތަކުން މިއަދު

11 ޖޫން
ގެދޮރުވެރިޔާ ސްކީމުގެ ދަށުން ފްލެޓް ނުލިބޭ މީހުންނަށް އެކަން އަންގަން ފަށައިފި
20251 އަހަރު ކުރިން
ރާއްޖެ

ގެދޮރުވެރިޔާ ސްކީމުގެ ދަށުން ފްލެޓް ނުލިބޭ މީހުންނަށް އެކަން އަންގަން ފަށައިފި

މަދު ބަންގްލަދޭޝް މީހުން ކޮޅެއް ކުރާ މުޒާހަރާ އެއް ވީމާ އެތާކަށް ނުދާނަން: ފިޝަރީޒް މިނިސްޓަރ ޝިޔާމް
20242 އަހަރު ކުރިން
ރާއްޖެ

މަދު ބަންގްލަދޭޝް މީހުން ކޮޅެއް ކުރާ މުޒާހަރާ އެއް ވީމާ އެތާކަށް ނުދާނަން: ފިޝަރީޒް މިނިސްޓަރ ޝިޔާމް

މަންމަ މަރުވިތާ 40 ދުވަސް ފަހުން ސަލާމަތްވި ދަރިންކޮޅުގެ އިންތިޒާރުގައި މާމައާއި ކާފަ ކެތްމަދުވެފައި
20233 އަހަރު ކުރިން
ރިޕޯޓު

މަންމަ މަރުވިތާ 40 ދުވަސް ފަހުން ސަލާމަތްވި ދަރިންކޮޅުގެ އިންތިޒާރުގައި މާމައާއި ކާފަ ކެތްމަދުވެފައި

މާބްލް ޝީޓްތަކެއްގެ ތެރޭގައި ތާށިވެ ބިދޭސީއަކު މަރުވެއްޖެ
20224 އަހަރު ކުރިން
ރާއްޖެ

މާބްލް ޝީޓްތަކެއްގެ ތެރޭގައި ތާށިވެ ބިދޭސީއަކު މަރުވެއްޖެ

ސައްމެ، ވަކިވެގެން އެ ދިޔައީ މުޅި ނިލަންދޫ ރޮއްވާލާފައި!
20215 އަހަރު ކުރިން
ރިޕޯޓު

ސައްމެ، ވަކިވެގެން އެ ދިޔައީ މުޅި ނިލަންދޫ ރޮއްވާލާފައި!

ސުޕްރީމް ކޯޓުގެ ފަނޑިޔާރަކާއި، ފެމިލީ ކޯޓުގެ އިސް ފަނޑިޔާރު ސަސްޕެންޑްކޮށްފި
20197 އަހަރު ކުރިން
ރާއްޖެ

ސުޕްރީމް ކޯޓުގެ ފަނޑިޔާރަކާއި، ފެމިލީ ކޯޓުގެ އިސް ފަނޑިޔާރު ސަސްޕެންޑްކޮށްފި

ރޯދަހިފުން: ބަރުދަން ލުއި ކުރުމަށް އޮތް ރަނުގެ ފުރުސަތެއް
20188 އަހަރު ކުރިން
ސިއްހަތު

ރޯދަހިފުން: ބަރުދަން ލުއި ކުރުމަށް އޮތް ރަނުގެ ފުރުސަތެއް

ރާއްޖެކުޅިވަރުދުނިޔެވިޔަފާރި - އިގްތިސާދުރިޕޯޓުފޮޓޯވާހަކަސިއްހަތުތަފާތު ޚަބަރުލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު