Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
ރާއްޖެރޯދަމަހު ސްކޫލް ގަޑި

ރޯދަ މަހު ސްކޫލްތައް ފަށާގަޑިއަކީ ހެނދުނު 08:40، ނިމޭނީ 15:00ގައި

އެއް ދަންފަޅިއަށް ކިޔަވައިދިނުން ހަތަރު ގަޑިއިރަށްވުރެ އިތުރު ނުވާގޮތަށް ހަމަޖެއްސުމަށް އެޑިއުކޭޝަނުން އަންގާފައިވޭ

މުހައްމަދު ފަޒީން
މުހައްމަދު ފަޒީން | 10 މެއި 2017 | ބުދަ 15:06
ސްކޫލް ދަރިވަރުންތަކެއް

ސްކޫލް ދަރިވަރުންތަކެއް

ރޯދަމަހު ރާއްޖޭގެ ހުރިހާ ސްކޫލްތަކެއްގައި ކިޔަވަން ފަށާގަޑިތަކާއި ނިމޭގަޑިތައް އެޑިއުކޭޝަން މިނިސްޓްރީން އިއުލާންކޮށްފި އެވެ.

އެ ޑިއުކޭޝަން މިނިސްޓްރީން ނެރެފައިވާ ސާރކިއުލާއެއްގައި ބުނެފައިވަނީ ސްކޫލްތަކުގެ ހެނދުނު ދަންފަޅި ފެށޭނީ، ހެނދުނު 08:40 އާއި 09:00 އާދެމެދުގެ ވަގުތެއްގައި ކަމަށެވެ. އަދި މެންދުރު ދަންފަޅީގެ ކިޔެވުން 11:00 އާއި 13:00 އާދެމެދުގެ ވަގުތެއްގައި ފެށުމަށެވެ.

އެޑިއުކޭޝަން މިނިސްޓްރީން ބުނީ ކިޔަވާދިނުމުގެ ވަގުތުތައް ހަމަޖައްސާނީ މެންދުރުފަހުގެ 15:00 ގެ ކުރިން ކިޔަވާދިނުން ނިންމާލެވޭ ގޮތަށް ކަމަށެވެ.

މީޣެއިތުރުން އެސާރކިއުލާގައި ވަނީ، ގްރޭޑް އެކަކުން ފެށިގެން ހަތަކަށް ކިޔަވައިދޭ ވަގުތުގެ ދިގުމިން ދެ ގަޑިއިރާއި 30 މިނެޓަށް ހަމަޖައްސާ، ގްރޭޑް އަށަކުން ފެށިގެން ގްރޭޑް 10 އަށް ކިޔަވައިދޭ ވަގުތުގެ ދިގުމިން ތިން ގަޑިއިރަށް ހަމަޖެއްސުމަށެވެ. އަދި ގްރޭޑް 11 އާއި ގްރޭޑް 12 އަށް ކިޔަވައިދޭ ވަގުތުގެ ދިގުމިން ހަތަރު ގަޑިއިރަށް ހަމަޖައްސަން ވެސް އެޑިއުކޭޝަން މިނިސްޓްރީން އަންގާފައި ވެއެވެ.

އެޑިއުކޭޝަން މިނިސްޓްރީން ބުނީ އެއް ދަންފަޅިއަށް ކިޔަވައިދޭ ސްކޫލްތަކުގައި ޖުމްލަ ހަތަރު ގަޑިއިރަށްވުރެ އިތުރު ނުވާގޮތަށް، ދަރިވަރުންގެ ޢުމުރަށްބަލައިގެން، މަތީގައި ބަޔާންކުރެވިފައިވާ އަދަދަށްވުރެ ކިޔަވައިދޭ ވަގުތު ސްކޫލަށް އިތުރު ކުރެވިދާނެ ކަމަށެވެ.

އެޑިއުކޭޝަން މިނިސްޓްރީން ރޯދަމަހު ސްކޫލްތައް ހުޅުވާ ގަޑިއަކީ 08:40 ކަމަށް ކަނޑައަޅާފައިވާއިރު، ސަރުކާރުން ނިންމާފައިވަނީ ރޯދަ މަހު ސަރުކާރުގެ ރަސްމީގަޑިއަކީ ހެނދުނު 10:00 އިން ފެށިގެން 14:00 އަށެވެ.

އިތުރަށް ކިޔާލަން

21 ފެބުރުއަރީ 2017

މަހުލޫފް ބޭސްފަރުވާ އަށް އިންޑިއާއަށް ފުރާވަޑައިގެންފި

21 ފެބުރުއަރީ 2017
މަހުލޫފް ބޭސްފަރުވާ އަށް އިންޑިއާއަށް ފުރާވަޑައިގެންފި
20 ފެބުރުއަރީ 2017

މަހުލޫފް ބޭސްފަރުވާއަށް މާދަމާ އިންޑިއާއަށް ފުރާވަޑައިގަންނަވަނީ

20 ފެބުރުއަރީ 2017
މަހުލޫފް ބޭސްފަރުވާއަށް މާދަމާ އިންޑިއާއަށް ފުރާވަޑައިގަންނަވަނީ
16 ފެބުރުއަރީ 2017

އިންޑިޔާ އިން ނެގި 100 މިލިއަން ޑޮލަރުގެ ބަދަލުގައި އޭޕްރީލް މަހު ދެ ބިލިއަން ރުފިޔާ ދައްކަންޖެހިއްޖެ

16 ފެބުރުއަރީ 2017
އިންޑިޔާ އިން ނެގި 100 މިލިއަން ޑޮލަރުގެ ބަދަލުގައި އޭޕްރީލް މަހު ދެ ބިލިއަން ރުފިޔާ ދައްކަންޖެހިއްޖެ
13 ފެބުރުއަރީ 2017

މެޑަމް ފާތުން ވަށާ ތޮވާފު ނުކޮށްފިނަމަ އެމީހަކު އަނދާ ހުސްވޭ: މަހުލޫފް

13 ފެބުރުއަރީ 2017
މެޑަމް ފާތުން ވަށާ ތޮވާފު ނުކޮށްފިނަމަ އެމީހަކު އަނދާ ހުސްވޭ: މަހުލޫފް
09 ފެބުރުއަރީ 2017

ރިޔާސީ ބަޔާނަކީ، ހިސާބު އަދަދު ތަކަކުން ރައްޔިތުންނަށް ހަގީގަތް އޮޅުވާލާފައިވާ ބަޔާނެއް: މަހުލޫފު

09 ފެބުރުއަރީ 2017
ރިޔާސީ ބަޔާނަކީ، ހިސާބު އަދަދު ތަކަކުން ރައްޔިތުންނަށް ހަގީގަތް އޮޅުވާލާފައިވާ ބަޔާނެއް: މަހުލޫފު
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު