Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
ރާއްޖެމެޑަމް ފާތުން

މެޑަމް ފާތުން ވަށާ ތޮވާފު ނުކޮށްފިނަމަ އެމީހަކު އަނދާ ހުސްވޭ: މަހުލޫފް

ފިކުރު ބަންދުކޮށް ޖަލަށް ނުލެވޭނެ

މުހަންމަދު ވިސާމް
މުހަންމަދު ވިސާމް | 13 ފެބުރުއަރީ 2017 | ހޯމަ 22:21
ރައީސް އަބްދުﷲ ޔާމީންގެ އަނބިކަބަލުން ފާތިމަތު އިބްރާހިމް

ރައީސް އަބްދުﷲ ޔާމީންގެ އަނބިކަބަލުން ފާތިމަތު އިބްރާހިމް

ރައީސް އަބްދުﷲ ޔާމީންގެ އަނބިކަބަލުން ފާތިމަތު އިބްރާހިމްގެ ވަށައިގެންވެސް ޕީޕީއެމްގެ މެމްބަރުން ތޮވާފުނުކޮށްފިނަމަ އެމީހަކު އަނދާ ހުސްވާނެ ކަމަށް ގަލޮޅު ދެނުކު ދާއިރާގެ މަޖިލީސް މެމްބަރު އަހުމަދު މަހުލޫފް ވިދާޅުވެއްޖެއެވެ.

އެމްޑީޕީގެ ޗެއާޕާސަންގެ މަގާމް ހަސަން ލަތީފް ކަށަވަރުކުރުމުން އެމަނިކުފާނަން މަރުހަބާ ދެންނެވުމަށް މަހުލޫފް ހޯމަ ދުވަހު ނެރުއްވި ބަޔާނެންގައި ވިދާޅުވީ ސަރުކާރުގެ ނުރަނގަޅު ނުފޫޒުގައި ޖެހި ފިތިބާރުވެފައިތިބި ފަރާތްތަކުން ރައީސް ޔާމީންގެ ވަށާ ތޮވާފްކުރަން މަޖްބޫރުވެފައިވާ ކަމަށެވެ. އަދި އެމަނިކުފާނުގެ އަނބިކަނބަލުން ވަށައިގެންވެސް ތޮވާފުނުކޮށްފިނަމަ އެމީހަކު ވެސް އަނދާ ހުސްވާ ކަމަށް މަހުލޫފް ވިދާޅުވިއެވެ.

"ރައީސް ނަޝީދު ވަށައިގެން ތޮވާފުކޮށް އެއީ ޤިބްލަކަމަށް އެޕާރޓީގެ މެންބަރުން ދެކޭކަމަށް ރައީސް ޔާމީން ވިދާޅުވާއިރު، ބިރުދައްކައި ނުރަނގަޅު ނުފޫޒުގައި ޖެހި ފިތިބާރުވެފައިތިބި ފަރާތްތަކުން ތޮވާފްކުރަން މަޖްބޫރުވެފައިވަނީ ހަމައެކަނި މަނިކުފާނު ވަށައިގެން ނޫނެވެ. އެ މަނިކުފާނުގެ އަނބިކަނބަލުން ވަށައިގެންވެސް ތޮވާފުނުކޮށްފިނަމަ އެމީހަކު އަނދާ ހުސްވޭ" މަހުލޫފް ނެރުނު ބަޔާނުގައި ބުނެފައެވެ.

މަހުލޫފް ވިދާޅުވީ އެމްޑީޕީގެ 20،000 އަށްވުރެ ގިނަ ރައްޔިތުން ނިކުމެ، ރައީސް ޔާމީންއަށާއި އެމަނިކުފާނުގެ ފެކްޝަނަށް ދައްކަވާދެއްވީ ޑިމޮކްރެސީގެ ރީތި ނަމޫނާއެއް ކަމަށެވެ. އަދި ރައީސް ނަޝީދަށާއި އެމް.ޑީ.ޕީގެ އެންމެހާ މެންބަރުންނަށް މަރުޙަބާ ދަންނަވާ ކަމަށް ވެސް މަހްލޫފް ވިދާޅުވިއެވެ.

ކުރީގެ ރައީސް ނަޝީދު ޖަލަށްލާ، އެޕަޓީގެ ކުރީގެ ޗެއަރޕާރސަންގެ މައްޗަށް ޓެރަރިޒަމްގެ ދައުވާ އުފުލާ ޤައުމުން ބޭރަށް އަރުވާލެއްވުމަށް މަޖްބޫރުކޮށް، ކުރީގެ ވަޒީރު އަޙްމަދު ނަސީމްއާއި އަކްރަމް ކަމާލުއްދީންމެންފަދަ ބޭފުޅުންގެ ޕާސްޕޯރޓްތައް ކެންސަލްކޮށް ހައްޔަރުކުރުމުގެ އަމުރުނެރި، އެޕާރޓީގެ ޕާލިމެންޓްރީ ގުރޫޕްގެ ލީޑަރު އިބްރާޙިމް މުޙައްމަދު ސޯލިޙްއާއި އިތުރު އެތައް މަޖިލިސް މެންބަރުންނެއް ފުލުސް އޮފީހަށް ހާޒިރުކޮށް ބިރުގަންނަވާ ފުރައްސާރަކޮށް، އެޕާރޓީގެ ނައިބް ރައީސް މުޙައްމަދު ޝިފާޒްއާއި ޗެއަރޕާރސަންގެ ނައިބް އަލީ ނިޔާޒް އެކިފަހަރުމަތިން ހިފާ ހައްޔަރުކޮށް ޖަލުގައި ބަންދުކޮށް ޤައުމީ މަޖިލީހުގެ އެތައް މެމްންބަރުންނެއް ދޫނިދޫ ކުޑަގޮޅީގައި ބަންދުކޮށް، ލޫކަސް ޖަލީލްމެންފަދަ ސޯޝަލް މީޑިއާ އެކްޓިވިސްޓުން ޓުވީޓްކޮށްގެން ޖަލަށްލާ، އައްޑޫގެ މޭޔަރު އަބްދުﷲ ސޯދިޤްއާއި އެހެނިހެން ކައުންސިލަރުންނާއި ކެނޑިޑޭޓުންނަށް ދައުވާކޮށް، އެމް.ޑީ.ޕީގެ ރޫހުކަމުގައިވާ އެޕާރޓީގެ އާއްމު އެތައްސަތޭކަ މެންބަރުންނެއް ޖަލަށްލާފައިވާއިރު، ޕްރައިމަރީގެ ނަތީޖާއިން ކަށަވަރުކޮށްދެނީ ރައީސް ޔާމިން ގެންގުޅުއްވާ ދެއުޅިއެއްނުވާ ފިނޑި ޖަރީމާތަކުން އެމް.ޑީ.ޕީގެ ފިކުރަށް ކުޑަވެސް ހީނަރުކަމެއް އައިސްފައިނުވާކަމަށް މަހުލޫފްގެ ބަޔާނުގައި ބުނެފައެވެ.

މަހުލޫފް ވިދާޅުވީ އެމް.ޑީ.ޕީއާއި އިދިކޮޅު އެހެން ފަރާތްތަކުން މަގުމައްޗަށް ނިކުމެ އެމީހުންގެ ޝޫޢުރު ފާޅުކުރުން ހުއްޓުވަން ޣައިރުޤާނޫނުތައް ފާސްކޮށް، އާއްމު ޖަލްސާއެއް ބާއްވާލަން ކާނިވާ، އާރޓިފިޝަލް ބީޗް އަދި ދަރުބާރުގެ ފަދަ އެއްވެސް ތަނެއް ދޫނުކުރާއިރު މިނެގުނު ވޯޓުން ސާފުކޮށްދެނީ އެ ފިކުރު ބަންދުކޮށް ޖަލަށް ނުލެވޭނެ ކަމަށެވެ.

ޕީ.ޕީއެމްގެ ރިޔާސީ ޕްރައިމަރީގައި ރައީސް ޔާމީން ވާދަ ކޮށްލައްވަން ކެރިވަޑައިނުގެންނެވިއުރު، ލޯކަލް ކައުންސިލް އިންތިހާބަށް ކެނޑިޑޭޓުން ހޮވުމަށް އެންމެ %5 ދާއިރާގައި، ޕްރައިމަރީ ބާއްވަން އެފެކްޝަނަށް ކެރުނުކަމީ ލަދުވެތިވާ ކަމަށް އެނާ ވިދާޅުވިއެވެ.

"ޕްރައިމަރީ ބޭއްވި ބައެއް މާލޭގެ ދާއިރާތަކުގެ ފޮއްޓަށް އެންމެ 8 ވޯޓްލާފައިވާކަމީ އެމަނިކުފާނުގެ އަސްލު ސައިޒް ދައްކުވައިދޭ ހަޤީގަތް، 500 އިން 1000 އިން މެންބަރުންގެ ފޯމް ހަވާލުކުރުމުގެ ޖަލްސާތައް ބާއްވާއިރު، ބައެއް ރަށްރަށުގެ ފޮއްޓަށް އެންމެ 21 ވޯޓްލާފައިވާކަން އެހެރީ ނަތީޖާތަކުން ފެންނާ" މަހުލޫފްގެ ބަޔާނުގައި ބުނެފައެވެ.

އިތުރަށް ކިޔާލަން

26 މާރިޗު 2017

މަސީޙު ވަކިނުކޮށްފިނަމަ އަންނަން އޮތް ޖީލުތައް މަޢާފެއް ނުކުރާނެ، ވޯޓު ނުދޭ މެންބަރުންނަށް ތާޢީދެއް ނުކުރާނަން: މަޢުމޫން

26 މާރިޗު 2017
މަސީޙު ވަކިނުކޮށްފިނަމަ އަންނަން އޮތް ޖީލުތައް މަޢާފެއް ނުކުރާނެ، ވޯޓު ނުދޭ މެންބަރުންނަށް ތާޢީދެއް ނުކުރާނަން: މަޢުމޫން
26 މާރިޗު 2017

ރައީސް މޮޑޭ ފުށްގަނޑަކަށް، މެޑަމް ހަލުވަން ގެންގުޅޭ ބޮލިރަވަ ފުއްތަކަކަށް މެންބަރުން ހެދީ މަސީހު: މަޚްލޫފް

26 މާރިޗު 2017
ރައީސް މޮޑޭ ފުށްގަނޑަކަށް، މެޑަމް ހަލުވަން ގެންގުޅޭ ބޮލިރަވަ ފުއްތަކަކަށް މެންބަރުން ހެދީ މަސީހު: މަޚްލޫފް
21 މާރިޗު 2017

މަޚްލޫފްއަށް ބޭނުންވާ އިންޖެކްޝަން ގެނެސްދިނުމަށް މެޑަމް އަރިހުން އެދިއްޖެ

21 މާރިޗު 2017
މަޚްލޫފްއަށް ބޭނުންވާ އިންޖެކްޝަން ގެނެސްދިނުމަށް މެޑަމް އަރިހުން އެދިއްޖެ
04 މާރިޗު 2017

މެޑަމް ފާތުން ގއ. ވިލިގިއްޔަށް ވަޑައިގަންނަވާތީ ހުރިހާ މުވައްޒަފުން އެކަމަނާއަށް މަރުހަބާ ކިޔުމަށް ދިއުމަށް އަންގައިފި

04 މާރިޗު 2017
މެޑަމް ފާތުން ގއ. ވިލިގިއްޔަށް ވަޑައިގަންނަވާތީ ހުރިހާ މުވައްޒަފުން އެކަމަނާއަށް މަރުހަބާ ކިޔުމަށް ދިއުމަށް އަންގައިފި
20 ފެބުރުއަރީ 2017

ރައީސް ޔާމީނާއި މެޑަމް ފާތުންއާ ގުޅޭގޮތުން ފޭސްބުކްގައި ޕޯސްޓް ކުރާތީ ޑްރައިވަރަކު ވަޒީފާއިން ވަކިކޮށްފި

20 ފެބުރުއަރީ 2017
ރައީސް ޔާމީނާއި މެޑަމް ފާތުންއާ ގުޅޭގޮތުން ފޭސްބުކްގައި ޕޯސްޓް ކުރާތީ ޑްރައިވަރަކު ވަޒީފާއިން ވަކިކޮށްފި
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު