ކ. މާލެ
|
14 މެއި 2021 | ހުކުރު 22:34
ކުރީގެ ނާއިބުރައީސް އަހުމަދު އަދީބު އަދި ޕީއެންސީގެ ރައީސް އަބްދުއްރަހީމް އަބްދުﷲ
ކުރީގެ ނާއިބުރައީސް އަހުމަދު އަދީބު އަދި ޕީއެންސީގެ ރައީސް އަބްދުއްރަހީމް އަބްދުﷲ
ރާއްޖެއެމްވީ
ޚިޔާނާތުގެ ލިސްޓް
މަގޭ ރިޕޯޓް: އިދިކޮޅުން ބުނަނީ ކެވުނީ ހަރާން ލާރިކަމެއް ނޭނގޭ ކަމަށް
 
މަތި އޮމާންކޮށްފައި ބުނީ މިކަން ތަހުގީގުކުރީ 2015 ވަނަ އަހަރު ރައީސް ޔާމީނުގެ ވެރިކަމުގައި ކަމަށް
 
އެތަކެއް ޑީލްތަކެއް ހަދާ ސަރުކާރަށް ފައިދާވާނެގޮތަށް ކަންކޮށް ނިމިފައިވާކަމަށް ވަނީ ބުނެފައި
 
އަދީބު ދިން ފައިސާއަކީ ކިހިނެއް ލިބުނު ފައިސާކަމެއް ޕީޕީއެމްގެ ތަޖުރިބާކާރުން ނުބަލާކަމަށް ވަނީ އެއްބަސްވެފައި

ރާއްޖޭގައި މިހާތަނަށް ހިންގި އެންމެ ބޮޑު ޚިޔާނާތް ކަމުގައި ބުނެވޭ އެމްއެމްޕީއާރުސީގެ ޚިޔާނާތަކީ އެތައް ބަޔަކަށް ސިހުން ގެނުވި ކަމެކެވެ. މިހާތަނަށް ބެލިބެލުމުން ޚިޔާނާތުގެ އަގު 1.4 ބިލިއަން ރުފިޔާއަށްވުރެ މައްޗަށް އަރައެވެ.

ޓޫރިޒަމްގެ ބޭނުމަށް ފަޅުތަކާއި ރަށްތައް ދޫކޮށްގެން ދައުލަތަށް ލިބެންޖެހޭ 1.4 ބިލިއަން ރުފިޔާއަށް ޚިޔާނާތްތެރި ވެފައިވާއިރު މިހާތަނަށް އެނގިފައިވަނީ ޓްރާންސްފަރ އަދި ޗެކްގެ ގޮތުގައި ނެގި ފައިސާ އެކަންޏެވެ. ނަގުދު ފައިސާ ހޭދަކުރި ގޮތުގެ ތަފްސީލެއް ނެތެވެ.

ކޮންމެއަކަސް މި ޚިޔާނާތުގެ އަޑު އަނެއްކާވެސް ފަޒާގައި ގުގުމާލާފައިމިވަނީ އެމްއެމްޕީއާރުސީގެ ޚިޔާނާތުގެ މައްސަލައާ ގުޅޭ ރިޕޯޓު އާންމުކުރުމާއި ގުޅިގެންނެވެ. ތުހުމަތުކުރެވޭ 281 މީހުންގެ ލިސްޓުގައި ދައުލަތުގެ އެކި ފަންތީގެ މަގާމުތަކުގައި ކުރިން ތިބި އަދި މިހާރު ވެސް މަގާމުތަކުގައި ތިބި 119 މީހަކު ހިމެނެއެވެ. ލިސްޓުގައި އެމީހަކަށް ލިބުނު ފައިސާގެ އަދަދު އެނގެން ނެތް ނަމަވެސް އެމީހަކު އަދާކުރީ ކޮން ވަޒީފާއެއްކަން ބަޔާންކޮށްފައިވެއެވެ.

ލިސްޓުގައި މީހުން ތިބީ ހެކިތަކުގެ މައްޗަށް ބިނާކޮށް ގިންތި ކޮށްފައެވެ. ގިންތިކޮށްފައިވަނީ ފައިސާގެ މަންފާ ލިބިފައިވާ މީހުންގެ އޭރުގެ މަގާމާއި މިހާރުގެ މަގާމުގެ އިތުރުން ފައިސާގެ އަދަދާއި އެހެނިހެން ކިތާބީ ހެކިތަކަށް ވަކި ޕޮއިންޓްތަކެއް ކަނޑައަޅައިގެންނެވެ.

ކޮންމެއަކަސް މިލިސްޓް އާންމުކުރުމާއެކު ސޯޝަލް މީޑިއާގެ އެކި ޕްލެޓްފޯމްތަކުގައި މިދެންނެވި ލިސްޓްގެ ފޮޓޯތަކާއި ލިސްޓްގައި ހިމެނޭ ބައެއް މީހުންގެ ވަނަވަރުތައް އަތުރާލީ ހިއްކަން ދުމަށިމަތީގައި މަސްތައް އަތުރާ ބީދައިންނެވެ. މިކަމުގައި އެމީހަކަށް ފެންނަ އެއްޗެއް އާންމު މީހާ ބުނަމުން ދިޔައިރު، ތުހުމަތުގެ ލިސްޓްގައި ހިމެނުނު އެންމެންވެސް ވެވުނުގޮތަކަށް ބޯދަމައިގަތުމަށް އަވަސްވެގަތެވެ.

މިކަންކަމުގެ ތެރެއިންވެސް އެންމެ ބޮޑަށް އަޅައިގަތީ އިދިކޮޅު ޕީޕީއެމް ޕީއެންސީ ކޯލިޝަނުން "ބޮޑު ޚިޔާނާތުގެ ލިސްޓްގައި މައުސޫމް އެތައް ބައެއްގެ ނަން ހިމެނީކަމަށް ބުނެ" ނެރުނު ނޫސްބަޔާނެވެ. މި ނޫސްބަޔާނުން ފެނުނީ ބޯދަަމައިގަތުމަށް އުޅުނު މަންޒަރެވެ. އެވެރިންގެ ވެރިިކަމެއްގައި އެވެރިން މުޅި ގައުމުގައި ފައިދަމާލައިގެން ތިބި ދުވަސްވަރަކު ވީކަމަކަށް ޒިންމާވާން ބޭނުމެއް ނުވިއެވެ. އަދި ކިއެއްތަ ބޭނުންކުރެވުނީ ހަރާން ފައިސާކަން ދެނެހުރިކަމަށްވެސް "ޕިންކް ކްލަސްޓަރ"ގެ ނަމުން މަޝްހޫރުވެފައިވާ ކުދިންކޮޅު ނުހެދިއެވެ.

މިހިސާބުން އިދިކޮޅުގެ ނޫސްބަޔާނަށް ތަންކޮޅެއް ތަފްސީލްކޮށް ބަލާލާނަމެވެ. އެދުވަސްވަރު "ބްރޯ" "ބްރޯ" ކިޔާ ވަރުބަލި ނުވި ކުދިންކޮޅު، މިއަދު މިވަނީ އަދީބާއި ހަތުރުވެރިވެ އޭނާގެ ބޮލަށް މިކަން އެއްކޮށް ކަނޑާލާފައެވެ. ނޫސްބަޔާން ފަށާފައިވަނީ ކުރިން ދެންނެވިގޮތަށް ބޮޑު ޚިޔާނާތުގެ ލިސްޓްގައި މައުސޫމް އެތައް ބައެއްގެ ނަން ހިމެނޭކަމަށް ބުނެ ނުރުހުން ފާޅުކޮށް ނެރުނު ނޫސްބަޔާނެއްގެ ގޮތުގައެވެ. 5 ޕެރެގްރާފްގެ މައްޗަށް އެކުލެވޭ މި ބަޔާން މިގޮތަށް އަމާޒަށް ހިފަހައްޓާލެވުނީ ދެވަނަ ޖުމްލައާ ހަމައަށެވެ. ދެންފެށީ ބޮލާލާ ޖެހުމާއި ނުދެނެހުރިކަމަށް ބުނެ ރެކެންވެގެން ބުނަންއޮތް ފަހުބަސް އިއްވުމުގެ ކަންތައްތަކެވެ.

ނޫސްބަޔާނުގެ ފުރަތަމަ ޕެރެގްރާފްގައި އެމްއެމްޕީއާރްސީ ޚިޔާނާތް ހިންގުމުގެ އެންމެ އަޑީގައި ތިބި ފަރާތްތަކާއި އެކު ޑީލް ހަދާފައިވާކަމުގެ ތުހުމަތު ވަނީ ކޮށްފައެވެ. ހެދި ޑީލްގެ ދަށުން އެމީހުންގެ އަދަބަށް ލުއި ހޯދާދިނުމުގެ އިތުރުން، އެމައްސަލައިގެ ތުހުމަތުގައި ހޯދަން ރެޑް ނޯޓިސް ނެރެފައިވާ ފަރާތްތަކުގެ ނަންތައް އުނިކޮށްފައިވާކަމަށް އެއްވެސް އަސާސެއްނެތި ބުނެފައިވެއެވެ.

ދެން ތީރު އަމާޒުކޮށްލީ ރާއްޖޭގެ އެންމެބޮޑު ޚިޔާނާތުގެ މައްސަލަ ބަލަމުން ދިއުމުގެ ބުރަ މަސްއޫލިއްޔަތު އަދާކުރަމުންދާ އަދި ބޯދަމައިގަންނަން އުޅޭ ލިސްޓް ތައްޔާރުކުރި އެސެޓް ރިކަވަރީ ކޮމިޝަނަށެވެ. އެގޮތުން އެސެޓް ރިކަވަރީ ކޮމިޝަން އުފައްދާފައިވަނީ ރަނގަޅު ނިޔަތެއްގައި ނޫންކަމަށާއި، އަދާކުރެވުނު ކަމަށް ބުނާ މަސްއޫލިއްޔަތު ތަކަކީ ހަމައެކަނި ކަރުދާހެއްގައި ލިޔެވިފައިވާ މަސްއޫލިއްޔަތު ތަކެއްކަމަށް ވަނީ ބުނެފައެވެ. އަދި އެކޮމިޝަނުން ކުރަމުން ގެންދިޔައީ ސިޔާސީ މަސައްކަތްތަކެއް ކަމަށް ބުނެ މަގުމައްޗަށް ނިކުމެ މިވެރިން ދައްކާ އަންބާގެ ފަތިވަރު ވަނީ ގުޅުވާލާފައެވެ.

މީގެ އިތުރުން މި ޚިޔާނާތުގައި ބައިވެރިވި ފަރާތްތައް އިނގިރޭސި ވިލާތުގައި ބައިތިއްބައިގެން، އެމީހުންނަކީ ސިޔާސީ ގޮތުން ސަރުކާރާއި ވާދަވެރި ފަރާތްތަކުގެ އަބުރު ކަތިލުމަށް ބޭނުންކުރާ ހަތިޔާރަކަށް ހަދާފައިވާކަމަށްވެސް ވަނީ ބުނެފައެވެ. އެއްވެސް އަސާސެއް ނެތިއެވެ.

ދެން އެވެރިން މިހާރުގެ މި ސަރުކާރުގެ ބޮލަށް މިކަން ޖަހާފައި އަމާޒު ބަދަލުކޮށްލީ، މަޢުސޫމު ކާޑު ކުޅުމަށެވެ. އެގޮތުން ޢާންމު ގޮތެއްގައި ޕާޓީތަކުން ހިންގާ ހަރަކާތްތަކާއި އިންތިޚާބުތަކަށް ޚަރަދު ކުރާ ފައިސާ ޕާޓީ ތަކުން ހޯދަމުން ގެންދަނީ ހެޔޮ އެދޭ ފަރާތްތަކުން ޕާޓީއަށް ދެމުން ގެންދާ ފައިސާއިން ކަމަށް ބުނެފައިވެއެވެ.

އެދުވަސްވަރު ޕާޓީގެ އިވެންޓުތަކާއި ދަތުރުތަކާއި އިންތިޚާބުތަކުގައި ބައިވެރިވާ ކެންޑިޑޭޓުންގެ ކެމްޕެއިނަށްވެސް ފަންޑު ހޯދުމުގައި އިސްކޮށް ހަރަކާތްތެރިވެފައިވަނީ ޚިޔާނާތުގެ މި މައްސަލާގައި މިހާތަނަށް ދައުވާކޮށް ސާބިތުވެ މިކަމުގެ މުގުލުގައި ހުރިކަމަށް ބުނާ ޕީ.ޕީ.އެމް. ގެ އޭރުގެ ނާއިބުރައީސް އަޙްމަދު އަދީބެވެ.

އެންމެ މޮޅަށް ހިސާބު އިލްމު ދަންނަ މެތަމެޓިޝަނުންނާއި ސައިންޓިސްޓުން ތިބިކަމަށް ބައެއް މީހުން ދައުވާކުރާ "ޕިންކް ކްލަސްޓަރ"ގެ ކުދިންކޮޅަށް އަދީބު ހޯދަނީ ހަރާން ފައިސާކަމަށް ނޭނގޭކަމަށް ބުނީއެވެ. އޭނާ ހޯދަމުން ގެންދިޔަ ފައިސާގެ ތެރޭގައި ޚިޔާނާތުގެ ފައިސާ ހިމެނޭކަން ޕާޓީއަށް އެނގިފައި ނުވާކަމަށް ވަގުތުން ބުނެ ޕީޕީއެމްގެ ދަރުބާރުގައި އެ ހުކުމް އިއްވީއެވެ. އަދި ކިއެއްތަ ވާނުވާގައި ތިބެ ޕާޓީއަށް ހެޔޮ އެދޭ ފަރާތްތަކުން ޕާޓީއަށް ދެމުން ގެންދިޔަ ފައިސާ ވެސް އަދީބު މެދުވެރިކޮށް ފޮނުވަމުން ގެންގޮސްފައިވާ ކަމަށް އެވަނީ އިއުތިރާފުވެފައެވެ.  

ދެން މިވަރުން އެވެރިން ސަލާމަތްވީކަމަށް ބަލާ ބަޔާން ކުރުކޮށްލީ ކުރިން ދެންނެވި މައުސޫމް ރައްޔިތުންގެ ދިފާއުގައި ނިކުންނަ ކަމަށް ބުނަމުންނެވެ. ދަންނަވަންތޯއެވެ. އެމްއެމްޕީއާރްސީގެ ޚިޔާނާތާއި ގުޅިގެން އެސެޓް ރިކަވަރީ ކޮމިޝަނުން އެކުލަވާލާފައިވާ ޕާސަން އޮފް އިންޓްރަސްޓްގެ ލިސްޓުގައި ތިބި އެންމެނަކީ ކުށްވެރިން ކަމަށް ނުނިންމޭނެ ކަމަށާއި އެއީ ދާއިމީ ލިސްޓެއް ކަމަށް ވެސް ނުނިންމޭނެ ކަމަށް އެ ކޮމިޝަންގެ ރައީސް އަހުމަދު އަސްއަދު މާކުރިން ވަނީ ވިދާޅުވެފައެވެ.

ކޮމިޝަނުން ތައްޔާރުކުރީ ޕާސަން އޮފް އިންޓްރަސްޓް ނުވަތަ ސުވާލުކޮށް ކަންތައްތަކެއް ސާފުކުރަން ޖެހޭ ބައެއްގެ ލިސްޓެވެ. އަދި އެ ލިސްޓު މަޖިލީހަށް ހިއްސާކުރީ ގާނޫނީ ޒިންމާގެ ދަށުނެވެ. އެކަމަކު އެ ލިސްޓުގައި ތިބި އެންމެނަކީ ކުށްވެރިން ކަމަށް ނިންމުމުގެ އިޚްތިޔާރު ނޯންނާނެ ކަމަށާއި، އެހެން ނުވެސް ނިންމޭނެ ކަމަށް ވަނީ ވިދާޅުވެފައެވެ.

އެހެންކަމުން ސަރުކާރުން މިކަމުގައި މައުސޫމް ރައްޔިތުންނަށް ދުއްތުރާލެއް ޖައްސަން ނޫޅޭކަން ވަރަށް ސާފުކޮށް މިއޮތީ ފެންނާށެވެ. ފެންނަން އޮތް ހަގީގަތަކީ ލިސްޓްގައި އެތައް މީހުނެއްގެ ނަން މިވަގުތު އޮތަސް މިކުށް ސާބިތެވަފައިވަނީ އެވެރިންގެ ސަރުދާރުންގެ ގޮތުގައި ތިބި ތިން ވެރިންނަށް ކަމެވެ. އީ ޚިޔާނާތް ހިނގިއިރު ވެރިކަމުގައި ހުންނެވި ކުރީގެ ރައީސް އަބްދުﷲ ޔާމީނާއި އެއިރު ނާއިބުރައީސްކަމުގައި ހުންނެވި އަހުމަދު އަދީބާއި އޭރު އެމްއެމްޕީއާރުސީގެ މެނޭޖިން ޑިރެކްޓަރަކަށް ހުންނެވި އަބްދުﷲ ޒިޔާތެވެ. ނަމަވެސް މިވަރުގެ ބޮޑު ޚިޔާނާތެއް ހަމައެކަނި މިހިސާބުން ނިމޭކަށް ނެތެވެ. އެމްއެމްޕީއާރުސީގެ ފައިސާއިން ފައިދާވި އެތައް ބަޔަކު އުޅެއެވެ. މިއީ ދެން އެހެން ވާހަކެވެ. ނިންމާލަމުން އެއްކަންތައް ފާހަގަކޮށްލަންޖެހެއެވެ.

ނޫސްބަޔާނުގައި އިދިކޮޅުންވަނީ މޯލްޑިވްސް މާކެޓިންގ އެންޑް ޕަބްލިކް ރިލޭޝަންސް ކޯޕަރޭޝަން (އެމްއެމްޕީއާރްސީ) ގެ މައްސަލައަކީ 2015 ވަނަ އަހަރު ރައީސް ޢަބްދުﷲ ޔާމީން ޢަބްދުލްގައްޔޫމްގެ ވެރިކަމުގައި ތަހުގީގު ކުރަން ފަށާފައިވާ މައްސަލައެކަމަށް ބުނެފައެވެ. އަދި އެމައްސަލައިގެ ތަހުގީގު ފަށައި އެކަމުގައި ޝާމިލްވާ ބައެއް ފަރާތްތަކުގެ ޝަރީއަތް ކުރެވި ޙުކުމް ކުރެވިފައިވަނިކޮށް އެމްޑީޕީން މިކަންތައް ގަޑުބަޑުކޮށްލީކަމަށް ވަނީ ބުނެފައެވެ. މިއީ ކިހިނެއް ހެދި ފޯމިއުލާއެއްކަން މި ޖެހުނީ ބަލަންތާއެވެ.

އެންމެ ފަހުން އަޕްޑޭޓް ކުރީ: 1 ހަފްތާ ކުރިން
ރިވިއު ކުރީ: އިމާދު ލަތީފް
55%
0%
0%
0%
18%
27%
ކޮމެންޓް
17 މެއި 2021 | ހޯމަ 18:58
ބޭބެ
ޚިޔާނާތުގެ ގިނަބައި ކެއީ އެމް.ޑީ.ޕީގެ ބަިގަނޑު އެއިގެ ހެއްކަކީ ބިޔަދހަބަސް ހިފާގެންގޮސް އެއިގާ ދިޔާއެއްޗިހި ސާފު ކިރާއި މާމުއި ކަހަލަ ދިޔާއެއްޗިހި ދހަބަހަށް ލާގެން އުފުލުމާއި ބަހާލި ސޮރު ލަގްޒްރީ އެޕާޓްމެންޓެއްގައި ބަހައްޓާފަހުރުން ރާއްޖެ އެމް.ވީ ގެ ކުދިންނަށް،ެގޭތަ،މިސަރުކާރުގެ މަތިފަދީގައި ތިބީ ޖިނާއީ ކުށްސާބިތުވެ،ހުކުމްކޮށް އެހުކުމް ތަނފީޒު ކޮށްފާތިބިބައެއްކަން،